މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [26]

“ދެޓްސް ދަ ޕްރޮބްލަމް.. ރަޝީދުގެ ހުރިހާ ފަރުވާއަކަށް އެ ހޮސްޕިޓަލަށް ފައިސާ ދައްކާ ކަންތައް ކުރަނީ ޖައުފަރު!..”

“ވަޓް…!” އަހަރެންނަށް ލިބުނު ޚަބަރުން ބޮލަށް އެނބުރުން އެރިއެވެ.

“ވަޓް ދަ ހެލް އިޒް ގޮއިންގް އޮން؟؟؟” އަހަރެންނަށް ވާ ނުވާ ނޭނގިގެން ސުވާލުތަކުން ބޯ ފުރިގެން ދިޔައެވެ. “ރަޝީދާއި ޖައުފަރާއި އޮތީ ކޮން ގުޅުމެއް؟.. އެއީ ވަށަފަރު މީހެއްނު؟ އެހެންވީރު އޭނައަށް ޖައުފަރު ހަރަދު ކުރަންވީ ކީއްވެތަ؟.. ދިސް އިޒް ކްރޭޒީ.. ނޯ ނޯ ނޯ ނޯ.. އައި ކާންޓް ޕްރޮސެސް..” އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓުނެވެ.

“ޔާ.. އައި ވޯޒް ސަޕްރައިޒްޑް ޓޫ..” އިޝީ ބުންޏެވެ. “އަދި މި އޮތީ ތިއަށް ވުރެ ބޮޑު ކަމެއް.. ރަޝީދުއަށް ވިޒިޓަރ އެއްވެސް އެލޮވްޑް އެއް ނޫން.. ހަމަ އެކަނި އޭނައަށް ޒިޔާރަތް ކުރާ މީހަކަށް ލިސްޓް ކޮށްފައި އޮތީ ޖައުފަރާއި އޭނާގެ މަންމަ ފާތިނާ..” އިޝީ ކިޔައިދިނެވެ. ސުވާލަކަށް ފަހު ސުވާލެކެވެ. ޖައުފަރުގެ ޢާއިލާއާއި ރަޝީދާއި އޮތް ގުޅުމެއް އަހަރެން އުޅެ އުޅެވެސް ވިސްނުމަކަސް ނައެވެ. މިކަމުގެ ފަހަތުގައި ކޮންމެވެސް ކަންތައް ގަނޑެއް ފޮރުވިފައި ވާނެއޭ އަހަރެންގެ ހިތް ބުނަމުން ދެއެވެ. އަހަރެން އިތުރަށް އެކަންތައްތައް ބަލަން ބޭނުމެވެ. ޝާޔާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ރަޝީދުގެ ފަރާތުން ލިބޭނެ ގޮތެއް ވޭތޯ ބަލާލަން ބޭނުން ވެއެވެ.

“އިޝީ.. ރަޝީދު އެތާނގަ ފަރުވާ ހޯދަމުން ދަނީ ކޮން ބައްޔަކަށްތަ..؟”

“ހަނދާން ނެތޭ ބައްޔަށް.. ޑިމެންޝިއާ..” އިޝީ ކިޔައިދިނެވެ. “ކޮންމެ ދިހަ މިނެޓަކުން ހުރިހާ އެއްޗެއް ހަނދާން ނެތެނީ.. ހަނދާން ނެތުމުން އޭނާއަކީ ކާކު ކަމެއްވެސް ހަނދާނެއް ނުހުރޭ.. އޭނާ މިކަމަށް ފަރުވާ ކުރާތާ މިހާރު އަށާރަވަރަކަށް އަހަރު ވެއްޖެ.. ބުނެވޭ ގޮތުގަ އޭނަ އަމިއްލައަށް މަރުވާންވެގެން ދަން ޖެހިފައި އޮއްވައި ބަޔަކަށް ފެނިގެން ސަލާމަތް ކުރީ.. އޭގެފަހުން މިހެން ދިމާވާން ފެށީ.. މިދިޔަ އަށާރަ އަހަރު ދުވަހުވެސް ޖައުފަރާއި ފާތިނާ ނޫން މީހަކު އޭނައާއި ބައްދަލުކުރަން އައިސްފައެއް ނެތް..” އިޝީ ޕޭޝެންޓް ރެކޯރޑްސް އިން ލިބެން ހުރި ހުރިހާ މަޢުލޫމާތެއް ހޯދައި ކިޔާދެމުން ދިޔައެވެ.

އެހެންވީރު ޖައުފަރުމެން ހާދަ ރަނގަޅޭ ހިތަށް އެރިއެވެ. ނުވެސް ދަންނަ މީހަކަށް މިހާދުވަސް ވަންދެން އަގުބޮޑު ފަރުވާއެއް ކުރަމުން ދާނީ ވަރަށް މާތް ބަޔަކަށް ވާތީއެވެ. އެކަމަކުވެސް އަހަރެންނަށް އަޅައިގަތީ ރަޝީދުގެ ޢާއިލާގެ ގޮތުގައި ޖައުފަރާއި އޭނާގެ މަންމަގެ ނަން ޖަހާފައި އިން އިރު އެޢާއިލާގެ އެއްވެސް މީހަކު ނުވަތަ ރަށުމީހަކުވެސް އައިސްފައި ނުވާތީއެވެ.

