ލިޔުންތެރިން ފޮނުވާ ލިޔުން ޝާއިއުކުރުމުގައި “ދިވާހަކަ”ން ބާލާނެ މިންގަނޑުތައް

“ދިވާހަކަ” އަށް ލިއުންތެރިން ފޮނުވާ ވާހަކަތަކުގެ ތެރެއިން ޝާއިއުކުރާނީ ތިރީގައިވާ ކަންކަމާ ޚިލާފުނުވާ ވާހަކަތަކެވެ.

 

  • “ދިވާހަކަ” އަށް ހުށަހަޅުއްވާ އެއްވެސް ލިޔުމެއްގައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤާވާއިދުތަކާއި، ދިވެހިންގެ ޒަމާންވީ ރީތި އާދަތަކުގެ ހުރުމަތް ކެންޑޭފަދަ ލިޔުމެއް ހުށަހަޅައިގެން ނުވާނެއެވެ.

 

  • “ދިވާހަކަ” އަށް ހުށަހަޅާ އެއްވެސް ލިޔުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ސިޔާސީ މަސްލަހަތަށް މަންފާއެއް ނުވަތަ އުނިކަމެއް ލިބޭފަދަ ލިޔުންމެއް ހުށަހަޅައިގެން ނުވާނެއެވެ.

 

  • “ދިވާހަކަ” އަށް އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ފޮނުވާނަމަ، އެ ލިޔުމެއް ލިޔުނު ލިޔުންތެރިޔާ އެނގޭގޮތަށް ފޮނުވިދާނެއެވެ. މިގޮތަށް ފޮނުވަންވާނީ ލިޔުންތެރިޔާގެ ހުއްދަ ލިބިގެން ނެވެ.

 

  • “ދިވާހަކަ” އަށް ފޮނުވާ ލިޔުންތައް ޝާއިއު ކުރުމާއި ނުކުރުން އަދި އެޑިޓްކުރުމުގެ ހައްގު ދިއެމްވީއަށް ލިބިގެން ވެއެވެ.

 

  • ފޮނުވާ އެއްވެސް ލިޔުމެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި، ކަރާމާތަށް އެއްވެސް ނުނިކަމެއް ލިބިގެން ނުވާނެއެވެ.

 

  • ވާހަކައަށް ލުމަށް ފޮނުވާ ފޮޓޯ ދިވެހިރާއްޖޭގެ އާންމު ޢިޖުތިމާއީ މިންގަނޑާ ހިލާފްވެގެން ނުވާނެއެވެ.

 

  • “ދިވާހަކަ” އަށް ލިޔުން ފޮނުވަންވާނީ މިހުރިހާ ކަމަކަށް އެއްބަސްވާ ފަރާތްތަކުން ނެވެ.

 

  • “ދިވާހަކަ” ގައި ޝާއިއު ކޮށްފައިވާ ލިޔުމަކާއިމެދު އެއްވެސް ސަކުވާއެއް އޮވެއްޖެނަމަ، އެކަން “ދިއެމްވީ” އަށް އަންގަންވާނެއެވެ. މީހެއްގެ ހައްގަށް ނުވަތަ އަބުރަށް އުނިކަމެއް ލިބޭފަދަ ލިޔުމެއް ނަމަ، އެލިޔުމެއް “ދިއެމްވީ”ން އުނިކުރެވޭނެއެވެ.

 

ނޯޓް: މި ޤަވާއިދަށް އިސްލާހް ގެނައުމުގެ ހައްގު “ދިވާހަކަ” އަށް ލިބިގެން ވެއެވެ.