ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (6)

އިސްޖަހާލައިގެން ތިރިއަށް ކޮޓަރީގެ ދޮރުމަތިން ކުރި ކަނޑާލި ރަޔާލް ފެނުމުން އެންމެން ހިމޭންވީ އޭނާއަށް އަޑު އިވުނު ކަމަށް ހީކޮށެވެ. ރަޔާލް ދިޔަކަން ޔަޤީން ވުމުން ޔާސީންވެސް އެކޮޓަރިން ނިކުމެން ތިރިއަށް ގޮސް ހުއްޓިލީ އޭނާގެ ކާރު ކައިރީގައެވެ. މިއަދު ކުރިން ނޭނގޭ އެތައް ކަމެއް އެނގުމުން އަނެއްކާ އޭނާ ކުރިއަށްދާނެ ހިތްވަރު ލިބިއްޖެއެވެ. އަމިއްލަ ބައްޕައާއި ދެކޮޅަށް ނިކުމެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. އަދި ހެކިވެސް ހުރެގެންނެވެ.
“އަހަރެން ނުބުނަން ސިމްޕަތީ ވާށޭ އެއް..” ފަހަތުން ރަޔާލްގެ އަޑު އިވުމުން ޔާސީން ދިޔައީ ސިއްސައިގެންނެވެ. މޭޣައި އަތް އަޅާލައިގެން ހުރެ ރަޔާލްވީ ފަޅިއަށް އެބުރުނުއިރު އޭނާ ހުރީ މޫނު ހަދައިގެންނެވެ. ރުޅި އައިސްފައިވާވަރު އެދެލޮލުން ހަމައެކަނިވެސް އެނގެއެވެ.
“ސޯ..” އަތް މޭގައި ހާކާލަމުން ޔާސީން ވާހަކަ ދެއްކީ ފާޑަކަށެވެ.
“ވެއިޓް.. ވެއިޓް… ރަޔާލް އަމިއްލައަށް ފެނިގެން ދޯ ތިވާހަކަ ދެއްކީ..” ޔާސީން އަވަހަށް ބަލާލީ މީ ރަޔާލް އިސްނަގައިގެން އޭނާއާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ.
“ޔާސީން ސިމްޕަތީ ނުވިއަސް އަހަންނަށް އުޅެވޭނެ..” އެހެން ބުނެފައި ދާން ހިނގައިގަތް ރަޔާލް މަޑުޖެހިލީ އޭނާގެ އަތުގައި މީހަކު ހިފާލުމުންނެވެ.
“އެހެން ވެއެއްނޫން..” ޔާސީން އެހެން ބުނެފައި ކާރުގެ ދޮރު ހުޅުވާލަމުން އަރައި ދުއްވާލައިފިއެވެ. ރަޔާލް އިތުރަށް ރުޅިއައީ ޔާސީން އޭނާގެ އަތުގައި ހިފާފައި އެހާ އަވަހަށް ދިއުމުންނެވެ. ހީވަނީ ގަސްތުގައި ކުރި ކަމެއް ހެންނެވެ.

************
ރާބިޔާ ކޮޓަރީގައި ހުއްޓިލައިގެން ހުރީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ލޮލަށް ސިފަވަމުން ދިޔަ ރަޔާލްގެ މޫނެވެ. ރަޔާލްގެ ކިބައިގައި އޭނާގެ އެއްވެސް ކަމެއް ނެތެވެ. ރަޔާލްއެއީ ރިޔާޒްގެ ދައިއެކެވެ. ކުރިއަށްވުރެ ބޮޑަށް އޭނާ ރަޔާލްދެކެ ފޫހި ވާގޮތް ވެއްޖެއެވެ. ރާބިޔާ ފޯނު ރިންގް ވާން ފެށުމުން އެނަގައި ކަންފަތުގައި ޖަހާލައިފިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުމެގެން ހިނގައްޖެއެވެ. ބޭރު ސޯފާގައި ވާހަކަ ދައްކަން އިނދެފައި ރާބިޔާގެ ފޯނު ކަންފަތާއި ދުރުކޮއްލީ މީހަކު ދޮރުގައި ޓަކި ޖެހި އަޑުއިވިފައެވެ. ފޫހި ވައްތަރަކަށް މޫނު ހަދާލާފައި އޭނާ ގޮސް ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި ރަޔާލް ފެނުމުން ރާބިޔާ ދައްކަން ހުރި ވާހަކަ ވަގުތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
“ފައި އަހަރެން ފަހުން އެބަ ގުޅަން..” އެހެން ބުނެފައި ރާބިޔާ ފޯނު ބޭއްވީ އިތުރަށް އެކަމަށް ހުސްވެގެން ނުހުންނާށެވެ. އެތެރެއަށް ވަނުމަށް އިޝާރާތް ކޮއްލުމުން ރަޔާލް މަޑުމަޑުން ވެދެގެން އައިއިރު ގޭގެ އެކު ތަންތަނަށް ދިޔައީ ބަލަމުންނެވެ. އެހިނގުމުގައި ހުރި ފަރިގޮތުންވެސް ރާބިޔާ ހިތް އަނދައިގަނތެވެ. އެއްފަހަރުވެސް އެއީ އަމިއްލަ ބަނޑުން ވިހޭ ދަރި ކަމެއް ހަނދާނެއް ނެތެވެ.
“ކަމަކުތަ؟” ރަޔާލް އެތަނުގައި ހުރި އާދައިގެ ގޮނޑިއެއްގައި އިށީނުމުން ރާބިޔާ ވަރަށް ފަރުވާތެރި ކަމާއެކު ބުނެލައިފިއެވެ.
“ކީއްކުރަން އަޅުގަނޑު މެންގެއަށް އައީ..” އެއަޑުގައި ހުރި ތުރުތުރު ލުމުން ރާބިޔާ ހައިރާންވިއެވެ. ރަޔާލް އެހެން ބުނި ކަމުގައި ވިއަސް އޭނާ ބޭނުންވި ކަންތައް ބޭނުން ވެއްޖެއެވެ. އޭނާ ބޭނުން އެއްފަހަރު ނަމަވެސް އޭނާއާއި ހަމައަށް ރަޔާލް ގެނައުމެވެ. އޭގެ ފަހުންވެސް އޭނާ ބޭނުންވާ ގޮތަށް ކަންތައް ކުރެވިދާނެއެވެ.
“ބަލަ މީ ރަޔާލްގެ މަންމައޭ! މަންމަ މަތިންވެސް ރަޔާލް ހަނދާން ނެތްތަ؟” ރާބިޔާ އެހެން އަހާލުމުން ރަޔާލް ދެއަތް ދެއަތާ މޮޑެލި ގޮތުން ކުރިން ފައިސަލް ބުނެފައިވާ ވާހަކަ މަތިން ހަނދާންވިއެވެ. އޭނާ ފައިސަލް ފެނުނު އިރުގައި ނޭނގޭނީ އެއްވެސް ކަމެއް ހަނދާން ނެތުމުންނެވެ.
“ލައްބަ..” މައުސޫމްކޮށް އެހެން ބުނުމުން އަދިވެސް ރަޔާލްގެ ޅަކަށް ރާބިޔާއަށް ފާހަގަވިއެވެ.
“ތީ އަސްލުކޮށްވެސް އަޅުގަނޑުގެ މަންމަތަ؟” ސުވާލުގެ ނަޒަރުން ރަޔާލް ބަލާލި ގޮތުން ހީވަޏި ޝައްކު ވާގެން އަހާލި ހެންނެވެ.
“ކިހިނެއްވީ؟ ރަޔާލަށް ޝައްކުވަނީތަ؟” ރާބިޔާ އެއްކޮލުން ހީލަމުން އެހެން ބުނެލިގޮތުން ރަޔާލްގެ މޫނަށްވެސް ހިނިތުން ވުމެއް ވެރިވެއްޖެއެވެ. އެ ހިނިތުން ފެނުމުން ރާބިޔާގެ ހަނދާންވީ ކުޑައިރު ރަޔާލް އޭނާ ކައިރީގައި އުޅެމުން އައި ގޮތެވެ. ނަމަވެސް އެއީ ހަމައެކަނި ހަނދާނެކެވެ. އެހިތުގައި ރަޔާލަށް އެއްވެސް ކުލުނެއް ނެތެވެ.
“ގެއަށް އައީމަ ބައްޕަމެން އެހާ…” ރަޔާލް ބުނަން އުޅުނު އެއްޗެއް މެދު ކަނޑާލީ ދޮރުގައި ތަންކޮޅެއް ބާރަށް މީހަކު ޓަކި ޖަހާލި އަޑު އިވުމުންނެވެ. ރާބިޔާ ވަގުތުން މޫނު ހަދާލަމުން ގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރު ހުޅުވާލުމާއެކު ފައިސަލް އެތެރެއަށް ދެމިގަތުމުން ރަޔާލް އެތެރޭގައި އިން ވާހަކަ ބުނާނެ ފުރުސްތެއްވެސް ނުލިބުނެވެ.
“ފައި…” ތަންކޮޅެއް ބާރަށް އެހެން ބުނިއިރު ރަޔާލް ހުރީ ފައިސަލާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފައިސަލްގެ ލޮލުގައިވި ދަހިވެތިކަމުން އެވަގުތުވެސް ރަޔާލަށް އުނދަގޫވާ ގޮތްވިއެވެ. ރާބިޔާ ވަގުތުން ފައިސަލްގެ ދެކޮނޑުގައި ހިފާ އޭނާއައި ދިމާއަށް އަނބުރާލަމުން ލޯއަޅާލައިފިއެވެ. އެމަންޒަރަކީ މީގެ ކުރިން އނާ ދެކެފައިވާ މަންޒަރެކޭ ހިތް ބުނެލުމުން ރަޔާލް އެދިމާލަށް އަނެއްކާވެސް ބަލާލައިފިއެވެ. ރާބިޔާއާއި ފައިސަލް އެހާ ގާތްކަމެއް ކުރިޔަކުންނެއް ރަޔާލަކަށް ނޭނގެއެވެ. އޭނާގެ އަސްލު މަންމައަކީ ޔާސީންގެ ބައްޕަގެ އެހާ ގާތް ރަހުމަތް ތެރިއެއް ހެއްޔެވެ.ނަމަވެސް ރާބިޔާ ފައިސަލް ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމުން ރަޔާލްގެ ބޮލުގައި ރިއްސާލައިފިއެވެ. ފައިސަލަށް އނާ އެނގިހުރެ އެފަދަ ހަޑި ގޮތަކަށް އުޅެން ކެރޭނެ ކަމެއް އެނާ ހިއެއް ނުކުރެއެވެ.
ދެމީހުން ކޮޓަރީގައި ގިނައިރުވާން ފެށުމުން ރަޔާލް ތެދުވެ އެތާގައި ހުރި ޕިއާނޯއެއްގެ މތީގައި އަތް ހާކާލައިފިއެވެ. އޭތީގައި އަތް ލައިގެން ހުރެ ވަށާއިގެން ހިނގާލިއެވެ. އޭތި އެއީ އޭނާއަށް ފެނިފައިވާ އެއްޗެކޭ ހިތަށް އެރުމުން ބޮލުގެ ކަނާތް ފަޅީގައި އަތް އަޅާލީ ވީތަދުން ކަންފަތްވެސް ބައްވުމުންނެވެ. ހީވީ ބާރަށް ދުވަމުން އައި ކުއްލިއަކަށް ތަނަކުޖެހި ތަދު ވިހެންނެވެ.