“އިޝީ.. ކެން ވީ މީޓް ހިމް.. އަހަރެން ބޭނުން ރަޝީދުއާއި ބައްދަލު ކޮށްލަން.. ޝާޔާއަށް ރަޝީދު އާއި ވާހަކަ ދެއްކޭނެ ގޮތެއް ހަދައިދޭން އަހަރެން ބޭނުން.. ” ރަޝީދުގެ ހަނދާނުގައި ޝާޔާގެ މައިންބަފައިންނާއި ބެހޭ އެއްވެސް އެއްޗެއް ހުރިނަމަ އެއެއްޗެއް ހޯދަން ބޭނުމެވެ. ރަޝީދުނޫނީ އެ މަޢުލޫމާތު ދެވޭނެ އިތުރު މީހެއް ނެތެވެ. އެއީ އޮތް ހަމައެކަނި ގޮތެވެ.

“އައި ކެން ޓްރައި.. މީން ވައިލް މި ދޭ އައިޕީ އެޑްރެސް ބްރައުސަރ ގަ ޖަހާލައިގެން ވަދެލަބަލަ..” އިޝީ އަހަރެންނަށް ދައްކަން އެ ބޭނުންވަނީ ކޮން އެއްޗެއް ތޯ ބަލައިލަން އަހަރެން އަވަސްވެ ގަތީމެވެ. އަހަރެން ލެޕްޓޮޕް ހުޅުވައިލާ ހޮޓެލް ގެ ވައިފައި އާއި ކަނެކްޓް ކޮށްލާ ސަފާރީ ހުޅުވައިލީމެވެ.

“އާނ.. ކިޔާ..” އަހަރެން ތައްޔާރު ވެލީމެވެ. އިޝީ ކިޔަމުންދިޔަ އައިޕީ އެޑްރެސް ޖަހާލުމާއި އެކު ހުޅުވިގެން ދިޔައީ ސީސީ ޓީވީ ފޫޓޭޖް ތަކެކެވެ. އެއީ އެ ހޮސްޕިޓަލްގެ ހުރިހާ ކެމެރާ ތަކެއްގެ ފޫޓޭޖެވެ. އޭގެން ހޮސްޕިޓަލުގެ ބޭރުގައި އިން ކެމެރާއިން ފެށިގެން ޕޭޝެންޓް ރޫމް ތަކުގެ ތެރެއަށް ދަންދެން ވަކި ވަކިން ފެންނަމުން ދިޔައެވެ.

“ވާވް..” އަހަރެން ހައިރާންވި ވަރުން ބުނެލެވުނެވެ. “ހައު ޑިޑް ޔޫ ޑޫ ދިސް..؟”

“ކިޔައިދިނަސް ޝޯން އަކަށް ނޭނގޭނެ ވާނުވާ ވެސް” ހިނިގަނޑެއް ޖަހާލާފައި އިޝީ ދިމާ ކޮށްލިއެވެ. ތެދެކެވެ. އަހަރެންނަކަށް އެ ހެދިގޮތެއް ކިޔައިދިނަސް ވެސް ވާއެއް ނުވާއެއް ވެސް ނޭނގޭނެ އެވެ. އެހެން ކަމުން ހިނި ގަނޑަކުން ފުއްދާލީމެވެ. “އެކަމަކު، ދިސް އިޒް އަ ކްރައިމް އިނގޭ.. ބަސްޓު ވެއްޖިއްޔާ ވަރަށް ސަކަރާތް ވާނެ، ސޯ ބީ ކެއަރފުލް.. ކޮންމެ ކޮންމެ މީހަކަށް ނާންގާތި..” އިޝީ އިންޒާރު ދިނެވެ.

“އޯކޭ ދޯ ޝާޔާއަށާއި އަޔާން މެންނަށް ދެއްކިޔަސް..؟” އަހަރެންނަށް އެމީހުންނަށް މިހާ ބޮޑު ކަމެއް ސިއްރުކުރާކަށް ފަސޭހައެއް ނުވާނެއެވެ.

“އާނ އޯކޭ.. އެކަމަކު ދެން އިތުރު މީހަކަށް ނުދައްކާތި ނަމަ ނަމަ.. ކޮން އިރަކު ބައްދަލު ކޮށްލަން ދާނީ..” އިޝީ އަހައިލިއެވެ.

“ކީކޭ.. އަސްލުވެސްތަ؟ އަހަރެންނަށް ދެވޭނެތަ ބައްދަލުކުރަން..؟ އެކިހިނެއް؟” އިޝީ އެހެން ބުނުމުން އަހަރެން ހައިރާން ވިއެވެ. އެއީ އެއްވެސް ވިޒިޓަރ އެއް އެލޯވް ކޮށްފައި ނުވާ މީހަކަށް ވިޒިޓް ކުރަން އަހަރުމެން ދާނެ ގޮތެއް ނޭނގޭތީ އެވެ.

