ހިތާމަ އެހެނިހެން

ބަދަލު

“އަހްމަދު ރުކޫމް، މިނިސްޓަރ އިބްރާހީމް އިނާޒް މަރާލިކަމަށް ސާބިތުވެފައިވާތީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ހުކުމުގައި އަޙްމަދު ރުކޫމްގެ މައްޗަށް އުމުރު ދުވަހުގެ ނިޔާ ކަނޑައެޅުމަށް ހުކުމް ކުރަމެވެ” ކްރިމިނަލް ކޯޓުގެ ގާޒީގެ އެންމެ ފަހުބަސް އަޑު އިވިގެން ދިޔައެވެ. އަހަރެން އިސްޖަހާލީމެވެ. ދެއަތުގައި އަޅުވާފައިވާ ބިޑިއަށް ބަލާލވުނު އިރު ދެލޮލުން ކަރުނަތިކިތައް އޮހިގަތެވެ. އަހަރެން ކައިރީގައި ދެފަރާތުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންގެ ފަހަތުގައި ކޯޓުގެ ދޮރުމަތީގައި ވެސް ފުލުހުން ތިބޭނެކަން އަހަރެންނަށް އެނގެއެވެ. “އައި އޭމް ސޮރީ ރުކޫމް.. އަހަރެން ފަހުން ރުކޫމްއާއި ވާހަކަ ދައްކަން ދާނަން.. ދައުލަތުގެ ވަކީލްއާއި ވާހަކަ ދައްކާފައި” އަހަރެންގެ ވަކީލް އަހްމަދު ރަހީމް އަހަރެން ކައިރިއަށް ހުއްޓެލަމުން ބުނެލިއެވެ. އަހަރެން އަތުގެ ނުފުށުން ދެލޯ ފުހެލަމުން ރަހީމްއާއި ދިމާލަށް ބަލާލީމެވެ. ކޯޓުގެ ގާޒީ އޭރު އޭނަގެ ގޮޑިން ތެދުވެ ބޭރަށް ނިކުމެއްޖެއެވެ. ނިޔާ ކަނޑާއަޅަންވި ގޮތައް ކަނޑާއަޅާފައެވެ. ދެން ހުންނަ މީހާއަށް ލިބޭ ދެރައަށް ވިސްނާލުމެއް ނެތިއެވެ.

މި ވާހަކަ ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކުރާނެ ކަމަށް އުއްމީދު ކުރަން 🙂

10
3

3 ކޮމެންޓް - ލިޔުން: ”ބަދަލު“

Leave a Reply

Your email address will not be published.