ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 8 )

ހަގަޑިސާޅިސްފަހެއް ވީއިރު މަދަރުސާކައިރި ވަނީ ފުރި ބާރުވެފައި ކަހަލަ ގޮތަކަށެވެ. މަދަރުސާއަށް އައިސް ތިބި ކުދިންނާއި އެކުދިންގެ ބެލެނިވެރިން އެތަނުގައި ކޮޅުކޮޅަށް ހަރަކާތްތެރި ވަމުން ދިޔައެވެ. ބައެއް ބެލެނިވެރިންގެ އުރުގައި ތިބި ކުޑަކުދިންގެ ރުއިމުގެއަޑުން އެތަނުގެ ހަމަހިމޭންކަން ކެނޑިފައި ވެއެވެ. ސެނާހުރީ ވަގުތު ހިނގާލެއް ލަސްވެގެން ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ. ސެނާ އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސޭނެ ވަގުތަކަށެވެ. އިރުއޮއްސުމުން ރަށު މީހުންނަށް ނޭނގޭނެހެން އެ ފަޅުގެއަށް ގޮސް މާހާއި ބައްދަލުކުރުމަށް އޭނާ ތައްޔާރުވަމުންދިޔަ ނަމަވެސް އޭނަ ފިޔާވައި […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 7 )

މެންދުރުގެ ކެއުމުގެ ވަގުތެވެ. ޖުމާނާ އާއި ސައްޔާހް އަދި ސެނާ މެންދުރުގެ ކެއުމާއިގެން މަސްޢޫލުވެ ތިބިއިރު ތިންމީހުން ކޮންމެ ވެސް ވާހަކަތަކެއް ވެސް ދައްކަމުން ގެންދިޔައެވެ. ” ގިފިލި ތެރޭގައި ހުރި ދެރުއް ހާދަރީއްޗޭދޯ ؟ ”  ޖުމާނާއަށް ބަލާލަމުން ސައްޔާހް ބުންޏެވެ. ” އާން. އެދެރުއް ރީތިކަމުން ބޭރަށް ނުނެރުނީ ވެސް. ބޭރަށް ނެރެފިނަމަ އެސްފީނާ ޖެހިދާނެއެއްނު. ” ސައްޔާހްގެ ވާހަކައާ ގުޅުވައިގެން ޖުމާނާ ވާހަކަދެއްކި އެވެ. އެ ދެރުއް ނަގަން މަސައްކަތް ކޮށްފާނެތީ ޖުމާނާ […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 6 )

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ސެނާ އާއި މާހު އެދެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވާ އެ ފަޅުގޭގައި ތިއްބެވެ. ދެމީހުން ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދިޔައިރު އަޑާއި ހަރަކާތުން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ތަކެވެ. ” މާހު! ދެން ކިހިނެތް ހަދާނީ ؟ . މިކަން މިހެން ވެއްޖާ މަންމަމެން ވެސް އަހަރެންދެކެ ވަރަށް ރުޅިއަންނާނެ … ނޭނގެ ހަދާނެ ގޮތެއް ވެސް …. އަހަރެން މަދަރުސާއިން ވެސް ކަނޑާލާނެ. މުޅިރަށަށް ފަޟީހަތްވާނެ. ހިނގާ އަވަހަށް ކައިވެނި […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 5 )

” ގަބޫލު ނުކުރަންވީ ކީއްވެ ؟ …. އަހަރެން މިބުނީނު އަހަރެން އެންމެ ލޯބިވަނީ މާހު ދެކެޔޭ. މާހު ނޫން މީހަކުދެކެ އަހަރެން ލޯތްބެއް ނުވޭ. އޭރު އެހެން ކަންތައް ކުރެވުނީ އެވަރު ނުވިސްނުނީމަ އާއި ސިޔާހްގެ ސަބަބުން …… ސުމްނާ އާއި މާހު ވަރަށް ރައްޓެއްސެއްނު …. ސުމްނާ ނިކަން އަހަރެންނަށް މިކަން ކޮށްދީބަލަ … އޭރުން ސުމްނާ ބުނާ ކޮންމެކަމެއް ކޮށްދޭނަން. އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މިކަން ކޮށްދީބަލަ.” މާޔޫސްވެ އިސްޖެހިފައިވާ ސެނާ މަޑުމަޑުން […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 4 )