# # # #

ބޮޑު ޕިއާނޯ ކައިރީގައި އިށީނދެލައިގެން ރޫބީ ކުޅެން ދިޔައީ އޭނާއަށް އެންމެ ރީތި ރާގުކޮޅެވެ. ލޯ މަރާލައިގެން އިނދެ ޕިއާނޯގައި އަތް ހަރަކާތް ކުރަމުން ދިޔައީ ކޮންމެ ފިތެއްވެސް ހުރިތަން ހިތު ދަސްވެފައި ވާތީއެވެ. ރާގު ކޮޅު ކުޅެ ނިންމާލުމާއެކު އޭނާގެ ޓީޗަރ އަތްތިލަ ބަޑި ޖަހާލީ އުފަލުން ހުރެއެވެ. ރޫބީ ހިނިތުން ވެލަމުން ދޮރާއި ދިމާލަށް ބަލާލިއިރު ދޮރުމަތިން ފެނުނީ އެހެންނާއި ނުދަންނަ މޫނެކެވެ. ރާބިޔާ އައިސް އެމީހާގެ ކޮނޑުގައި ހިފާލަމުން އޭނާއައި ދިމާލަށް އަނބުރާލައިފެއެވެ. އޭރު އޭނަގެ ޓީޗަރ މީހާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމް ނުޖެހިފައެވެ. އެމީހާގެ ފަހަތުގައި ހުރި ފިރިހެންކުއްޖާ ހިނިތުން ވެލައިގެން ހުރިތަން ފެނުމުން ރޫބީވެސް ދެލޯ ކުޑަ ކޮއްލަމުން ބޮޑަށް ހީލައިފިއެވެ.
ރޫބީއަށް ޕިއާނޯ ކުލެން ދަސްކޮއްދެނީ ރާބިޔާ ހިތާ ވެގެން އުޅޭ ފިރިހެނެކެވެ. ނަމަވެސް ރާބިޔާ ފޫހިވަނީ އެމީހާ މޯބޮޑަށް ރޫބީދެކެ ލޯބިވާތީއެވެ. އެމީހާގެ ކުއްޖަކު ނެތުމުން އޭނާ ރޫބީ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ދޮރުމަތީގައި ހުރި ފިރިހެންކުއްޖާ ބަލަހައްޓައިގެން ހުރީ ރާބިޔާއާއި އަލަށްއައި ފިރިހެންމީހާ އުޅޭގޮތެވެ. އެހެން ހުރެފައި އޭނާ މޫނު ހަދާލީ ރާބިޔާއާއިއެކު އެމީހާ ކޮޓަރިއަށް ވަތްތަން ފެނުމުންނެވެ. އެތައް އިރެއްފަހުންވެސް ކޮޓަރި ނުހުޅުވުމުން ރޫބީ ގޮސް ދޮރު ކައިރީގައި ހުއްޓިލާފައި ޓަކި ޖަހާލައިފިއެވެ.
“މަންމާ… މަންމާ ރޫބީ ބަޑުހައި ވަނީ” ރޫބީ އެހެން ގޮވާލުމުން ކުއްލިއަކަށް ރާބިޔާ ދޮރު ހުޅުވާލައިފިއެވެ. ރުޅި އައިސްފައި ހުރި ރާބިޔާ ފުރަތަމަވެސް ރޫބީ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލީއެވެ.
“މަން… މަންމާ..” ދުރަށް ގޮސް ފާރުގައި ޖެހުގައި ޖެހުނު ރޫބީ ތަދުގެން ރޯންފެށި އަތުގެ އެތެރެ ހަން މަށައިގެން ދިއުމުންނެވެ.
“ރާބީ.. އެހެން ނުހަދަބަލަ..” ދުރުގައި ހުރި ފިރިހެންމީހާ އައިސް ރޫބީ ނަގައި އޭނާގެ ގައި ފިރުމަސް ފަށައިފިއެވެ. ބޮޑަށް ފިރުމަމުން ދިޔައީ ކަކުލު ގަޔާއި އުނަގަނޑު މަތީގައެވެ.
“ފައިސަލް… ދެން އާދެބަލަ..” ފައިސަލް އެހެން ހެދުމުން ރޫބީއަށް އުނދަގޫ ވެގެން ދުރަށް ޖެހިލުމުން ރާބިޔާ އަނެއްކާވެސް ފައިސަލް ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
“މަންމާ…” ބަނޑުހައި ވެގެން ބަނޑަށް ތަދު ވަމުން ދިޔަ ރޫބީ އޭރުހުރީ ގިސްލެވިފައެވެ.
ފައިސަލާއި ރާބިޔާގެ ބައްދަލު ވުންތައް އިތުރުވަމުން ދިޔަ ވަރަކަށް ރޫބީއަށް ލިބެމުން އައި ގޯނާތައްވެސް އިތުރެވެ. ނަމަވެސް އެމަންޒަރުތައް ފެނި ރާބިޔަ ދިޔައީ އެކަންތައް ނުފެންނަ ކަމަށް ހެދެމުންނެވެ. ފައިސަލް ކިތަންމެ ދުވަހަކު ރޫބީދޭން ވެސް ބުނެއެވެ. ނަމަވެސް ރާބިޔާގެ ޖަވާބަކީ އެކައްޗެކެވެ. ބަދަލުގައި އޭނާއަށް ލިބޭނީ ކޯއްޗެއްތޯ އަހާލަމުން ފައިސަލް ކޮންމެ ފަހަރަކުވެސް ހީލަނީއެވެ. ހީވަނީ އެކަމަށްވެސް ތައްޔާރުގައި ހުރި ހެންނެވެ.

# # # # # #

ރަޔާލް ތިރިވެ ޕިއާނޯ ކައިރީގައި އިށީނދެގެން އިނީ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލައިގެންނެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް އަޑު އިވެނީ ރޫބީއަކަށް ގޮވާއަޑެވެ. ދޮރު ހުޅުވުމުގެ ކުރިން ރަޔާލް ބެލީ އެގެއިން ނިކުމެވޭތޯއެވެ. ބޮލަށް ވަމުން ދިޔަ ތަދާއެކުވެސް ރަޔާލް ތެދުވެގެން ހިނގައި ގަނެއްޖެއެވެ. ތަންތާނގައި ޖެހެމން ދިޔަ ރަޔާލްގެ އަތުން މޭޒުމަތީގައި ހުރި ވާސް އެއްވެސް ވެއްޓުނެވެ. މަގު މައްޗަށް ނިކުމެވުނު އިރުގައި އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ދެފަޔަށް ލެވޭހައި ބާރެއް ލަމުން ހިނގާފައި ރަޔާލަށް ދެވުނީ ވަކި ހިސާބަލަށެވެ. އަރައި އަޅާލުމާއެކު އެއްޗެހި ދުއްވަމުން ދިޔަ މަދު މައްޗަށް އޭނާ ވެއްޓިއްޖެއެވެ. މީހުންތައްވެސް ކައިރިވެ ރަޔާލް ނަގައި ގަނެގެން ޓެކްސީ އަކަށް ލައިގެން ގެންދިޔައީ ހޮސްޕިޓަލަށެވެ.
ލޯ ހުޅުވާލި ރަޔާލްއަށް އެންމެ ފުރަތަމަވެސް ފެނުނީ ރިޔާޒެވެ. މޮއޮވެވުނީ ކޮންތާކުތޯ ބަލާލަން ބޭނުންވި ނަމަވެސް އެންމެން ފާޑަކަށް ބަލަން ތިބުމުން އޭނާއަށް ގުޑިލަންވެސް ނުކެރުނެވެ. ކައިރިން ނަރުސްކުއްޖާ ޔުނިފޯމުގައި ފެނުމުން ރަޔާލް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ.
“ޑޮކްޓަރ ބައްލަވަން ދުރުވާނެ.. އިހަށް ބޭރުގަ މަޑުކޮއްލައްވަން ވީނޫންތޯ؟” ނަރުސް ކުއްޖާ އެހެން ބުނުމުން އެންމެންހެން ނިކުމެއްޖެއެވެ.
“ކޮބާ ހޭ އަރައްޖެ؟..” މެދު އުމުރުގެ ޑޮކްޓަރގެ ފަހަތުން އެތަނަށް ވަން ޔާސީން ފެނުމުން ރަޔާލްގެ ހިތުގެ ވިންދު އަވަސްވާ ގޮތްވިއެވެ. އަވަހަށް އިސްޖަހާލަމުން އޭނާ ބެލީ ގައިމަތީގައި އޮތް ފޮތިގަނޑުގެ އެތެރެއަށް އަތް ފޮރުވާ ލެވޭތޯއެވެ. އެމަންޒަރު ފެނުނު ޔާސީން ހީލީ ރަޔާލްގެ މައުސޫމް ކަމުންނެވެ.
“މީ ޑރ.ޔާސީން.. ކުޑަކޮށް ވާހަކަ ދައްކާލަން މި ގެއަނީ.. ރަޔާލް ބައްޕަ ބުނި..” ޔާސީން ފަހަތުން ބޯހޫރާލުމުން އޭނާ ހިނިތުން ވެލަމުން ނިކުމެގެން ހިނގައްޖެއެވެ.
ނަރުސް ކުއްޖާވެސް ދިއުމުން ޔާސީން ބަލާލީ ސީދާ ރަޔާލްގެ މޫނަށެވެ. ނަމަވެސް ރަޔާްލ އިނީ އިސްދަށައް ޖަހާލައިގެންނެވެ. ހީވަނީ ބޮޑޫ ކުށެއް ކުރަން ހުއްޓައި ފަޅާއަރައިގެން އުޅޭ މީހެއް ހެންނެވެ. ޔާސީން ހަމަ ޖެހިލަމުން ބޭނުންވީ އޭނާގެ ކުރީގެ ސިފާގައި ރަޔާލާއި ވާހަކަ ދެއްކުމަށެވެ. އެހެންނާ އޭނާގެ ހިތުގައިވާ އެއްޗެއް ރަޔާލަށް އެނގިދާނެއެވެ.
“ރަޔާލްއަށް އަހަރެންގެ ބައްޕަ އެނގޭތަ؟” ޔާސީން އެހެން އަހާލުމުން ރަޔާލް ތެޅި ގަނެފައި ބަލާލައިފިއެވެ. ތަންކޮޅެއް ކުރިން ރާބިޔާމެން ގޭތެރޭގައި ހިނގާ ދިޔަ ކަންތައް މަތިން ހަނދާންވުމުން އޭނާ ބޯ ހޫރާލައިފިއެވެ.
“ޕްލީޒް ރަޔާލް.. އަހަރެން މިއައީ ޑރ.ހުމައިމިން ބުނެގެން އެހީވާން ވެގެން. ޕްލަސް ރަޔާލްބެ ބައްޕަވެސް ބުނެގެން.. ތުއި ނުވެ ބުނީމަ ރަނގަޅު ވާނީ…” ޔާސީން ތަންކޮޅެއް ބާރަށް އޭނާގެ އަތުގައި އޮތް ފޮތް ބާއްވާލަމުން ގޮނޑިން ތެދުވެއްޖެއެވެ. ކުއްލިއަށް ގޮނޑި ދަމާލާފައި ތެދުވުމުން ރަޔާލް ދިޔައީ ސިއްސައިގެންނެވެ.
“މަންމަ…” ރަޔާލަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ.
“މަންމަ ކައިރިއަށް ދިޔައީ.. އައި ތިންކް އައި ރިމެމްބަރ ޔުއަރ ޑޭޑް..” ރަޔާލް އެގެއަށް ދިޔަ ވާހަކަ ބުނުމުން ޔާސީންގެ މެޔަށް ފިނިވެގެން ހިނގައްޖެއެވެ.
“ކީއްކުރަން ދިޔައީ؟” ތަންކޮޅެއް ބާރަށް އެހެން ބުނި ނަމަވެސް އެއަޑުގައި ހަރުކަށި ކަމެއް ނެތެވެ.
“މަންމައައީ ގެއަށް ކުރިން ދުވަހު..” ރަޔާލަށް ވާހަކަ ނުނިމިގެން އުޅެނިކޮށް ޔާސީން އައިސް އޭނާގެ އަތުގައި ހިފާ އުފުލާލައިފިއެވެ. އަތްތލަމަތީގައި ދުޅަވެފައިވާ ތަން ފެނުމުން އޭނާ ބަލާލި ރަޔާލްގެ މޫނަށެވެ. ރަޔާލްގެ ނިއްކުރީގައި ދުޅަވެފައިވާ ތަންވެސް ޔާސީނަށް ފެނުނީ އެވަގުތުގައެވެ. މަޑުމަޑުން އެތަނުގައި އަތް ޖަހާލިއިރު ރަޔާލްގެ މޫނަށް އެއްވެސް ހުރަހެއްނެތި އެ ނޭވާ އެޅެއެވެ. ރަޔާލް ހަނދން ވަމުން ދިޔައީ އނާގެ މަންމަ ރޫބީއަށް ހަދަމުން ދިޔަ ގޮތެވެ. ރޫބީއަކީ ކާކު ހެއްޔެވެ؟ އޭނާގެ ކޮއްކޮއެއް ހެއްޔެވެ؟ ނޫނީ އެއީ ހުދު އނާ ހެއްޔެވެ؟ ނަމަވެސް ރޫބީ ކިޔަންވީ ކީއްވެ ހެއްޔެވެ؟ ދެލޯ މަރާލައިގެން އިން ރަޔާލްގެ ނޭވާ އަވަސްވާން ފެށުމުން ޔާސީން ރަޔާލްގެ ދޫކޮއްލައިފިއެވެ.
“އަހަންނަށް ސިމްޕަތީ ވޭތަ؟” ރަޔާލް އެހެން އަހާލުމުން ޔާސީން ކުޑަކޮށް ހިނިތުން ވެލިއެވެ.
“ނޫން..” އެހެން ބުނެލި ޔާސީން މިފަހަރު ބަލާލީ ރަޔާލްގެ މޫނަށެވެ.
“ރަޔާ.. ސޮރީ އޭރު ހެލްޕް ނުވެވުނީމައަހަރެން އެއްވެސް ވަރަކަށް ހަނދާނެއް ނުނެތޭ..” ޔާސީން މި ކިޔަނީ ކީކ ކަމެއް ނޭނގިއިން ރަޔާލް ދުރަށް ޖެހެލީ ދޮރުގައި މީހަކު ހިފައި ހުޅުވާލުމުންނެވެ.
ނުނިމޭ
ދޮރުން އެތެރެއަށް ވަދެގެން އައި ރިޔާޒު ހުރީ ނުރުހިފައިކަން ރަޔާލަށް ވަގުތުން އެނގިއްޖެއެވެ. ނަމަވެސް ބައްޕަ އެހާ ރުޅި އަންނަން ވި ސަބަބެއް ރަޔާލަކަށް ނޭނގުނެވެ. އޭނާ ރާބިޔާ ކައިރިއަށް ދިޔަ ވާހަކަވެސް މައުވާ މީހަކަށް އެނގޭނީ ނޫން ވިއްޔާއެވެ؟ ނަމަވެސް ފަހަތުން މައުވާ ކުއްވެރި އެއްހެން ވަނުމުން ރަޔާލް ފާޑަކަށް އަނގަ ހަދާލައިފިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ރޮޔާޒް އެތަނުން ނިކުތުމުން ޔާސީންވެސް ރަޔާލްއަށް ބަލާލަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރާބިޔާ ކައިރިއަށް ގޮސްފައި އައިފަހުން ރަޔާލްގެ ބޮލުގައި ނުފިލާ ތަދެއް ހުރެއެވެ. އެންމެން އެތަނުން ނިކުތުމުން ރަޔާލް ބަލާލީ ނިދާލެވޭތޯއެވެ. ނަމަވެސް ދެލޯ މަރާލުމުން އޭނާއަށް އަޑު އިވެނީ ރޫބީގެ ރުއިމުގެ އަޑެވެ.

