މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [4]

“ޝާޔާ. ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ.

“ޝާޔާ. ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ.

ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންދިޔަ އިރުގެ ހޫނުގަދަވެ މުޅިދުނިޔެ އެކީ އަލިކޮށްލައިފިއެވެ. ފެންވަރައި ތާޒާ ވެލައިގެން އަހަރެން ނިކުމެ އިނީ ސިޓިންރޫމް ގައެވެ. އޭރު ގަޑިން 7 ޖެހީއެވެ. އައިޝާ ދައްތަ އާއި ރަނާ އަދި ރިޔާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ. އަޔާން އާއި ޒާނިޝް އަދިވެސް ނިދަނީއެވެ. އެވަގުތު އަހަރެންގެ ފޯން ރިންގުވާންފެށިއެވެ. ގުޅީ އަހަރެންގެ މަންމައެވެ.

“މޯރނިން މޮމް. ”

“މޯރނިންގް.ދަރިފުޅު ހޭލާދޯ ތިއުޅެނީ. މަންމަ ހީކުރީ އަދިވެސް ނިދާފަކަމަށް އޮންނާނީ. ދަރިފުޅު މާލޭގަ ހުރިއިރުވެސް ހެނދުނު ސައި ބޮއިލެވޭ ވަރު ވާނީ ނުވަގަޑިޔަށް ވިއްޔަ. ” މަންމަހުރީ ހިތްހަމަޖެހިފައިކަން އަހަރެންނަށް އެނގުނެވެ.

“ހޭލާނެއެއްނު. މިރަށް ވަރަށް ނައިސް. ދާހިތެއްވެސް ނުވޭ. ރޭގަވެސް މަސް ބާނާލައިގެން އައިސް މަސް ފިހެ ވަރަށް ކަންތައް އޮތް. އެނގޭތަ މޮމް އަޅުގަނޑަށް އަލަށް މަހެއް ބޭނުނީ ރޭގަ. ” އަހަރެން ވަރަށް އުފަލުން މަންމަ އާއި ޝެއަރ ކުރަމުން ދިޔައީމެވެ.

“އަސްލުވެސްތަ. މަންމަވެސް ވަރަށް ދާހިތުން މިހުންނަނީ. ބަލާނަން ދަރިފުޅުގެ ބައްޕައަށް ވަގުތެއް ވެއްޖިއްޔާ ދަރިފުޅުމެން އައުމުގެ ކުރިން ތިރަށަށް ދެވޭތޯ. ”

“ބައްޕަ އަދިވެސް ވީ ސިންގަޕޯރގަތޯ. “ބައްޕަގެ ޚަބަރެއް އަހަރެންނަށްވެސް ނުވާތީ އަހައިލީމެވެ.

“އާނ. ރޭގަ މަންމައަށް ގުޅި. ބައްޕަބުނުއްވި މިހާރުކުރިޔަށް ގެންދާ ޕްރޮޖެކްޓަށް ބޭނުންވާ ބައެއްކަހަލަ ނިންމުންތައް ނިންމަން އަދި ދެތިން މީޓިން އެއް ބާއްވަންޖެހޭވާހަކަ ދެތިން ކުއްފުންޏަކާއެއްކޮށް. މާލެއަށް ދުރުވާނެ އަންނަހަފްތާގަ. މަންމަކުރެން ދަރިފުޅުގެ ޚަބަރުވެސް ހޯދި. ” އަހަރެންގެ ބައްޕައަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ. ޕާލް ކުންފުނީގެދަށުން ހިންގާ ދެ ރިސޯޓެއްވެސް މިހާރު އޮވެއެވެ. މާލޭގެ އެންމެ ފޯރާ ޢާއިލާތަކުގެ ތެރޭގައި އަހަރުމެންގެ އާއިލާ ހިމެނޭނެއެވެ. ބައްޕަ ހުންނަނީ އަހަރެން ކިޔަވައި ނިމިގެން ވިޔަފާރީގެ ކަންތަކުގައި ދޮންބެޔެކޭ އެއްގޮތަށް ބައިވެރިވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް އަހަރެން އަދި މިހާއަވަހަށް ކޮންޕެނީގެ ކަންތަކުގައި ބޯގޮއްވާކަށް ބޭނުމެއް ނޫނެވެ.