ސެނާ ގޭގައި އުޅެނިކޮށް އެޚަބަރު ލިބުމާއިއެކު އޭނާއަށް ހުއްޓުން އެރިއެވެ. ގަބޫލުކުރަން ދަތިވެ ބުނާނެއެއްޗެއް ނޭނގިފައި އެތައް އިރަކު ހުންނާން ޖެހުނެވެ. ސިޔާހް އޭނާއަށް އެފަދަ ހިތްދަތިކަމެއް ދީފާނެކަމަށް ގަބޫލުކުރަން ސެނާއަށް އުނދަގޫ ވިއެވެ. ސެނާ ގާތު ސިޔާހް ބުނެފައިވާ ގޮތުން ސިޔާހްގެ ހިތުން ސެނާ ފިޔަވައި އެހެން މީހަކަށް ޖާގަ ދެވިފައެއް ނުވެއެވެ. ސެނާ ނޫން އެހެން މީހަކު ދެކެ އޭނާ ލޯތްބެއް ނުވެއެވެ. ނުވެސް ވާނެއެވެ. ސެނާގެ ކިޔެވުން ނިމުމާއިއެކު ސެނާ އާއި ސިޔާހް […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 3 )

ސެނާގެ ހަޔާތުގެ ވާހަކަތައް ޝިޔާއަށް ކިޔައިދިނުމަށް ސެނާ އެއްބަސްވުމުން ޝިޔާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. އުފަލުން ހިނިތުން ވެލެވުނެވެ. އެކަމަށް އެއްބަސް ވުމުން ސެނާއަށް ޝުކުރު ވެސް އަދާކުރި އެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ނާހިދާއި މާހު ވާހަކަދައްކަން ތިބީ ރަށުގެ އުތުރުފަރާތު އަތިރިމަތީ ސަރަހައްދުގައިވާ ގަހެއްދަށު ހަދާފައިވާ ޖޯލިފައްޗެއްގަ އެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތު ނަމަވެސް އެހިސާބުގައިވާ ގަސްތަކުން ޖޯލިފައްޗަށް ހިޔާއެޅިފައިވާތީ އާއި ޖެހެމުންދާ ހިތްގައިމުވައިގެ ސަބަބުން ހޫނުކަމުގެ […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 2 )

ނިދިން މަޙްރޫމުވެ ވެދިޔަ އެކަންތަކާއިމެދު ވިސްނާ ފިކުރުކުރަންއޮތް ޝިޔާއަށް ހޭވެރިކަންވީ މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެ އަޑަށެވެ. ބަންގިގޮވުމުން ޝިޔާ އަވަސްވެގަތީ ފަތިސްނަމާދު ކުރާށެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ކުޑައިރުކޮޅަކު ޤުރުއާން ކިޔަވަން މަޑުކޮށްފައި ޝިޔާ އައިސް އެނދަށްއަރައި އޮށޯވެލިތާ މާގިނަ އިރެއް ނުވަނީސް ޝިޔާއަށް ނިދިއްޖެއެވެ. ހެނދުނު އަށެއްޖަހާކަން ހާއިރެވެ. ޝިޔާއަށް ހޭލުވުނީ އަޒްފާ ގޮވުމުންނެވެ. ފެންވަރައި ތާޒާވެލައިގެން އައިސް ކާގެއަށް ވަތް ޝިޔާ ސިއްސައިގެން ދިޔައީ ކާމޭޒުކައިރީއިން ޒުވާނާ ފެނިފައެވެ. ފުރަތަމަ […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 1 )

