ހިތާމަ އެހެނިހެން

ބަދަލު

“އަހްމަދު ރުކޫމް، މިނިސްޓަރ އިބްރާހީމް އިނާޒް މަރާލިކަމަށް ސާބިތުވެފައިވާތީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ހުކުމުގައި އަޙްމަދު ރުކޫމްގެ މައްޗަށް އުމުރު ދުވަހުގެ ނިޔާ ކަނޑައެޅުމަށް ހުކުމް ކުރަމެވެ” ކްރިމިނަލް ކޯޓުގެ ގާޒީގެ އެންމެ ފަހުބަސް އަޑު އިވިގެން ދިޔައެވެ. އަހަރެން އިސްޖަހާލީމެވެ. ދެއަތުގައި އަޅުވާފައިވާ ބިޑިއަށް ބަލާލވުނު އިރު ދެލޮލުން ކަރުނަތިކިތައް އޮހިގަތެވެ. އަހަރެން ކައިރީގައި ދެފަރާތުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންގެ ފަހަތުގައި ކޯޓުގެ ދޮރުމަތީގައި ވެސް ފުލުހުން ތިބޭނެކަން އަހަރެންނަށް އެނގެއެވެ. “އައި […]

އެހެނިހެން

އެ ފުރޭތަ (ފަހުބައި)

ލާރާދިޔުމާއެކު އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ޝާއިލްއަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއްނުނެގިއެވެ. ފަތިސް ނަމާދުކުރަން ޝާޢިލް ތެދުވާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން ފޯން ނެގުމަށް އެދި މެސެޖެއްކޮށްލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގ ވުމާއެކު ޝާޢިލް ފޯންނެގިއެވެ. އޭނާހުރީ ބިރުގެންފައެވެ. އޭނާއަށް ހީކުރެވިފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަހަރެންނާ ފުރޭތައެއް އަވަލީކަމަށެވެ. ބިރުގެންފައި ހުރިވަރުން ހާސްވެގެން ވާހަކަ ނުދައްކާ ފޯން ބާއްވަންވެސް އުޅުނެވެ. ނަމަވެސް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. އަހަރެން ހޭނެތުން ވަގުތު […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
އެހެނިހެން

އެ ފުރޭތަ (ދެވަނަ ބައި)

އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް އައިސް އަހަރެން ގައިގާ ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭގުނެވެ. ***** އަހަރެންނަށް ބަޔަކު ޤުރުޢާން ކިޔަވާ އަޑާ ދެމީހަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އަހަރެން އޮތީ ދެބަދޭތެރޭގައި ކަމަށްވުމުން ދައްކާ ވާހަކައެއް ސާފެއްނުވެއެވެ. އިވެނީ ބައްޕަގެ އަޑުހެންވެސް ހީވެއެވެ. […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
އެހެނިހެން

އެ ފުރޭތަ (ފުރަތަމަ ބައި)

އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
އެހެނިހެން

އެއްމަސް

ކުއްލިއަކަށް ސަމްރާއަށް ހޭލެވުނީ ކޮޓަރީގެދޮރު ލެއްޕުނުއަޑަށެވެ. އާގިލް ދޮރުލެއްޕީ ކިތަންމެ މަޑުމަޑުން ނަމަވެސް، ދޮރުގެ ހުޅުގައި މައްސަލައެއް ހުރުމުން އެވަގުތު ބާރުއަޑެއް އިވިގެން ދިޔައެވެ. މިހާދަންވަރު އާގިލް އެދިޔައީ ކޮންތާކަށްބާއޭ ސަމްރާގެ ހިތަށް އެރިއެވެ. އާގިލްއާމެދު އޭނާގެ ހިތުގައި އެއްވެސް ސައުގުވެރިކަމެއް ނެތްނަމަވެސް، މިފަދަ ވަގުތެއްގައި އެފަދަގޮތަކަށް އާގިލް ނުކުމެގެން ދިޔުމުން އޭނާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. އިރުއެރުމާދެމެދު ދޮޅުގަޑިއެއްހާއިރު އޮތުމުން ސަމްރާ މަސައްކަތްކުރީ އަނެއްކާ ވެސް ނިދާލާށެވެ. ނިދިނަގަލާފައި އާގިލް އަންނައިރެއް ބަލަން […]