“އައި ހެވް ފިގާރޑް އިޓް އައުޓް ނައު..” އިޝީ ކިޔައިދެމުން ދިޔައެވެ. “އެމީހުންގެ މުޅި ހޮސްޕިޓަލްގެ ހުރިހާ ސިސްޓަމަކީ ކޮމްޕިއުޓަރައިޒްޑް ސިސްޓަމް ތަކެއް.. މިހާރު މީހުން މާ ސޭފް ކޮށްލާނަމޭ ހިތާ ހުރިހާ ލިޔެކިޔުންތަކާއި އެއްޗިހި ކޮމްޕިއުޓަރައިޒްޑް ކޮށްލީމަ އަސްލު އެއީ ކިހާ ބޮޑު ރިސްކެއް ކަމެއް އެމީހުންނަކަށް ނޭނގެ، ކިތަންމެ ވަރުގަދަ ފަޔަރ ވޯލް އެއް ހުއްޓަސް ޕެނެޓްރޭޓް ކޮށްލެވޭނެ މީހުން އުޅޭނެ.. އަހަރެން މިހާރު މިހުރީ އެމީހުންގެ ޑޭޓާ ބޭސް ތެރޭގަ..” އިޝީގެ ކުޅަދާނަ ކަމުން އަހަރެން ހުރީ އަންތަރީސް ވެފައެވެ.

“ކިހިނެއް ތިކޮޅުގަ ހުރެގެން ތިކަން ތި ކުރަނީ..” އަހަރެން ހައިރާން ވި ވަރުން އަހައިލީމެވެ.

“ވީ ހެވް އަ ބިގް ނެޓްވާރކް އޮފް އަސް.. އެހެންވީމަ ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް މިކަހަލަ ކަމެއް ކޮށްލަން ވަރަށް ފަސޭހަވާނެ..” އިޝީގެ ދުނިޔެއަކީ އަހަރުމެން އުޅޭ ލެވެލް އާއި މުޅިން ތަފާތު ލެވެލް އެއްގެ ދުނިޔެއެއް ކަހަލައެވެ. އަހަރުމެންނަށް މި އެނގެނީ ހާދަ ކުޑަ މިންވަރެކެވެ.

“އަހަރެންނަށް އެމީހުން އެލޯވް ކޮށްފަ ހުރި ލިސްޓު ތެރެއަށް ތިދެމީހުންގެ ނަމާއި ފޮޓޯ ފޮނުވައިލެވިދާނެ..” އިޝީ އިތުރަށް ކިޔައިދެމުން ދިޔައެވެ. “އެކަމަކު އަސްލު ނަމެއް ނޫން.. އެހެން ނަމެއްގަ ދެމީހުންގެ ފޮޓޯ ޖަހާފަ ފޮނުވާނީ.. ދެން އަހަރެން ފޮނުވާނަން ދެ މީހުންނަށް ފާސްކޮޅެއް ހަދާފަ.. އޭތި ހިފައިގެން ދާނެ އަހަރެންގެ ރައްޓިއްސެއް.. ވަރަށް ސެކިޔޯރ ފާސްކޮޅެއް ވީމަ ފޯޖް ކުރަން މި ދެނީ ތިކޮޅުގަ ހުރި ކޮލީގެއް އަތަށް.. ދެން އެތަނަށް ގޮސް ފާސް ދައްކާނީ.. އެމީހުން އެ ސްކޭން ކޮށްލީމަ ދެމީހުންނަށްވެސް އެނތެރެއަށް ވަންނަން ހުއްދަ ލިބޭނެ.. އެމީހުންނަށް އޭރު އެނގޭނެ ކޮން ޕޭޝެންޓެއް ކައިރިއަށް ކަން ގެންދަން ޖެހޭނީ.. ޝޯންމެން ސައިން އައުޓް ވީމަ އަހަރެން ސިސްޓަމުން ދެމީހުންގެ އިންފޯ އިރޭޒް ކޮށްލާނަން.. އަދި ވީޑިއޯ ފޫޓޭޖް އިންވެސް އެބައި ފުހެލާނަން.. އެއަށްފަހު ޝޯންމެން އެތަނަށް ދިޔަކަމުގެ އެއްވެސް ހެއްކެއްވެސް ނުހުންނާނެ.. އެކަމަކު އިތުރު ވިޒިޓެއް ކުރުން ބުއްދިވެރިއެއް ނޫން.. އެހެންވީމަ އެއްފަހަރުން ހޯދަން ބޭނުންވާ މަޢުލޫމާތެއް ހޯދައިގެން ނިކުންނާނީ..” އިޝީ ވަރަށް ތަފްޞީލްކޮށް ހުރިހާ މަޢުލޫމާތެއް އަހަރެންނަށް ދިނެވެ. އަހަރެން ހުރީ މި މިޝަން ޖައްސަން ވަރަށް ބޭނުން ވެފައެވެ. ނުރައްކާތެރި އެކަމަކު ކޮންމެހެން މުހިންމު މިޝަން އެކެވެ. ޝާޔާގެ މައިންބަފައިންގެ މަޢުލޫމާތެއް ރަޝީދު ހަނދާން ހުންނާނެ ނަމަ ކިހާ ރަނގަޅު ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެވާހަކަ ތައް އަޔާން މެންނަށް ޙިއްސާކުރާ ހިތުން ހުރެވެނީކީ އެއް ނޫނެވެ.

