ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 10 )

” އަދި އެއްވާހަކަ ބުނަން. ކަލާ ކުރިޔަށްވުރެ މިހާރު މާރީތި … އަހަރެން ވަރަށް ލޯބިވޭ. ” ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ވާހަކަދެއްކި އެވެ.       ” ދެން ދަނީ. ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” ނީމާގެ ކޮލުގައި ކިސްކޮށްލަމުން އެހެން ބުނުމަށްފަހު އާސިމު ގޮސް އެގެއިން ނުކުތެވެ. ކޮންމެ ވެސް ވަރަކަށް ހިތްނުތަނަވަސްވެފައި އާސިމަށް ބަލަން ހުރުން ނޫން އެހެންކަމެއް ނީމާއަކަށް ނުކުރެވުނެވެ.   މަޑުމައިތިރި ހިނގުމެއްގައި އާސިމު ދިޔަގޮތަށް ގޮސް އޭނާގެ ގެއަށް […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 9 )

” މިއީ ނޭނާ ….. ރޭގައި ދިމާވި ހާދިސާއަށްފަހު މީނާއަށް ވަނީ ބަދަލުތަކެއް އައިސްފައި. އަޑުއިވޭ … ފެނޭ …. އެކަމަކު ވާހަކައެއް ނުދެއްކޭ. ރޭގެ ހާދިސާ ކިޔައިދިނުމަށް އޭނަ ވަނީ ނުކުޅެދިފައި …. ޑޮކްޓަރުންނަކަށް ވެސް އެއްވެސް ކަމެއް ނުކުރެވުނު …. އެހީތެރިވާނެ އެއްވެސް މީހަކު ނެތް. ” މާޔޫސްކަމާއިއެކު ނީމާއާ ދިމާއަށް ބަލަންހުރެ ނާސިމާ ވާހަކަދެއްކި އެވެ. ނޭނާ ބަލަމުންދިޔައީ އަސްނާދަށެވެ. އެމަންޒަރުތަކަށް ސަމާލުކަން ނުދިނުމުގެގޮތުން އަސްނާދު ހުރީ އިސްޖަހައި ގެންނެވެ. ނޭނާގެ ލޮލުން […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 9 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 8 )

” އިރުކޮޅަކުން ރަނގަޅުވެދާނެ. ” އާސިމު ޖަވާބު ދިނެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ގަދަވަޔާއިއެކު ވިދާގުގުރައި ވާރޭވެހޭން ފެށިއެވެ. ނީމާގެ ހާސްވުން ކަންބޮޑުވުމަށް ބަދަލުވެގެން ދިޔައެވެ. ހާސްވުމާއި ކަންބޮޑުވުމާއިއެކު އަވަސް އަވަހަށް މޭޒުކައިރިން ތެދުވަން އުޅުނު ވަގުތު މޭޒުގައި ކަކުލުންޖެހި މޭޒަށްއައި ލޮޅުމުގައި ބައެއް ތަށި ވެއްޓި ތަޅައިގެންދިޔަ އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. އެކަމުގެ ސަބަބުން ނީމާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ” އާސިމު … އާސިމު … އައިސްބަލަ އަދިވެސް ކަރަންޓެއް ނާދޭ. ” […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 7 )

” ތިއީ ދޮގު. ބޭބެއެއް ނޫން ފޯނުކުރީ. ފޯނުކުރީ ރަށުކައުންސެލަރ އަސްނާދު … އަދި ބުނަން އެބައޮތް އެއްވާހަކަ … ލޯބިވާ މީހުން ދޮގެއް ނުހަދާނެ. އޮޅުވައެއް ނުލާނެ … ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” އެހެން ބުނަމުން އާސިމު ސައިކަލް ދުއްވާލިއިރު ނީމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމުގެ އަސަރު ތަކެވެ. ދެރަވެސް ވިއެވެ. އެހެނަސް ކެތްތެރިކަމާއިއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ނީމާއަށް ވެސް ވިސްނުނެވެ. ނީމާ އޭނާގެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 6 )

” އަހަރެން ބުނެފީމެއްނު ވަރަށް މަދު ވަގުތުކޮޅެކޭ ނަގާނީ …. އަހަރެން ކަލެޔަށް ވަގުތު ދެމެއްނު.” ނީމާއާ ދުރަށް ޖެހިލަމުން ވާފިރު ބުނެލި އެވެ. ” އަހަރެންނަށް އެނގޭ އަހަރެން މިތަނަށް އައީ ކޮންކަމެއް ކުރަންކަން. މަސައްކަތް ކުރަނީ ވެސް އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް. އަހަރެން އެއްވެސް ވަގުތެއް ބޭކާރެއް ނުކުރަން. ” އަދަބުވެރިކަމާއިއެކު މަޑުމަޑުން ނީމާ ވާހަކަދެއްކި އެވެ. ” އަހަރެން ހިތްހަމަޖެހޭ ކަލޭގެ މަސައްކަތާއިމެދު. ކަލޭ ދިރިއުޅެނީ ވެސް އެކަނި ….. ކޮންމެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 5 )

ނާސިމާ އައިސް އަލިދީގެ ކައިރިއަށް ހުއްޓި ވާހަކަ ދައްކާން ފެށުމުން އަލިދީ ވެސް އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ނެވެ. އާސިމު އައިސް މަދަރުސާކައިރިއަށް ސައިކަލް މަޑުކޮށްލަމުން ބަލާލިއިރު އެތަނުގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ނީމާ އާއި އާސިމަށެވެ. އެތަނުގައި ރަށުކައުންސެލަރ އަސްނާދު ވެސް ހުއްޓެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނީމާ އެތަނަށް ފޭބުމުން އާސިމު ހިނގައްޖެ އެވެ. ނީމާ އާއި އާސިމުގެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 4 )