# # # # #

ފައިސަލް ރޫބީގެ ދެފައިގައި ހިފާ ދުރުކޮއްލުމުން އެކުއްޖާ ރޮއެގަތް ބާރުކަމުން އަޑުވެސް އިރުކޮޅަކަށް ކެނޑުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެތަނުން ދުރަށް ގޮސްފިއެވެ. ރޫބީ ބެލީ އެތަނުން ތެދުވެވޭތޯއެވެ. ތެދުވަން ހިފާލި ނަމަވެސް އޭނާގެ ފަޔަކު ވަރެއް ނެތެވެ. އެހާ ފަސޭހައިން އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ކިތަންމެ ކުޑަ ނަމަވެސް އެކުއްޖާ ވިސްނުން ވަރަށް ތޫނެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އޭޏާ ބޭނުންވީ އެތަނުން ފިލާށެވެ.
“ރޫބީ…” ފައިސަލް މޫނުން ދާތަށް ފުހެލަމުން ރޫބީއާއި ވީ ފަރާތަށް އެނބުރިލައިފިއެވެ. އެއާއެކު ރޫބީ ކުރަމުން އައި މަސައްކަތް ނިންމާލުމަށްފަހު އޭނާ ބިރުން ދެއަތް ޖޯޑު ކޮއްލައިފިއެވެ.
“ބޭބޭ.. ރްރް.. ރޫ.. ރޫބީ ގެއަށް ދާން ބޭނުންވަނީ..” ގިސްލެވޭވަރުން ކުޑަކުޑަ ރޫބީ ވާހަކަވެސް ނުދެއްކެއެވެ.
“ކޮން ބޭބެ އެއް.. ފައި ކިޔާބަލަ… ފައި..” ގުދު ވެލަމުން ފައިސަލް އެހެން ބުނިއިރު އެމޫނުގައިވި ނުބައި ކުޅިވަރުން ރޫބީ ބިރުން އޯކަށް ދެމިލައިފިއެވެ. ހޮޑު ލާނެ އެއްޗެއް ނެތް ނަމަވެސް އޭނާ އޯކަށް ދެމެވުނީ ބިރުންނެވެ.
“ހިނގާ.. މިހާރު” އަނެއްކާވެސް ފައިސަލް ބެލީ ރޫބީގެ ފައިގައި ހިފޭތޯއެވެ. ރޫބީ ފައިގައި ހުރި ހުރިހާ ބާރެއް ލަމުން ފައިސަލް ކޮއްޕާލައިފައި ދުއްވައި ގަންނަން މަސައްކަތް ކޮއްލައިފިއެވެ. ތެދުވަން އުޅުމުގެ ތެރޭގައި ރޫބީގެ އަޅައިގަތީ ތިރީގައި މޮހަރު ޖަހާފައިވާ އޮތް ފިލައިގަނޑެއް ގައެވެ. ވީތަދުން އެކުއްޖާއަށް ހިރިވެސް ނުލެވުނެވެ. ވީނުވީއެއްވެސް ނޭނގުނެވެ. ރޫބީއަށް އޭނާގެ ފައިފަލަ މަސްގަނޑުން ލޭ އަންނަތަން ފެނުމުން މަޑުމަޑުން އެތަނުގައި އަތްހާކާލެވުނެވެ. އައްސި ވެފައިވުމުން އޭނާއަށް ތަދު އިހުސާސެއް ނުކުރެވުނެވެ. މަޑުމަޑުން ރޫބީ ބަލާލީ ކައިރީގައި ހުއްޓި ލައިގެން ހުރި ފައިސަލްގެ މޫނަށެވެ. އޭރު މުނިތަނަށް ދިޔައީ އަނދިރިކަން ވެރިވަމުންނެވެ.

