މަޖާ

ބޮލުން އިސްތަށި ހުދުވުން…

އެއްދުވަހަކު ކުޑަކުއްޖެއް އެކުއްޖާގެ މަންމަގެ ބޮލުން ނުރަ އެއް ފެނިގެން މަންމަގެ ގާތުގައި މަންމަގެ ބޮލުގެ އިސްތަށި ގަނޑު ހުދުވަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. މަންމަ ވަރަށް ވިސްނާލާފައި ހިތަށް އެރިއެވެ. ދަރިފުޅު ކުރިސުވާލަށް ދޭންވާނީ ދޭޖަވާބުގެ ސަބަބުން ދަރިފުޅުގެ އުޅުމަށް ރަގަޅު ބަދަލެއް އަންނަ ޖަވާބެކެވެ. އެގޮތުން ދިންޖަވާބަކީ މަންމަގެ ބޮލުގެ އިސްތަށި ހުދުވާ ސަބަބަކީ، ދަރިފުޅު ގޯސްކޮށް އުޅޭ ކޮންމެ ދުވަހަކު މަންމަގެ ބޮލުން އިސްތަށްޓެއް ހުދުވާނެއެވެ. އެކުއްޖާ ވަރަށް ވިސްނަން އިނދެފައި ބުންޏެވެ. ހޫމް…. މިހާރު އެނގިއްޖެ މާމަގެ ބޯ އެއްކޮށް ހުދުވެފައި ހުންނަނީ ކީއްވެގެންކަން……

5
1

4 ކޮމެންޓް - ލިޔުން: ”ބޮލުން އިސްތަށި ހުދުވުން…“

Leave a Reply

Your email address will not be published.