މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [15]

އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި ނަޝީގެ ހެނދުން ކޮނޑުން ނައްޓާލުމާއިއެކު ބިމަށް ވެއްޓިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެއާއިއެކު އަހަރެންގެ ސިކުނޑިއަށްވެސް ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވެ ހޭވެރިކަން ގެއްލިއްޖެއެވެ.

އަހަރެންނަށް ހޭވެރިކަމެއްވީ ހުޅުވާލެވިފައިވާ ކުޑަދޮރުން އެއްވެސް ހުރަހެއް ނެތި އަހަރެންގެ މޫނަށް އެޅެންފެށި އިރުގެ އަލީގެ ސަބަބުން އުނދަގޫ ވެގެންނެވެ. އޭރު އަހަރެންގެ ބޮލުގައި ރިހޭވަރުން ހީވަނީ ފަޅާލާފައި އެއްޗެއް ނިކުންނަން އުޅޭހެނެވެ. އަހަރެން ލައިގެން ހުރި ގަމީހުގެ ގޮށްތައް އޭރު ހުރީ ނައްޓާލެވިފައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންނާއި ޖެހިގެން އެނދުމަތީގައި ނިދާލާފައި އޮތް ނަޝީއެވެ. ބަންޑުން ބާލީހެއްގެ މަތީގައި ބޯއަޅާލައިގެން އޮތްއިރު ބުޑުމަތީގައި ހުރަސްވެފައި އޮތް ހުދު ބްލޭންކެޓް ނޫނީ އެހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިއާއެވެ. އަހަރެންނަށް އަނގަމަތީ އަތްއަޅާލެވުނީ ސިހިފައެވެ. އޭރު ރޭގައި ހިނގާދިޔަ ކަންތައްތަކުގެ ވަކި ވަކި މަންޒަރުތައް އަހަރެންގެ ސިކުނޑީގައި ބިރުވެރި ހުވަފެނެއް ފަދައިން ތަކުރާރު ވަމުން ދިޔައެވެ.

ވަގުތުން އަހަރެން ތެދުވެގެން ގަމީހުގެ ގޮށްތައް އަޅުވާލާފައި ނަޝީއަށް ހޭލެވުމުގެ ކުރިން ނިކުމެގެން ދިޔައީމެވެ. އެހިސާބަކީ ކެމްޕަހާ މާ ދުރުނޫން ހިސާބެއްކަމުން އަހަރެން ޓެކްސީއެއްގައި ކެމްޕަހަށް ދިޔައީމެވެ. އޭރުވެސް އަހަރެންނަން ވިސްނެމުން ދިޔައީ އެރޭ އަހަރެންނާއި ނަޝީއާއި ދެމެދު ހިގައިދިޔަ ކަންތައްތަކާއި ދޭތެރޭގައެވެ. އަހަރެންގެ ހަނދާނަށް އައި އެންމެ ފަހު މަންޒަރަކީ ނަޝީގެ ހެނދުން ބިންމައްޗަށް ވެއްޓުނު މަންޒަރެވެ. އޭގެފަހުން ހިނގައިދިޔައެއްވެސް ކަމެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ.އެހެންކަމުން އަހަރެން އިތުރަށް ހާސްވާ ގޮތް ވިއެވެ. އޭގެފަހުން ހިނގައިދިޔައީ ކޮންކަމެއްބާއެވެ. އަހަރެންނަށް ނޭގިހުރެ ފާފައަކަށް އަރައިގަނެވުނީ ބާއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. ކޮޓަރިއަށް ދެވުމާއިއެކު އަހަރެން ފެންވަރާލައި ހަދާލައިގެން ނިކުމެ ނަމާދު ކޮށްލީމެވެ. އެއަށްފަހު އަހަރެންނަށް ރޭގައި ކުރެވުނު ކަންތަކާއިމެދު ހިތާމަކުރާޙާލު ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ. ނަމާދުކޮށް ނިމުނު އިރު އަހަރެންގެ ހިތަށް ވަނީ ހިސާބަކަށް ހަމަޖެހުން ލިބިފައެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ ކުއްލިއަކަށް އަހަރެންގެ ބޮލަށް ތަދުވެފައި ވާންފެށި ގޮތެވެ. އަހަރެންގެ އިޚްތިޔާރުންބޭރުގައި ކުރެވުނު ކަންތަކެވެ. އަހަރެންގެ ސިކުނޑި އެނބުރިގެން ދިޔަ ގޮތެވެ. ނަމަވެސް އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ވީ ކަންތައް ހަނދާން ނައްތާލާށެވެ.