# # # # # #

ނިދިފައި އޮތް ރަޔާލަށް ހޭލެވުނީ އަނެއްކާވެސް ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ވާތުފަޔަށް އައްސި ވެފައިވުމުން އޭނާ އަވަހަށް އތަނުގައި އަތް ހާކާ ލައިފިއެވެ. ނަމަވެސް ލެއެއް ނެތެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ރަޔާލްގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އަޅާލި ހެންނެވެ. މަޑުމަޑުން ތެދުވެގެން ރަޔާލް ވަނީ ފާހާނާއަށެވެ. މަޑުމަޑުން ލައިގެން ހުރި ހަރުވާޅު ތިރި ކޮއްލިއިރު އޭނާއަށް އަމިއްލަ ފައި ތުރުތުރު އަޅާތަން ފެނުނެވެ. ފާހާނާ ތަށި މަތީގައި އިށީންނަމުން ރަޔާލް އޭނާގެ ވާތު ފަޔަށް ނަޒަރު ހިންގާލައިފިއެވެ. އެފައިގައި ލޭގެ އެއްވެސް އަސަރެއް ނެތެވެ. ނަމަވެސް ދިގުކޮށް ހުރި ލަކުނެއް ހުއްޓެވެ. ކުރިން އެލަކުނު ފެނުނު ނަމަވެސް މިކަހަލަ އެއްޗެކޭއެއް ހިތަކަށް ނާރައެވެ. އޭނާއަށް ހީވީ ރަނގަޅަށް ބާއެވެ. އޭނާއަކީ ރޫބީ ހެއްޔެވެ. އަތް ނަގައި ރަޔާލް އެލަކުނު މަތީގައި އަތް ހާކާލައިފިއެވެ. ހީވީ މިވީހައި ދުވަހު ފޮރުވިފައިވާ އެތައް ކަމެއް އައިސް އެނާއާއި ކުރިމަތި ލިހެންނެވެ.
ތިރީހަކަށް މިނެޓް ފަހުން އަނެއްކާވެސް ޔާސީން އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. ނަމަވެސް މިފަހަރު އަހަންއައީ އެގެއަށް ދިޔަ ސަބަބެވެ. ދޮރު ހުޅުވާލުމަށްފަހު ޔާސީން ވަށައިގެން ބަލާލީ ރަޔާލް ފެންނަން ނެތުމުންނެވެ. އެތެރެއަށް ވަދެ އެނދުދަށަށް ގުދުވެ ބަލާލީ ރަޔާލްގެ ގޮތެއް ނޭނގޭތީއެވެ.
“ރަޔާލް…” އެތާ އެތެރެއިން ފެންނަން ނެތް ކަމުގައި ވިއަސް ރަޔާލަށް ގޮވާލައިފިއެވެ. ހުޅުވިފައިވާ ފާހާނައިގެ ދޮރުން ފަނޑު އަލިކަމެއް ފެންނަން ހުރުމުން ޔާސީން ހަލުވިކޮށް ހިނގާލާފައި ގޮސް ތަޅުގައި ހިފާލައިފިއެވެ. ދޮރު ހުރީ އެއްކޮށް ނުޖެހިއެވެ. އަވަހަށް ހުޅުވާލި ދޮރުން އެތެރެ ފެނުނު ވާގުތު ޔާސީންއަށް ބާރަށް ނަރުހަށް ގޮވާލެވިއެވެ.
“ރަޔާލް…” ތިރިއަށް ހަބަރު ހުސްވެގެން ވެއްޓިފައި އޮތް ރަޔާލްގެ އަނގައިން އޭރުވަނީ ހުދުކުލައިގެ އެއްޗެއް ބޭރުވެފައެވެ. ޔާސީނަށް ދެން ބަލާލެވުނީ ރަޔާލް ލައިގެން ހުރި އެއްޗެއްސަށެވެ. ހަރުވާލު ބޭލިފައިވާ ތަން ފެނުމުން ދުރަށް އެނބުރުނު ނަމަވެސް ޔާސީނަށް މިވަގުތު މުހިންމުވީ ރަޔާލް އެތަނުން ނެގުމެވެ. އޭރު އެތަނަށް ނަރުސް އަންހެން ކުއްޖާވެސް އަތުވެއްޖެއެވެ. އެނދުގައި ރަޔާލް ބޭއްވުމަށްފަހު ޔާސީން އެނބުރުނީ އަނެއް ފަރާތަށެވެ.
“ކިހިނެއްތޯ ހަދަންވީ؟” ނަރުސް ކުއްޖާ އެހެން އަހާލުމުން ޔާސީން އެތަނުން ނިކުމެގެން ދިޔައީ ކުރިން ރަޔާލް ބެލި ޑޮކްޓަރ ބަލައެވެ.
ލޯ ހުޅުވާލި ރަޔާލަށް މިފަހަރު އެތަނުން ފެނުނީ ޔާސީން އެކަންޏެވެ. ޔާސީން ފެނުމާއެކު ރަޔާލް އެނބުރިލީ އަނެއް ފަރާތަށެވެ. ހީވީ ޔާސީންގެ މޫނަށް ބަލަން އުނދަގޫ ވިހެންނެވެ. ކުޑައިރުގެ އެތައް ކަމެއްގެ ތެރެއިން އޭނާ ޔާސީންވެސް ހަނދާން ވެއްޖެއެވެ. ޔާސީނަށް އެބެލުން ދެމެގަނެވުނު ކަހަލައެވެ. އެއްވެސް ބަހެއް ނުބުނެ ދެމީހުން ބަލަން ކުޑަދޮރުން ބޭރަށެވެ. އެތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަން އެކަންޏެވެ. ރަޔާލަށް އުނފަގޫ ވިނަމަވެސް އެދުވަހު ޔާސީނަށް އޭނާއަށް އެހީތެރި ނުވެވޭނެކަން ވިސްނެއެވެ. ހިންދިރުވާލި ރަޔާލް ހަނދާންވީ އޭނާގެ އަސްލު މަންމަ ފައިސަލަށް “ފައި” އޭ ކިޔާފައި ގޮވާގޮތެވެ. މުޅި އުމުރުގެ ދެބައި ކުޅަ އެއްބައި އޭނާ ވޭތުކުރީ ހަޔާތުގެ އެންމެ މުހިންމު ކަންތައް މަތިން ހަނދާން ނެތިއެވެ. އޭނާ އެހެން ކުދިންނާއި ތަފާތުވީ ކީއްވެކަން އަދި ކިރިޔާ މި އެނގުނީއެވެ.
“ރަޔާ…” ހިމޭންކަން ފޫއަޅުވާލަމުން ޔާސީން ގޮވާލި ގޮތުން ރަޔާލްގެ ހިތުގައި ޖެހިލައިފިއެވެ.
“ހޫމް…” ރަޔާލްގެ ޖަވާބު ވަރަށް ކުރެވެ. އަރު ބެދިފައި ވުމުން ރަޔާލް ކަރު ކެހިލީ ވަރަށް މަޑުންނެވެ.
“ރަޔާލް އަހަންނަށް ކިޔާ ދިނުމުން ނޫނީ އަހަންނަށް ވެވޭނެ އެހީއެއް ނޯންނާނެ..” އެނދާއި ކައިރިއަށް ގޮނޑި ދަމާލަމުން ބުނެލައިފިއެވެ.
“މިހާރު އެނގިއްޖެ..” ރަޔާލް އެހެން ބުނެލީ ޔާސީންގެ މޫނަށް ބަލާލަމުންނެވެ. ޔާސީން ހައިރާންވީ ކުރިން ރަޔާލްގެ ހުރި ގޮތްތައް ކެނޑެމުންދާތީއެވެ.
“ކޮންކަމެއް؟” ތެޅެމުންދިޔަ ހިތާއެކު އެހެންބުނެލި ޔާސީން އިސްޖަހާލީ ރަޔާލް ބުނެފާނެ އެއްޗަކަށެވެ.
“އެދުވަހު ސިމްޕަތީވަނީ އޭ ބުނީ ކީއްވެކަން..” މަޑުމަޑުން އެހެން ބުނެލަމުން ރަޔާލްބޭނުންވީ ޔާސީން އޭނާގެ ކުރިމތަން ފޮނުވާލާށެވެ.
ރަޔާލް އެހެން ބުނުމުން ޔާސީން އިތުރަށް އެއްޗެކޭއެއް ނުކިޔައެވެ. ދެމީހުންވެސް އެހެން ތިބެފައި ޔާސިން އެތަނުން ނިކުތީ ރިޔާޒްމެން އައިސް ވަނުމުންނެވެ. ރިޔާޒް ރުޅިއައިސް ވާހަކަ ދެއްކުމުން ރަޔާލް ވީގޮތް ކިޔައި ދީފިއެވެ. އޭނާ ހަމައެކަނި ސިއްރު ކުރީ ފައިސަލްގެ ވާހަކައެވެ. އިތުރަށް އެނގެން ބޭނުންވާތީ މިވަގުތަށް އެވާހަކަތައް ދައްކަން ރަޔާލް ބޭނުން ނުވީއެވެ. އޭނާ އަމިއްލައަށް ހުރިހާ ކަމެއްގެ ހަޤީޤަތް ހޯދާނެއެވެ. އޭނާއަށް މިހާލު ޖެއްސީ ކީއްވެތޯވެސް ބަލާނެއެވެ.
************
ރާބިޔާއާއި ފައިސަލް ކޮފީ ދެތަށި ހިފައިގެން ތިބީ ކާމޭޒު ކައިރީގައެވެ. ދެމީހުންގެ މޫނު މަތީގައިވެސް ވަނީ އެުފާވެރި ކަމެވެ. މީގެ އިރުގަނޑެއް ކުރިން ހިންގި އަމަލުގެ ފޮނި މީރުކަން އަދިވެސް ފިލައިގެނެއް ނުދެއެވެ. ރާބިޔާ ވާހަކަ ދައްކަމުން ދިޔައީ ރޫބީއާއި ބެހޭ ގޮތުންނެވެ. ފައިސަލް އަނގައިން ޗުއްޕުވެސް ނުބުނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީދުރުގައި ބަހައްޓާފައިހުރި ޕިއަނޯއަށެވެ. އެއީ މީގެ އެތަށް އަހަރެއް ކުރިން އޭނާއަށް ރޫބީ ފެނުނު ތަނެވެ. އެހިނދު ކޮޅުން ފެށިގެން އޭނާ ރޫބީދެކެވީ ހަޤީޤީ ލޯތްބެވެ. މީގެ ކުރިން އޭނާއަށް ނުވާ އެތައް ގޮތެއް ރޫބީ ފެނުމުން ވިއެވެ.
ފައިސަލް އައިސް ގޭގެ ދޮރު ހުޅުވާލިއިރު ޔާސީންހުރީ ގޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވަނީ ކޮންމެވެސް މީހަކަށް އިންތިޒާރުގައި ހުރި ހެންނެވެ. ފައިސަލް ތަންކޮޅެއް ބާރަށް ހިނގާލާފައި ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. ޔާސީން އޭނާއާއި ދިމާލަށް ބަލަން ހުރޮ ގޮތުން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން އެނގެއެވެ. ވާހަކަ ދައްކަން ބޭނުން ނުވެފައި ހުރެވެސް ޔާސީން އެމަޑު ކުރަނީ އޭނާ ގެއަށް އަންނާނޭ އިރަކަށެވެ. ނަމަވެސް ފައިސަލް އެވަރަކަށް ނޫޅުނެވެ. ޔާސީން ބޭނުމިއްޔާ އިސްނަގައިގެން ވާހަކަ ދައްކާނެއެވެ. އެހެންނޫނީ އޭނާއަށް އަމިއްލައަށް އިސްނަގައިގެން ވީކަމެއް ނާހާނެއެވެ. ކުރިންވެސް ވާހަކަ ދެއްކުން ހުއްޓާލީ ޔާސީނެވެ.