ގދ އަތޮޅަށް އުފަން އުމުރުން ނަވާރަވަރަކަށް އަހަރުގެ އައިޝަތު ޝިޔާޒާ ނުވަތަ ޝިޔާ ވެގެންދިޔައީ ވާހަކަލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބަޔެއްގެ މަޤްބޫލްކަން ހޯދި ޒުވާން ވާހަކަ ލިޔުންތެރި އަކަށެވެ. ދުވަހުނޫސްތަކާއި ހަފްތާމަޖައްލާތަކާއި ރޭޑިޔޯސްޓޭޝަންތަކުގެ އިތުރުން އޮންލައިން ވެބްސައިޓްތަކުން އެފަރާތެއްގެ ވާހަކަ އެންމެ ގިނައިން ފެންނަ އެއް ވާހަކަ ލިޔުންތެރިޔާއަށް ވެސް މެއެވެ. ވާހަކަލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑުމަޤުބޫލްކަމެއް ހޯދި ޝިޔާ ކުއްލިއަކަށް އެދާއިރާއިން ގެއްލުން ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ. ޝިޔާޒާ ނުވަތަ ޝިޔާ […]

މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 13 ) ނިމުން

ނީމާ ގޮވައިގެން އަސްނާދު ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ގޭގައިވާ ބިންގަރާސް ކޮޓަރި އަށެވެ. އެއީ އެހެން މީހަކަށް ތަނެއްދޮރެއް ނޭނގޭނެހެން ހަދާފައިވާ ތަނެއްކަން ނީމާއަށް ޔަގީންވި އެވެ. އެ ބިންގަރާސް ކޮޓަރިއަކީ ވަރަށް ރަނގަޅަށް ފަރުމާކޮށްގެން ހަދާފައިވާ ޒަމާނީ ތަނެކެވެ. އެކި ދިމާއިން ސިޑިލައި ޒަމާނީ ދިއްލުންތައް ދިއްލާފައި ވެއެވެ. އެތަނުގެ ތެރޭގައިވާ ބިއްލޫރި ފޮށިތަކުގައިވަނީ ރަށުން ގެއްލުނު ބައެއް އަންހެންކުދިންގެ ހަށިތަކެވެ. އެތަނުގެ މެދުގައި ބޮޑު މަސްފެންގަނޑެއް ހަދައި މަސްފެންގަނޑުގެ މަތިން ހިނގޭނެހެން ފާލަމެއް […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 12 )

” ލޮލަށް ފެންނަކަންތައް އެއީ ތެދަކަށް ވެދާނެ .. ކަންތައް ކުރަނީ އަހަރެން … އެކަމަކު … ނަން ވަނީ ކަލޭ. ” އާސިމުގެ މޫނަށް ބަލާލަމުން ހިނިތުންވެލާފައި އަސްނާދު ބުނެލިއެވެ. ” ކަލެޔަކީ މީހުން މަރާ މީހެއް … ” އެއްވެސް އިޙްތިޔާރަކާއި ނުލައި އާސިމަށް ބުނެވުނެވެ. ” އަނގަ މަޑުކުރޭ … ” އަސްނާދު އައިގޮތަށް އައިސް އާސިމުގެ މޫނުމަތީގައި ކަހަލަ ގޮތަކަށް ޖެހިއެވެ. އަސްނާދަށް އޭނާގެ ރުޅި ކޮންޓުރޯލު  ނުކުރެވޭ ކަހަލައެވެ. ” […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.
ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 11 )

އާސިމު އޮފީހަށް ހާޒިރުކުރުވައި އެކަމުގެ އަދަބު ދިނުމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެގެއަކީ އާސިމު އެކަނިއުޅޭ ގެއަކަށްވާތީ އޭނާއަށް ނޭނގި އެގޭތެރޭގައި އެފަދަކަމެއް ނުހިނގާނެ ކަމަށް ވެސް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެހެން މީހަކު އެފަދަ ކަމެއް ކޮށްފައި ނާސިމާގެ ހަށިގަނޑު ގެނެސް އެގެއަށް ނުލާނެ ކަމަކަށް ގިނަބަޔަކު ބުނަމުން ދިޔައިރު  އެވާހަކަޔާ ދެކޮޅުހަދާ ބަޔަކު ވެސް އެބަތިއްބެވެ. ނާސިމާގެ  މަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައިރު،    ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން […]

މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.