“އޯކޭ. ދެން ދޮންބެއަށް ސަލާމް ބުނެދޭތި. މޮމް އަޅުގަނޑުގެ ފޯން ބިލް ޕޭނުކޮށް އޮތީ. އެކަންތައް ހަމަޖައްސާލަދެއްޗޭ. ދެން ބާއްވަނީ އިނގޭ. ޓޭކް ކެއަރ. ”

“އަދިވެސް ދެންތިބި މީހުން ނުހޭލަނީތަ. މިހާރު އެއޮއް ހަތްގަޑި ބައިވަނީ އެއްނު. މިގޭގަ ހަތެއްގެ ފަހުން ނިދާކަން ނުތިބެވޭނެ އެއްވެސް މީހަކަށް. އޭގެފަހުން ނިދާފަތިބޭ މީހުންނަށް ކޮންމެ ކަހަލަ ލަނޑެއް ދިނަސް ހެޔޮ. ” އައިޝާދައްތަ އައިސް އަޔާންމެން ނުހޭލާތީ ޝަކުވާކޮށްލިއެވެ. އޭރު ބަދިގެފަރާތުން ނިމިގެން ރަނާ އާއި ރިޔާވެސް އަންނަނީއެވެ.

“ސިއާންބެ ހިނގާ އެމީހުންނަށް ލަނޑެއްދެމާ. ” ރިޔާ އައިސް އަހަރެން މުސްކުޅި ކޮށްލައިފިއެވެ.

“ކަމްއޯން. ބެ ނުކިޔަފާނަން. އައިމް ނޮޓް ދެޓް އޯލްޑް. ” އަހަރެން ބުނިގޮތުން އެދެމީހުންގެ ގާތަށް ހިނިވެސް އައެވެ. “ކޯލްމީ ޝޯން. ”

“ހޭ އައިޑިޔާއެއް އެބައޮތް. ” އެހެން ބުނެފައި ރަނާ ދުވެފައި ކޮޓަރިއަށް ވަދެ އައި ލައިނަރ ފުޅިއާއި މޭކެޕް ސެޓް އެއްކޮށް ހިފައިގެން އައެވެ. “ހިނގާ. ” ހެވިދިލިފައި ހުރެގެން އެއެއްޗިހި ރިޔާގެއަތަށް ދިނެވެ.

“ލިޓްލް ޑެވިލްސް. ހަހަ. ލެޓްސް ޑޫ ސަމް މޭކް އަޕް. ” އަހަރެންވެސް އެއްބައިވެލީމެވެ. އެއަށްފަހު ސިއްރުސިއްރުން ކޮޓަރިއަށްވަދެ ތިންމީހުން ވެލާފައި އެދެމީހުންގެ މޫނުގައި ކުރަހަންފެށީމެވެ. ރަނާ އަޔާންގެ މޫނު ބުޅަލަކަށް ހަދާ ރަނގަޅަށް ލިޕްސްޓިކް ޖެއްސިއިރު ރިޔާ ޒާނިޝްގެ މޫނު މަތިމަސްލީ ބޮޑު ހަންޑިއަކަށް ހަދާލައިފިއެވެ. ހިނިގަނޑު ހިފަހައްޓައިގެން ތިބެވެނީ ކިރިޔާއެވެ. އޭރުވެސް އެދެމީހުން އޮތީ ނިދާ މަރުވެފައެވެ.

“ހޭ. ޑޫޔޫ ހެވް އަ ލައުޑް ސްޕީކަރ. ” އަހަރެންވެސް މޮޅުކަމެއް ޚިޔާލު ކޮށްލީމެވެ.

“އާނ ބައްޕަ ގެންގުޅޭ ސެޓް ހުންނާނެ. ” ރިޔާ އާއިއެއްކޮށް އަހަރެން އައިޝާދައްތަމެން ކޮޓަރިއަށް ގޮސް ބޮޑު ސްޕީކަރ ޖޯޑަކާއި ކުޑަވަރެއްގެ ވުލްފަރ އެއް، ފަހަރަކު އެއްޗެއް ކޮޓަރިއަށް ވައްދާ ކަރަންޓާގުޅާ ސެޓްކޮށްލީމެވެ. އެއަށްފަހު އަހަރެންގެ ފޯނާ ގުޅާފައި އަޑު ފުލް ކޮށްލީމެވެ. ރަނގަޅު ހެވީ މެޓަލް ލަވައެއް ތައްޔާރުކޮށްލާ އަންގާލީމެވެ.

