ލޯބީގެ

ޖާދޫވި މޫނު (4)

“އެއީ ރާއި އެއް ނޫން… ރައްޔާން..” ދުރުގައި ހުރެފައި އާދައިގެ ރާގެއްގައި އައްމާރު ބުނެލިއެވެ. ހީޒަލަށް ޔަޤީން ކޮއްދިނިމުގެ ގޮތުން އޭނާ މޫނަށް އެއްވެސް ކުލަވަރެއް ނުގެނެއެވެ.
“ރާއިގެ ދޮންބެ އެއީ… ރައްޔުއަކީ ރާއިފް މަންމަ އެހެން މީހެއްގެ ދަރިއެއް ކުޑަ ދުވަހުން ފެށިގެންވެސް ރާއްޖެއިން ބޭރުގައި އުޅުނީ..” އިތުރު ތަފްސީލެއް ބޭނުން ވާނެހެން ހީވުމުން އައްމާރު ކިޔާލިއެވެ.
“ހޫމް…” ހީޒަލް އެހެން ބުނަމުން އިސްޖަހާލިއެވެ.
“ހީޒަލް..” ހީޒަލް މާ ގިނައިރު ދުރު ބަލަހައްޓައިގެން އިންނަން ފެށުމުން އައްމާރު ގޮވާލިއެވެ. ހީލަމުން ހީޒަލް ބުނީ އޭނާ ވަރުބަލި ޥާހަކައެވެ.
ގެއަށް ދިޔަ ހީޒަލްގެ ހިތުގައިވީ އެންމެ ސުވާލެކެވެ. ދެމީހަކު އެހައި ވައްތަރު ވާންވީ ކީއްވެ ހެއްޔެވެ؟ އެއްބަނޑު ދެމީހުން ކަމުގައި ވިޔަސް ހަމަ އެހައި ވައްތަރުވާން ޖެހޭ ހެއްޔެވެ؟ އެކި ސުވާލުތައް ހީޒަލް ބޮލުގައި އެނބުރެމުން ދިޔައިރު އޭގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ނިދި ލޮލުގައި ހުރުމުން ހީޒަލް ލޯ މަރާލިއެވެ. ރާއިފް އެހާ ދުވަސްވި އިރުގައި އޭނާ ކައިރީގައި ބޭބެއެއް ހުންނަ ވާހަކަ ނުބުނުމުން ހިތުގައި ޖެހުނެވެ. ކީއްވެ ހެއްޔެވެ؟ އޭނާ އެހާ ދުރުކޮއްލީ ކީއްވެ ހެއްޔެވެ؟
އެނދުން ތެދުވެގެން ހީޒަލް ބެލްކަންޏަށް ނުކުތީ ބޯ ހާސްކަން ފިލުވާލާށެވެ. ނަމަވެސް އޭނާ ބަލާލީ އީނާޝް މެންގެއާއި ދިމާލަށެވެ. ކުޑައިރުގެ ރަހުމަތް ތެރިޔާ މަތިން ހަނދާން ވުމުން އިތުރަށް ދެރަވާ ގޮތްވިއެވެ. ރާއިފް މަރުވި ފަހުން އޭނާ އެއްވެސް ވަރަކަށް އީނާޝްއާއި އީލާފްއަށް ބައްދަލުކޮށް ނުހަދައެވެ. އެހާ ދުވަސްފަހުންވެސް ހިޒަލް އީނާޝްއަށް މެސެޖް ކޮއްލީ ހަނދާން ވުމުންނެވެ. ކުޑަ ހިނދުކޮޅެއްވެސް ނުވަނީސް އީނާޝްގެ މެސެޖެއް އައިތަން ފެނުމުން ހީޒަލް ހިނިތުންވެލިއެވެ.
ޖެހިގެން އައި ދުވަސް ހީޒަލް ހަނދަން ބޭނުންވީ މުނިން އާ ފެށުމަކަށެވެ. އެއްވެސް ވަރަކަށް ރާއިފް މަތިންވެސް އަދި ރައްޔާން މަތިންވެސް ހަނދާން ކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ގޭން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހީޒަލް ދެލޯ ބޮޑު ކޮއްލިއެވެ. ކުރިމަތިން ރައްޔާން ފެނުމުން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށްވެސް ނޭޅުނެވެ. ރައްޔާން އޭރުގައި ހުރީ ގޭގެ ދޮރުމަތީގައި އީނާޝްއާއި ވާހަކަ ދައްކާށެވެ. ހީޒަލް ހުއްޓުން އަރާފައިވާ މަންޒަރު ފެނުމުން ރައްޔާން ބުމަ ކައިރި ކޮއްލަމުން ދޮރުން އެތެރަށް ވަދެއްޖެއެވެ. ރައްޔާންގެ އެކުޑަ އަމަލުންވެސް ހީޒަލްގެ ހިތުގައި ޖެހުނެވެ. ކަރުނަ ޖަމާވަމުން ދިޔަ އެދެލޮލުން އަދިވެސް ބަލަން ހުރީ ލެއްޕުނު ދޮރާއި ދިމާލަށެވެ. ރައްޔާން އެހެން ނުހަދަންވި ސަބަބެއްވެސް ނެތެވެ. އޭނާ ތަނެއް ދޮރެއް ނުބަލައި ނުވެސް ދަންނަ މީހެއްގެ ގައިގައި ބައްދާކަށް ނުޖެހެއެވެ. ރައްޔާން ދޮރު ހުޅުވާލަމުން މިފަހަރި ނިކުތީ އީލާފްއާއި އެކުގައެވެ.
