އެހެނިހެން

އެ ފުރޭތަ (ފުރަތަމަ ބައި)

އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
އެހެނިހެން

އެ ފުރޭތަ (ދެވަނަ ބައި)

އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް އައިސް އަހަރެން ގައިގާ ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭގުނެވެ. ***** އަހަރެންނަށް ބަޔަކު ޤުރުޢާން ކިޔަވާ އަޑާ ދެމީހަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އަހަރެން އޮތީ ދެބަދޭތެރޭގައި ކަމަށްވުމުން ދައްކާ ވާހަކައެއް ސާފެއްނުވެއެވެ. އިވެނީ ބައްޕަގެ އަޑުހެންވެސް ހީވެއެވެ. […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
އެހެނިހެން

އެ ފުރޭތަ (ފަހުބައި)

ލާރާދިޔުމާއެކު އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ޝާއިލްއަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއްނުނެގިއެވެ. ފަތިސް ނަމާދުކުރަން ޝާޢިލް ތެދުވާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން ފޯން ނެގުމަށް އެދި މެސެޖެއްކޮށްލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގ ވުމާއެކު ޝާޢިލް ފޯންނެގިއެވެ. އޭނާހުރީ ބިރުގެންފައެވެ. އޭނާއަށް ހީކުރެވިފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަހަރެންނާ ފުރޭތައެއް އަވަލީކަމަށެވެ. ބިރުގެންފައި ހުރިވަރުން ހާސްވެގެން ވާހަކަ ނުދައްކާ ފޯން ބާއްވަންވެސް އުޅުނެވެ. ނަމަވެސް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. އަހަރެން ހޭނެތުން ވަގުތު […]

މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.