” ކަންފަތުގަ އަތް އަޅަން ތައްޔާރުވޭ. ވަން. ޓޫ. ތްރީ. ” އެއާއެކު ވަރުގަދަ ހެވީމެޓަލް ލަވަ މުޅިގެ ގުޑައިގެންދާވަރަށް ޕްލޭވެގެން ދިޔައެވެ. ބުޅާތަކެއްހެން އަޔާން އާއި ޒާނިޝް ހަތަރެސްފައި ކޮޅަށް ޖެހިގެންދިޔައެވެ. ފުންމައިގެން އެނދުމައްޗަށް ތެދުވެ އެކަކު އަނެކަކު މޫނަށް ބަލައި ހަޅޭއްލަވައިގަތެވެ. އެއަށްފަހު ލޯގަނޑުން މޫނު ބަލާފައި މޫނު ކުނިކޮށްލިއެވެ. އެމަންޒަރު ބަލަން ތިބި ރިޔާ އާއި ރަނާ ބިނދި ބިނދިފައި ހެނީއެވެ. އަހަރެންވެސް ނުދެމުނީ ކިރިޔާއެވެ.

އެއީ އެދެ އަންހެނުންގެ ކަންތައްކަން އަޔާން އާއި ޒާނިޝް އަށް އެނގުނީކަމެއް، ނޫނީ އެދެމީހުންނާ ހިތާވެފައި ހުރިވަރުން ކަމެއް ނޭނގެއެވެ. ދެމީހުން އެކަކު އަނެކަކު މޫނަށް ބަލާފައި ދުވެފައި އައިސް އެދެ އަންހެންކުދިން އުފުލާލައިގެން ގޮސް ފާހާނަތެރެޔަށް ވައްދާ މާގަނޑު ދޫކޮށްލިއެވެ. އެކަކު އަނެކަކު ގައިގާ ޖެހޭ ހިސާބުގައި އެކަހަލަ ގޮތަކަށް މާގަނޑު ދަށުގައި ތެމި ފޯވެގެން ތިބެވުމުން އިސާހިތަކު ހުނުން ކެނޑިގެން ހިނގައްޖެއެވެ. ޖަޒްބާތުތައް ހިތުތެރޭގައި ދުވެލިއެވެ. އެއާއިއެކު އަހަރެން ފޯނުން ރީތި ލޯބީގެ ލަވައެއް ޕްލޭކޮށްލީމެވެ.

“އޯހް. ހަރ އައިސް، ހަރ އައިސް

މޭކް ދަ ސްޓަރސް ލުކް ލައިކް ދެއަރ ނޮޓް ޝައިނިންގް.

ހަރ ހޭއަރ، ހާ ހޭއަރ،

ފޯލްސް ޕަރފެކްޓްލީ ވިތައުޓް އަ ޓްރައިންގް.

ޝީޒް ސޯ ބިއުޓީފުލް. އެން އަ ޓެލްހަރ އެވްރީ ޑޭ.

އައިނޯ، އައިނޯ

ވަޓް އަ ކޮމްޕްލިމެންޓް ހަރ ޝީވޮންޓް ބިލީވްމީ

އިޓްސް ސޯ، އިޓްސް ސޯ

ސޭޑް ޓު ތިންކް ދެޓް ޝީ ޑޯންޓް ސީ ވަޓް އައި ސީ. ”

ލަވައިގެ ތެރޭގައި ދެޖޯޑު ފެންވެރެމުން ދިޔައިރު އެކަކު އަނެކަކުގެ ނޭވާގެ ހޫނުކަން އިޙްސާސްވާ ހިސާބުގައި ތިބެވުމުން ހިތުގައި ފޮރުވިފައިވާ އިޙްސާސްތައް ބަންޑުންވަމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެކަކު އަނެކަކުގެ ފިރުމުންތަކަށް ބޭނުންވެފައި ތިބޭކަހަލައެވެ. އެދެ ފިރިހެންވަންތަ ހަށިގަނޑު ފެނި އެދެކުދިންގެ ޙިއްސުތައް ހޭލައްވަމުންދާކަހަލައެވެ. ޒާނިޝް އާއި އަޔާންގެ ޙާލަކީވެސް އެއީއެވެ.