“ހީޒް..” ހުއްޓުން އަރާފައި ހުރި ހީޒަލް ފެނުމުން އީނާޝް ގޮވާލިއެވެ. ކިތަންމެ ދުވަހެއް ވިޔަސް އެދެމެދުގައި ވާގުޅުމަކަށް ބަދަލެއް ނާންނަ ފަދައެވެ. ހިނިތުން ވަމުން ހީޒަލް ބޯޖަހާލިއެވެ. ރައްޔާން ފެނުމުން ހީޒަލް ހިތަށް އަރާނެ އެއްޗެހި ކިތަންމެ ރަނގަޅަކަށްވެސް އީނާޝްއަށް އެނގެއެވެ. ދޮންބެ ހުންނަ ވާހަކައަބަދުމެ ދައްކާއިރުވެސް ދޮންބެއާއި ރާއިފްގެ ގުޅުމުގެ ވާހަކައެއް އެމީހުން ނުދައްކައެވެ.
“ހިނގާ ދާން..” ހީޒަލް ހުރި ދިމާލަށް ބަލާވެސް ނުލައި ރައްޔާން އެހެން ބުނެލިއެވެ.
“ދޮންބެއާ ލާފް އާ ދާންވީނު…” އީނާޝް އެހެން ބުނުމުން ރައްޔާންމެން ހިނގައި ގަނެއްޖެއެވެ. ކުރިއަށް ހިނގައިގަތް ރައްޔާން ފަހަތަށް އެނބުރި ބަލާލަމުން ބުމަ ކައިރިކޮއްލިއެވެ. ހީޒަލް ފެނުމުން ކޮންމެވެސް ތަނަކުން ފެނުނު ހަނދާން ވަނީއެވެ. ހީވާ ގޮތަކަށްވުންވެސް އެކަށީގެންވެއެވެ.
“ސޮރީ..” ދުރަށް ބަލަން ހުރި ހީޒަލްއަށް ބަލާލަމުން އީނާޝް ބުނެލިއެވެ. އީނާޝް އެބުނީ ކީކޭކަން ހީޒަލްއަށް ވިސްނުނެވެ.
“ކީއްވެ..؟”
“ހީޒް.. ދޮންބެއާ ރާއި މެންގެ ގުޅުން އެހައި ރަނގަޅެއް ނުވާނެ ބޮޑުބޭބެ އޮންނާނީ އެހެންވެ އެވާހަކަ ދެއްކުން މަނާ ކޮއްފަ..” އީނާޝް ކުރު ގޮތަކަށް ބުނެލިއެވެ. އީނާޝްމެން ކުރިން އުޅެމުން އައީ ރިޔާޒް މެންގެ މަންމަމެން ގޭގައެވެ. ރިޔާޒްމެންގެ ބައްޕަގެ ގެ ހަދައިގެން އެގެއަށް ބަދަލުވީވެސް މީގެ އަހަރެއް ކުރިންނެވެ. ހީޒަލް އާއި އީނާޝްއާއި ވާހަލަ ދައްކަން ތިބެފައި ދިޔައީ ބައްދަލުވާން ނިންމައިގެންނެވެ.
ހީޒަލް ރައްޔާން މެންގޭގެ ދޮރު ކައިރީގައި ހުރެފައި ގުޅާލަމުން މައްޗަށް ބަލާލިއެވެ. އީނާޝް މެންގޭގެ ކުރިމަތީގައި މަޑުކޮއްލައިގެން ހުރި ހީޒަލް ހީނިތުންވެލީ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. މަޑުމަޑުން އެތެރެއަށް ވަންނަމުން ހީޒަލް ވަށައިގެން ހޯދާލިއެވެ. އެކަން ފާހަގަވި އީނާޝް ހިނިތުން ވެލަމުން ރައްޔާން ނޫޅޭ ވާހަކަ ބުނެލިއެވެ.
ދެމީހުން ވާހަކަ ދައްކާލަން ވެގެން އެރީ ޓެރެހަށެވެ. ނަމަވެސް ޓެރެހަށް ދެވެން އޮތީ ރައްޔާންގެ އެޕާރޓްމެންޓުން ކަމުން އީނާޝް ކުޑަކޮށް ޖެހިލުންވިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަން ބުނުމުން ހީޒަލް މަޑުމަޑުން އައިސް ވަނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތަށް ތަދުވިއެވެ. މުނިތަންވަނީ މަޑު މުށި ކުލައަކުން ޒީނަތްތެރި ކުރެވިފައެވެ. ކުރިމަތިން ދެކޮޓަރި ފެންނަން ހުރިއިރު އެއްފަރާތެއްގައި މައްޗަށް އަރާނެ ސިޑިއެއް ހުއްޓެވެ. ބޮޑު އެޕާރޓްމެންގެ އެއްފަރާތުގައި ފަތި ޓީވީއެއް ބަހައްޓާފައިވާއިރު އަނެއް ފަރާތުފައި އެހާމެ ފުރިހަމަ ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. ދޮރު ފޮތިތަކުގައި ފެހިކުލައާއި މުށިކުލަ ހުރިއިރު ލޮލަށް ފަސޭހައެވެ. އެކިތަންތަނަށް ލޯ ހިންގާލަމުން ހީޒަލް ގަދަކަމުން ހިނިތުން ވެލިއެވެ. ހީޒަލަށް އެންމެ ފާހަގަ ކުރެވުނީ މުނިގޭގޭ ފާރުތަކުގައި ލާފައިވާ މަޑު ފެހިކުލައެވެ. އަދި ހާއްސަކޮށް ބެލްކަންޏަށް ޥާ ދިމާލުގައި ޖާޙާފައިވާ ބޮޑެތި ބިއްލޫރި ދޮރުތަކުން ދުވާލުގައި ގޭގައި އެއްވެސް ވަރަކަށް ލައިޓް ދިއްލަން ނުޖެހޭނެއެވެ.
# # # #
“ކޯއްޗެއް ތި ބަލަނީ..” ޙީޒަލް ދުރުގައި ބަލަން ހުރުމުން ރާއިފް އެންމެ ފަހުން އަހާލައިފިއެވެ.