އިރުކޮޅެއް ފަހެވެ. އަހަރެން ފެންވަރާލައިގެން ނިކުމެ ރީތިވާން ހުއްޓާ ފޯން ރިންގުވާކަން އެނގުނެވެ. އަވަހަށް ގޮސް ބަލައިލިއިރު ޒާނިޝް އާއި އަޔާން އެތައް ފަހަރަކު ގުޅާފައި އޮތެވެ. ގުޅާލަން ބަލައިލިތަނާ ކޮށްފައި އޮތް މެސެޖެއް ފެނުނެވެ. އަހަރެން ކިޔައިލީމެވެ.

“ކޮންތާކު ތަ ޑޫޑް..؟ ޝާޔާ އަހަރުންނަށް ދޫކޮށްލާފަ އަނެއްކާ ބިޓެއް ހޯދައިގެން ދިޔައީތަ..؟ ގައިމު ނަޝީ އެއްވެސް ނެތް ފެންނާކަށް.. އަނެއްކާ ތިދެމީހުން ކަމެއްތަ؟.. ހެހެހެ.. ތިއެއް ނޫނޭ.. އަހަރުމެން މިއުޅެނީ މިތާ ކައިރީ އެއޮށް ހިލް ޓޮޕް އަށް ޕިކްނިކް ދާން ކަމަށް، ކަމް ޑައުން ފާސްޓް..”

މެސެޖު ފެނުމާއިއެކު އަހަރެންގެ ޙަރާކާތްއަވަސް ކޮށްލީމެވެ. އަވަސް އަވަހަށް ޑްރެސިން ޓޭބަލް މަތީގައި ހުރި ބޮޑީ ސްޕްރޭ ފުޅި ޖަހައިލީމެވެ. އެއަށްފަހު ވާރޑްރޯބް ތެރެ ހާވައިލީމެވެ. އަހަރެންނަށް އަޅައިގަތީ މިކޮޅުގައި ކިޔަވަން ހުރިއިރު އަހަރެން ލައި އުޅުނު ޕާރޕަލް ކުލައަކަށްދާ ގަމީހެވެ. މިޔަދު ޝާޔާ ލާފައި ހުރި ޕާރޕަލް ހެނދުމާއި ވަރަށް ގުޅެއެވެ. އަވަސް އަވަހަށް އެގަމީސް ލައި، ގޮށްތައް އަޅުވާލާފައި ނޭވީ ބްލޫ ކުލައިގެ ސްކިނީ ލީމެވެ. ގުޅޭ ދެކުލައެވެ. ވަރަށް ކަމުދެއެވެ. ބޮލުގައި އާންމުކޮށް ލާ ހެޔަރ ޓޮނިކް ހާކާލުމަށް ފަހު އަތުން ތިރިއަށް އަޅާލަމުން އަހަރެން އަވަސް ވެގަތީ ތިރިއަށް ދާށެވެ. ދުވެފައި ފޯނާއި ވޮލެޓް ޖީބަށް ލައިގެން ނިކުތީމެވެ.

