މަޒުމޫން

ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައިވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަ ކަމުންނެވެ.

ފެށުން ދިވެހިރާއްޖޭގައި ފުރަތަމަ ސްކޫލެއް ހުޅުވައި ތައުލީމު ދޭންފެށީ އިސްކަންދަރު ރަސްގެފާނެވެ. އެރަސްގެފާނު އެޅި ބިންގާ ވަރުގަދަވެ، މިހާރު ތައުލީމަކީ ކޮންމެ މީހަކަށްވެސް އެއާ ނުލާ ނޫޅެވޭނެ އެއްޗަކަށް ވަނީ ވެފައެވެ. ނަމަވެސް ޒަމާން ބަދަލުވަމުންދާ ވަރަކަށް ތައުލީމީ ނިޒާމަށް ވެސް މިދަނީ ތަފާތު އަސަރުތައް ކުރަމުންނެވެ. މިހާރުގެ ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައިވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަކަމުންނެވެ. ނަމަވެސް މިކަން ޤަބޫލު ކުރަނީ މަދުބައެކެވެ. އަމިއްލަ މާދަރީ ބަހެއް މި […]

މަޒުމޫން

ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއްބާ؟

ފެށުން ކޮންމެ ގައުމެއްގައި ވެސް އެ ބަޔަކު ވާހަކަދައްކާއުޅޭ، އަދި ލިޔެހަދާ ބަހެއް އޮންނާނެއެވެ. އެ ގޮތުން މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބޭނުންކުރާ ބަހަކީ ދިވެހިބަހެވެ. އެހެންނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަށް ވެސް ތަފާތު އެކި އެކި ބަސްބަހުގެ ނުފޫޒު އަންނަނީ ފޯރަމުންނެވެ. ތަފާތު އެކި ގޮތްގޮތަށެވެ. ތަފާތު އެކި ދިމަދިމާއިންނެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއްބާ؟ ދުނިޔެ މިހާބޮޑަށް ބަވަނަވެފައި ވުމާއެކު ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއް ކަމަކަށް […]

މަޒުމޫން

ރަންނަމާރި ވާހަކައިގެ ހަޤީޤަތަކީ ކޮބައިބާ؟

ހަވިއްތަ ތަކާއި ދާގަބާތައް ދޫކޮށް އެތަކެއްޗަކީ އަޅުކަން ކުރުން ހެޔޮވާވަރުގެ ތަކެތި ނޫންކަމަށް ދިވެހިން ޤަބޫލްކޮށްފައިވަނީ މީލާދީ ސަނަތުން 1153 ގައެވެ. ދިވެހިރާއްޖެ އުފެދި މީހުން ވަޒަންވެރިވެ އުޅެން ފެށި ސީދާ ދުވަސް ތާރީހުން އެނގެން ނެތަސް ދިވެހިރާއްޖޭގައި މީހުން އުޅެފައިވާތާ 3000 އަހަރަށްވުރެ ގިނަވެފައިވާކަމަށް ތާރީޙް ލިޔުއްވާ ބޭފުޅުންގެ ގަލަމުން ލިޔެވިފައިވާތީ އަޅުގަނޑަށްވެސް ފެނެއެވެ. އަދި ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހި ރާއްޖޭގައި އޮތީ ބުޑިޒަމް (ބުދު ދީން) ކަން ތާރީހް ގެ ފަތްފުށް […]