“ރާއި.. ތިހުސް ބްރައުން ކުލައޭ ދެން..” ހީޒަލް އަނގަ ފާޑަކަށް ހަދައިން އިނދެ ބުނެލިއެވެ.
“ދެން… އަހަރެން ކިޔާތަ ހީޒް އަބަދު ފެހި ކުލަ ހިފައިގެން އުޅޭއިރު..” ރާއިފް ގަމީސްތަކުގެ ތެރެއިން މަޑުމަޑު މުށި ކުލައެއްގެ ގަމީހެއް ނަގަމުން ކައުންޓާރާއި ދިމާލަށް ހިނގައުގަތެވެ.
“ހެވޭ..” ފާޑަކަށް އިނދެގެން އަންނަމުން ހީޒަލް ބުނެލައިފިއެވެ.
“އަސްލު ކީއްވެތަ ރާއިއަށް ބްރައުން އެހާ ރީތީ؟” ހީޒަލް އެންމެ ފަހުން ނުހުރެވިގެން އަހާލައިފިއެވެ.
“ބިކަޒް އައި ވޮނަ ބީ ލައިކް ހިމް.. ޖަސްޓް ލައިކް ހިމް. ޕްލަސް މަށަށްވެސް ރީތި ބްރައުން.” ރާއިފް އެހެން ބުނެފައި ހިނިތުން ވެލިއެވެ. އެއީ އަބަދުވެސް ރާއިފްގެ އާދައެވެ. އަބަދުވެސް ކޮންމެވެސް މީހަކު ކޮޕީ ކުރާނެއެވެ.
“ކާކު؟ ތިމީހަކު ދައްކަންވީނު އަހަންނަށް..”ހީޒަލް ރާއިފްގެ އަތު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ.
# # # # #
ގޭގެ އެކި ތަންތަނަށް ބަލަންއިން ހީޒަލް ފެނުމުން އީނާޝް ކުޑަކޮށް މަޑު ޖެހިލިއެވެ. ބްރައުން ކުލައަކީ ރާއިފަށް ވެސް އެންމެ ރީތި ކުލަކަން ވިސްނުމުން ހީޒަލްގެ އަތުގައި ހިފާލިއެވެ.
“ހީޒޫ..” ނާޝް ހީޒަލް ގެނެސް ބައްދާލަމުން ބުނެލިއެވެ. އަދި ބުރަކަށީގައި ވަރަށް ލޯބިން ފިރުމާލިއެވެ.
“އައި ފައިނަލީ މެޓް ހިމް..” ލޮލުން ތިރިއަށް ފޭބި ކަރުނަތިކި ފުހެލަމުން ހީޒަލް ބުނެލިއެވެ. އޭގެ މާނަ ނޭނގުނު ނަމަވެސް އީނާޝްވެސް ހިނިތުންވެލިއެވެ.
ދެމީހުން ޓެރެހަށް އެރުމާއެކު ފިނި ރޯޅިތަށް އައިސް ދެމީހުންގެ ގައި ފިރުމާލައިފިއެވެ. ހީޒަލް ލޯ މަރާލަމުން ހިނިތުން ވެލިއެވެ. އެއީ އަބަދުވެސް ރާއިފް ހަދާ ގޮތެވެ. ވައިޖެހޭ ތަނަކަށް ދެވިއްޖިއްޔާމު އަބަދުވެސް އުޅޭނީ އެހެންނެވެ.
“ކިތައް ދުވަސް ވެއްޖެ ދެމީހުން ވާހަކަ ނުދައްކާތާ؟” އެންމެ ފަހުން ހީޒަލް އަހާލައިފިއެވެ.
“ދެއަހަރު..” ޓެރެހުގައި ބަހައްޓާފައިހުރި ޖޯލިތަކުގައި އިށީންނަމުން އީނާޝް ބުނެލިއެވެ. އަދި ހީޒަލްއަށް އޭނާގެ އަތުގައި އޮތް ކޯކު ފުޅި ދިއްކޮށްލިއެވެ.
“ސޯ ޔޫ ނެވަރ މެންޝަންޑް އެބައުޑް ހިމް.. މިބުނީ ނުބުނަމެއްނު ރާއިގެވެސް ދޮންބެއޭ އެއީ..” ދުރުގައި ހުރި ކުޑަ ގޮނޑިއަކަށް ފައި ނަގަމުން ހީޒަލް ޖޯލީގައި ބުރަކަށި ޖައްސާލިއެވެ.
ދެމީހުން އެތަނުގައި ވާހަކަ ތިބެވުނު އިރެއްވެސް ނޭނގެއެވެ. އީނާޝް އެބަ އަންނަމޭ ކިޔާފައި ތިރިއަށް ފޭބުމުން ހީޒަލްވެސް އެތަނުން ތެދުވެއްޖެއެވެ. ޓެރެހުގެ ފާރުގައި ބަނޑު އަޅާލާފައި ތިރި ބަލާލަމުން ހީޒަލް ހިނިތުން ވެލިއެވެ. މިތަނުން އޭނާގެ އެޕާރޓްމެންޓް ވަރަށް ރީތިކޮށް ފެނެއެވެ. އީނާޝް ނައިސް ލަސްވާން ފެށުމުން ތިރިއަށް ދާން ހިނގައި ގަނެއްޖެއެވެ. ފޯނާއި ކުޅެމުން ތިރިއަށް ފޭބި ހީޒަލް ހުއްޓުން އެރީ އެއްޗެއްގައި ޖެހުމުންނެވެ. ތިރިން ފެންނަން ހުރި ދެފައިތިލަ ފެނުމުން ހީޒަލް ދެލޯ ބޮޑު ކޮއްލަމުން އަވަހަށް މައްޗަށް ބަލާލިއެވެ. ރައްޔާން ތުވާލި އޮޅާލައިގެން މެއާއި ދިމާލުން އަތް ހުރަސް ކޮއްގެން ހުރި ގޮތުން ހީވަނީ ހީޒަލްދެކެ ބިރުން ހުރި ހެންނެވެ. ނޫނީ ކުރިން ދުވަހުގައި ވީ ކަންތަކާއި މަލާމަތް ކުރަނީއެވެ. ހީޒަލް އެއްފިޔަވަޅު ފަހަތަށް އަޅާލަމުން ރައްޔާންގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިއާއިއެކު އެމޫނު ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި ވަރުގަދަ ބުމަ ފެނުމުން ކޮންމެ މީހަކު ނަމަވެސް ހިތް ލެނބޭނެއެވެ. ރާއިފްއާއި ހިލާފަށް ރައްޔާން ހުންނަނީ ވަރުގަދަ ކޮށް މަސްތައް ޖަހާލައިފައެވެ. ނޫނީ ގަވާއިދުން ކަސްރަތު ކުރާތީއެވެ. އެގަޑީޣައި ހީޒަލް ޖެހުނު ހަރު އެއްޗަކީ ރައްޔާންގެ މޭކަން އެނގުމުން އެތުރަށް ދެލޯ ބޮޑުކޮއްލިއެވެ.