އޭރުވެސް ހޯޓަލު ތެރޭގައި ބައިބޯވެފައި އެކި ހަރަކާތްތައް ކުރިއަށް ދެއެވެ. އަހަރެންވެސް އަވަސް އަވަހަށް ބެލީ މީހެއްގެ ލޮލުގައި އަޅައިނުގަނެ ނިކުމެގެން ދެވޭތޯއެވެ. އެތާނގައި ސްޓަކް ވެއްޖިއްޔާ މުޅި ދުވަސް ހަރާބުވާނެ އެވެ. އަހަރެން ޒާނިޝް އަށް ގުޅައިލީމެވެ. އެމީހުން ތިބީ ހޮޓެލްގެ ބިއްދޮށް ފަރާތު ދޮރާށި ކައިރީގަ އެވެ. ދުވެފައިގޮސް ކާރަށް އެރުމާއި އެކު އަޔާން ނައްޓާލި އެވެ. ކުރީ ސީޓްގައި އަޔާން އާއި ރަނާ ތިބިއިރު ފަހަތުގައި ރިޔާއާއި ޒާނިޝް، އަދި އަހަރެންނާއި ޝާޔާ ތިބީމެވެ. ޝާޔާގެ ކައިރީގައި އެހެން ފިތިގެން ހުންނަން ޖެހުމުން ޝާޔާ އަހަރެންގެ ގައިގާ ކުޑަކޮށް ބައްދާލައިގެން ހުއްޓެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. އަހަރެން ކުއްލި ޚަބަރު އެ އެންމެންނަށް ދިނީމެވެ. ރަޝީދުގެ ވާހަކަ އެވެ. އިޝީއަށް ހޯދުނު މަޢުލޫމާތެވެ. އެންމެންނަށް ލިބުނީ އަހަރެން ހީކުރި ކަހަލަގެ ޝޮކެކެވެ. އަދި އަހަރުމެންގެ ޕްލޭން ވެސް ކިޔައިދިނީމެވެ. ރަޝީދުއާއި ބައްދަލުކޮށްލަން ޝާޔާ އާއި އެކު ދާން ނިންމާފައިވާ ޕްލޭނެވެ. އަހަރެން ޝާޔާއަށް ބަލައިލީމެވެ. އަހަރެންނަށް ވުރެ ބޮޑަށް ރަޝީދާއި ބައްދަލުކޮށްލާ ހިތުން ހުރީ ޝާޔާކަން އެ މޫނުމަތިން އެނގެއެވެ. ހޮޓެލްގެ އެއް ބޮލޮކް ފަހަތުން ދޮޅު ކިލޯމީޓަރަކަށް ދުއްވާލިތަނާ މަންޒިލަށް އާދެވުނެވެ. ފެހި ވިނަތަކުގެ މަތިން ކާރުން ދުއްވާފައި އަޑިވެ އުސްވެފައިވާ ފަސްގަނޑުތައް މަތިން ދިޔައިރު އަންހެންވެރިން ތިބީ ކުޑަކޮށް ބޮލަށް އެނބުރުން އަރާފައެވެ. ކާރުން ފައިބާ ކުނާބޮނޑި ހިފައިގެން އަހަރެން ޝާޔާގެ އަތުގައި ހިފާލައިގެން އައީމެވެ. އޭރުވެސް ޝާޔާގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުއްޓެވެ. އެ ބެލުމުގައި ޝާހީ ގޮތެއް ހުއްޓެވެ. ޕިކްނިކް ބާސްކެޓް ހިފައިގެން ޒާނިޝް ފޭބިއެވެ. އަދި ކޮންމެ ދެމީހެއް ކުނަލެއް ނަގައި ދުރުދުރުގައި އަތުރާލިއެވެ. ކަޕްލް ތައް ވަކި ވަކިންނެވެ. އަހަރެންނަށް ކުޑަކޮށް ހިނިވެސް އާދެވުނެވެ. އޭރު ރަނާ އާއި ރިޔާވެސް އަހަރެންނަށް ބަލާލާފައި މަޑު ހުނުމެއްގައި ކުނަލުމަތީގައި އޮށޯވެލިއެވެ. އަހަރުމެން ތިބިހިސާބުން ފެންނަމުންދިޔަ ސްކައިޕިޔާގެ އިމާރާތާއި މީހުންދިރިއުޅޭ ހިސާބުގެ އުސް އިމާރާތްތައް އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވާފައި ވެއެވެ.

“ޝޯން..” އަހަރެން ކާރު ތެރޭގައި ހުރި ފެންފުޅިތައް ބަލައި ދިޔައިރު ފަހަތުން ޝާޔާގެ ނިޔަނެތި އަޑު އިއްވައިލުމުން އެނބުރިލީމެވެ. “ޝޯން އަހަރެންނަށް ތިކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގެ.. އަހަރެންނަށްޓަކާ ދުވަހަކުވެސް މީހަކު ތިހާ ބޮޑު ގުރުބާނީއެއް ވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.. ތެންކިޔު..” ސާހިބު މީހާގެ ކުރިމަތީގައި އަދަބު އަދާކުރަން އިސްޖަހައިގެން ހުންނަކަހަލަ ގޮތަކަށް ހުރެ ޝާޔާ ޝުކުރު އަދާކުރިއެވެ. ޝާޔާގެ އެ މައުސޫމުކަން ފެނި އަހަރެންގެ ހިތުގައި ފޮނިކަމުގެ އާރެއް ދުވެލި އެވެ. އޭރު ރިޔާގެ ފޯނުން އަޑުގަދަކުރާ އަށް ގުޅައިގެން ޖަހައިލި ލޯބީގެ ލަވަ އެހިނދުކޮޅަށް އިތުރު ފުރިހަމަ ކަމެއް ގެނުވަމުން ދިޔައެވެ. އަހަރެން ޝާޔާއާއި ކައިރިވެލީމެވެ.

“ޝުކުރު އަދާ ކުރާނެ ގޮތެއް ނޭނގޭތަ..” އެއްލޯ ކުޑަކޮށްލަމުން ލާނެތް ގޮތަކަށް އެހެން ބުނުމާއިއެކު ޝާޔާގެ މޫނު ލަދުން ޖަންބުވެގެން ދިޔައެވެ.

(ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ، ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ..)

ޖަހަމުން ދިޔަ ލަވައިގެ ތެރެއަށް އަހަރެންގެ ހިތް ދޫކޮށްލެވުނެވެ. އެއާއިއެކު އަހަރެން ތިރިވެލާފައި ޝާޔާ ގައިގާ ބައްދާލަމުން އުފުލާލީމެވެ. ޝާޔާގެ އަތުން އަހަރެންގައިގާ ހިފަހައްޓައިލި އިރު ލަދުން ބޯ އަރިކޮށްލިއެވެ.

“ޖަސްޓް.. ބީ މައިން.. އެވަރުން އަހަރެންނަށް ފުދޭނެ..” ޝާޔާގެ ކޯތާފަތްމަތީގައި އަހަރެން މޫނު ޖައްސާލަމުން ބުނެލީމެވެ. އެއާއިއެކު ޝާޔާގެ މުތްތަކެއްފަދަ ލޯބި ތަތްތައް ފެނިގެން ދިޔައެވެ.