” އެކަމާދެން އަޅާނުލާ. ތިހެން ވެދާނެކަން އަހަރެންނަށް އިނގޭ. އެކަންދެން އެނިމުނީ. ދެންވެސް އެފަދަކަމެއް ދިމާނުވޭތޯ ބަލައިގެން އުޅުނީމަ ރަނގަޅުވާނެ. އެވަގުތު އަހަރެންނަށް އާދެވުނުކަން އެއީ ކަލޭގެ ނަސީބު ކަންނޭނގެ. ” ނީމާ އާއި އާސިމު ވާހަކަދައްކަމުން ދައްކަމުން ގޮސް ގޭތެރެއަށް ވަނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” އާސިމާއި ދިމާއަށް ހިނިތުން ވެލަމުން ނީމާ ޝުކުރުއަދާކުރި އެވެ. ” މިއީކީ ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނެއްނު …. އަހަރެންގެ ނަމަކީ އާސިމު. އަހަރެން ދިރިއުޅެނީ މިތާކައިރީ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 3 )

ނީމާ އާއި ސޯނިޔާ ވާހަކަދައްކަމުން ދައްކަމުން ދިޔައީ ނީމާގެ ބޮޑު ބޭބެ ސަރަތުމެން އުޅޭ ގެއަށެވެ.  ނީމާމެން ގޮސް އެގެއަށް ވަތްއިރު ސަރަތުގެ ދެމަފިރިން ކޮންމެވެސް ވާހަކައެއް ދައްކާން ފެންޑާތެރޭގައި ތިއްބެވެ. ނީމާމެނަށް މަރުޙަބާކިޔައި ހާލުއަހުވާލު އޮޅުންފިލުވަމުން އެގެއަށް އައި ބޭނުމާއި ބެހޭގޮތުން ސަރަތާއި އޭނާގެ އަންހެނުން ނާއިރާ ވާހަކަ ދެއްކިއެވެ. ” ބޭބޭ! އަހަރެންނަށް ވަޒީފާއެއް ހަމަޖެހިއްޖެ. ރާއްޖެތެރޭ ރަށެއްގެ މަދަރުސާއަކުން ޓީޗަރެއްގެ ވަޒީފާ ލިބުނީ. އެގޮތް ރަނގަޅުތަ؟  ” ސަރަތާއި ނާއިރާއަށް ބަލާލަމުން ނީމާ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 2 )

އިނާމުގެ ދިނުމުގެގޮތުން ބޭއްވި ޖަލްސާ ނިމުނީ މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކަކުންނެވެ. ޖަލްސާ ނިމުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖަލްސާއަށް ވަޑައިގެންނެވި އިއްޒަތްތެރިން މަދަރުސާއިން ނުކުންނާން ފެށިއެވެ. އަސްނާދުގެ ލޯ އަމާޒުވެފައިހުރީ ވޭތުވެދިޔަ އަހަރު މުޅިމަދަރުސާއިން އެއްވަނަ ހޯދި ދަރިވަރު ލަންމާ އަށެވެ. ލަންމާއަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ރީތި ފުރިހަމަ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް އޭނާގެ ފަރާތުން އެއްވެސް އުނިކަމެއް ފާހަގަ ނުކުރެވޭހާ  ވެސް ފުރިހަމަވެފައި ރީއްޗެވެ. އެތައް ޒުވާނުންގެ ހިތްތައް ލަންމާއަށް ޓަކައި ހުސްކުރެވިފައި […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 1 )

މިއީ ހިންދީފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެއް . އަސްނާދުގެ އޭނާގެ ތަޢުލީމީ ހަޔާތް، ނިންމާލުމަށްފަހު ރަށަށް އައީ ސަރުކާރުގެ ފަރާތުން އޭނާ ހަމަޖެއްސި ރަށު ކައުންސިލަރުގެ ވަޒީފާ އަށެވެ. ލިބުނު މަގާމާއިއެކު އޭނައަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އިތުރުވެފައި ވެއެވެ. މެންދަމު ދޭއްޖަހާކަން ހާއިރެވެ. ދުވަސްވަރަކީ ކަޅުފޮއި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ރަށުތެރެ ފެންނަނީ ވަރަށް  އަނދިރިކޮށެވެ. އެހާމެ ހަމަހިމޭން ކޮށެވެ. ހީވާގޮތުން ހޭލާއުޅޭ އެކަކު ވެސް ނެތެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ގުރާބުގޭ ދޮރުހުޅުވުނެވެ. ގޭތެރެއަށް […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ބިރުވެރި މަޖާ ލޯބީގެ

އަވަ

އެނދުމަތީ ފުރޮޅިލަ ފުރޮޅިލާ އީވާ އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. ޑިއުޓީ ނިމިގެން ކޮންމެ ދުވަހަކުވެސް ގެއަށް އައިސް އީވާ ބޭނުންވަނީ ނިދާލާށެވެ. ރޭގަނޑު ނިދޭލެއް ލަސްވީމައާ އެކު ކަންނެތްކަމާއި ބުރަހެލިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ނިދި ލޮލާ ވަނީ ދުރުއެއްޗަކަށް ވެފައެވެ. އޭސީގެ ފިނި ވައިރޯޅިތަކު ތެރޭ ބޯ ރަޖާ ގަނޑު ދަށުގައި އޮންނައިރު ހަށިގަނޑަށް ލިބެމުންދާ އަރާމަށްވުރެ އީވާގެ ސިކުނޑީތެރޭގެ ހައިޖާނުގަނޑު ބޮޑެވެ. ކުރެވެނީ ފޮނި އިންތިޒާރެކެވެ. މާގިނަ އިރެއްނުވެ އިންތިޒާރުގެ ނިމުން އަތުވެދާނެކަން […]