“ޓަޑާ…” ދުރުގައި ހުރެފައި އީނާޝް އެހެން ބުނުމުން ހިޒަލާއި ރައްޔާން ދެމީހުން އެއްކޮށް ބަލާލިއެވެ. އީނާޝް އެހެން ބުނި ގޮތުން ހީވަނީ ޕާޓީއެއްގައި ތިބި ހެންނެވެ.
“ހީޒް… ރައްޔާން.. މައި ބިލަވްޑް ދޮންބެ..” އަތުގެ އިޝާރާތުން ރައްޔާން ދައްކާލަމުން ހީޒަލް ބުނެލިއެވެ.
“ނާޝް ދޮންބެ ބުނަމެއްނު ނުދަންނަ މީހުން މިތަނަށް ނުގެންނާށޭ.. ކުރިއަށް ވުރެވެސް ބޮޑަށް ދެބުމަ ކައިރި ކޮއްލަމުން ރައްޔާން ބުނެލިއެވެ. އެމަންޒަރު ފެނުނު ހީޒަލްއަށް ނުރޮވުނީ ކިރިޔާއެވެ.
“ދޮންބޭ.. ހީޒްއަކީ މައި ބެސްޓް ފްރެންޑް.. ބީ ނައިސް..” ގަދަކަމުން ހީގަންނަމުން އީނާޝް ބުނެލިއެވެ. ކިތަންމެ ދުވަހެއް ވިއަސް އެ ގުޅުމަކީ ފަނޑުވާނެ ގުޅުމެއް ނޫނޭވެ.
“ނާޝްގެ ފްރެންޑް އިއްޔެވެސް ކިރިޔާ…” ރައްޔާން ވާހަކަ ފަށާފަވެސް މަޑުޖެހެލީ ހީޒަލްގެ މޫނު ފެނުމުންނެވެ. އެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުމުން ރައްޔާން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ.
ރައްޔާންގެ ކޮޓަރީގެ ދޮރު ޖެހުނު އަޑު އިވުމައެކު ހީޒަލްގެ ލޮލުގައިވާ ކަރުނަތައް ތިރިއަށް ފައިބައިގެން ހިގައްޖެއެވެ. ހުއްޓުން އަރާފައިވާ ހީޒަލް ފެނުމުން އީނާޝް ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން ހީޒަލް ލޮލުން ކަރުނަތައް ފުހެލިއެވެ. ކޮންމެ މީހަކަށްވެސް ދުލުން ބުނެލަން ފަސޭހަ ވާނެއެވެ. ނަމަވެސް އޭނާއާއި މެދު ކަންތައް ވީގޮތަށް ވެއްޖެނަމަ އެއްވެސް މީހަކު ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނުވާނެއެވެ. ހީޒަލްގެ މައްސަލައަކީ އޭނާ އެކަންތައްތަކާއި ކުރިމަތިލާން ބޭނުން ނުވާ ކަމެވެ. ޤަބޫލު ކުރަން ބޭނުންނުވާ ކަމެވެ. އީނާޝްގެ އަތުގައި ހިފައިލި ހީޒަލް އަދިވެސް ހުރީ ރައްޔާންގެ ކޮޓަރިއާއި ދިމާލަށް ބަލަހައްޜައިގެންނެވެ.
ރާއިފް، ރައްޔާނާއި ކިތަންމެ ވައްތަރު ވިނަމަވެސް ދެތިން ފަހަރަކު ބަލާލުމުން ދެމީހުންގެ ހުރި ތަފާތުތައް ވިސްނުނެވެ. ރާއިފް ހުންނަނީ ވަރަށް ދޮންކޮށެވެ. ނަމަވެސް ރައްޔާން ހުންނަނީ ފާޑަކަށް ޓޭން ކުލައެއްގައެވެ. ހީޒަލް ހިންދިރުވާލަމުން ސޯފާގައި އިށީނީ އީނާޝް އާދޭސް ކުރަން ފެށުމުންނެވެ. އެހާ ދުވަސް ވުމުން ދައްކާނެ ވާހަކަވެސް އޮންނާނެތާއެވެ. ހީޒަލް އިނީ ފަށާނީ ކޮން ހިސާބަކުން ކަމެއް ނޭނގިފައެވެ. ހިތުގައި ފުނި ޖެހިފައިވި އެތައް ސުވާލު ތަކެއްގެ ޖަވާބު އޭނާ ބޭނުންވެއެވެ. އެންމެ ފަހަރަކު ރައިފް ކައިރިން އަހާ ލެވޭނެނަމަ އެވެ.
