މަޖާ

އަލީގެ މުސައްލަ

އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ އަދި އިރުކޮޅަކު ކުޅެލާފައި ފެންވަރަން ވަންނާށެވެ.

އިރުކޮޅަކުން އަލީގެ މަންމަ އަލީ ހުކުރަށް ދާން ތައްޔާރުވީތޯ ބަލަން ކޮޓަރީގެ ދޮރު ހުޅުވާލައި ބަލައިލިއެވެ. އޭރުވެސް އަލީ އިނީ ގޭމް ކުޅެލަ ކުޅެލައެވެ. އަލީގެ މަންމަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިލޮށިފަތި ހިފައިގެން ހަޅޭލަވަމުން އައެވެ. އަލީ ގަންނާ ކުރެއްވި ބިރުން މަންމަގެ އަތު ނުޖެހި ދުވެފައި ގޮސް ފާހާނައަށް ވަނެވެ.

އަލީ ފާހާނައިގައި ތަތްކަމުން ނުކުތް އިރު ޚުތުބާ ކިޔާ ނިމެނީއެވެ. އަވަސް އަވަހަށް އިސްތިރި ކޮށްފައި އޮތް ފަޓުލޫނު ލައި ޓީޝާޓު ބޮލަށް މަހާލަމުން ދުވެފައި ކަހަލަ ގޮތަކަށް މުސައްލަތައް ބަހައްޓާ ތަނުން އޮޅާލާފައި އޮތް މުސައްލައެއް ހިފައިގެން ނިކުތެވެ. އޭރުވެސް އަލީގެ މަންމަ އަލީދެކެ ހިތްހަމް ނުޖެހިފައި ހުރެ އަޑުލަމުން ގެންދިޔައެވެ.

އަލީ ދުވެފައި ނުކުމެގެން މިސްކިތް ދޮށަށް ދިޔައިރު ހުކުރު ނަމާދަށް މީހުން ހަށަން ބަންނަނީއެވެ. އޭރު މިސްކިތް ފުރި މަގުމަތީގައި ސަފު ހަދާފައި އޮތެވެ. އަލީވެސް އެންމެ ފަހުބަރީގައި މަޑުކޮށްލާ އަވަހަށް މުސައްލަ ރޫޅާލުމަށް އެއްކޮޅުގައި ހިފަހައްޓައިގެން ހުރެ ކުރިއަށް ވާގޮތައް ހޫރާލިއެވެ. އެއާއިއެކު މުސައްލަ ތެރެއިން އެއްޗެހިތަކެއް އެތަން މިތަނަށް ބުރައިގެން ދިޔައެވެ. އަލީ ރަނގަޅަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަލީއަށް އަވަސް އަރުވާލައިފައި ހިފައިގެން އިއިސް ހުރެވުނީ މަންމަގެ ދޮޅިބޮނޑިއެވެ. މަންމަގެ ދޮޅި އޮތީ ކުރީސަފުގައި ހުރި މީހާގެ ބޮލުގައި އެޅިފައެވެ. އިސްޓާކީނުތައް އެތަންމިތަށް ބުރައިގެން ގޮސްފިއެވެ. މިމަންޒަރު ފެނި އަލީ ގަތްލަދުން ބިންފަޅާފައި އަޑިއަށް ވަންނަންވީއޭ ހިތަށް އެރިއެވެ. އޭރު މިމަންޒަރު ބަލަން ނަމާދަށް ހަށަން ބަނދެގެން ތިބި މީހުންނަށް ވެސް ހިނިއަންނަ ގޮތް ވިއެވެ. އަވަސް އަވަހަށް އެމީހުންނަށް އަލީގެ މޫނު ފެނިދާނެތީ ދޮޅި އާއި އިސްޓާކީނުތައް މުސައްލަ އަށް ލައިގެން ދުވެފައި ގެއަށް ދިޔައެވެ.

އަލީގެ މަންމަ އެދުވަހުގެ މެންދުރު އަލީއަށް ކާކަށް ނުދެއެވެ. ވީގޮތުން ލަދުން އަލީއަށް ގެއިން ބޭރަށް ދާން ނުކެރުނެވެ. އޭގެފަހުން އަލީ އަކީ ނަމާދަށް ފަރުވާތެރިވާ ބަސްއަހާ ކުއްޖަކަށް ވިއެވެ.

-ނިމުނީ-

3
0
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”އަލީގެ މުސައްލަ“

  1. ކުޑަކުދިންނާ ވަރަށް ގުޅޭވާހަކަ އެއް މިކަހަލަ ވާހަކަތަށް މިސައިޓްތަކުން ފެންނަލެއް ވަރަށް މަދު

    3

    0

Leave a Reply

Your email address will not be published.