“ބައްޕާ..” ލަހުން ނަމަވެސް ޔާސީން ގޮވާލައިފިއެވެ. ކޮޠަރީގެ ދޮރުފަތް ހުޅުވާލުމަށަފަހުގައިވެސް ފައިސަލް އެނބުރިލައިފިއެވެ. ނަމަވެސް އާނއެކޭވެސް ނޫނީ އެހެން އެއްޗެކޭވެސް އޭނާ ނުބުނެއެވެ.
“އަހަރެން ބައްޕަ ކައިރީގަ ވާހަކައެއް ދައްކަން.. ނޫން އަހަންވެފަ އެބައޮތް؟” ޔާސީން ވަރަށް ހިތަވަރު ކޮއްލާފައި އެހެން ބުނިއިރު އެމޫނުން ފެންނަނީ ނުތަނަވަސް ކަމެވެ.
“ބައްޕައަށް އިނގޭތަ ގޯސްކަންތައް ކުރާ މީހުންގެ ދަރިން ގިނަ ފަހަރަށް ގޯސްކަންތައް ކުރާނެ.. އެމީހުންގެ ގައިން ބައެއް ފަހަރު ދަރިންނަށް އެކަންތައް ވާރުތަ ކުރާނެ.. އެކަމް އެއީ ބައެއް ފަހަރު… މީހުން މަރާ މީހުންގެ ދަރިން ގިނަފަހަރު މީހުންވެސް މަރާ އެކަމް ހަމަ މިފަދަ މީހުންގެ ދަރިން މީހުން ނުމަރާވެސް ހުރޭ…”
“ޔާސީން މީ ކްރިމިނޮލޮޖީ ލެކްޗަރ އެއްތަ؟” ޔާސީން ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބެއް ނޭނގުމުން ފައިސަލް ކުރި މަރާލަމުން ބުނެލައިފިއެވެ.
“ނޫން.. މިބުނަނީ ކުޑައިރު ކަމެއް ވެފަ ތިބޭ މީހުންވެސް…” ޔާސީނަށް ސީދާ އެވާހަކަ އަހާނެ ގޮތެއް ނޭނގުނެވެ. ފައިސަލްވެސް ފާޑަކަށް އަނގަ ހަދާލައިގެން އިނީ ޔާސީން ކިޔަން އުޅުން އެއްޗެއް ނޭނގޭތީއެވެ.
“ދުވަހަކުވެސް ބައްޕައަށް އެހެން މީހަކު އަނިޔާއެއް ނޫނީ ހިތުން ނުފިލާ ވަރުގެ ކަމެއް ކުރިތަ؟ ނޫނީ ބައްޕަގެ މަންމަ ނޫނީ ބައްޕަ ގޯސްކަންތައް ކުރޭތަ؟ ބައްޕާ ޕްލޯޒް ޓެލްމީ.. ކީއްވެ ރޫބީއަށް އެހެން ހެދީ” އެންމެ ފަހުން މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަ ބުނެވުމުން ޔާސީނަށް ހީވީ އެތައް ޓަނެއްގެ ބުރައެއް އޭނާގެ ބޯމަތިން ދިޔަ ހެންނެވެ.
“ޔާސީން ކީކޭ ކިޔަން ތިއުޅެނީ…” ފައިސަލް ނޭނގޭ ކަމަށް ހާދާލާފައި އެހެން ބުނުމުން ޔާސީން ހިފަހައްޓާލައިގެން ހުރި ރުޅި ހައްތަހާ ވީއިތުރެވެ.
“ޕްލީޒް އައި ނޯ ޔޫ އެބިއުޒްޑް ހަރ…” ދޮރު ހުޅުވާލީ ޒުހައިރާގެ ކަންފަތުގައި އެއަޑު ޖެހުމުން އޭނާ މަޑުމަޑުން ދޮރުފަތް ކައިރި ކޮއްލީ އެމީހުންނަށް ނުފެންނަން ވެގެންނެވެ.
“ޔާސީން ހީކުރީ ހަމައެކަނި އެހެން ކަމަށްތަ ސައިކޯޕާތްސް އުފަންވަނީ.. ނޫނީ އެކަހަލަ ގޯސް ކަންތައް ކުރާ މީހުންނަށް ވަނީ.. ބައެއް މީހުންނަކީ ބޯން ސައިކޯޕާތްސް..” ފައިސަލް އެހެން ބުނިއިރު އޭމުނު ގައިވި ހިނިތުން ވުމުން ބިރުގަތީ ހަމައެކަނީ ޔާސީނެއް ނޫނެވެ.
“ބައްޕާ އައި ކެން ހެލްޕް ޔޫ.. ޔޫ ނީޑް ހެލްޕް.. ތެދަށް ހުރިހާ ކަމެއް ކިޔާދީ” ޔާސީން ދެންވެސް ބެލީ އޭނާގެ ބައްޕައަށް ވިސްނައި ދެވޭތޯއެވެ. ނަމަވެސް ފައިސަލް އެއްބަސް ނުވި ތާނގައި ހިނިތުން ވެލައިގެން ހުރީއެވެ. ޔާސީން ކޮންޓްރޯލް ކުރަމުންދިޔަ ރުޅި މައްޗަށް ދިޔައީ އެހިސާބުންނެވެ. އެރި ރުޅީގައި މޭޒުމަތީގައި ހުރި ތަށިތަކުގައި އަތުން ޖަހައިފިއެވެ. ޒުހައިރާއަށް ކެއްކުރެވުނީ އެހިސާބަށެވެ. ދުވެފައިއައިސް ޔާސީންގެ އަތުގައި ހިފަހައްޓާލައިފިއެވެ. ފައިސަލް އޭރުވެސް ހުރީ ހިނިތުން ވެލައިގެންނެވެ. އެމޫނުގައި ކުޑަވެސް ލަދުވެތި ކަމެއް ނެތެވެ. ޔާސީން ޒުހައިރާގެ އަތް ފޮޅުވާލަމުން ގެއިން ނިކުމެގެން ހިނގައިގަތީ އަނބުރާ އެގެއަށް ނުވަންނަން ނިޔަތް ގަނެގެންނެވެ.
“ފައިސަލް…” ޒުހައިރާ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލާލި ފައިސަލްގެ މޫނު މަތީގައިވާ އެ ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އަދި އޭނާ މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
ބެލްކަނީގައި އިށިނދެލައިގެން އިން ރަޔާލްގެ ލޮލަށް ސިފަވަމުން ދިޔައީ އެތައް ދުވަހެއް ވަންދެން އޭނާ ތަހައްމަލު ކުރި ތަދާއި ވޭނެއެވެ. ހަމައެކަނި ހަނދާން ނެތީ އޭނާ އެހުރިހާ ކަމެއް ހަނދާން ނެތެންވި ސަބަބެވެ. އެކި ހިޔާލުތަކުގައި އިން ރަޔާލް ސިއްސުވާލީ ފަހަތުން އޭނާގެ ބައްޕަގެ އަޑެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ރަޔާލް އެނބުރިލީ އެދިމާއަށެވެ. ނަމަވެސް ބައްޕަގެ މޫނަށް ބަލާކަށް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް ކުއްވެރިއެއްގެ ގޮތަށް އަމިއްލަ ނަފްސު އޭނާއަށް ފެންނަނީއެވެ. އެންމެ ފަހުން ވަރަށް ހިތްވަރު ބައްޕައާއި ދިމާލަށް ބަލާލައިފިއެވެ.
“ބައްޕާ.. ސޮރީ” ތިރިއަށް ބަލާލަމުން އެހެން ބުނި ރަޔާލްގެ މޫނުގައިވި އެތައްހާސް ކުލަވަރުން ރިޔާޒް ހިތް ނުތަނަވަސް ވެއްޖެއެވެ.
“ރަޔާ… ބައްޕަ ހަމައެކަނި ބަލަން ބޭނުންވީ ރަޔާލް އެގެއަށް ދާން ޖެހުނު ސަބަބެއް” ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ޔިޔާޒް އަހާލައިފިއެވެ
“އަހާލަން ބޭނުންވީ ހަމައެކަނި ކޮބާތޯ.. ރޫބީ އަކީ؟” ރަޔާލް ބޭނުންވީ އޭނާގެ ބައްޕަގެ މޫނަށް އަރަމުންދިޔަ ކުލަތައް ދެނެގަންނާށެވެ. އެބައްޕަ އޭނާ ގެންގުޅުނީ ހުރިހާ ކަމަކުން ފޮރުވައިގެންނެވެ. ނޭނގުމުގެ ތެރޭގައި އޭނާވެސް ވަނީ ބައްޕަގެ ހިތުގައި ޖައްސާފައެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އަރުބެދުމުން ރަޔާލް ކަރު ކެހިލައިފިއެވެ. މޭގައި އަތް ހާކާލަމުން ބަލާލިއިރު އެލޮލުގައިވަނީ ކަރުނައެވެ. ރިޔާޒްއަށް އެމަންޒަރު ފެނުމުން ކަމެއް ގޯސްވެއްޖެކަން އިނގިއްޖެއެވެ. މެޔާއި ދިމާލުން ހިފަހައްޓާލައިގެން ގޮނޑިން ތެދުވެ ރަޔާލް ކަކޫ ޖަހާލީ ރިޔާގެ ކުރިމަތީގައެވެ. މަޑުމަޑުން އަތް ނަގައި ރިޔާޒްގެ ފައިގައި ހިފާލީ މާފު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
“ސޮރީ ބައްޕާ.. މި.. މިހާރު އިނގޭ ބައްޕަ ފޫހިވާނެ ވަރު އަޅުގަޏޑު ދެކެ..” ރަޔާލަށް ވާހަކަ ދައްކަން އުނދަގޫ ވުމުން ކަރުގައި އަތްހާކާލަމުން އަނެއްކާވެސް ބައްޕަގެ މޫނަށް ބަލާލައިފިއެވެ.
“ޑޭޑް އައި ނޯ… އަމް ރޫބީ ރައިޓް..” އެހެން ބުނި ރަޔާލްގެ އަޑު މިފަހަރު ބާރުވީ ވޭނީ ރުއިމުގެ އަޑުންނެވެ. ރޮމުންދިޔަ ރަޔާލް ގުދުވެލީ މާބޮޑަށް މެޔާއި ދިމާލަށް ތަދުވުމުންނެވެ. ހީވީ ހިތާއި ދިމާއިން ފިތުނު ހެންނެވެ. އެއްޗެކޭ ބުނަން ނޭނގިފައި އިން ރިޔާޒް ބޯޖަހާލަމުން އާނއެކޭ ބުނުމުން ރަޔާލް ގިސްލުންވީ އިތުރެވެ.
އޭނާއަށް ވިސްނެމުން ދިޔައީ އެންމެ ފުރަތަމަ ރަޔާލް ފެނުނު ދުވަސް މަތިންނެވެ. ނަމަވެސް މިހާރު އޭނާގެ ހިތަށް އަރަމުން ދިޔައީ ރަޔާލް ހަނދާން ހުރި ވަރެކެވެ. ރަޔާލް ހަމަޖެހުމުން ބޭރަށް ނިކުމެލީ ހިތުގައިވި ވާހަކަތައް އާމިރާއާއި ހިއްސާކޮއްލާށެވެ. ނަމަވެސް ރާބިޔާ ރާވަމުންދިޔައީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅު އެގެއަށް ގެންގޮސްގެން ރާބިޔާ ހާސިލް ކުރަން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. ރަޔާލް އޭނައަށް ލިބުނު ފަހުން އޭނާވަނީ ރާބިޔާ ޖަލަށް ލާފައެވެ. އެއީ އޭނާ ރަޔާލަށް އަށްޓަކައިވީ އެންމެ ބޮޑު ޤުރުބާނީއެވެ. ދަރިފުޅު އެހެން ރޯތަން ބަލަންވަނީ ފަހެ ކާކުއަށް ހެއްޔެވެ.