(ދީވާނާ ލޯބިން ވެއްޖޭ..)

(ގޮތް ނޭނގޭ އިޙްސާސެއް އެބަވޭ، ޖާދޫވީ މަންޒަރުތައް ސިފަވޭ،)

(ދުލުން ބަޔާން ކުރަން ދަތިވެއްޖޭ..)

އެލަވައިގެ ރާގަށް ލޯބީގެ ގުލްޒާރުގައި މާތައް ފޮޅެމުން ދިޔަކަހަލައެވެ. ބަޅިނދާއި ކޮކާތައް ހުދުހެން ފެށި ކަހަލައެވެ. ހިތްތަކުގައި ވަނީ އުފާވެރިކަމާއި ލޯތްބެވެ. ހިތްހަމަޖެހުމާއި ހަމަހިމޭން ކަމެވެ.

(ހުވާކޮށްފާބުނަން ލޯބިވޭ..)

(ކަލާދެކެ އިންތިހާ ލޯބިވޭ..)

(ހުވާކޮށްފާ ބުނަން ހިތް ގަޔާވޭ..)

(މި ޖާނު ދޭނަމޭ ލޯބިން ހުވާ…)

ގެޔަށް އާދެވުނުއިރު ވަނީ އިރު އޮއްސިފައެވެ. ޝާޔާދިޔައީ ރިޔާ އާއި ރަނާއާއި އެކު ކޮޓަރިއަށެވެ. އަހަރުމެން ވެސް ދިޔައީ ވެފައިވާ ވަރުބަލިކަން ފިލުވައިލާ ތާޒާވެލަން ކޮޓަރިއަށެވެ.

“ހޭ ޝޯމީ ދެޓް ސީސީ ޓީވީ ފީޑްސް..” އަޔާން އެނދުމައްޗަށް ވެއްޓިގަންނަމުން ލެޕް ނެގިއެވެ. އަހަރެން އައިސް ކޯޑު ޖަހާފައި ބްރޮއުސާރ ގައި ބުކްމާރކް ކޮށްފައި ބެހެއްޓި އައިޕީ އެޑްރެސް ލޯޑުކޮށްލީމެވެ. ޒާނިޝްވެސް ކައިރިވެލައި ބޯދިއްކޮށްލިއެވެ. އެދެމީހުންވެސް ތިބީ ހައިރާންވެފައެވެ. އެ ހޮސްޕިޓަލުގައި މިވަގުތު ހިނގަމުންދާ ހުރިހާކަމެއް އެ ވީޑިއޯތަކުން ފެންނަމުން އެދަނީއެވެ. ކުއްލިއަކަށް ބެލްކަނީގެ ދޮރުން ހިޔަންޏެއް ވެލިހެން ހީވެގެން އަހަރުމެން އެންމެންނަށް ސިހިފައި ބަލައިލެވުނެވެ.

ނަމްބަރު އައިނެއ އަޅައިގެން، ބެކްޕެކެއް ހިފައިގެންހުރި އިސްކޮޅުން ކުރުނަމަވެސް އަހަރުމެންނާއި ދާދިއެއްވަރެއްގެ އޮސްޓަރޭލިޔާ މީހާ ފެނުމާއިއެކީ އަހަރެންނަށް ތެޅިގަނެފައި ލެޕްޓޮޕް ދުރަށް ޖައްސާލެވުނެވެ. އަހަރުމެން ކުރަމުންދިޔަ ކަންތައް އެނގިގެން އައި މީހެކޭ ހީވެ އަހަރެންގެ ހިތް ތެޅެންފެށިގޮތުން މޭފަޅާފައި ނިކުންނަށް އުޅުނުހެން ހީވިއެވެ.

“ވޮވް ވޮވް.. ނޮނީޑް ޓު ޕެނިކް..” އަހަރުމެންނަށް ވިގޮތް ފެނިފައި އެމީހާ އިނގިރޭސިން ވާހަކަދައްކަން ފެށިއެވެ. “އަހަރެންނަކީ އިޝީގެ ރައްޓެއްސެއް.. މިއީ އިޝީ ޝޯންއަށް ދޭށޭ ކިޔާފަ ދިންއެއްޗެއް” އަހަރެން އަތައް އެ އެކްސެސް ކާޑު ދިއްކޮށްލަމުން އޭނާ ބުނެލިއެވެ. އެތަނުން ޝޯންއަކީ އަހަރެން ކަމެއް އޭނާއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. “އަޔާން ކިހިނެއް.. ޒާނިޝް..” އެދެމީހުންނަށް އަތް ދިއްކޮށްލާ ސަލާން ކޮށްލުމުން އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހޭ ގޮތެކެވެ.

“ކިހިނެއް މިތަނަށް ވަނީ..؟ ގައިމު އަހަރުމެން ދިޔައީ ތަޅުލައިފަ..” އަހަރެން އަހައިލީމެވެ.

