ހަޤީޤީ ހިތާމަ

ހަޔާތޭމީ-1

ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ.

ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ”

ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ އަދުހަމް ކަލޭ ނުފައިބަނީތަ” ފޯނައް ބަލަހައްޓައިގެން އެޔާ ކުޅެމުންދިޔަ އަދުހަމް ކޮނޑުގަ ޖަހާލަމުން ރާއިދު ދެކޮނޑު އަރުވާލިއެވެ. ގެންގުޅޭ ދަބަސް ކޮނޑުގަ އަޅުވާލަމުން ލޯންޗުންފައިބާ ހަށިގަނޑު ދަމާލީ ވެފައުހުރި ވަރުބަލި ކަމެއްގެ ސަބަބުންނެވެ. އަތިރިމަތީ އެއްވެފަތިބި މީހުންގެތެރެޔައް ކަޅިއުކާލީ އެމީހުންނައް މެހުމާނުދާރީ އަދާކުރަން މީހަކު ހުންނަވާނޭ މާލޭކޮޅު އޮފީހުން ބުނެފަ އޮތީމައެވެ. ފޯނުނަގާ ނަންބަރަކައް ގުޅާލުމާއެކުހެން ފަހަތުންމީހަކު ބޭބެމިހުރީޔޭ ގޮވާލަމުން ސަލާމް ކޮއްލިއެވެ. “ކުދިންނޭ މާފުކުރޭ ބޭބެޔައް’ ވަރައްއިރު ވެއްޖެދޯ” މިތާތިބޭތާ ދެންވެސް ހިންގާ އަވަހައް ގެވަޅައްދަމާ’ ބައްލަވާ ތީތޯ ހިސޭނުބެޔަކީ” ކުދިންނޭ ތެދައް ތިޔާބުނީ’ އަސްލު ހުސޭނުބެ ކިޔާހާ މުސްކުޅިއެއްވެސް ނޫނޭ ބޭބެޔެއް މިރަށުކުދިންނައް ނިކަންރީތި ނަމެކޯއެއީ ހުސޭނުބެ ހެވިލާފަ ބުނެލި ބަހުން އަހަރުމެން ކައިރިޔައް ހިނިއައިކަމުގަވިޔަސް އެތެރެޔައް ހިންދާލީއެވެ. އެކިއެކި ވާހަކާގެތިބެ ހުސޭނުބޭގެ ގެޔާ ހަމަޔައް އާދެވިއްޖެއެވެ.

ކުދިންނޭ މިޔާއީ ބޭބެގެ ގެވަޅު އަވަހައްވަދޭ އެތެރެޔައް’ މިތާއިށިންނަގަ ކުދުންނޭ ބޭބެ އެބައަންނަން އެތެރެޔައް ޖެހިލާފަ’ ސަންޕާ ސަންޕާ ނިކަން އަވަހައް ބިއްދައްފަޅިތައް އާދެބަ! މިތިބީ އެކުދިން ކޮބައިތަ ގިރި ޖޫސްޖަގު ކުދިންނޭ މީ ސަންޕަ ދައިތިޔަ! ހުސޭނުބޭގެ އަންހެނުން ނިކަންމީރުވާނެ ސަންޕަ ދައްތަހަދާ ޖޫސް! ހުސޭނުބޭގެ މިހުންނަ ސަކަމިޒާޖުގެ ގޮތުން އަހަރުމެންތިބީ ވަރައް ހިންހަމަ ޖެހިފައެވެ. ވާހަކާގަ މިހެންތިއްބާ އަހަރެންގެފޯނައް ކޯލެއް އައުމުން ގޭގެބިއްދައް ފަޅިޔައް އަހަރެން ނިކުތުމާއެކު ފެނުނު މަންޒަރުން ތަލީގެ ކުޅުހިކިގެން ދިޔައެވެ. ވާނީވެސް މިހެންތާއެވެ. ފެނުނު މަންޒަރުން ތަލީގެ ކުޅުހިކުނު ކަހަލައެވެ. މާވަރަކައް ބަލާތީކަން ނޭންގެއެވެ. ކުނިކަހަން އިލޮށިފަތި ހިފައިގެން އޮތް ފިރިހެންސޮރު އިސްއުފުލާ ބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެސޮރު ލަދުންހުރިކަން ހާމަވެއެވެ. އަހަރެން ހިނިތުންވުމެއް އެޒުވާނާޔައް ރައްދުކޮއްލީމެވެ.”ކަލޯ އިޔާނޫ’ ފަހަތުން ހުސޭނުބޭގެ އަޑާއެކު އަހަރެން ސިހުނުކަމަކު ވަގުތުން މީހާހަމަޔަކައް އެޅިލީމެވެ. އަހަ’ އެކޮއިވެސް އެބަހުރިންދޯ! ކަލޯ އިޔާން އަދިވެސް ތިޔަތަންކޮޅު ކަހާނުނިމޭ” ނިކަންއަވަސްކޮއް ތިޔަކަން ނިންމާލަބަލަ. ކުނިބަރޯ އުކާލަންދާއިރު މިސޮރުމެން ގޮވައިގެންދާތި” މިކުދިން ‘ ފޫހިވިޔަނުދޭތި ބޭބެމިދަނީ މުދިންސޮރު ގެވަޅައްވަދެލަން! ހުސޭނުބެ ހީލުމައްފަހު ނިކުމެގެންދިޔައެވެ.