*********
ޔާސީން ކެންޓީނުގައި އިނީ ފިނި ކޮއްފައި ހުރި ކޮފީ ދަޅެއް ހިފައިގެންނެވެ. ކުޑަކޮށް ބޮލުގައި ރިހުމެއް ހުރުމުން ނުކަނޑައި ފުރަތަމަ އެޖައްސާލީ ބޮލުގައެވެ. ތަންކޮޅެއް ދުރުގައި ބަލަންހުރި ޒުހައިރާ އޭނާއަށް ފެނުނީ އެވަގުތުގައެވެ. މަންމައާއި ދިމާލަށް އޭނާއަށް ބަލާލެވުނީ އެހެންނާ ބަލާ ގޮތަކަށް ނޫނެވެ. އެބެލުމުގައިވަނީ ކުއްވެރިކުރުމެވެ. ޒުހައިރާ އަތް އުފުލާލީ އޭނާއަށް ޔާސީން ފެނުނުކަން އަންގާލާށެވެ. ޔާސީން އެންމެ ފަހުން ނިއްއަރުވާލީ އެހެން މީހުންނަށްވެސް ފެންނާނެތީއެވެ. އަނގައިގައި ހުރި ކޮފީކޮޅު ބޯލަމުން އުނދަގޫ ގޮތަކަށް ހީލައިފިއެވެ.
“ޔާނު… ކޮން އިރަކުން ގެއަށް އަންނާނީ؟” މައިލޯ ޕަކެޓުން ހޮޅި ނައްޓާލަމުން ޒުހައިރާ އެތަޅުވާލަމުން ބަލާލީ ޔާސީންގެ މޫނަށެވެ.
“މަންމައަށް ހީވޭތަ އަހަރެން ދާނެހެން.. ހީއިޒް ސިކް.. ސިކް ސަން އޮފް”
” އެއީ ޔާނުގެ ބައްޕައޭ.. ޔާން ތިންމަސް މިވަނީ އެހެން ގެއެއްގަ އުޅޭތާ.. ” ޒުހައިރާ ދެލޯ ބޮޑުކޮއްލަމުން އެހެން ބުނެލުމުން ޔާސީން ހިމޭން ވެއްޖެއެވެ.
“މަންމަ އަދިވެސް ތިރަނގަޅު ކުރަނީތަ؟ ހީ އެބިއުޒްޑް ރޫބީ..” ރޫބީގެ ނަން އަޑު އިވުމުން ޒުހައިރާ ހިމޭން ވެއްޖެއެވެ. ހީވީ މީހަކުމަތިން ހަނދާން ވިހެންނެވެ.
“ދަރިފުޅާ އެކަމް އެއްވެސް ހެއްކެއް ނެތި ކިހިނެއް އަހަރުމެން..” ޒުހައިރާވެސް އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އެއްވެސް ހެއްކެން ނެތި އޭނާ ބައްޕައާއި ދެކޮޅަށް ނިކުންނާނީ ކިހިނެއް ހެއްޔެވެ.
ދެމައިންގެ ވާހަކައަށް ހުއްޓުމެއް އައީ ދުރުން މައުވާ ހިނގާފައި އަންނަތަން ފެނުމުންނެވެ. ޔާސީން ހިނިތުން ވެލަމުން އަނެއްކާވެސް ކޮދީ ދަޅުން އެތިކޮޅެއް ބޯލައިފިއެވެ. ކޮފީ ދަޅު ބަހައްޓާފައި މައުވާ އަންނަ ތަނާއި ދިމާލަށް ބަލާލި ޔާސީންގެ ހިތް ހީވީ އިރުކޮޅަކަށް ހުއްޓުނު ހެންނެވެ. ފަހަތުން ހިނގާލާފައި އައި ރަޔާލް ފެނުމުން އޭނާ މޫނުގެ ކުލަވަރު ފެނުމުން ޒުހައިރާ ފަރުވާވެ ބަލައިލައިފިއެވެ.
ދެތިންމަހު ނުފެނި ހުރެފައި ފެނުމުން ކުޑަ ހިނދުކޮލަކަށް ނަމަވެސް ފުންކޮށް އެލޮލަށް ޔާސީނަށް ބަލާލެވިއްޖއެވެ. ކުރިއަށްވުރެ ދިގު ވެފައިވާ އިސްތަށިގަނޑު މިހާރު ބުރަކަށީގެ މެދާއި ހަމައަށް ފޯރައެވެ. އިސްތަށިގަނޑުގެ ތެރެއަތް އަތް ލައްވާލަމުން ރަޔާލް ފަހަތަށް ގެންދިޔަ ގޮތުން ޔާސީން އަވަހަށް ތިރިއަށް ބަލާލައިފިއެވެ. ރަޔާކްގެ އިސްތަށިގަނޑު ފެނުމުން ޔާސީން އެންމެ ފުރަތަމަ ކުޑަ ރަޔާލް ފެނުނު ދުވަސް މަތިންނެވެ. ޔާސީން އެމީހުން އެތަނާއި ކައިރި ވުމުގެ ކުރިން ތެދުވެގެން ހިނގައި ގަނެއްޖެއެވެ. ރަޔާލަށް ބަލާލި ނަމަވެސް އެވަރަކުންނެއް ނޫޅެއެވެ. ލޮލުގެ ކޮޅުން ބަލާލީ ޔާސީން ތުނބުޅި ދިގުކޮއްފައި ހުރީމައެވެ. އެފިރިހެންވަންތަ ކަމަށް ވަނީ އިތުރު ފުރިހަމަ ކަމެއް އަތުވެފައެވެ. ނަމަވެސް އެލޮލުގައިވި ވިދުމެއް ނެތެވެ.
ޔާސީންގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން މީހަކު އައިސް އޭނަގެ އަތުގައި ހިފުމުންނެވެ. އޭރު އޭނާ ހުރީ އޭނާއަށް ހަމަޖެހިފައިވާ ކޮޓަރީގައެވެ.އެއަތުގައިވި ފިނި ކަމުންވެސް އެއީ ރަޔާލްކަން އޭނާއަށް އެނގިއްޖެއެވެ. ހިންދިރުވާ ލަމުން ބަލާލި ޔާސީންގެ މޫނުގައިވި ކުލަވަރުން ރަޔާލްގެ މޫނު މަތިވެސް ބަނަވެއްޖެއެވެ. ދެމީހުންވެސް ކުރިން ވާހަކަ ދައްކާނެ މީހެއްގެ އުއްމީދުގައެވެ.
“ސޮރީ…” ޔާސީން އެހެން ބުނެފައި އަތް ދޫކޮއްލައިފިއެވެ. ކިތަންމެ ބޭނުންވިއަސް އޭނައަށް އެލޯތްބާއި ކައިރި ވެވޭކަށް ނެތެވެ. ރަޔާލް އިސްޖަހާލަމުން އަނެއްކާވެސް ޔާސީންގެ އަތުގައި ހިފާލައިފިއެވެ.
“އައި ގޮނަ މޭއިޓް ގޯ އަވޭ…” ޔާސީން އެހެން ބުނެލުމުން ރަޔާލް ހިނިތުން ވެއްޖެއެވެ. ހަމަ އެއާއެކު ލޮލުގައިވި ކައރުނަތައްވެސް ފައިބައި ގަނެއްޖެއެވެ. ބޮޑަށް ހިނިތުން ވެލުމުން މާބޮޑަށް ރޮވިއްޖެއެވެ.
“މާފް ކުރޭ…” ތުންފަތް ފޫއަޅުވާލުމަށްފަހު ނިކުތް ގިސްލުމުގެ ތެރެއިން އެއަޑު ޔާސީންގެ ކަންފަތުގައި ޖެހުމުން ޔަސީންވެސް ލޮލަށް ކަރުނަ ޖަމާ ވެއްޖެއެވެ. ލޮލުގެ ބޮނޑިއަށް ޖަމާވަމުންދިޔަ ކަރުނައާއިއެކު މިހާރު އޭނާއަށް ރަޔާލްގެ މޫނު ފެންނުނީ ނުސާފުކޮށެވެ.
“އިނގޭ އުނދަގޫކަން އެކަމް އައި ހުއްޓުވާނަން.. އިންޝާ ﷲ..” އެހެންބުނި ރަޔާލް ޔާސީންގެ އަތް ގެނެސް ތުންފަތިގައި ޖައްސާލަމުން ބޮސްދީފިއެވެ. ރަޔާލްގެ ފުށުން މި ފެނުނު އަމަލުން ޔާސީން ވަގުތުން ޝައްކު ވެއްޖެއެވެ.
“ރަޔާލް ކަމެއް ހަނދާން ވީތަ؟ ޓެލްމީ ޔޫ ރިމެމްބަ ޑޯންޓް ޔު..” ޔާސީންގެ ވާހަކަ ތަކަށް މާބޮޑު ފަރުވާލެއް ނެތް އެއަތުން ދޫކޮއްލަމުން އޭނާ ބަލާލި ޔާސީންގެ މޫނަށެވެ. އިންތިހާ ދަރަޖައަށް ލޯބިވާކަން އެލޮލުން އޭނާއަށް ފެނުނެވެ. ރަޔާލްގެ މިޒާޖަށް އައިސްފައިވާ ބަދަލާއި އޭނާ އިސްވެ ވާހަކަ ދެއްކުން އެއީ އެކަމުގެ ހެއްކެކެވެ.
“ރަޔާ ޕްލީޒް ބުނެބަ.. އަހަރެންގެ ބައްޕަ އެއީ ކާކުކަން އިނގޭތަ؟ ރަޔާލް ޕްލީޒް ތިހެން އިގްނޯރ ނުކޮށް ބުނެބަ” ޔާސީން ސުވާލުތައް ކުރަން ފެށުމުން ރަޔާލް ލޯ ފުހެލަމުން ހީލައިފިއެވެ.
“ނޫން އެއްވެސް ކަމެއް ހަނދާނެއް ނުވޭ…” ރަޔާލް އެހެން ބުނި ނަމަވެސް ރަޔާލްގެ ލޮލުން ފެންނަނީ މުޅިން އެހެން ވާހަކައެކެވެ.
“ޔާނު ބުނީ ތެދަށް ޔާނު ހަމްދަރުދީ ވަނީ.. ހަމައެކަނި އެހެން ވިސްނުން ބަހައްޓާނީ ޕްލީޒް..” ޔާސީންގެ ނިޔަތް އެހެން ގޮތަކަށް ބަދަލު ވެއްޖެނަމަ އޭނާ ކުރަން އުޅޭ ކަންތައް ނުވެދާނެއެވެ.
އެހެން ބުނެފައި ރަޔާލް ހިނގައިގަތީ ދޮރުން ނިކުންނާށެވެ. ޔާސީންގެ ޝައްކު ޔަޤީންވުމުގެ ކުރިން އޭނާ އެތަނުން ނިކުންނަން އެބަޖެހެއެވެ. ޔާސީން އަދިވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޯމަތިން މިފެންނަނީ މީގެ ކުރިން އޭނާ ދެކެފައިވާ ރަޔާލެއް ނޫނެވެ. މިހާރު މިފެންނަނީ މުނިން އާ ރަޔާލެކެވެ. މި ރަޔާލް އުފަންވީ ކޮންއިރަކު ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ރަޔާލަކީ އިސްވެ އެހެން އުޅުނު ކުއްޖެއް ނޫނެވެ. ވިސްނަން އިނުމަށްފަހު ޔާސީން އިސްއުފުލާބަލާލީ އަދިވެސް އެއްފަހަރު ޔަޤީން ކުރުމަށެވެ. ރަޔާލް އެހެން އިސްތަށިގަނޑު ދިގު ކުރުމަށް ބޭނުމެއް ނުވާނެއެވެ. ޔާސީން ދެލޯ ބޮޑު ކޮއްލަމުން ކުރިއަށް ދާން ހިނގައިގަނެއްޖެއެވެ. ނަމަވެސް ޒުހައިރާ ފައިލެއް ހިފައިގެން އައިސް އެއްފަހަރު ހިނގަމުން ދިޔަ ރަޔާލަށް އަނެއްފަހަރު ޔާސީނަށް ބަލާލީ ފާޑަކަށެވެ.
“ރޫބީ…” ޔާސީން އެހެން ގޮވާލުނުން ސިހިފައި ރަޔާލް އެނބުރިލައިފިއެވެ. އެލޮލުގައިވި ބިރުވެރިކަމުން ޔާސީން ހޯދަން ބޭނުންވި ކަންތައް ޔަޤީންވެއްޖެއެވެ.
ޒުހައިރާ ޔާސީންގެ އަތުގައި ހިފާލަމުން ހިފަހައްޓާލީ ދައްކާލީ ފައިލެވެ. އޭރު ޔާސީނާއި ދިމާލަށް ބަލަހައްޓައިގެންހުރި ރަޔާލް ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. އެތުންފަތުގައިވި ހިނިތުންވުމުން ހީވަނީ މީ ޔާސީނަށް އޭނާ ފެންނަމީ އެންމެ ފަހު ފަހަރު ހެންނެވެ. އެލޮލުގައިވަނީ އޭޏ ޔާސީންދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. އެހިނިތުންވުމަށް ދޭނެ ރައްދެއް ޔާސީނަކަށް ނޭނުގެނެވެ. ޒުހައިރާގެ އަތުން ނެއްޓި ގަނެގެން އެދިމާއަށް ބާރަށް ހިނގާފައި ދިޔައިރު ރަޔާލް ލިފްޓަށް އަރައިގެން ހިނގައްޖެއެވެ. ބޮލުގައި އަތްހާކާލަމުން އޭނާ ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ނަމަވެސް އެއަށްވުރެ ކުރިން ޒުހައިރާ ހުޝިޔާރު ކަމާއެކު ޔާސީންގެ އަތުގައި ހިފާލައިފިއެވެ.
“ޔާނު ހަމަޖެހިބަލަ…” ޒުހައިރާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޔާސީން ހަމަޖެހޭގޮތް ދައްކާލައިފިއެވެ.
“މަންމާ ޝީ ނޯ..” ތެޅެމުންދިޔަ ހިތާއެކު އެހެން ބުނެލި ޔާސީންގެ އަޑުހުރީ ކުރެހިފައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނައާއިއެކު ދެންވެސް އޭނާ ބަލާލީ ޒުހައިރާއައި ދިމާއަށެވެ.
