މިމުބާރާތް ކުރިއަށް ދާނީ 01 އޯގަސްޓް 2016 އިން 31 އޮކްޓޯބަރ 2016 އަށް.
މުބާރާތުގައި ހޮވާ ވަނަތައް:
1 ވަނަ ވާހަކަ
ޕޮޒިޓިވް ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭފަރާތެއް
އެންމެ ގިނަ ވާހަކަ ފޮނުވާ ފަރާތް
ވަނަ ހޮވުން
- 1 ވަނަ އަށް ހޮވޭ ލިޔުންތެރިއަކަށް -/2500 ރުފިޔާ
- އެންމެ ގިނަ ވާހަކަ ފޮނުވާ ފަރާތަކަށް -/1500 ރުފިޔާ
- ދިއެމްވީ 1 ވަނަ ވާހަކަ ލިޔުންތެރިޔާ ހޮވާނީ ކިޔުން ތެރިންގެ ކޮމެންޓުން ނެވެ.
- 1 ވަނަ ލިޔުންތެރިޔަކަށް ހޮވޭނީ އެގޮތުން ލިބޭ ޕޮޒިޓިވް ކޮމެންޓުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ލިބޭ ލިޔުންތެރިއެކެވެ.
- ކޮންމެ ޕޮޒިޓިވް ކޮމެންޓަކަށް ލިބޭނީ 3 ޕޮއިންޓެވެ.
- ކޮންމެ ވާހަކައަކަށްވެސް ކޮމެންޓް ކުރެވޭނެއެވެ. ކޮންމެ ބޭފުޅެއްގެވެސް ފުރަތަމަ ޕޮޒިޓިވް ކޮމެންޓް ގުނާނީ އެ ކޮމެންޓް ކުރި ވާހަކައަށް ލިބޭ 3 ޕޮއިންޓުގެ ގޮތަށެވެ.
- ފޯން ނަމްބަރު ނުޖަހާ ކޮމެންޓްތަކުން ވާހަކައަށް ޕޮއިންޓެއް ނުލިބޭނެއެވެ.
- ލިޔުންތެރިއަކަށް 1 ވާހަކަ އަށް ވުރެ ގިނަ ވާހަކަ ހުށަހެޅިދާނެއެވެ. އަދި ވާހަކައެއްގެ 1 ޕާރޓް އަށް ވުރެ ގިނަ ޕާރޓްތައް ހުށަހެޅިދާނެއެވެ.
- ވާހަކައިގެ ޕާރޓެއްގެ ދިގުމިން 1000 (އެއް ހާސް) ބަހަށްވުރެ ކުރު ވެގެން ނުވާނެއެވެ.
- 1 ވާހަކައިގެ 1 ޕާރޓްއަށް ވުރެ ގިނަ ޕާރޓްތައް ހުށަހަޅާނަމަ ޕޮއިންޓް ގުނާނީ ހުރިހާ ޕާރޓްގެ ޖުމްލަ ޕޮއިންޓެވެ.
- ވާހަކައިގެ 1 ޕާރޓްއަށް ވުރެ ގިނަ ނަމަ ޕޮއިންޓް ގުނުމުގައި ކޮންމެ ބޭފުޅަކަށްވެސް ޕާރޓަކަށް 1 ކޮމެންޓްގެ ޕޮއިންޓް ގުނޭނެއެވެ.
- މިސާލް: ވާހަކައިގެ ޕާރޓް 1 އަށް ކޮމެންޓް ކުރި ފަރާތަށް ޕާރޓް 2 އަށް ކޮމެންޓް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ވާހަކައިގެ ޖުމްލަ ޕޮއިންޓް 6 ކަމުގައި ބެލެވޭނެއެވެ.
- މުބާރާތް ކުރިއަށް ދާ މުއްދަތުގައި ކޮންމެ އިރަކުވެސް ވާހަކަ ފޮނުވިދާނެއެވެ. ފޮނުވާ ވާހަކަތައް ސައިޓްގައި ޝާއިއު ކުރެވޭނީ ދިއެމްވީ އެޑްމިން އިން ބެލުމަށް ފަހުގައެވެ.