އަހަރެން ލަވަ ނިއްވާލުމާއިއެކު ހަމަބިމަށް އާދެވުނު ކަހަލައެވެ. ޒާނިޝް މާގަނޑު ބާރުކޮށްލިއެވެ. ލަދުރަކި ހިނިތުންވުމަކާއިއެކު އެދެކުދިން ނިކުންނަން އުޅުނެވެ.

“މުޅި ކޮޓަރިތެރެ ފޯވާނެއެއްނު. ” އަހަރެން ޝަކުވާ ކޮށްލީމެވެ.

“ފޯ ކުރާކަށްނު މިހެން ހެދީ. ތިމީހުން ޖެހޭނެ މިތަން ސާފުކުރަން. ” އެހެން ބުނެފައި ދެކުދިން ދުވެފައި ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް ވެސް އަޔާން އާއި ޒާނިޝްގެ ހާލު ފެނިފައި ހިނިއައެވެ.

އަޔާން އާއި ޒާނިޝް ތައްޔާރުވެގެން ނިކުތްއިރު އަހަރެން އިނީ ސިޓިންރޫމް ގައި އެމީހުންގެ އިންތިޒާރުގައެވެ. ޒާނިޝް ސޯފާގައި އޮތް ކުޝަން ނަގާ އަހަރެންގެ ގަޔަށް އެއްލަމުން އިށީނެވެ. އަދިވެސް ހެނދުނު ލިބުނު ލަނޑުގެ މަތިން ހަނދާންވަނީކަން ޔަގީނެވެ. މާގިނައިރެން ނުވެ ގޭގެ ދޮރު ހުޅުވާލާފައި މީހަކު ވަދެގެން އަންނަތަން ފެނުނެވެ. އެއީ މުޙައްމަދުބެއޭ އަހަރެންގެ ހިތް ބުނަމުންދިޔައީ ރަނާއާއި ވައްތަރުގޮތެއް ހުރުމުންނެވެ. ރަނާއަށް ލިބިފައިވަނީ މުޙައްމަދުބެގެ ދެލޮލެވެ.

“އައްސަލާމް ޢަލައިކުމް. މީ މުޙައްމަދުބެ އިނގޭ. ތީގެ ތެރެއިން ސިއާން އަކީ ކޮބައިކަމެއް ނޭނގުނު. ” ތިންމީހުންއެއްފަހަރާ ސަލާމް ބަލައިގަތީމެވެ. އެއަށްފަހު އަހަރެމެން ތަޢާރަފްވެލީމެވެ.

“އަޅުގަނޑަކީ ސިއާން. ” އަހަރެން ސަލާމްކޮށްލީމެވެ.

“އަޔާން”

“ޒާނިޝް” ތިންމީހުންވެސް ތަޢާރަފްވެލީމެވެ.

“އަނހާ. މުޙައްމަދު ކޮންއިރަކު ލެފީ. ” އައިޝާދައްތަ ބަދިގެފަރާތުން އައިތަނާ މުޙައްމަދުބެ ފެނިގެން ވާހަކަދައްކާލިއެވެ.

“ހަމަދެންމެ މިލެފީ. ކޮބާ އެންމެން ސައި ބުއީތަ. ”

“ނޫނޭ. އަދި ނުބޮވޭ. ދޯ. ސައިބޯން ގޮވަން އަހަރެން މިއައީ. މާ ރަނގަޅަކަށެއްނު މި ދިމާވީވެސް އާދޭ އެންމެން ސައިބޯން. ” އައިޝާ ދައްތަ އެހެން ބުނެފައި އެނބުރުނެވެ.

“މިޔަދު ހާދަ ލަސްވީ ސައިބޯން. އެހެންނާ މިހާއިރު ސައިބޯ ނިމޭނެ މިގޭ. ” އެންމެން ތެދުވެގެން ބަދިގެ ފަރާތަށް ދިޔައީމެވެ.

“އެކުދިންނަށް ހޭލެވުނުލެއް ތަންކޮޅެއް ލަސްވީމަ ވީގޮތެއް. ” އައިޝާދައްތަ ތަށިތަކުގެ މަތިތައް ނަގަމުން ވާހަކަ ދައްކަމުން ދިޔައެވެ.

“އެހެންވީމަ. ތި ހުރިހާކުދިންނަށް އަދި މިގޭގެ އާންމު ގަވައިދު ނޭނގެނީތާ ދޯ. ” އެހެން ބުނުމާއިއެކު އަހަރުމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. މުޙައްމަދުބެ ކިޔައިދެމުން ދިޔައެވެ.