އެހެނިހެން

ސީއައިޑީ

ފުލުހުންގެ މަސައްކަތްތަކަށް ނުވަތަ ފުލުހުންނަށް ތަޢުރީފުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެބޭކަލުންގެ މަސައްކަތަށް ތާއިދެއް ވެސް ނުކުރަމެވެ. އަދި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެމެން އަތުލައި ގަތުމަށް ރޫބީ ކުރި މަސައްކަތް މޮޅުކަން ގަބޫލުކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފު ކުރެވުނެވެ. ފުލުހުންގެ ބެލުމުގެ ދަށުން ހާއްސަ ތަމްރީނުތަކެއް ލިބިގެން މޮޅު ރޭވުންތަކަކާއިއެކު އައިސް އަހަރެމެންނާއި ކުރިމަތިލީ ރޫބީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އަހަރެން ގަބޫލުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަމަކީ އޭނާގެ ވިސްނުންތެރިކަމާއި […]

އެހެނިހެން

ފާތާނިކެ

ނިމުން ފާތާނިކެގެ އެކައުންޓުން އެއްފަހަރާ އެހާބައިވަރު ފައިސާ ނެގުމުން އެކަމާ ހައިރާންވެގެން ފާއިދުއާ ނާގިތު ސުވާލުކުރި އެވެ. ނާގިތުގެ ސުވާލަށް ޖަވާބުދެމުން ފާއިދުބުނީ އޭނާ ވަރަށް އަވަހަށް ލަންކާއަށް ފުރާން އުޅޭތީ އާއި، ބެންކުގައި ފައިސާ ބެހެއްޓުމަކީ ފާތާނިކެ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭކަމަކަށް ނުވާތީ ހުރިހާފައިސާ ނެގީކަމަށެވެ. އަދި މިދިޔަމަހު ފައިސާ ނުނެގުނީ އޭނާ މާބޮޑަށް ބިޒީވެގެން ކަމަށް ވެސް ބުންޏެވެ. ފާއިދުމެން ލަންކާއަށް ފުރުމުން އެގޭގައި ދިރިއުޅެމުންދަނީ ފާތާނިކެ އެކަނިކަން ނާގިތަށް އެނގެއެވެ. އެދުވަހު ފާއިދު […]

މިއީ " ފާތާނިކެ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
އެހެނިހެން

ދޯކާ

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ ކޯހުގެ ޢަމަލީ ތަޖުރިބާ ޙާޞިލް ކުރަން ރާއްޖެ ތެރެއަށް ކޮންމެ ހަމަހަކުން ދާންޖެހޭ ދަތުރު ތަކަކުން ދަތުރެކެވެ. މިފަހަރު ދާން ޖެހުނީ ރ.އުނގޫފާރަށެވެ. ކުލާހުގެ ކޮންމެ ތިން ކުއްޖެއް ވަކި ރަށްރަށަށް ފޮނުވިއިރު އަހަރެންނާއި އެއްކޮށް ދެން އައީ ދެ އަންހެން ކުދިންނެވެ. ރަށުގެ ޕޯސްޓް އޮފީސް ހުރި އިމާރާތުގެ މަތީ އެޕާރޓްމަންޓް އަހަރުމެން ތިބެން ހަމަޖެހުނެވެ. ދެ އަންހެން ކުދިންނަށް ވަކި ކޮޓަރިއެކެވެ. އަހަރެންނަށް ވަކި ކޮޓަރިއެކެވެ. ބޮޑު […]