“ދޮރުން..” އޭނާގެ ޖަވާބު ކުރެވެ. “އަހަރެންނަކީ ޓެކް އެކްސްޕާރޓެއް.. އެހެންވީރު އެ ސުވާލު އުފެދޭތަ..؟” އޭނާ ކޮށްލީވެސް ސުވާލެކެވެ. އެބުނީ ތެދެކެވެ. އެމީހުންނަށް ނުވަދެވޭނެ ދޮރެއް ނުހުޅުވޭނެ ތަޅެއް ހުންނާނެ ހެއްޔެވެ؟ އެއީ އިޝީ ބުނި އޭނަގެ ރަހުމަތްތެރިޔާ ވިއްޔާއެވެ. އަހަރެން ހިނިތުންވެލާފައި އަތްޖޯޑުކޮށްލައި ސަލާން ކޮށްލީމެވެ. “އަހަރެންނަށް ކިޔަނީ ޑޭވިޑް..” އޭނާ ތަޢާރަފް ވެލިއެވެ.

“ހޭ ގައިސް އައި ތިންކް އައި ސީ ޖައުފަރު..” ޒާނިޝް އެނދުމަތީގައި އިން ލެޕަށް ނަޒަރުހުއްޓާލއިގެން ހުރެ އެހެން ބުނިއިރު އޭނާގެ ނިތްމައްޗަށް ރޫ ގިނަވެފައި ހުއްޓެވެ. ވަގުތުން އަހަރެން ލެޕް މަގަތަށް އަނބުރާލައި ބަލައިލީމެވެ. އޭރު އެ ސްކްރީނުން މެދަށް ފެންނަން ހުރި ވީޑިއޯ ފޫޓޭޖުން ޖައުފަރާއި ފާތިނާ އަދި ބަލާ ބެލުމަށް ޑޮކްޓަރެއް ވާހަކަ ދައްކަމުން ދިޔައެވެ.

“އޭނަ ކީއްތަ މިތާ އެކުރަނީ..” އަހަރެންނަށް ލެޕާއި ކައިރިވެލަމުން ބުނެލެވުނެވެ.

“ޝޯ މީ..” ޑޭވިޑް އެހެން ބުނެފައި ކައިރިވާން ފެށުމުން އަހަރުމެން އޭނާއަށް ތަން ދެއްކީމެވެ. އެނދާއި ކައިރިވެލައި ބެކްޕެކް ނަގާ އެނދުމަތީގައި ބާއްވައިލަމުން އޭގެ ތެރެއިން ނެގި ކަޅުކުލައިގެ ހާޑެއް ފާޑުގެ އެއްޗަކާއި ލެޕް ކަނެއްކްޓް ކޮށްލިއެވެ. އެއަށްފަހު އިނގިލީގެ ބުރު ނޭނގޭހާ ހަލުއިކޮށް ކީޕެޑަށް ފިތައި ގަތުމުން އަހަރެންނާއި އަޔާން އަދި ޒާނިޝް އަށް އެކަކު އަނެކަކަށް ބަލާލެވުނީ ސޮނިވެއްޓިފައި ތިބެއެވެ.

އިރުކޮޅަކު ފިތްތަކަށް އޮބައިލުމާއިއެކު ޖައުފަރު ފެންނަމުން ދިޔަ މަންޒަރު މުޅި ސްކްރީނުން ފެންނަވަރަށް ބޮޑުވިއެވެ. އަދި ދައްކަމުންދިޔަ ވާހަކަ އަޑުވެސް އިވެން ފަށައިފިއެވެ. “ކޫލް..” އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ.

“އެކަމަކު މިހާރު ކިތައް އަހަރު މިވަނީ.. ކަލޭމެންނަށް އެކަން ނުވާނެއްޏާ އަހަރުމެން އޭނަ އެހެން ތާކަށް ބަދަލުކޮށްގެންވެސް އޭނަ ރަނގަޅު ކުރަން ބޭނުން..” ޖައުފަރު ހިތްހަމަ ނުޖެހިފައި ހުރެގެން ޑޮކްޓަރާއި ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. “ކަލެއަށް ބުނިވަރަކަށް ލާރި ދީފައި ބަހައްޓާފައި ތިހިރީ ކޮންމެވެސް ކަމެއްގަ އެއްނު..” އަހަރެންނަށް އޮޅިއްޖެއެވެ. ރަޝީދު ރަނގަޅު ނުވެގެން މިހާވަރަށް ޖައުފަރު ރުޅިއަންނަން ޖެހެނީ ކީއްވެބާއެވެ؟

“އޭނައަށް ގަވައިދުން ބޭސް ދެމުން އެ ގެންދަނީ.. ދޭތެރެއަކުން ރަނގަޅު ވުމުގެ ނިޝާނެއް ފެނިލާ.. އުންމީދު އާވޭ.. އެކަމަކު އެއަށްވުރެ އަވަހަށް ސަކަރާތް ވޭ.. އަހަރުމެންނަށް ވެސް އެވާ ގޮތެއް ބުނެދޭކަށް ނޭނގެ.. އެކަމަކު މިހާރު ތަންކޮޅެއް ރަނގަޅުވެފަ ހުރީ..” ޑޮކްޓަރު މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކިއެވެ. އެއާއިއެކު ކުރިމަތީގައި ހުރި ކޮޓަރި ހުޅުވާލުމަށްފަހު ފާތިނާއާއި ޖައުފަރު އެނތެރެއަށް ވަދެއްޖެއެވެ. ފަހަތުން ޑޮކްޓަރުވެސް ވަނެވެ. އެއާއި އެކު އެ ކޮޓަރިތެރޭގައި ހުރި ކެމެރާގެ ފޫޓޭޖަށް ޑޭވިޑް މަންޒަރު ބަދަލުކޮށްލިއެވެ.