“މަންމައާއެކު އިހަން ހިނގާބަ ވާހަކަ ދައްކާލަން..” ޔާސީންގެ އަތުގައި ހިފާލައިގެން ޒުހައިރާ ގޮސްވަނީ ޔާސީނަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ. އެތައް ވާހަކައަކަށްފަހު އެންމެ ފަހުން ޔާސީން ހަމައަކަށް އެޅިއްޖެއެވެ. ޒުހައިރާ އެންމެ ފަހުން މިހުރިހާ ދުވަހު ޔާސީން އުޅުނީ ކޮންތާކު ތޯ އަހާލައިފިއެވެ. ވަގުތުން ޔާސީންގެ ނިތަށް ރޫ އަރައިގެން ހިނގައްޖެއެވެ.
“އެވާހަކަ އަހަންތަ އަހަރެން ތި މަޑު ކުރުވީ؟” ނުރުހުންވުމުގެ އަސަރު އެއަޑުގައި ކިތަންމެ ރަނގަޅަކަށްވެސް ހުއްޓެވެ. ޔާސީންގެ ބުނި އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތި ޒުހައިރާ ބޯ ޖަހާލައިފިއެވެ.
“މާމަ ކައިރީގައި…” ފާޑަކަށް އަނގަ ހަދާލަމުން ޔާސީން އެހެން ބުނިއިރު އޭނާ ހުރީ ހިނިތުން ވެލާފައެވެ. ޒުހައިރާގެ މަންމަ ގަލޮޅޫގައެވެ. ޒުހައިރާގެ ބައްޕަގެ ގެ ހުންނަނީ ޒުހަރިރާ މައްޗަށް ރަޖިސްޓްރި ކޮއްފައެވެ. ޒުހައިރާއަކީ އެމީހުންގެ ހަމައެކަނި ދަރިފުޅު ކަމުން ޔާސީނަށް ހުންނަނީ އަނެއްގެ ދީފައެވެ. ހިނިތުންވެލި ޒުހައިރާ ފެނި ޔާސީން ހިތްހަމަ ޖެހިއްޖެއެވެ.
ރަޔާލް ހުއްޓިލައިގެން ފައިސަލްގެ ކެބިންގެ ކުރިމަތީގައެވެ. އެތަނަށް އޭނާ ވަންނާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ފައިސަލަކީ ހުޝިޔާރު މީހެއްކަން އޭނާއަށް ވަނީ ކުރިންވެސް އެނގިފައެވެ. ހިތްވަރާއެކު ކުރިމަތި ލައިގެން ނޫނީ އޭނާއަށް އެންމެ ފަހުންވީ ކަންތަކެއް ނޭނގޭނެއެވެ. ހުވަފެނުންވެސް ފެންނަނީ މާވެޔޮ މަގުގައި ދުވާތަނެވެ. ދަބަހުން ބޮލުގައި ޖަހާ ރަބަރެއް ނަގައި އޭނާ އިސްތަށިގަނޑު އައްސާލައިފިއެވެ. ހީވީ ހަނގުރާމައަކަށް ތައްޔާރު ވެލިއެވެ. ލޯ މަރާލުމަށްފަހު ރަޔާލް ދޮރުގައި ހިފާ ހުޅުވައިލައިފިއެވެ. ވަށައިގެން އޭނާ އެތަން ބަލާލިއިރު ފައިސަލް ހުރީ ދުރުގައި އިން ގޮނޑީގައެވެ. ތުއި ގޮތަކަށް ހިނިތުން ވެލަމުން ރަޔާލް ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލައިފިއެވެ.
“ސޮރީ… ޑރ.މައުމޫން ހޯދާލަން ވެގެން…” ރަޔާލްގެ އަޑު އައީ ކެނޑި ކެނޑި ގެންނެވެ. ފައިސަލް ފެނުމާއެކު އޭނާ އޭރުގެ ހުރިހާ ކަމެއް އައިސް ބޮލަށް ވަންކަހަލައެވެ.
“މައުމޫން ދޯ… އާދޭ އަހަރެން ގެންގިސް ދޭނަން.. ތީ ދެން ސޮރީއޭ ބުނަން ޖެހޭވަރުގެ ކަމެއްވެސް ނޫނެއްނު…” ފައިސަލް ތެދުވެގެން އައީ ރަޔާލާއި ދިމާލަށެވެ. ރަޔާލަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އޭނާއަށް މިކުރެވެން އުޅެނީ ރަންގަނޅު ކަމެއް ބާވައެވެ.
ފައިސަލްގެ ފަހަތުން ދިޔަ ރަޔާލަށް ކިރިޔަ ކިރިޔާ ފިޔަވަޅު ނެގެނީއެވެ. ހީވަނީ ޓައިލްސްގައި ދެފައި ތަތް ކޮއްފައި ހުރިހެންނެވެ. އެހުރިހާ ކަމަކާއި ހިތްވަރު ކުރަން ކިތަންމެ ބޭނުން ނަމަވެސް ކުރީގެ ހަނދާންތަކުން ހިތް އެބިރުގަންނަނީއެވެ. އޭނާ މިއަދު ފިޔަވަޅު ނާޅައި ހުރެއްޖެނަމަ އަނެއްކާ ހަލާކުވާނީ ކިތައް ކުދިންގެ ހަޔާތްކަމެއްވެސް ނޭނގެއެވެ. ލިފްޓަށް އަރައި ފައިސަލް ފިއްތާލީ ފަސްވަނަ ބުރިއަށެވެ. ފައިސަލް ހުއްޓިލައިގެން ހުރީ ރަޔާލްގެ ފަހަތުގައެވެ. ރަޔާލަށް ފަރުވާވެ ފައިސަލް ބަލާލީ ދެނެވެ. ފަހަތުން ރަޔާލަށް ނޭނގޭނެހެން އޭނާ ރަޔާލްގެ އިސްތަށިގަނޑުގައި ވަސްބަލާލައިފިއެވެ. އަދި މަޑުމަޑުން އިސްތަށިގަނޑުގައި އަތްވެސް ޖަހާލައިފިއެވެ. އޭނާ ރަޔާލް ފެނުނު ފަހުން އެތަށް ދުވަހެއް ވާންދެން ރަޔާލްގެ ވަސްބަލާލާ ހިތުން މޮޔަވަނީއެވެ. ލިފްޓު ހުއްޓުމާއެކު ރަޔާލަށް އަވަހާއި އެތަނުން ނިކުމެއްޖެއެވެ.
ރަޔާލް ހިތް ތެޅެމުން ދިޔައީ ފައިސަލް އޭނާ ގެނައި ފްލޯގައި އެއްވެސް މީހަކު ނެތުމުންނެވެ. ވަގުތުން އޭނާ ފައިސަލްގެ މޫނަށް ބަލާލަފިއެވެ. ފައިސަލް ނިއްއަރުވާލަމުން ދައްކާލީ ކުރިމަތީގައި ހުރި ކޮޓަރިއެވެ. މައުމޫންގެ ނަން ޖަހާލައިފައިވާ އެކޮޓަރިއާއިއަށް ގޮސްވަން ރަޔާލަށް އޭރު ރޮވިއްޖެއެވެ. ދޮރު ލައްޕާލަމުން އޭނާއަށް ދޮރުގެ ތިރީގައި އިށީނދެވުނީ ފައިގައި ބާރެއް ނެތުމުންނެވެ. މައުމޫންވެސް އެގަޑީގައި އެތަނުގައެއް ނޫޅެއެވެ. ހިޥާގޮތުން މިވަގުތު އޭޏާ ދިޔައީ ބްރޭކުގަޑިއަށެވެ. އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނިކުތްއިރުވެސް ފައިސަލް މަޑުކޮއްލައިގެން ހުއްޓެވެ.
“ކޮބާ ނިމުނީތަ؟..” ހިނިތުން ވެލަމުން ފައިސަލް އެހެން ބުނިއިރު ދުރުގައި ހުރި ރަޔާލްގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ.
“ހޫމް.. ކޮބާ ޔާނު..” ގަދަކަމުން ހީލަމުން ރަޔާލް ވާހަކައެއް ފަށަން މަސައްކަތް ކުރިއެވެ.
“ނޭނގެ.. ކޮބާ ރަޔާލްގެ މަންމަ..” ފައިސަލް ފުރުސަތުގެ ބޭނުން ހިފައިގެން އައިސް ހުއްޓިލީ ރަޔާލާއި ވަރަށް ކައިރީގައެވެ. އަދި ނޭނގޭ ކަމަށް ހަދާލާފައި ވެއްޓެން ދަމުން ރަޔާލްގެ އަތުގައި އަތްހިފަހައްޓާލައިފިއެވެ. ރަޔާލް އަވަހަށް ފައިސަލްގެ އަތުގައި ހިފާލީ އެދަނޑީވަޅުގެ ބޭނުން ހިފާށެވެ. ރަޔާލް އަވަހަށް އެއަތުން ދޫކޮއްލީ އަތުގައި ނަޖިހެއް ޖެހުނު ކަހަލަ އިހުސާސެއް ވުމުންނެވެ.
ރަޔާލް ގެއަށް ދަނީބުނެ ފައިސަލްގެ އަތުގައި މަޑުމަޑުން ހިފާލައިއެވެ. އަދި މައުމޫން އައުމުން އޭނާގެ ނަންބަރު ދޭށޭ ބުނެ އޭނާ ފައިސަލަށް ނަންބަރުވެސް ދިނެވެ. އެއީ އޭނާ މީގެ ހަފްތާއެއް ކުރިން ނަގާފައިވާ ނަންބަރެކެވެ. ޔާސީނާއި ދުރުވެވެންވެސް އޮތީ އޭނާ މިކަހަލަ ގޮތަކަށް ކަންތައް ކޮއްގެންނެވެ. ކުޑައިރުގައި އެ އަނިޔާތަކަށް އޭނާ އަމިއްލައަށް އިންސާފު ހޯދާނެއެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނާ ބޭނުމެއް ނުވެއެވެ.
ގެއަށް ދިޔަ މަގުމަތީގައިވެސް ރަޔާލަށް ބެލެނީ އޭނާގެ އަތަށެވެ. ކޮނޑުގައި އަޅުވާލާފައިވާ ދަބަހުން ޓިޝޫއެއް ނަގައި ކަނާތް ވަރަށް ރީތިކޮށް ފޮހެލައިފިއެވެ. ނަމަވެސް އެވަރަކުންވެސް ރަޔާލް ހިތްހަމައެއް ނުޖެހުނެވެ. ހިނގުން އަވަސް ކޮއްލާފައި ރަޔާލަށް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ގެއަށް ގޮސްވަން އެއްފަހަރުވެސް އެނބުރި ފަހަތަށް ބަލައެއް ނުލައެވެ. އާމިރާ ގޮވާލުމުންވެސް އޭނާ ބަލާވެސް ނުލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެނދު މައްޗަށް ދަބަސް އެއްލާލުމަށްފަހު ރަޔާލް ދިޔައީ ފާހާނާއަށެވެ. މޫނު ދޮންނަ ސިންކު ކައިރީގައި ހުރި އަތްދޮންނަ ފުޅިން ދެތިންފަހަރަކު އަތަށް އަޅާލަމުން ދޮވެލައިފިއެވެ. ނަމަވެސް އޭނާއަށް ވަމުން ދިޔަ ހަޑި ފިލާ ގޮތެއް ނުވިއެވެ.
# # # # #
ރޫބީއޮތީ އަދިވެސް ލޭފެނުމުން ހޭނެތިފައެވެ. އެކުޑަ މޫނުން ފެންނަނީ ވަރުބަލި ކަމެވެ. ނަމަވެސް މިހާރި ދިގުކޮށް މޮހޮރު އަޅައިގަނެފައިވާ ތަނުން އައިސްފައިވާ ލޭތައް ހުރީ ހިކިފައެވެ. ފައިސަލް ކައިރީގައި ކޮޅަށް ހުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނެއް ނެތެވެ. ރޫބީގެ ބޯ ކައިރީގައި އެ ފަޓުލޫނު ހުރިއިރު އޭނާ ކުރަމުން ދިޔަ ކަންތަކުން އެކުޑަ ފުރާނަ ހޭނުލެވޭކަންވެސް އެއީ ނަސީބެކެވެ. ރޫބީއާއި ކައިރި ނުވި ނަމަވެސް ފައިސަލް ދިޔައީ އަމިއްލަ އަތުން އޭނާ ބޭނުން ވި ކަންތައް ފުއްދަމުންނެވެ. ރޫބީއަށް ހޭވެރިކަމެއްވީ އަތުގައި ކުއްލިއަކަށް ހޫނު އެއްޗެއް ޖެހުމުންނެވެ.
“މަންމާ…” ލޯ ހުޅުވާލުމާއެކު ފުރަތަމަވެސް އޭނާއަށް ބުނެވުނީ މަންމަގެ ނަމެވެ. އެހެން ބުނުމަށްފަހު ދެވަނަ ސިކުންތުގައި ރޫބީއަށް ފެނުނީ އޭނާގެ އަތިގައިވާ ހުދު ކުލައިގެ އެއްޗަކަށެވެ.
“އައް… އައްޗީ…” ފަޔަށް ވެފައިވާ ތަދާއެކު އޭނާއަށް ބެލެމުން ދިޔައީ އެއްޗެހި ހުރީމައެވެ. ފަކުރު ގަތްލެއް ބޮޑުކަމުން މިފަހަރު ހަމަ ރަނގަޅަށްވެސް ހޮޑު ލެވިއްޖެއެވެ. އޭރު ފައިސަލް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރޫބީ މަސައްކަތް ކުރަމުން ދިޔައީ އަތުން އެ ހުދުކުލައިގެ އެއްޗެހި ފިލުވޭތޯއެވެ. ރަނގަޅަށް ނަހަދާ ހުރި ތަނެއް ކަމުން އެތަނުގައި އަދިވެސް ކޮންމެވެސް ވަރަކަށް ވެލި ހުއްޓެވެ. އެވެލި ތަކުގެ ތެރޭގައި އަތް ހާކާ ހާކާ އަތުން ލޭއައީމައި ރޫބީ ހުއްޓާލީ ތަދުވުމުންނެވެ. އަދި އޭނާގެ ކަނާތަށް ބަލާލީ އަދިވެސް އެއްޗެހި ހުރިތޯ ބަލާލާށެވެ.