“ފުރަތަމަ ޤަވާޢިދު: ނަމާދަށް ފަރުވާތެރިވާން ވާނެ، ދެވަނަ ޤަވާޢިދު: ހެނދުނު ހަތެއްގެފަހުން ނިދަން އޮވެގެން ނުވާނެ، ނިދަން އޮވެއްޖިއްޔާ އެ ކުއްޖަކަށް ލަނޑުދީ ހެދޭނެ. ތިންވަނަ ޤަވާއިދަކީ، މިގޭގަ އުޅޭ އިރު ތި ހުރިހާ ކުދިންނަކީ ހަމަ ބޭގެދަރިން. އެހެންވީމަ ބޭބެގެ ދެކުދިންނާއި ދޭތެރޭ ތިހުރިހާ ކުދިންވެސް ދެކެންވާނީ ކޮއްކޮއިން ގޮތަށް. އެހެން ނަޒަރަކުން އެއްވެސް ކުއްޖަކު ދެކިގެންނުވާނެ. ” ތިންވަނަ ޤަވާޢިދާ އެއްކޮށް ޒާނިޝް އާއި އަޔާން ކުޑަކޮށް ކޮށިވެސް އެރިއެވެ. އައިޝާ ދައްތަވެސް އެ ދެމީހުންނަށް ވާގޮތްބަލަން ހިނިތުން ވެފައި ހުއްޓެވެ. އޭރު ރިޔާ އާއި ރަނާ އިސްދަށަށް ޖަހައިގެން ތިއްބެވެ.

“ހަތަރުވަނަ ޤަވާއިދު: ރޭގަނޑު 12ގެ ފަހުން ގެއިން ބޭރަށް ނުދިޔުން. ” މުޙައްމަދުބޭގެ ޤަވާއިދުތައް ހީވީ އިސްލާހިއްޔާގެ ދަގަނޑު ޤަވާޢިދުތައް ހެނެވެ. އެ ޤަވާޢިދުތައް އަޑުއެހުމަށްފަހު ރިޔާ އާއި ރަނާ އިސްއުފުލާލާ އަޔާން އާއި ޒާނިޝް އަށް ބަލައިލިއެވެ. އެދެކުދިންނަށް އަސަރުތަކެއް ކޮށްފައި ވާކަން އެނގެއެވެ.

އެދެކުދިންގެ މޫނުމަތިން ފެނިގެންދިޔައީ އެދެކުދިންގެ ހިތުގައި ޖަހަމުންދާ ވިންދަކީ މީގެ ކުރިން އެކުދިންގެ ހިތުގައި ދުވަހަކުވެސް ޖަހާފައި ނުވާފަދަ ބާރުގަދަ ވިންދެއްކަމެވެ. އެވިންދު އެހިތްތަކުގައި ޖަހަމުންދަނީ ހަމައެކަނި އަޔާން އާއި ޒާނިޝް އަށްކަމެވެ. އަދި މުޙައްމަދުބޭގެ ނިންމުމުގެ ސަބަބުން އެދެހިތުގައި އެ މީހެއްގެ ތަސްވީރު ކުރެހިފައިވާ އެދެހިތުގެ ސާހިބުންނަށް ކުރެވެމުންދާ އުންމީދުތައް ނާއުންމީދުގެ ކަޅުވިލާތަކުން ބަނަވެއްޖެއެވެ. ނަމަވެސް ހިތުގައި އަޅަންފަށާފައިވާ ވޭން ފޮރުވޭތޯ ހިތްވަރުކުރަމުން ދެއެވެ. އަޔާން އާއި ޒާނިޝް ގެ ޙާލަކީވެސް މިއީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދީވާނާ ވެފައިވާ މި ހިތްތަކަށް ޝިފާއެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ހިތަށް ވެސް މެއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނެވެ. ސަޔަށްފަހު އަޔާން އާއި ޒާނިޝް ތިބީ މިލާ މޯޅި ވެފައެވެ. ކަންތައްތައްވެފައި އޮތްގޮތުން މުޅިދަތުރުގައި ފޫހިކަން އެކުލެވެން ވަނީ ފަށައިފިއެވެ. ނަމަވެސް އެނބުރި ދިއުމަކީ މިހާރު ވަކިން އުނދަގޫ ކަމަކަށް ވެފައިވާ ކަހަލައެވެ. އެކަހަލަ ގޮތަކަށް ފޫހިކަންމަތީ ދުވަސް ދިގުލަމުން ގޮސް ޢަސުރުވެއްޖެއެވެ. ނަމާދަށްފަހު ގޭތެރޭގައި ތާސްކުޅުމުގެ ފޯރި ހިއްޕާލައިފިއެވެ. ރަނާއާއި ރިޔާ ބައިވެރިވާތީ އަޔާން އާއި ޒާނިޝް ވެސް ކުޅެމުން ދިޔައީ ފޯރީގައެވެ. އައިޝާދައްތަ ވަކިން މޮޅެވެ. ނަމަވެސް ތާސް ކުޅެން އެހާ ރަނަގަޅަކަށް އަހަރެންނަކަށް ނޭގެއެވެ. އެހެންކަމުން އަހަރެން ކުޑަކޮށް ނިކުމެލާހިތް ވިއެވެ. އަހަރެން ކުރަން ބޭނުންވާ ކަމެއް އޮތުމާއިއެކުއެވެ.

