ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (1)

ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުން އޭރުވެސް ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (2)

ޔާސީންއާއި މައުވާއާއި ދެމީހުންނަކީވެސް ދެޑޮކްޓަރުންކަމަށް ވުމުން ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހެއްގެ ހޮސްޕިޓަލްގައެވެ. ކެންޓީނުގައި ތިބިއިރު އެހެންނާ ވާހަކަ ދައްކާ ޔާސީން މިއަދު އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ. އޭނާއަށް ފެންނަމުން ދިޔައީ ރަޔާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެވެ. ބޯހޫރާލުމަށްފަހު ޔާސީން ނަޒަރު ހިންގާލީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. އެކަމަށް ހަފްތާއެއް ވެގެން ދިޔައިރުވެސް ރަޔާލްގެ ދުލުން އިވުނު ލަފްޒުތައް އެހިތުން ފިލައިގެން ދާގޮތެއް ނުވިއެވެ. “ބަލަ.. ކޮންކަމަކާ ތިވިސްނަނީ؟” މައުވާ […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (3)

ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ. “ރަޔާ..” ދެފަޔަށް ލެވޭފައި ބާރެއްލާފައި ދުއްވައިގަތް ޝަބީނަށް އެނދިރީގެ […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (4)

ރަޔާލް އަތް މައްޗަށް އުފުލައިލިއިރު ޔާސީންގެ އަރު ތެރެއަށް ތަދުވާން ފަށައިފިއެވެ. ހީވަނީ ވާހަކަ ނުދެއްކޭނެ ވަރަށް ދުޅަ ވެފައިވާ ހެންނެވެ. ކަރު ކެހިލުމާއެކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހި ތަކެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލައިފިއެވެ. ރަޔާލަކީ މީހެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކޭ ހިތައް އެރުމުން އެލޮލަށް ޖަމާވި ކަރުނަތައް ވީ އިތުރެވެ. ވާރޭ ތެރޭގައި ހުރިއިރުވެސް އެދެލޯވަނީ މުޅިން ރަތްވެފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު އެ ފިރިހެން ވަންތަ މޫނުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (5)

“ރަޔާ..” ދޮރުމަތީގައި ގިނަ އިރު ވުމުން ރިޔާޒް ކައިރިއަށް ދަމުން ގޮވާލައިފިއެވެ. އެއަޑު އިވުމާއެކު އެއަންހެންމީހާ އަތް ތިރިކޮއްލައިފިއެވެ. ރަޔާލް ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން ރިޔާޒް ތަންކޮޅެއް ބާރަށް އައިސް ދޮރުގައި ހިފާ ބޮޑަށް ހުޅުވާލައިފިއެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރަ ފެނުމުން އެންމެ ފުރަތަމަވެސް ރިޔާޒަށް ބަލާލެވުނީ ރަޔާލަށެވެ. “ރޫ…” “ރަޔާލް… ދޭބަ މަންމަ ކައިރިއަށް..” ކައިރީގައި ހުރި މީހާ ޖުމްލަ ފުރިހަމަ ނުވަނީސް ރިޔާޒް އެހާ ބާރަށް ރަޔާލްގެ ނަން ބުނުމުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (6)

އިސްޖަހާލައިގެން ތިރިއަށް ކޮޓަރީގެ ދޮރުމަތިން ކުރި ކަނޑާލި ރަޔާލް ފެނުމުން އެންމެން ހިމޭންވީ އޭނާއަށް އަޑު އިވުނު ކަމަށް ހީކޮށެވެ. ރަޔާލް ދިޔަކަން ޔަޤީން ވުމުން ޔާސީންވެސް އެކޮޓަރިން ނިކުމެން ތިރިއަށް ގޮސް ހުއްޓިލީ އޭނާގެ ކާރު ކައިރީގައެވެ. މިއަދު ކުރިން ނޭނގޭ އެތައް ކަމެއް އެނގުމުން އަނެއްކާ އޭނާ ކުރިއަށްދާނެ ހިތްވަރު ލިބިއްޖެއެވެ. އަމިއްލަ ބައްޕައާއި ދެކޮޅަށް ނިކުމެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. އަދި ހެކިވެސް ހުރެގެންނެވެ. “އަހަރެން ނުބުނަން ސިމްޕަތީ ވާށޭ އެއް..” ފަހަތުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (7)

އެތައްއިރަކު އަނދިރީގައި ހުރުމަށްފަހު ރަޔާލައް އައިސް ލައިޓް ޖައްސާލައިފިއެވެ. އަލިވެގެންދިޔަ ކޮޓަރީގެ ތެރެއިން އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޔާސީން ހިނިތުން ވެލައިގެން ހުރި ފޮޓޮއެކެވެ. އިސްޖަހާލަމުން އޭނާ އައިސް ހުއްޓުނީ ކުރިންވެސް ހުރި ތަނުގައެވެ. ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ބަލާލަމުން ހީލި ނަމަވެސް އެލޮލުގައިވި ކަރުނަތައް ފައިބައި ގަނެއްޖެއެވެ. އިސްޖަހާލަމުން ރަޔާލް ލީގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައާއި ދިމާލުގައި އަތް ހާކާލައިފިއެވެ. ހީވަނީ އަމިއްލަ ނަފްސަށް ހަމްދަރުދީ ވިހެންނެވެ. “ޔާސީން… ޔޫ ބީ […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (8)

“ރޫ…ބީ” ފައިސަލް ތެދުވެގެން އެކި ތަންތަނަށް ބަލަމުން ގިވާލި އަޑު ފޯނުންވެސް އިވުނެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮއްގެން އިން ރަޔާލަށް ގިސްލެވެމުންއަޑު އެއްވެސް ހުރަހެއް ނެތި ޔާސީނަށް އިވެމުންދިޔައެވެ. “ސޭވް މީ… ސޭވް މީ ދިސް ޓައިމް” ގިސްލެވެމުން ރަޔާލަށް ބުނެވުނީ އެހެންނެވެ. ކުރިއަށްވުރެ ބާރަށް ރެގަނެވިއްޖެއެވެ. ބޭރަށް ނިކުންނަށް ހުރި ދޮރާއި ދިމާލުން ވާރޭ ތެރޭގައު ހުރި ކުޑަ ކުއްޖާ ރަޔާލަށް ފެނުނީ އެވަގުތުގައެވެ. އެއީ މީގެ ކުރިންވެސް އޭނާއަށް ވާރޭ ތެރޭގައި ކުޅެން އުޅުނިކޮށް […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.