# # # # #
މައުވާ މަތީ ބަޔަށް އެރީ އާމިރާ ކިޔާވަރުންނެވެ. މިވީ ދުވަސްތަކުގައި ރަޔާލް އެއްވެސް މީހަކާއި އެހާވަރުން ވާހަކަ ދައްކާކަށް ނޫޅެއެވެ.ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ކޮޓަރީގައި ކޮންމެވެސް ކަމެއް ކުރާށެވެ. ރިޔާޒްވެސް ކުއްލި ދަތުރެއްގައޭ ކިޔާފައި ދިޔައީ ލަންކާއަށެވެ. މައުވާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮއްލީ ރަޔާލް ސިއްސުވާލާށެވެ. ނަމަވެސް އެކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދިޔައީ އަނދިރިކަމެވެ. ހުޅުވިފައިވާ ފާހާނައިގެ ދޮރުން އޭރު ކުޑައަލިކަމެއް ކޮޓަރީގެ ތެރެއަށް ހުއްޓެވެ. އެނދުމަތީގައިވެސް ރަޔާލްގެ ފޯނު ހުއްޓުމެއްނެތި އޭރު ރިންގުވަމުން ދިޔައެވެ.
“ރަޔާލް..” މައުވާ އެތެރެއަށް ވަންނަމުން ގޮވާލައިފިއެވެ. ނަމަވެސް އެއްވެސް އަޑެއް އެތަނަކުން ނީވެއެވެ. ކޮޓަރީގެ ލައިޓް ޖައްސާލަމުން މައުވާ ދެން އެނބުރުނީ ފާހާނައާއި ދިމާއަށެވެ. ފާހާނައިގެ ދޮރު ހުޅުވުމާއެކު ފަޔަށް ބާރުލާފާއި މައުވާ އެދިމާއަށް ހިނގައި ގަނެއްޖެއެވެ.
“ކޮކީ…” ބިލިގާ ތެރޭގައި އިނށީދެގެން އިން ރަޔާލްގެ ބޯވަނީ ކަކުލުގައި ޖެހިފައެވެ. ފެންމާގަނޑުން އޭރުވެސް ހުއްޓުމެއްނެތި ފެންތައް ރަޔާލްގެ ބޮލާއި ބުރަކަށި މައްޗަށް ފައިބައެވެ. ރަޔާލް އަދިވެސް ހުރީ އޭނާއާއިއެކު ބޭރަށް ދާންލީ ހެދުމުގައެވެ. ހެދުމާއިއެކު މުޅިމީހާވަނީ ތެމިފައެވެ.
“ދޮންތި ވައި މީ؟..” ބޯ އެފުއްލާލި ރަޔާލް އެންމެ ފުރަތަމްވެސް ބުނެވުނީ އެހެންނެވެ. މައުވާއަށް ރަޔާލް މިދައްކާ ވާހަކަށް ހަމަ އެއްގޮތަކަށްވެސް ރެއަކާއި ނުލިއެވެ.
“އެހާ ގިނަކުދިން ތިބިއިރުވެސް ކީއްވެ އަހަރެން ގެނދިޔައީ؟” މައުވާ ތެދުވެ ފެންމާގަނޑު ބަންދު ކޮއްލުމުން އަނެއްކާވެސް ރަޔާލް އެހެން ބުނެލައިފިއެވެ.
“ކޮކީ ކީކޭ ތިކިޔަނީ؟” މައުވާ ބުމަ ކައިރި ކޮއްލަމުން އެހެން ބުނިއިރު އެމޫނު މަތީގައިވަނީ ކަންބޮޑު ވުމުގެ އަސަރެވެ.
“ދޮންތީ.. ހިނގާ ފިލަން..” ރަޔާލް އަތުގައި ހިފާ އޭގެން ނަގަމުން މައުވާ އޭނާ ގެނެސް ބެހެއްޓީ ފާހާނައިގެ ދޮރުމަތީގައެވެ.
“ޔާނުއާއި ކޮކީ އާއި ދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ..” މައުވާ ބުނި އެއްޗަކުން ރަޔާލްގެ ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލާލައިފިއެވެ. އޭނާއާއި ޔާސީނާއީ ޖެހެން އޮތީ ކޮން މައްސަލަ އެއް ހެއްޔެވެ.
“ކީއްވެ އަހަރުން ދެމީހުން މައްސަލަ ޖެހެންވީ؟” މޫނު ހަދާލަމުން ރަޔާލް އެހެން ބުނިއިރު މައުވާ ތުވާލި ނަގައި އޭނައާއި ދިމާލަށް އެއްލައިފިއެވެ.
“ހޫމް.. ތި ދެމީހުނަށް ހީވަނީ އެހެން އެއްވެސް މީހަކަށް ނޭނގެއޭ ދޯ… އެކަމް ކައިރީގަ އުޅޭ އެންމެނަށް އެނގޭ ދެޓް ޔު ބޯތް ލައިކް އީޗް އަދަރ…” ހީގަތް މައުވާ މަޑު ޖެހިލީ އޭނާއަށް ފޯނެއް އައުމުންނެވެ. މައުވާ ހެއްޔެވެ. އަދިވެސް ރަޔާލް ހުރީ އެކަމާއި ވިސްނާށެވެ.
“ދެންމެ ކޮކީ ބުނީ ކީކޭތަ؟ ވައި މީއޭ ދޯ ބުނީ؟” މީގެ އިރުކޮޅެއް ކުރިން ރަޔާލް ބުނި އެއްޗެއް މަތިން ހަނދާން ވުމުން މައުވާ އަހާލައިފިއެވެ.
“އެއީ އެގަޑީގަ..” ރަޔާލް އަނެއްފަރާތަށް އެނބުރެމުން އޭނާ ލައިގެން ހުރި އެއްޗެހި ބަދަލު ކޮއްލައިފިއެވެ. އޭނާ ބޭނުންވީ ވާހަކަ ބަދަލު ކޮއްލާށެވެ.
“ދޮންތި އާއެކު މާދަން ދާނަންތަ ޔާނު މެންގެއަށް…” މައުވާވެސް އިނީ ރަޔާލް ނުފެންނާނެހެން ފުރަގަސް ދީގެންނެވެ. ރަޔާލް އެއްޗެހި ބަދަލުކޮށް ނުނިމު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
“ދެން އައިވިލް ޓްރައި… އެކަމް އޭނަ އުޅޭނެ އެއްނު..” ރަޔާލް ފާޑަކަށް އަނގަ ހަދާލަމުން އެހެން ބުނެފައި އައިސް މައުވާ ކައިރީގައި އިށީނދެއްޖެއެވެ.
“ހެހެހެހެ… ޔާނުގެ ޑިއުޓީ އިންނަނީ ހެނދުނު..” މައުވާ އެހެން ބުނެފައި ނިކުމެލީ ބޭރަށެވެ. މައުވާ ހީކޮއްގެން ހުރީ ޔާސީނާއި ރަޔާލްއާއި ދެމެދު މައްސަލްއެއް ޖެހުނީ ކަމުގައެވެ. ދެމީހުންވެސް ގޮތް ދޫނުކުރާތީ ވާހަކަ ނުދަކައި ހުންނަނީ ކަމުގައެވެ. ނަމަވެސް އެދެމީހުންގެ ގުޅުން ކުރިއަށް ނުގިސްގެން އުޅެނީ ކީއްވެ ކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ. ޒުހައިރާ ފިޔަވައި އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ.
*********
ރާބިޔާ ގޭ ދޮރުމަތީގައި ކޮޅަށް ހުރިއިރު ކައިރީގައި 30 އަހަރަށްދާ ފިރިހެނަކުވެސް ހުއްޓެވެ. ރާބިޔާ ހުރީ އެމީހާގެ ޓީޝާޓުގައި ހިފަހައްޓާލައިގެންނެވެ. ދެމީހުންގެ ލޮލުން ފެންނަމުން ދިޔައީ މަސްތީ ކުލަވަރެވެ. ސައިކަލު ފާކު ކޮއްލާފައި އެދިމާއަށް އައި ފައިސަލްގެ ލޮލުގައި އެމަންޒަރު އަޅައި ގަތް ނަމަވެސް އެވަރަކުންނެއް ނޫޅެއެވެ. އޭނައަށް ވުރެ ބޮޑަށް ރާބިޔާގެ ގޮތް އެނގޭނެ އިތުރު މީހެއް ނުހުންނާނެއެވެ. ފައިސަލް އެގެއާއި ދިމާލަށް އަންނަތަން ފެނުމުން އަނެއް ފިރިހެންމީހާ ރާބިޔާގެ އަތަށް 500 ރުފިޔާ ދެމުން އެތަނުން ދުރަށްދާން ހިނގައި ގަނެއްޖެއެވެ.
“ކޮބާ މިއަދު ބިޒްނަސް ރަނގަޅީތަ؟” ފައިސަލް ހީލަމުން އެހެން ބުނިއިރު ރާބިޔާ ބޯޖަހައިލައިފިއެވެ.
“އާން 3000 ރުފިޔާއަށް ވުރެ ގިނައިން ހެނދުނު އެކނިވެސް ލިބިއްޖެ..” ލައިގެން ހުރި ޖިންސުގެ ޖީބުން ރުފިޔާތައް ނަގަމުން އޭނާ ލީހައިފިއެވެ.
“އެނގޭތަ މިއަދު ރަޔާލް އެކަނި އައިސް އަހަންނާ ވާހަކަ ދެއްކި…” ޝައްކެއްގެ މަތީގައި ހުރި ފައިސަލް އެހެން ބުނެލީ ކުޑައިރުއްސުރެ ރަޔާލްގެ ގޮތް އެނގޭތީއެވެ.
“ތިހެން ވިއްޔާ މާ ރަނގަޅެއްނު… އަވަހަށް އޭނާގެ ދުވަސް ލިއްޔާ އަހަރުމެންނަށް ކޮޅެއް ފެންނަން އޮތީ…” ހަމަޖެހުމުގެ ނޭވާއެއް ލަމުން ބުނެލިއެވެ.
” އާނ އޭނާއަށް ފެންނާނެ އެމީހާ މަރުވެފަ އޮތްތަން..” ފައިސަލް އެހެން ބުނެލަމުން ރާބިޔާއާއި ދިމާލަށް ބަލާލައިފިއެވެ. ފައިސަލަށް ރަޔާލްގެ އެމިޒާޖު އެއްވެސް ވަރަކަށް ނަގައެއް ނުގަނެވުނެވެ.
“ދެން އޭނާ މިގެއަށް ގެންނަން ހިނގާ.. އަހަރެން ބޭނުން އަހަރެންގެ ބޮލުން އެކަން ނެއްޓޭނެ ގޮތެއް…” ރާބިޔާ އެހެން ބުނެފައި ހިނގައިގަތީ ބަދިގެ ފަރާތަށެވެ. ކުރިން ދުވަހެއްގައި ހަދާފައިހުރި ބޯކިބާތަކެއް އޭނާ ހަނދާންވީ އެވަގުތުގައެވެ. ދެމީހުންވެސް ވިސްނަމުން ދިޔައީ ރަޔާލްގެ ދުވަސް ދުއްވާލެވޭނެ ގޮތަކާއި މެދުގައެވެ. ރަޔާލަށް ހުރިހާ ކަމެއް ހަނދާން ވެއްޖެނަމަ ހުރިހާ ދެރައެއް ލިބޭނީ އޭނާއަށެވެ.
“އަހަރެންނަށް ހާދަ ހީވެޔޭ ރަޔާލަށް ހަނދާން ވެއްޖެހެން…” ފައިސަލް އެއްވެސް ވަރަކަށް ރަޔާލާއި ދޭތެރޭގައި ރަނގަޅަށް ވިސްނާކަށް ބޭނުމެއް ނުވެއެވެ.
“ތިއެއް ނޭނގޭ އަހަންނަކަށް އަހަރެން ބޭނުމީ އޭނަގެ ދުވަސް ދުއްވާލަން…” ރާބިޔާގެ މޫނުމަތީގައި މައިވަންތަކަމުގެ ކުލުނުގެ އެއްވެސް މިންވަރެއް ފެންނަންވެސް ނެތެވެ.
“ހޫމްމް…” ފައިސަލްގެ ގެއްލިފައިހުރީ މުޅިން އެހެން ދުނިޔެއަކަށެވެ. އެއްވަރަކަށް މީހަކު ދައްކާ ވާހަކައެއް އަޑު އެހޭ ވަރެއް ނުވިއެވެ.
“އަން މިހިރީ ބޯކިބާ…” ރާބިޔާ ތަންކޮޅެއް ބާރަށް އެހެން ބުނެލުމުން ފައިސަލް އޭނާއާއި ދިމާލަށް ބަލާލަމުން ހީލައިފިއެވެ.
ޒުހައިރާ ވަދެގެން އައީ އޭނާގެ މަންމަގެ ބޮޑު ގަނޑުވަރެއްހެން ހަދާފައިވާ ގެއަށެވެ. އަތުގައި އަޅުވާލެވިފައިވާ ދަބަހާއިއެކު އޭނާ ފެންނަނީ ވަރަށް ރީތިކޮށެވެ. ޓަކި ޖެހުމުގެ ބަދަލުގައި ދޮރު ހުޅުވާލަމުން އެތެރެއަށްވަދެ މަންމައަށް ގޮވާލައިފިއެވެ. ނަމަވެސް ތިރިއަށް އައީ ޔާސީނެވެ. ހުރީވެސް ބޮކްސާގައި އެކަންޏެވެ.
ނުނިމޭ
ޔާސީން ތިރިން ކުރު ސޯޓެއް ލައިގެން ވަރަށް ހަލުވި ކަމާއެކު ނިކުމެގެން އަތުވެއްޖެއެވެ. އޭރުވެސް ތިރީގައި ޒުހައިރާ ހުރީ ހަށަން ބަނދެލައިގެންނެވެ. މަންމަ ހުރިގޮތް ފެނުމުން ހިނި އައި ނަމަވެސް ޔާސީން އިސްޖަހާލައިގެން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ޒުހައިރާ ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ޔާސީން ކައިރީގައި މަޑުކޮއްލުމަށް ބުނެލައިފިއެވެ. ސޯފާއާއި ދިމާލަށް ދަމުން ޒުހައިރާވެސް ފޯނު އަނެއްކާވެސް ދަބަހަށް ލައިފިއެވެ.
“އެގުޅީ މައު.. ރަޔާއާ ދެކުދިން މިއަދު ގެއަށް އަންނަން ވެގެން..” ޒުހައިރާ އެހެން ބުނުމުން ޔާސީން ހީލައިފިއެވެ.
“ގެއަށޭ..” އެހެން ބުނެފައި ޔާސީން ސޯފާއިން ތެދުވެގެން އަނެއްކާވެސް ސިޑިއާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ. ޒުހައިރާ ހިނިތުންވެލީ އަނެއްކާވެސް ޔާސީން ގެއަށް ދާނެކަން އެނގުމުންނެވެ.
މައުވާއަށް ވުރެ ކުރިން ރަޔާލް އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އޭނާއަށް ހީވީ ކުރީގެ ހުރިހާ ހަނދާންތަކެއް އެއްފަހަރާ އަނެއްކާވެސް އައިސް ބޮލު ތެރޭގައި ނަށައިގަތް ހެންނެވެ. އެކި ދިމަދިމާލަށް އޭނާ ބަލާލި ފަރުވާ ތެރި ކަމާއެކުގައެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން އޭނާގެ ދިރިއުޅުން ބަދަލު ކޮއްލިގެއެވެ. މައުވާ ކައިރީގައި ހުރެ ދައްކަމުން ދިޔަ ވާހަކަތައްވެސް ރަޔާލަކަށް އަޑެއް ނީވެއެވެ. މައުވާ އެބަ އަންނަމޭ ކިޔާފައި ބޭރަށް ނިކުތުމުން އޭނާ ހިނގައިގަތީ ޔާސީންގެ ކޮޓަރިއާއި ދިމާލަށެވެ. އެކޮޓަރީގައި އޭނާ ހޭދަކުރީ ކިތައް ދުވަސްކަމެއްވެސް ނޭނގެއެވެ. ތަޅުގައި ހިފާލުމާއެކު އަޑު ކިޔާލާފައި ދޮރު ހުޅިއްޖެއެވެ. އަނދިރިކޮށް އޮތް ނަމަވެސް ރަޔާލް ފަރިތަކަމާއެކު ހިނގާލާފައި ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރީގައިގައެވެ.

3
0
މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

Leave a Reply

Your email address will not be published.