އަހަރެން މަގަށް ނިކުމެ މިސްރާބުޖެހީ ޝާޔާމެންގެއާއި ދިމާލަށް ދާށެވެ. ކުރިއަށް ތައްޔާރުވެ އަހަރެން ދިޔައީ ގަލަމަކާއި ކުޑަ ނޯޓް ފޮތެއް ޖީބަށް ލައިގެނެވެ. އެއާއިއެކު ލިޔެފައިވާ ނޯޓެއްވެސް މެއެވެ. އަހަރެން ނިންމާފައިވަނީ އަހަރެންގެ ހިތުގެ ޙާލަތު ކޮންމެވެސް ގޮތަކުން ޝާޔާއަށް ބުނެދިނުމަށެވެ. ޝާޔާގެ ހިތުގައި ވެސް އަހަރެންނާއި ދޭތެރޭގައި ޚާއްސަކަމެއް ވާކަން އަހަރެންނަށް ޝާޔާގެ ކޮންމެ އަދާ އަކުން ދޭޙަވެއެވެ. ގޭ ކުރިމަތީ ހުންނަ ފިހާރައިގެ ލޯގަނޑުން އަހަރެންލާފައިވާ ރަތްރޮނގު ދަމާފައިވާ ހުދުކުލައިގެ އަތްދިގު ޓީޝާޓްގެ ކަންކަނަށް ދަމާލާ ރީތިކޮށްލީމެވެ. އަދި އަހަރެންގެ ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑު ރީތިކޮށްލީމެވެ. ނޫކުލައިގެ ޖިންސާއިއެއްކޮށް އަހަރެން ހިންހަމަޖެހޭވަރުގެ ލުކް އެއް ހުއްޓެވެ. އެހެންކަމުން އަވަހަށް އެގެ ކައިރިއަށް ދިއުމަށް މިސްރާބުޖެހީމެވެ.

ޖެހިގެން ހުރި ގޯޅިން އަނބުރާލުމާއިއެކު ފަހަތުން މީހަކު ގޮވާލިއަޑު އިވުނެވެ. އަހަރެން މަޑުކޮށްލާފައި ފަހަތް ބަލައިލީމެވެ. އެއީ ބަކުރުބެއެވެ. އަހަރެން ކުޑަކޮށް ހިތް ހަމަޖެހުނެވެ.

“އެކޮއެ ކޮންތާކަށް ތި ގޮސްލަނީ. ”

“މިދެން ހަމަ ފޫހިވެގެން ނިކުމެލީ. ބަކުރުބެ ކިހިނެއްތޯ ހާލު. ”

“ދެން ކީކޭ ދޯ ބުނާނީ. ހާލު ރަނގަޅޭ ބުންޏަސް ވާނީ ދޮގުހެދިކަމަށް. އެކަމަކު ހާލު އަހާ ގިނަމީހުން ހާލު އަހާނީކީ ކޮންމެހެން އެމީހެއްގެ ހާލާ ދޭތެރޭ ފިކުރުވާތީއެއް ނޫން. ހަމަ ވާހަކަ ދައްކާލުމުގެ ގޮތުން. ހާލު ކިޔާދިނަސް އަޑުވެސް އަހާނީ މަދު ބަޔަކު. ” ބަކުރުބެ ހިތުގައި ވާ ޝަކުވާތައް ބަންޑުން ޖަހާލަމުން ކުރިޔަށް ދިޔައެވެ. ބަކުރުބެގެ ވާހަކަތައް ކިތަންމެހާވެސް ރަނަގަޅެވެ. އެއީ މިހާރުގެ އާދައެވެ. އަދި ބަކުރުބެގެ ހާލު ރަނގަޅު ނޫންކަން އެނގުމާއިއެކު އިތުރަށް އެ މަޢުޟޫއަށް ވާހަކަ ދައްކާލަން އަހަރެން ބޭނުންވިއެވެ.