މޭޒެއްގެ ދޮށުގައި ކުއްވެރިއެއް ފަދައިން ރަޝީދު ބައިންދާފައި އިނެވެ. އޭނާ އަށް ޖައުފަރު ފެނުމުން އެއީ ކާކުކަން އެނގޭ ހެނެއް ހިޔެއް ނުވެއެވެ. ފާތިނާ ރަޝީދު ކައިރިއަށް ގުދުވެލަމުން މޭޒުގެ އަނެއްފަރާތުގައި ހުރެ އަހައިލިއެވެ.

“ރަޝީދު.. އެނގޭތަ މީ ކާކުކަން..” ފާތިނާގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. “މީ ފާތިނާ.. ހަނދާންވޭތަ..؟ އަހަރުމެން ގޭގަ ރަޝީދު މަސައްކަތް ކުރަން އުޅުނީމެއްނު..” ފާތިނާ އޯގާތެރި ކަމާއިއެކު ރަޝީދުއަށް ހަނދާންވޭތޯ އަހައިލިއެވެ. އެކަމަކު ރަޝީދުއަށް އެއީ ކާކު ކަމެއް އެނގޭ ހެނެއް ހިޔެއް ނުވެއެވެ.

“ކަލޭ ކޮންމެހެން ހަނދާން ނެތިގެން އުޅޭކަމަށް ހެދޭނެކަމެއްނެތް މިހިރަ ނިކަމެތި މީހާގަނޑާ.. މިހާރު ކިޔައިދީ..” ކުއްލިޔަކަށް ފާތިނާ ހަޅޭލަވައި ގަނެފާ ރަޝީދު ގަޔަށް އަތް އުކައިގަތް އިރު ހީވަނީ ފިޔޮއް ކުކުޅެއް ހެނެވެ. ނަޝީ ބުނީ ހަމަ ރަނގަޅެށެވެ. ފިސާރި ޒީލަ ގަދައެވެ.

އަހަރެންނަށް މި ވާ ގޮތެއް ނޭނގިފައި ހުރެވުނީ އެމީހުން ރަޝީދުގެ ފަރާތުން އޮޅުންފިލުވަން ބޭނުންވަނީ ކޮންކަމެއްތޯ ބަލާލުމުގެ ބޭނުމުގައެވެ.

“މަންމާ.. ހަމަޖެހިފަ..” ފަހަތުން ޖައުފަރު އައިސް ނުހިފެހެއްޓި ނަމަ ފާތިނާގެ އަތުގެ އެތިފަހަރެއް ރަޝީދުގެ މޫނުމައްޗަށް އެރީހެވެ. އަހަރުމެން އެކަކު އަނެކަކަށް ބަލައިލެވުނީ ހައިރާންވި ވަރުންނެވެ. ރަޝީދު އެ ހޮސްޕިޓަލުގައި ޖައުފަރުމެން ބަހައްޓައިގެން އެ އުޅެނީ އެމީހުންގެ އަމިއްލަ ބޭނުމެއް އޮވެގެނެވެ. ރަޝީދު އަކީ އެމީހުންގެ ބަންދުގައި ހުރި ކުއްވެރިއެއް ކަހަލައެވެ. ރަޝީދު އެގޭގައި ހުރެގެން ކުރީ ކޮންކަމެއް ބާއެވެ؟ އޭނާ އެ ސިއްރު ކުރަނީ ކޮން ކަމެއް ބާއެވެ؟ ޖައުފަރުމެންގެ ޢާއިލާގެ ތެރޭގައި އަޑި ނޭނގޭހާ އަނދިރިކަމެއް އެބަ ވެއެވެ. ދުނިޔެއަށް އަންގަން ބޭނުން ނުވާ އަނދިރި ފަރާތެއް ވާ ކަހަލައެވެ. އެސިއްރު އެނގޭ ހުރި ހަމައެކަނި މީހަކީ ރަޝީދެވެ. އެކަމަކު އެއީ ކޮން ސިއްރެއް ބާއެވެ. އަށާރަ އަހަރުދުވަހު ބަންދުގައި އެކަހެރި ކޮށްފައި ބަހައްޓައިގެން ރަޝީދާއި ސުވާލުކުރަމުން އެ ގެންދަނީ ކޮންފަދަ މުހިންމު ވާހަކައެއް ހޯދަން ބާއެވެ؟ އަހަރެންގެ ސިކުނޑީގައި ރިއްސާލިއެވެ.

ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ.

-ނުނިމޭ-

0
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 26 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [26]“

Leave a Reply

Your email address will not be published.