- ވާހަކައަށް ކޮމެންޓް ހޯދުމުގެ ގޮތުން ކެމްޕެއިން ކުރެވިދާނެއެވެ.
- ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވުމުގެ ފުރުޞަތު ލިބިގެން ވެއެވެ.
- ލިއުންތެރިންގެ ތެރެއިން 1 ވަނަ ލިޔުންތެރިއަކަށް ހޮވޭ ފަރާތާއި، އެންމެ ގިނަ ވާހަކަ ފޮނުވި ފަރާތުގެ ފޯން ނަމްބަރާއި ނަން މި ސައިޓްގައި ޝާއިއު ކުރެވޭނެއެވެ.
ކިއުންތެރިޔާ ހޮވުން
- ކޮމެންޓް ކުރާފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭފަރާތަކަށް -/500 ރުފިޔާ
- ކޮންމެ ވާހަކައަކަށްވެސް ކޮމެންޓް ކުރެވޭނެއެވެ.
- ގުރުއަތުގައި ކޮމެންޓް ކުރައްވާފައިވާ ކޮންމެ ވާހަކަ އަކަށް ނަން ރިޕީޓް ކުރެވޭނެއެވެ.
- ނަސީބު ވެރިޔަކަށް ވުމަށް ގިނަ ވާހަކަ ތަކަށް ކޮމެންޓް ކުރެވިދާނެއެވެ.
- ކޮމެންޓް ކުރައްވާއިރު ފޯން ނަމްބަރު ޖައްސަވަން ވާނެއެވެ.
- ފޯން ނަމްބަރު ނުޖަހާ ކޮމެންޓްތަކުން ވާހަކައަށް ޕޮއިންޓެއް ނުލިބޭނެއެވެ. އަދި ގުރުއަތުގައިވެސް ބައިވެރިއެއް ނުވެވޭނެއެވެ.
- ކޮމެންޓް ކުރާ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތުގެ ފޯން ނަމްބަރާއި ނަން މި ސައިޓްގައި ޝާއިއު ކުރެވޭނެއެވެ.
*—————————*
ދިއެމްވީ ވާހަކަ މުބާރާތައް ލިއުންތެރިންނާއި ކިއުންތެރިންގެ ފަރާތުން ތަރުހީބް ލިބޭނެކަމަށް ދިއެމްވީ ޓީމްގެ ފަރާތުން އުންމީދު ކުރަމެވެ. ވާހަކަ މުބާރާތައް ލިބޭ ތަރުހީބަށްބަލާ، ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިއަށް ގެންދާނަމެވެ. އަދި ވަނަތަކަށް ދޭ އިނާމް މިހާރަށްވުރެ ރަނގަޅުކުރުމަށް މަސައްކަތް ކުރާނަމެވެ. (ދިއެމްވީ ޓީމް)
ނޯޓް:
- މި ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ގޮތް ނިންމާނީ ދިއެމްވީ އެޑްމިން ނެވެ.
- މި ޤަވާއިދަށް އިސްލާހް ގެނައުމުގެ ހައްގު “ދިއެމްވީ” އަށް ލިބިގެން ވެއެވެ.
- ދިއެމްވީ ވާހަކަ ލިޔުމުގައި ބައިވެރި ވުމަށް https://dhimv.com/register އަށް ޒިޔާރަތް ކުރެއްވުމަށްފަހު ރަޖިސްޓަރ ވެލައްވާ!
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9646464 ، 7995119 , 9184645 އަށް ގުޅުއްވާ! ނުވަތަ [email protected] އަށް މެއިލް ކުރައްވާ!
-
- މި ސައިޓްގައި ވާހަކަ ސާއިއު ކުރެވޭނީ ސައިޓްގެ ޤަވާދުގައިވާ ކަންކަމަށް ބެލުމަށް ފަހުގައެވެ. ސައިޓްގެ ޤަވާއިދު ކިޔާލެއްވުމަށް މިތަނަށް ފިތާލާ! ނުވަތަ https://dhimv.com/rules އަށް ޒިޔާރަތް ކޮށްލައްވާ!