“އެކޮއެ ދާންވީ ނު ބޭބެމެން ގޭދޮށަށް އެއްޗެއް ބޯލަންދާން. ” ބަކުރުބެގެ ދަޢުވަތު ލިބުމުން އަހަރެން ވަރަށް އުފާވިއެވެ.

“އެންމެ ރަނގަޅު. ބަކުރުބެ މެންގެއިންވެސް އެއްޗެއް ބޯލިކަމަށް ވާނެތާދޯ. ހިނގާ. ބަކުރުބެގެ ހާލު ރަނަގަޅެއް ނޫނޭ ތި ބުނީ ކިހިނެއްވެ. ކޮންކަހަލަ ބައްޔެއް ހުންނަނީ. ބަލާ ބެލުމަށް މާބޮޑަށް ބަލިވައްތަރެއް ނުޖަހާ ވިއްޔަ. ” އަހަރެންވެސް އިތުރަށް ބަކުރުބެގެ ބަލީގެ ވާހަކަ ދައްކާލަން ބޭނުންވިއެވެ. ބަކުރުބެގެ ހާލު އެހާބަލާހިތް ވުމުން ބަކުރުބެ ހުރީ ހިތްހަމަޖެހިފައިކަން މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން ވެސް ދޭޙަވެއެވެ.

“ބަކުރުބެ އަކީ މާބޮޑު ޖިސްމާނީ ބަލިތަކެއް ހުރިމީހެއް ނޫން. ބަލާ ބެލުމަށް މީހަކަށް ނުވެސް އެނގޭނެ. އެކަމަކު ބޭބެއަކީ ހަކުރުބަލި ހުންނަ މީހެއް. މިކަމެއް ޖެހުނީ މީގެ ފަސްއަހަރު ކުރިން. މިއެއްޗެއް ޖެހުނުފަހުން ކާންވާ އެކައްޗެއްވެސް ނޯވެ! އެކަމަކު ބަކުރުބެ މެންކަހަލަ ނިކަމެތީންނަށް އެމީހުން ބުނާހާ އެއްޗެއް ހޯދައިގެން ކައިގެން އުޅެވޭނެތަ. ؟ މިއުޅެނީ ރަނގަޅު ލައިގެން ކާނެ އެއްޗެއް ދެދުވަހު ހަމަޔަށް ނުލިބިގެން. މަރުކަޒަށް ދާ ކޮންމެ ފަހަރަކު ޓެސްޓު ހަދާފަ ބުނާނެ ވަރަށް މައްޗޭ. އާދައިގެ ހަނޑުލު ބަތް ނުކާށޭ. ސައި ނުބޯށޭ. ފަނި ނުބޯށޭ. ރޮށި ނުކާށޭ. ދެން ބުނެނަލަ ބަކުރުބެ ވަކި ކާނީ ކޯއްޗެއް؟ މިކަހަލަ ގޮތަކަށް އުޅެންވީމަ ދެން ހާލުވެސް ހުންނާނީ އެކަހަލަ ގޮތަކަށްނު. ތަރުކާރީ އާއި އެއްޗިހި އަބަދު ކާން ކިހިނެއް ހޯދާނީ. އަތުންފައިން މަސައްކަތް ކޮށް އުޅެވެނީކީއެއް ނޫން ސަރުކާރުން ދެއްވާ ލާރިކޮޅުން ހުރިހާ ކަމެއް މި ބަލަހައްޓަނީ. ” ބަކުރުބޭގެ ވާހަކަތަކުގައި ހުރެ ގެއާއި ހަމައަށް އާދެވިއްޖެއެވެ. ބަކުރުބެގެ ޙާލު އެނގުމުން އަހަރެން ވަރަށް ދެރަވިއެވެ. ހަކުރު ބައްޔަކީ ވެސް ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑު ނިކަމެތިވެ އެތަކެއް އިތުރު މައްސަލަތަކެއް ދިމާވެދާނެ ބައްޔެކެވެ.