ޖޫސްބުއިތަށި ހިފައިގެންގޮސް ސަންޕަދައްތައަތައް ދިނުމައްފަހު ބަދިގެއިން ނިކުމެގެންގޮސް ޖޯލިފަތީގަ ޖައްސާލީމެވެ. އަހަރުމެންގެ މިދަތުރަކީ ސަރުކާރުގެ ފަރާތުން މިރަށުގެ ޒުވާނުންނައް ކައުންސިލިން ޕުރޮގުރާމުތަކެއް ހިންގުމުގެގޮތުން ކުރިދަތުރެކެވެ.”އެސްކިޔުޒް” ގޮނޑައް ދާނަންތަ ހުސޭނުބޭ ބުނުއްވި ތިމީހުން ގެންދާށޯ! އިޔާން މަޑުމައިތިރި ކަމާއެކުއަހާލިއެވެ. ހަމަދާންވީ އެކަމު ދެންހުރިސޮރު ވީތަނެއްނޭންގޭތީ މަޑުކޮއްލައިގެން މިޔޮތީ! އިޔާންގެ މޫނައްބަލާލަމުން އަހަރެން ބުނެލީމެވެ. އެސޮރު އެބަހުރި މިތާބޭރުގަ” އިނގިލިން ބޭރުދައްކާލުމުން އިޔާން ބުނެލިއެވެ. އޭހިނގާބަލަ މިސޮރާއެކީ ކުޑަކޮއް ބުރެއްއަޅާލަން” ބުރޯ މަށައްކިޔަނީ އަދުހަމް ދެންމީ އަދީލް،، އަހަރުމެން ކުޑަކޮއް ތައާރަފުވެލީމެވެ. އިޔާނުދޯޯ ކިޔަނީ އެސޮރައް ދޯއެއްލަމުން އަހަރެން އަހާލީމެވެ.

އެކިކަހަލަ ވާހަކައިގެން ކުރިޔައްދިޔައީމެވެ. އިޔާނުވެސް މަދުމަދުން އަހަރުމެންނާ ވާހަކަދައްކަމުން ދިޔައެވެ. “ފާތިމާ ފާތިމާ ސަންޕަގެ ފާތިމާ’ ކަނބުލޯ ކޮންތާކައް ތިޔަދަނީ! އޭބުރޯ ކައޭމެން މިރަނޑާއެކީނުދޭ! މީއޭގެގޮލަޔެއް ލަދެއްވެސް ނުގަނޭތަ. ބަލާބައެރަނޑާލި ޖަހާވައްތަރެއް” ކަންމަތީ ފިހާރަޔަކުން ނިކުމެގެންއައި ކުދިންތަކުގެތެރެއިން ކުއްޖެއް ބުނެލިއެވެ. އެޔާއެކު ދެންތިބި ކުދިންތައް ޕަކަޕަކަލާފަ ހޭންފެށިއެވެ. ކުނިބަރޯ އުކާލުމައްފަހު ގެޔާހަމަޔައް ދެވެންދެން މި ގުރޫޕު އަހަރުމެންގެ ފަހަތުންއަޔެވެ. ހެދުނުގެ ނާސްތާޔައްފަހު ފެންވަރާލުމައްފަހު އަރާމުކޮއްލަން ޖައްސާލީ މެންދުރުފަހު މީޓިންއޮތުމުން ކުޑަކޮއް އަރާމުކޮއްލުމަށެވެ. އެނދުގާ ޖައްސާލުމާއެކު ނިދިލޮލައް ސަވާރުވީ ހީކުރިވަރައްވުރެން އަވަހަށެވެ.