ރައްޔާން
ރައްޔާން ރީތި ވެލައިގެން ނިކުތްއިރުގައި ހީޒަލް މެން ފެންނާކަށް ނެތެވެ. ނުވެސް ދަންނަ ކުއްޖަކު އެހެން އެނާގެ އެޕާރޓްމެންޓަށް ގެނައުމުން ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ. އީނާޝްގެ ކިތަންމެ ގާތް އެކުވެރިއަކަސް އެއީ އޭނާއަށް ހިލޭ މީހެކެވެ. ރައްޔާން އަނެއްކާވެސް ކޮޓަރިއަށް ވަދެކުރިން ދުވަހު ހޯދަމުން ދިޔަ ފޮތް ނަގައި ތިރީގައި ބާއްވާލިއެވެ. އެކި ގަނޑުތައް އުކަމުން ދިޔައިރު އޭގެ މެދެއްހާ ހިސާބަށް ލައިފައި އޮތް ފަށް ނަގަމުން ރައްޔާންއެއަށް ބަލާލިއެވެ. އެޗް އަކުރެއް ޖަހާފައިވާ އެ ރަންފަށުގައިވަނީ ވަރަށް ރީތި ގެތުމެކެވެ. ހަމައެއާއެކު އެކަބަޑުގައި އޮތް އައި.ޕޮޑް ފެނުމުން ރައްޔާންގެ ނިތަށް ރޫތައް ގިނަވާން ފަށައިފިއެވެ. ވަގުތުން އެ ނެގުމަށްފަހު އޭގައި ޗާރޖް ހުރިތޯ ބަލާލިއެވެ. އަދި އޭގައި ވި ޕްލޭ ލިސްޓަށް ބަލާލައިފިއެވެ. އެންމެ ލަވައެކެވެ. އިތުރު އެއްވެސް ލަވައެއް ނެތެވެ. އެންމެ ލަވައެކެވެ.
# # # #
8 އަހަރު ކުރި
ރައްޔާން ޗުއްޓީއަށް މާލެ އައިއްސުރެ ވިއްސާރަ އަލިވާ ގޮތެއް ނުވެއެވެ. މިރެއަކީވެސް ވަރަށް ވިއްސާރަކޮށް އޮތް ރެއެކެވެ. ނަމަވެސް އިތުރު ދެ ރަހްމަތް ތެރިންނާއެކު މިރޭގައި ބޭރަށް ނިކުމެލީ ގޭގައި އަބަދު ނޯންނަން ވެގެންނެވެ. ކޮފީއެއް ބޯލުމަށްފަހު އެދެމީހުން ދިއުމުން ރައްޔާންވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ. އޭރު ގަނޑިން އެގާރަގަޑި ބައިވާން އުޅެއެވެ. ނަމަވެސް ވާރޭ ކެރިތައް އޮހި ގަތުމުން ރައްޔާން މަޑުޖެހިލީ ގެއެއްގެ ފާރު ކައިރީގައެވެ. ކުޑަކުޑަ ގޯޅިއަކަށް ވެފައި އެތަން ފުދޭ ވަރަކަށް އަނދިރިއެވެ. އަދި އެހާމެ އަޑުމަޑެވެ. އެހިމޭކަން ފޫއަޅުވާލީ ތަންކޮޅެއް ކުރީގެ ދިވެހި ލަވައެކެވެ.
ބެލި ގޮތަކުން އެޅުނީ ހިތުކޫރު، އަލި މޫނޭ ސިފަވާ ހޫރް
ބަލިކޮއްލީ ހިތްގަދަ މަހިނޫރް، ހައިރާންވޭ
އެދެމޭ ކަލާޔާ ގާތުގާ ވުމަށް ، ފެންނާތީ ޔާރާގެ މޫނު
ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ، ފެނުނީތި ގާދޫވި މޫނު
ދުރުން ފޯނަކުން އިވެމުން ދިޔައެލަވައަށް ރައްޔާންގެ ވިސްނުން ހުއްޓުނެވެ. ރައްޔާންގެ ލޯ ފުރަތަމަވެސް ދަތުރު ކޮއްލީ ލަވައައި ދިމާލަށެވެ. ދުވަމުން އައި އަންހެން ކުއްޖާ ރައްޔާންގެ ލޮލުގައި އަޅައިގަތީ އެވަގުތުގައެވެ. އޭނާގެ ފަހަތުން ދުވެފައިއައި މީހާވެސް އެވަގުތު ރައްޔާނަށް ބަލާލިއެވެ. ރައްޔާން ފުރަތަމް އުޅުނީ އަންހެން ކުއްޖާ ހިފެހެއްޓޭތޯއެވެ. ނަމަވެސް އޭނާގެ އަތުގައި ހިފުނު ތަނާހެން ނައްޓުވާލާފައި ދުއްވައިގަނެއްޖެއެވެ. އެކުއްޖާ ރައްޔާންގެ މޭގައި ޖެހިގަނެފައި މާ ބާރަށް ދުވެފައި ހިނގައްޖެއެވެ. ރައްޔާންގެ އަތުގައި ޖެހުނީ އެއަންހެން ކުއްޖާގެ އަތުގައި އަޅާފައިވާ ފަށެކެވެ. އަތާއެކު އޮޅާވެފައި އޮތް އެފަށް ރައްޔާންގެ މޭގައި ހަރުލައިފައިވާ ތަން ފެނުމުން ރައްޔާން އެ ނައްޓުވާލިއެވެ.
ރައްޔާން އެނބުރު ތަނާހެން ފަހަތުން އައި ފިރިހެން ކުއްޖާ ރައްޔާނާއި އަރައި ހަމަވަނީއެވެ. ބިމަށް ފައި ހަރުކޮއްލަމުން ހުޝިޔާރުކަމާއެކު ރައްޔާން އެކުއްޖާގެ ގައި ހިފައްޓާލައިފިއެވެ. ފުންފުންކޮ ނޭވާލަމުން ދިޔަ އެ ޒުވާނާ ހުރީ މޫނުގައި ފާޑެއްގެ ކަޅު މާސްކެއް އަޅާފައެވެ. ބަލާބެލުމަށް ރައްޔާންއަށް ވުރެ ބޮޑުވާނީ ނުވަތަ ކުޑަވާނީ އެންމެ އަހަރެއް ވަރެވެ. މިއޮތް ވާރޭ ތެރޭގައި އެހެން އަންހެން ކުއްޖެއްގެ ފަހަތުން ރަނަގަޅު މީހެއް ނުދުވާނެއެވެ. ރައްޔާން މަސައްކަތް ކުރީ އެޒުވާނާގެ މޫނުގައި އަޅާފައިވާ މާސްކް ފާޑުގެ އެތި ނައްޓާލެވޭތޯއެވެ.