“އާދޭ އާދޭ. ޙައްވާ. އާމިނަތު. މިސޮރަށް ސައިހަދާލަބަލަ. އަހަރެން ގޮވައިގެން އުނދޯލި ގެއަށް ވަންނަމުން ބަކުރުބެ ގޮވާލިއަޑަށް އެގޭ ދައްތަ ނިކުތެވެ. ދައްތަގެ ފަހަތުން ނިކުތް ޝާޔާއަށް އަހަރެން ފެނިފައި މޫނު ރަތްވެގެން ދިޔައެވެ. ލަދުން އިސްޖަހާލައިގެން ހުރެ ކާގެ އާއި ދިމާލަށް ދިޔައެވެ.

“މީ ކޮން ކުއްޖެއް. ” ޙައްވާ ދައްތަ އަހަރެން ކުރެން އަހާލިއެވެ. އަހަރެން ޖަވާބު ދޭން އަނގަ ނުހުޅުވިގެން އުޅެނިކޮށް ބަކުރުބެ ޖަވާބު ދިނެވެ.

“މިއީ ހަވާގޭ އައިޝަތު ކައިރިޔަށް އައިސްހުރި މާލޭ ކުއްޖެއް. އައިޝަތު ގެ ރައްޓެއްސެއްގެ ދަރިއެއް. ދޯ އެކޮއެ. ” އަހަރެންނަށް ދޯއެއް ދެމުން އަހައިލިއެވެ.

“ލައްބަ. ކިޔަނީ ސިއާން. ހައްވާ ދައްތަ ކިހިނެއް. ؟” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން އަހައިލީމެވެ. ހައްވާ ދައްތަވެސް ހިނިތުންވެލާފައި ސަލާން ކޮށްލިއެވެ. އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ދައްތަމެންނާއި ގުޅުން ބަދަހިވީމައެވެ.

“ދައްތަ ހަމަ ރަނގަޅު. ހިނގާ ސައިބޯން. ” ދައްތަމެންނާ އެކީގައި އަހަރެން ކާގެއަށް ދިޔައީމެވެ. ގެއާއި ވަކިން ގޯތީގެ އަނެއްފަރާތުގައި ހަދާފައިވާ ބަދިގެއާއި ކާގެއެކެވެ. މުޅި ގޯތީގައި ވަނީ ކަށިވެލި ލާފައެވެ. ވެލިގަނޑުމަތިން ހިނގާފައި ދިޔައިރު އަހަރެންނަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. ކާގެއަށް ވަނުމާއިއެކު ސައި ތައްޔާރުކުރަން ހުރި ޝާޔާ ފެނުމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޝާޔާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެން ވިންކެއް ދިނީމެވެ. އެއާއިއެކު ޝާޔާގެ ތުންފަތް މައްޗަށް ވެރިވެގެންދިޔަ ލަދުރަކި ހިނިތުންވުމާއިއެއްކޮށް ޝާޔާގެ ރީތިކަން އިހުނަށްވުރެ ރީތި ހެން ހީވިއެވެ.

“ކޮންބައެއް މިގޭގަ އުޅެނީ. ” ޝާޔާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭތޯ އަހަރެން އަހައިލީމެވެ.

“މިގޭގަ އުޅޭނީ ބޭބެ އާއި ހައްވާދައްތަ. ދެން އެއީ އާމިނަތު. އަހަރުމެން ތިންމީހުން އުޅެނީ. ”

“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

-ނުނިމޭ-

2
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

9 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [4]“

  1. ހީކުރަން މި ބައިވެސް ތިޔަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. ލެޓް މީ ނޯ ވަޓް ޔޫ ތިންކް. 🙂

    2

    0
  2. ވަރަށް މަދުން މިކަހަލަ ރީތި ވާހަކައެއް ފެންނަނީ.. ވަރަށް ވަރަށް ރީތި..

    1

    0
    1. ހަހަހަ.. ވަރަށް އުފާ ވެއްޖެ އައިންތުއަށް އެހާ ކަމުދިޔައީމަ. ކަމުނުދާ ތަންކޮޅެއް އޮތަސް ވާނެ ބުނެލަން އިނގޭ. . 🙂

      0

      0

Leave a Reply

Your email address will not be published.