ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 13 ) ނިމުން

ނީމާ ގޮވައިގެން އަސްނާދު ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ގޭގައިވާ ބިންގަރާސް ކޮޓަރި އަށެވެ. އެއީ އެހެން މީހަކަށް ތަނެއްދޮރެއް ނޭނގޭނެހެން ހަދާފައިވާ ތަނެއްކަން ނީމާއަށް ޔަގީންވި އެވެ. އެ ބިންގަރާސް ކޮޓަރިއަކީ ވަރަށް ރަނގަޅަށް ފަރުމާކޮށްގެން ހަދާފައިވާ ޒަމާނީ ތަނެކެވެ. އެކި ދިމާއިން ސިޑިލައި ޒަމާނީ ދިއްލުންތައް ދިއްލާފައި ވެއެވެ. އެތަނުގެ ތެރޭގައިވާ ބިއްލޫރި ފޮށިތަކުގައިވަނީ ރަށުން ގެއްލުނު ބައެއް އަންހެންކުދިންގެ ހަށިތަކެވެ. އެތަނުގެ މެދުގައި ބޮޑު މަސްފެންގަނޑެއް ހަދައި މަސްފެންގަނޑުގެ މަތިން ހިނގޭނެހެން ފާލަމެއް […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 12 )

” ލޮލަށް ފެންނަކަންތައް އެއީ ތެދަކަށް ވެދާނެ .. ކަންތައް ކުރަނީ އަހަރެން … އެކަމަކު … ނަން ވަނީ ކަލޭ. ” އާސިމުގެ މޫނަށް ބަލާލަމުން ހިނިތުންވެލާފައި އަސްނާދު ބުނެލިއެވެ. ” ކަލެޔަކީ މީހުން މަރާ މީހެއް … ” އެއްވެސް އިޙްތިޔާރަކާއި ނުލައި އާސިމަށް ބުނެވުނެވެ. ” އަނގަ މަޑުކުރޭ … ” އަސްނާދު އައިގޮތަށް އައިސް އާސިމުގެ މޫނުމަތީގައި ކަހަލަ ގޮތަކަށް ޖެހިއެވެ. އަސްނާދަށް އޭނާގެ ރުޅި ކޮންޓުރޯލު  ނުކުރެވޭ ކަހަލައެވެ. ” […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 11 )

އާސިމު އޮފީހަށް ހާޒިރުކުރުވައި އެކަމުގެ އަދަބު ދިނުމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެގެއަކީ އާސިމު އެކަނިއުޅޭ ގެއަކަށްވާތީ އޭނާއަށް ނޭނގި އެގޭތެރޭގައި އެފަދަކަމެއް ނުހިނގާނެ ކަމަށް ވެސް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެހެން މީހަކު އެފަދަ ކަމެއް ކޮށްފައި ނާސިމާގެ ހަށިގަނޑު ގެނެސް އެގެއަށް ނުލާނެ ކަމަކަށް ގިނަބަޔަކު ބުނަމުން ދިޔައިރު  އެވާހަކަޔާ ދެކޮޅުހަދާ ބަޔަކު ވެސް އެބަތިއްބެވެ. ނާސިމާގެ  މަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައިރު،    ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 10 )

” އަދި އެއްވާހަކަ ބުނަން. ކަލާ ކުރިޔަށްވުރެ މިހާރު މާރީތި … އަހަރެން ވަރަށް ލޯބިވޭ. ” ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ވާހަކަދެއްކި އެވެ.       ” ދެން ދަނީ. ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” ނީމާގެ ކޮލުގައި ކިސްކޮށްލަމުން އެހެން ބުނުމަށްފަހު އާސިމު ގޮސް އެގެއިން ނުކުތެވެ. ކޮންމެ ވެސް ވަރަކަށް ހިތްނުތަނަވަސްވެފައި އާސިމަށް ބަލަން ހުރުން ނޫން އެހެންކަމެއް ނީމާއަކަށް ނުކުރެވުނެވެ.   މަޑުމައިތިރި ހިނގުމެއްގައި އާސިމު ދިޔަގޮތަށް ގޮސް އޭނާގެ ގެއަށް […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 9 )

” މިއީ ނޭނާ ….. ރޭގައި ދިމާވި ހާދިސާއަށްފަހު މީނާއަށް ވަނީ ބަދަލުތަކެއް އައިސްފައި. އަޑުއިވޭ … ފެނޭ …. އެކަމަކު ވާހަކައެއް ނުދެއްކޭ. ރޭގެ ހާދިސާ ކިޔައިދިނުމަށް އޭނަ ވަނީ ނުކުޅެދިފައި …. ޑޮކްޓަރުންނަކަށް ވެސް އެއްވެސް ކަމެއް ނުކުރެވުނު …. އެހީތެރިވާނެ އެއްވެސް މީހަކު ނެތް. ” މާޔޫސްކަމާއިއެކު ނީމާއާ ދިމާއަށް ބަލަންހުރެ ނާސިމާ ވާހަކަދެއްކި އެވެ. ނޭނާ ބަލަމުންދިޔައީ އަސްނާދަށެވެ. އެމަންޒަރުތަކަށް ސަމާލުކަން ނުދިނުމުގެގޮތުން އަސްނާދު ހުރީ އިސްޖަހައި ގެންނެވެ. ނޭނާގެ ލޮލުން […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 9 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 8 )