“ހެހް..” ނުބައި ފާޑަކަށް އެއަޑު ލައްވާލުމުން ރައްޔާން ގައިން ހީބިހި ނަގައި ގަނެއްޖެއެވެ.
ރައްޔާން ދެންވެސް އޭނާގެ ކަނާތް އެ ޒުވާނާގެ ކަރުގައި އަޅުވާލާފައި ފޯނުން ޕޮލިހުންނަށް ގުޅާލައިފިއެވެ. ނަމަވެސް އެއްޗެކޭ ބުނެވުމުގެ ކުރިން މޫނަށް އަރައިގެން ދިޔަ އެތި ފަހަރުން ރައްޔާން ތިރިއަށް ވެއްޓިއްޖެއެވެ. އެއާއެކު އޭނާގެ މޫނު މަތީގައި ޖެހުނު އެއްޗަށް ބަލާލި ނޭފަތް މަތީގައި އަތް އަޅައިގެން އޮވެއެވެ. އެއީ ހުދު ކުލައިގެ އައި.ޕޮޑެކެވެ. ރައްޔާނަށް ބެލުމެއްނެތި އަނެއްކާވެސް އަންހެން ކުއްޖާ ދިޔަ ދިމާލަށް އެ ޒުވާނާ ދުއްވައި ގަނެއްޖެއެވެ.
# # # #
ރައްޔާން ހިތަށް އަރަމުން ދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ. ކުރިން ދުވަހު ގުޅި ނަންބަރަށް އޭނާ ގުޅަން މަސައްކަތް ކޮއްލައިފިއެވެ. ނަމަވެސް މިހާރު އެއީ ބޭނުން ކުރެވޭ ނަންބަރެއް ނޫނެވެ. ފޯނުން ގަޑި ބަލާލަމުން ރައްޔާން ސިޑިން ތިރިއަށް ފޭބީ ކައިގެން ބޭރަށް ގޮސްލާށެވެ. އަދި ދައްތައެއްގެ ގަސްވިއްކާ ފިހާރައަކަށްވެސް ދާންށާއި އެކީގައެވެ. ބައްޕައާއި ރަޒިއްޔާ ދުރުން ފެނުމުން ރައްޔާންގެ މޫނުގެ ކުލަވަރު އޮހިއްޖެއެވެ.
“ރައްޔު.. އާދެބަލަ..” ރިޔާޒް އެހެން ބުނުމުން ކުޑަ ކުއްޖެއްހެން ރައްޔާން ގޮނޑި ދަމާލަމުން އިށީނދެއްޖެއެވެ.
“ބައްޕައަށް އާއި މަންމައަށް ވަރަށް ބޮޑު ކަމެއް ކޮއްދޭން ވެއްޖެ..” ރިޔާޒު އަތުގައިވި ފޮޓޯ ގަނޑު ދައްކާލަމުން ބުނެލިއެވެ. ރައްޔާމް އޭގައި ހިފާކަށް ބޭނުމެއް ނުވިއެވެ. ކުރިއަށް ވުރެވެސް ބޮޑަށް ބުމަ ކައިރި ކޮއްލަމުން އޭނާ ގޮނޑި ފަހަތަށް ދަމާލީއެވެ.
“ކާކު މީ؟” ރައްޔާން އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ތެދުވަމުން އޭނާ އަދިވެސް އެއްފަހަރު އޭގެއަށް ނަޒަރެއް ދިނެވެ.
“މީ ރާއިފްގެ ފޯނުން ފެނުނު ފޮޓޯއެއް.. ރައްޔާނަށް މިކުއްޖާ އެނގޭތަ.. ރާއިފްގެ މަރަށްފަހު މަންމައަށް މި ފޮޓޯ ފެނުނީ..” ރަޒިއްޔާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. އެއަޑު ކުޑަކޮށް ކުރެހުނުކަން ރައްޔާނަށް ފާހަގަ ވިއެވެ.
“ދެން.. ފިރިހެން ކުދިންގެ ފޯނުންދޯ އަންހެން ކުދިންގެ ފޮޓޯ ފެންނާނީ..” ރައްޔާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
“ކިތައް ފަހަރު މާފަށް އެދެންވީ.. ކިތަށް ފަހަރު ބުނަންވީ އޭރު އެގޮތަށް ކަންތައް ކުރެވުނީ ކާފައާ ހެދިއޭ.. ރާއިފް..” ރަޒިއްޔާ ކަރު އެލުވާލީ ރާއިފް މަތިން ހަނދާން ވުމުންނެވެ. އެއްޗެކޭ އިތުރަށް ބުނާކަށް ބޭނުމެއް ނުވިއެވެ.
“ނޭނގެ.. މިއީ ރާއި ފޯނުން ފެނުނު އަންހެން ކުއްޖެއް.. މިބުނީ ހީ..”
“ރަޒިއްޔާ..” ރިޔާޒް ތަންކޮޅެއް ބާރަށް ބުނުމުން ރަޒިއްޔާ އަވަހާއި އެދިމާލަށް ބަލާލައިފިއެވެ. ރިޔާޒް ދެފަރާތަށް ބޯ ހޫރުވާލަމުން ރަޒިއްޔާ މަޑު ޖެހިލައިފިއެވެ. ތެދެކެވެ. އަނެއްކާ ހީޒަލްއާއި ރާއިފްގެ ހުރި ގުޅުން ބުނެފިއްޔަ ރައްޔާން ހީޒަލްއަށް އެއްޗެހި ކިޔަން ފަހެއް ނުޖެހޭނެއެވެ.