ހަވީރުގެ ހިތްގައިމުވަގުތެވެ. ބޭއްވުމައް ހަމަޖެހިފަވާ މީޓިންނައް ފުރިހަމަޔައް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ހުސޭނުބެ އަހަރުމެންގެ އިންތިޒާރުގަ ހުއްޓެވެ. ކޮބާ ކުދިންނޭ އާދޭނިކަން ސައިފޮދެެއް ބޯލައިގެންދާން! ސަންޕަ ދައްތަމެން އެބަތިބި ތިޔަކުދިންގެ އިންތިޒާރުގަ’ ބަދިގެފަރާތައް ނިކުތްއިރު ހެދިކާތަކުގެވަހުން މުޅިތަން އޮތީއެއްވަސް ކޮއްލާފައެވެ. ކާގެޔައްވަދެ ގޮނޑިދަމާލާ ސަޔައްއިންސާފު ކުރަންފެށީމެވެ. ދުރުގައި ބަލަންހުރި އިޔާން އަހަރެންގެލޮލުގަ އަޅައިގަތީ އެވަގުތުގައެވެ. ކަޅިޖަހާނުލާ އަހަރުމެންނައް ބަލަހައްޓައިގެންހުރި އިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާ” ހިތްދަތިކަމެވެ. ސަޔައް އިންސާފުދެމުން އަހަރުމެން ހުސޭނުބެޔާއެކު ނިކުމެގެން ދިޔައިރުވެސް އިޔާން ބަލަހައްޓައިގެން އެހުރިގޮތައްހުއްޓެވެ. އަހަރެންނައް އަމިއްލަ ހަށިގަނޑައް ބަލާލެވުނީ ބޭއިގުތިޔާރުގައެވެ. އާއެކުވެ. އިޔާންއެހުރީ ވަރައްހިތުގަ ޖެހިފައެވެ. އަހަރެންލައިގެން މިހުރިގޮތައް ހެދުންއަޅަން އިޔާންވެސް ބޭނުންވާނެއެވެ. އަހަރެންކަހަލަ ޒިންމާދާރު މީހަކައްވުމައްވެސް އިޔާނު ބޭނުންވާނެއެވެ. އިޔާނަކީވެސް އަހަރުމެންކަހަލަ އިންސާނެކެވެ. އެހިތައްކުރާ އަސަރާ އަޅާވޭން ކިތަމެފޮރުވަން އުޅުނަސް އެމޫނުމަތިން ހާމަވެގެންދެއެވެ.

ހަވީރުފެށި ބައްދަލުވުންނިމިގެން ގެޔައްއާދެވުނީ އިޝާނަމާދައް ގޮވިފަހުންނެވެ. ފެންވަރާ ނަމާދުކޮއްލައިގެން ބަދިގެފަރާތައްނިކުމެ ރޭގަނޑުގެ ކެއުންނިމިގެން ކޮޓަރިޔައްދިޔައީ މާދަންފެށުމައް ހަމަޖެހިފަވާ ކުލާސްތަކުގާ ބޭނުންކުރުމައް ތަތްޔާރުކުރި ލިޔުންތަކާ ޑޮކިޔުމެންޓުރީތައް ޗެކުކޮއްލާ ނުނިމިހުރި މަސަތްކަތްތައް ނިންމާލުމަށެވެ. މަސަތްކަތް ނިންމާލުމައްފަހު ބޭރައްނިކުމެ ޖޯލީގާ ޖައްސާލީމެވެ. ދަންވަރު ވަގުތުކަމުން މުޅިތަނައް ފެތުރިފަވަނީ ހަމަހިމޭންކަމެވެ. ދޭތެރެޔަކުން ފަނިގޮވާލާ އަޑުނޫން އިތުރުއަޑެއް ނީވެއެވެ. ޖޯލީގަ އޮތުމައްފަހު މާބޮޑައް ފިނިބޮޑުވާން ފެށުމުންތެދުވެ ކޮޓަރިޔާ ދިމާލަން ހިގައިގަތީމެވެ. އެހެނަސް އިވެންފެށި އަޑާއެހެން އަހަރެންނައް ހުއްޓެން މަޖުބޫރުވީ ކަހަލައެވެ.

(ނުނިމޭ)

5
1
  • ހަޔާތޭމީ-1
މިއީ " ހަޔާތޭމީ " އަށް ހުށަހަޅާފައިވާ 1 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
Yaan
Liyun theri kamuge dhaairaain kuriah dhiyumakee alhugandu Emme kuraahithun kuraa ehkanthah vaahaka ge ithurun mazumoon lhen mauloomaathu himeney liyunthah liyumakee alhugandu ge amaaz

3 ކޮމެންޓް - ލިޔުން: ”ހަޔާތޭމީ-1“

Leave a Reply

Your email address will not be published.