” އިރުކޮޅަކުން ރަނގަޅުވެދާނެ. ” އާސިމު ޖަވާބު ދިނެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ގަދަވަޔާއިއެކު ވިދާގުގުރައި ވާރޭވެހޭން ފެށިއެވެ. ނީމާގެ ހާސްވުން ކަންބޮޑުވުމަށް ބަދަލުވެގެން ދިޔައެވެ. ހާސްވުމާއި ކަންބޮޑުވުމާއިއެކު އަވަސް އަވަހަށް މޭޒުކައިރިން ތެދުވަން އުޅުނު ވަގުތު މޭޒުގައި ކަކުލުންޖެހި މޭޒަށްއައި ލޮޅުމުގައި ބައެއް ތަށި ވެއްޓި ތަޅައިގެންދިޔަ އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. އެކަމުގެ ސަބަބުން ނީމާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ” އާސިމު … އާސިމު … އައިސްބަލަ އަދިވެސް ކަރަންޓެއް ނާދޭ. ” […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 7 )

” ތިއީ ދޮގު. ބޭބެއެއް ނޫން ފޯނުކުރީ. ފޯނުކުރީ ރަށުކައުންސެލަރ އަސްނާދު … އަދި ބުނަން އެބައޮތް އެއްވާހަކަ … ލޯބިވާ މީހުން ދޮގެއް ނުހަދާނެ. އޮޅުވައެއް ނުލާނެ … ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” އެހެން ބުނަމުން އާސިމު ސައިކަލް ދުއްވާލިއިރު ނީމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމުގެ އަސަރު ތަކެވެ. ދެރަވެސް ވިއެވެ. އެހެނަސް ކެތްތެރިކަމާއިއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ނީމާއަށް ވެސް ވިސްނުނެވެ. ނީމާ އޭނާގެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 6 )

” އަހަރެން ބުނެފީމެއްނު ވަރަށް މަދު ވަގުތުކޮޅެކޭ ނަގާނީ …. އަހަރެން ކަލެޔަށް ވަގުތު ދެމެއްނު.” ނީމާއާ ދުރަށް ޖެހިލަމުން ވާފިރު ބުނެލި އެވެ. ” އަހަރެންނަށް އެނގޭ އަހަރެން މިތަނަށް އައީ ކޮންކަމެއް ކުރަންކަން. މަސައްކަތް ކުރަނީ ވެސް އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް. އަހަރެން އެއްވެސް ވަގުތެއް ބޭކާރެއް ނުކުރަން. ” އަދަބުވެރިކަމާއިއެކު މަޑުމަޑުން ނީމާ ވާހަކަދެއްކި އެވެ. ” އަހަރެން ހިތްހަމަޖެހޭ ކަލޭގެ މަސައްކަތާއިމެދު. ކަލޭ ދިރިއުޅެނީ ވެސް އެކަނި ….. ކޮންމެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 5 )

ނާސިމާ އައިސް އަލިދީގެ ކައިރިއަށް ހުއްޓި ވާހަކަ ދައްކާން ފެށުމުން އަލިދީ ވެސް އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ނެވެ. އާސިމު އައިސް މަދަރުސާކައިރިއަށް ސައިކަލް މަޑުކޮށްލަމުން ބަލާލިއިރު އެތަނުގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ނީމާ އާއި އާސިމަށެވެ. އެތަނުގައި ރަށުކައުންސެލަރ އަސްނާދު ވެސް ހުއްޓެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނީމާ އެތަނަށް ފޭބުމުން އާސިމު ހިނގައްޖެ އެވެ. ނީމާ އާއި އާސިމުގެ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 22 )

ވެއްޓި ޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑު ތަޅައިގެން ގޮސް ވެފައިވާ ޒަހަމުގެ ސަބަބުން ނާއިޒްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އެނދާއިއެކު ދެއަތް ބަނދެފައިވާ އިނާ ސަލާމަތްވުމަށް މަސައްކަތް ކުރަމުން ރޮމުން ދިޔައެވެ. ކަންތައް ވެފައިވާ ގޮތުން ވަގުތު އައިސް ޖެހުނީކަން އެނގުނު ނަމަވެސް އިނާ އުންމީދު ނަގައެއް ނުލައެވެ. ހިތްވަރު ދުލެއް ނުކުރެއެވެ. އިނާ ސަލާމަތްވެއްޖެނަމަ ލަންމާ މަރާލީ ނާއިލްކަން ސާބިތުކޮށްދޭނެކަން ނާއިޒަށް އެނގެއެވެ. ވަމުންދާ ތަދާއި އަޅަމުންދާ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 22 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 4 )

” އެކަމާދެން އަޅާނުލާ. ތިހެން ވެދާނެކަން އަހަރެންނަށް އިނގޭ. އެކަންދެން އެނިމުނީ. ދެންވެސް އެފަދަކަމެއް ދިމާނުވޭތޯ ބަލައިގެން އުޅުނީމަ ރަނގަޅުވާނެ. އެވަގުތު އަހަރެންނަށް އާދެވުނުކަން އެއީ ކަލޭގެ ނަސީބު ކަންނޭނގެ. ” ނީމާ އާއި އާސިމު ވާހަކަދައްކަމުން ދައްކަމުން ގޮސް ގޭތެރެއަށް ވަނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” އާސިމާއި ދިމާއަށް ހިނިތުން ވެލަމުން ނީމާ ޝުކުރުއަދާކުރި އެވެ. ” މިއީކީ ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނެއްނު …. އަހަރެންގެ ނަމަކީ އާސިމު. އަހަރެން ދިރިއުޅެނީ މިތާކައިރީ […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.