“ކިހިނެއްވީ؟ ތި ކުއްޖެއްގެ ނަން ބުންޏަސް އަހަރެން ނޫޅެމޭ މުޅި މާލެއިން އޭނަ ހަންޓް ކުރަން ނިކުންނާކަށް..” އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުން ރައްޔާން ބުނެލިއެވެ.
“މަންމައަށް މީކާކު ކަން ބަލާލަ ދީފާނަންތަ؟ ރާއިއަކީ އެހެން މީހުނާއި ގުޅުން އޮންނަ ކުއްޖެއް ނޫން.. އެހެންވެ” ރަޒިއްޔާ ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ހީޒަލްއަށް މިއޮތްހާ ދުވަހު ސިއްރު ކޮއްގެންހުރީ ހީޒަލްއަށް ވާނެވަރު އެނގޭތީއެވެ. ރާއިފްއާއި އެހެން މީހެއް ގުޅުން އޮތީބާވައެވެ.
“އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ކުރާކަށް.. ރާއިފް ދުނިޔޭގަ ހުރި ނަމަ ތިހެން އަންނާނެތަ އަހަރެންގެ ކައިރިއަށް.. އަހަރެން ދުނިޔޭގަ ހެޔޮ ހާލުގަ ހުރިއިރު އެންމެ ފަހަރަކުވެސް ހާލު ބަލާލަން ނާދެވުނު.. މީހުން ބުނޭ މަންމައޭ އުފްވެސް ނުބުނާށޭ..”
“ރައްޔު…” ރިޔާޒް ތަންކޮޅެއް ބާރަށް ބުނުމުން ރައްޔާން މަޑުޖެހިއްޖެއެވެ.
“ބައްޕަ ބުނީމަ މިހާއިރުވެސް މިމަޑު ކުރީ..” އެހެން ބުނެފައި އަވަސް ހިނގުމެއްގައި އެތަނުން ނިކުމެގެން ރައްޔާން ހިނގައި ގަނެއްޖެއެވެ.
“”ރަޒިއްޔާ..” ރައްޔާން ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރަޒިއްޔާއަށް ރިޒާޒު ގޮވާލިއެވެ.
“އަހަރެން ކުރި ކުށުގެ ބަދަލު ކަންނޭނގެ އަހަންނަށް މި ދައްކަވަނީ.. އަހަރެން ރައްޔާނަށް” އަރު ބެދުމުން ރަޒިއްޔާ ހުއްޓާލިއެވެ. ކުޑަކުޑަ ރައްޔާން އޭނާގެ ސަމާލުކަން ހޯދަން އުޅުނު ގޮތް ހަނދާން ވުމުން އިތުރަށް ދެރަވިއެވެ.
ތިރިއަށް ފޭބި ރައްޔާންގެ ހިތް ނުތަނަވަސްވާން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ. ރާއިފްގެ ވާހަކަ ދެކެވުމުން ނޭނގޭފަދަ ބިރުވެރިކަމެއް ހިތުގައި އުފެދޭން ފަށައިފިއެވެ. މޫނުގައި ގިނަވާން ފެށި ދާތިކި ތަކާއެކުވެސް ރައްޔާން ސައިކަލަށް އަރައި ދުއްވާލައިފިއެވެ. ނަމަވެސް މިރޭ އޭނާގެ ސަމާލުކަން ހުރީ މަގަކަށް ނޫނެވެ. ދައްތަމެންގެއަށް ނުގޮސް ރައްޔާން ގޮސް މަޑުކޮއްލީ އާރޓިފިސަލް ބީޗު ސަރަހއްދުގައެވެ. ތެޅެމުން ދިޔަ ހިތާއެކު ފޯނު ނަގާފައި މެސެންޖަރ ހުޅުވާލިއެވެ. ރާއިފްގެ އާ މެސެޖެއް އޮތްތޯ ބަލާލިއެވެ.
“ކަމް އޯން ރާއި..” ވަޓްސް އެޕް ހުޅުވާލުމާއެކު ރައްޔާންގެ އަތަށް މަޑުޖެހުމެއް އައެވެ.
ރާއި: ދޮންބެ
ރާއި: މެއިލް..
ރާއި:……………….
އެތިން މެސެޖުން ނަގާނެ މާނައެއް ރައްޔާނަކަށް ނޭނގުނެވެ. ފޯނު ޖީބަށް ލަމުން ރައްޔާން ތެދުވެއްޖެއެވެ. ދައްތަ ކައިރިއަށް ދިއުމުގެ ބަދަލުގައި ރައްޔާން މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އެހެން ތަނަކަށް ދާހިތް ނެތުމުން ރައްޔާން ބޭނުންވީ ގެއަށް ދާށެވެ. ނަމަވެސް އޭނާއަށް ސައިކަލު މަޑު ޖައްސާލަން ޖެހުނީ ދުރުން ހީޒަލް ފެނުމުންނެވެ. ނޫކުލައިގެ ފައިކުރިއަށް ހިމަ ޖިންސަކާއި ހުދު ގަޔަށްދޫ ގަމީހެއްގައި ހުރިއިރު އިތުރު ފުރިހަމަ ކަމެއް ހުއްޓެވެ. ދުރުން އީނާޝްއާއި އީލާފް ފެނުމުން ރައްޔާން ދުރުގައި ސައިކަލު ޕާކުކޮއްފައި އެދިމާލަށް ހިނގައި ގަނެއްޖެއެވެ.
“ލާފް.. ނާޝް.. ކީއްވެ މިހާ ދަންވަރު ނުދަންނަ މީހުނާއެކު ތިއުޅެނީ..” މަންމަދެކެ އަރާފައިވާ ރުޅިގަނޑު ހީޒަލްއަށް އަމާޒު ކޮއްލަމުން ރައްޔާން ބުނެލިއެވެ. ހީޒަލް ލަދުގަތް ވަރުން ވަށައިގެން މަގަށް ބަލާލިއެވެ.
“މިދަނީ އިރުކޮޅަކުން.. ހީޒަލް އެއީ ބެސްޓް ފޮރެންޑޭ ބުނީމެއްނު ދޮންބޭ..” އީނާޝް މަޑުމަޑުން އެހެން ބުނަމުން ގެއާއި ދިމާލަށެ ހިނގައި ގަނެއްޖެއެވެ.
އެއްވެސް ސަބަބަކާއި ނުލައި ހީޒަލްދެކެ ރުޅި އާދެވުމުން ރައްޔާން ދެރަވިއެވެ. ނަމަވެސް އެއަންހެން ކުއްޖާވެސް އެއީ ރަނގަޅު ކުއްޖެއް ނޫނެވެ. ފިރިހެނެއް ފެންނަން ތަނަށް އައިސް ބައްދާ މީހެކެވެ. އަނެއް ފަރާތަށް އެނބުރު ހީޒަލްގެ މޫނަށް އަރާފައިވާ ކުލަ ފެނުމުން ރައްޔާން ބޮލުގައި އަތް ހިންގާލިއެވެ. އެއްވެސް ސަބަބެއް ނެތި ހީޒަލް ދެކެ އޭނާ ރުޅި އަރަންވީ ކީއްވެ ހެއްޔެވެ. ގެއަށް ދިޔަ ނަމަވެސް ރައްޔާނަކަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ވިސްނެމުން ދިޔައީ އެގަޑީގައި ހީޒަލްގެ މޫނަށް އަރާފައިވާ ކުލައެވެ. އެމޫނުން އޭނާއަށް އެއްވެސް އުފަލެއް އެވަގުތު ނުފެނުނެވެ.
ތިރިން ލައިގެން ހުރި ސޯޓާއިއެކު ރައްޔާން ޓެރެހަށް ގޮސް ފާރުގައި ބަނޑު އަޅާލިއެވެ. ތިރިއަށް ނަޒަރު ހުއްޓާލުމާއެކު އޭނާއަށް ނޭވާލާންވެސް ދަތި ވެގެން ދިޔަ ކަހަލައެވެ. ހީޒަލްގެ ބެލްކަނީގައި އެއީ ޔަޒަން ނޫން ދެވަނަ މީހެއް ނޫނެވެ. ނަމަވެސް ޔަޒަން ހީޒަލްގެ ބެލްކަނީގައި ކުރާނީ ފަހެ ކީއްހެއްޔެވެ؟ ނިތަށް ގިނަވެގެން ދިޔަ ރޫތަކާއެކު ރައްޔާން ގަޑިއަށް ބަލާލިއެވެ. އެގާރަ ޖަހަނީއެވެ. އަތް ތިރިއަށް އެލުވާލަމުން ރައްޔާން ތިރިއަށް ދާން ހިނގައިގަތީ އީނާޝް ހޯދާށެވެ. ސިޓިން ރޫމަށް ބޯދިއްކޮއްލަމުން ރައްޔާން ހީލީ ނާޝް ދުރުން ފެނުމުންނެވެ.
“ކިހިނެއްވީ؟…” އީނާޝް ރުންކުރުވެފައި އަހައިލި ގޮތުން ރައްޔާން ބޮޑަށް ހީލިއެވެ.
“އޯނ.. ޑިޑް އައި އެންބެރެސް ޔޫ..” ރައްޔާން ލައިގެން ހުރި ސޯޓުގެ ޖީބަށް އައި ޖަހާލަމުން ބުނެލިއެވެ.
“ޢޯހް.. ޝަޓް އަޕް..” ބޯ އެއްފަރާތަކަށް ޖައްސާލަމުން އީނާޝް އެހެން ބުނި ގޮތުން ހީވަނީ އެއްޗަކުން ނުބައި ވަސް ދުވެގެން މޫނު ހަދާލި ހެންނެވެ.
” ހެހެ.. ސޮރީ.. ދޮންބެ އެހެން ބުނީ އެކުއްޖާއާއި އެކު އެހާ ލަހުން އުޅުނީމަ..”
“ދޮންބޭ އޭރު ނުވައެއް ޖެހީ..” އީލާފް ދެމީހުންގެ ފަހަތުގައ ހުރެފައު އެހެން ބުނެފައި ހީލިއެވެ. އީނާޝްއާއި ހިލާފަށް އީލާފް ހުންނަނީ ބުރުގާވެސް އަޅާފައެވެ. ދެކުދިންގެ އުޅުންވެސް އެހާމެ ތަފާތެވެ. އެއްމާބަނޑު ދެބެންނޭވެސް ނުބުނާނެއެވެ. އީނާޝްއާއި އީލާފްގެ މޫނު ފެނުމުން ރައްޔާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
” ހީޒަލްގެ ކާކު އެއީ ޔަޒަން.؟” ބުނެވުނު އެއްޗެއް ރައްޔާނަށް ވިސްނުނީ މާފަހުންނެވެ.
“ސީރިއަސްލީ..” އީނާޝްމެނަށް އެއްފަހަރާ އެހެން ބުނެވުނުއިރު ދެމީހުންގެ މޫނުގައިވެސް ވީ ނުލަފާ ހިނިތުންވުމެކެވެ. ޔަޒަންއަކީ ހީޒަލްގެ މަންމަގެ ރައްޓެއްސެއްގެ ދަރިއެކޭ ބުނަމުން ދެކުދިން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ރައްޔާންވެސް އެހެން އިނުމަށްފަހު ހިގައިގަތީ މައްޗަށް ދާށެވެ.
ނުނިމޭ

2
0
މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

Leave a Reply

Your email address will not be published.