އަހަރެން އަޔާން އާއި ޒާނިޝްއަށްވެސް އެވާހަކަތައް ކިޔައިދިނީމެވެ. އެދެމީހުން އަހަރެންނަށް ވަރަށް ހިތްވަރުދިނެވެ. އަދި އެކަމުގެ އަހަރެންގެ ކުށެއް ނެތް ކަމަށް ބުންޏެވެ. އަހަރެންނަށް ވަރަށް ބޮޑު ހިތްވަރެއް އަޔާންއާއި ޒާނިޝްގެ ފަރާތުން ލިބިގެން ދިޔައެވެ. ނަމަވެސް އަހަރެންނިންމީ ނަޝީކުރެން އެރޭގައި ވީކަންތައްތައް އޮޅުންފިލުވާށެވެ. އަހަރެންނަށް ނަޝީގެ މިޒާޖެއް ކަމަކުނުދެއެވެ. އަދި ނަޝީގެ އެއްވެސް އުޅުމެއް ނެތްކަން އެނގުމުން އަހަރެން އިތުރަށް ނަޝީއާއި އެކު އެއްވެސް ކަހަލަ ގާތް ގުޅުމެއް ބާއްވަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ނަޝީއާއި ބައްދަލުކުރީމެވެ. ޔުނިވަރސިޓީގެ ކޮމްޕައުންޑްގައި ހުރި ބެންޗެއްގައި އަހަރުމެން ދެމީހުން ވާހަކަ ދައްކަން ތިބީމެވެ. ނަޝީހުރީ އަހަރެން އޭނާއާއި ބައްދަލުކުރުމުން ވަރަށް އުފަލުން ކަން އަހަރެންނަށް އޭނާގެ މޫނުމަތިން ހާމަވިއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެންނަކަށް ނަޝީކައިރީގައި އަހަރެންގެ ނިންމުމުގެ ވާހަކަ ނުބުނެއެއް ދެނެއް ނުހުރެވޭނެއެވެ.

“ނަޝީ. ރޭގަ އަހަރެންނާއި ނަޝީއާއި ދެމެދު އެއްވެސް ކަހަލަ ނޭދެވޭ ގުޅުމެއް ހިނގިތަ. ” އަހަރެންގެ ސުވާލުން ނަޝީއަށް އެއްވެސް ކަހަލަ ހައިރާންކަމެއް ނުލިބުނެވެ. ނަޝީގެ އަޑުގައި ވީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

“އުނހު. ނޭދެވޭ އެއްވެސް ގުޅުމެއް ނުހިނގާ. ވީ ޑިޑް ވަޓް ވީ ވޯންޓެޑް.” ނަޝީގެ ޖުމްލައާއިއެއްކޮށް ހީވީ މީހެއް އަހަރެންގެ ކަންކަށިމަތީގައި އެތިފަހަރެއް ވީއްލައިލިހެނެވެ.

“ތީގެ މާނައަކީ އަހަރުމެން ދެމީހުންގެ ދޭތެރޭގަ ފިޒިކަލް ގުޅުމެއް ހިނގިއޭތަ ރޭގަ.” އަހަރެންނަށް ހާސްވިވަރުން ކޮޅަށް ތެދުވެވުނެވެ. އަހަރެންގެ އަޑުގައި އެކުލެވިފައިވި ހާސްކަން އެނގުމާއިއެކު ނަޝީގެ މޫނުމަތިންވެސް ސީރިއަސް ކަމުގެ އަސަރު ފާޅުވިއެވެ.

“ކިހިނެއްވެ ތިހެން ތިއެހީ. ހިނގި ހުރިހާ ގުޅުމެއްވެސް ހިނގީ ޝޯން ބޭނުންވެގެންނެއް ނޫންތަ. އެންޑް އައިމް ހެޕީ އެބައުޓް ދަޓް. ކޮޒް އައި ލަވް ޔޫ.” އަހަރެންގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލުމަށްފަހު އަހަރެންގެ މޫނު ނަޝީއާއި ދިމާލަށް އަނބުރާލަމުން ނަޝީ ބުނި ޖުމްލައާއި އެކު އަނެއްކާވެސް އަހަރެންނަށް ނަޝީއަށް ބަލައިލެވުނީ ހައިރާންވެފައެވެ. ނަޝީ އަށް އެހާބޮޑު ފާފައަކަށް އަރައިގަނެވުނުއިރުވެސް އެއީ އެއްވެސް ކަމެކަށް ނުވިއެވެ. ނަމަވެސް އެ ގުޅުން އެގޮތަށް ހިނގީކީ އަހަރެން ބޭނުންވެގެނަކުންނެއް ނޫނެވެ. އަހަރެންނަށް އެނގިގެންވެސް ކުރެވުނު ކަމެއް ނޫނެވެ.

“ވަޓް އެވަރ ހެޕަންޑް، އިޓް ވޯޒް އަ ހިއުޖް މިސްޓޭކް.” އަހަރެން ނަޝީގެ އަތް ފޮޅުވާލަމުން ވާހަކަދެއްކީމެވެ. “އަހަރެންނަށް ކުރެވުނު އެއްވެސް ކަމެއް ހަނދާނެއް ނެތް އަދި ކުރެވިފަ އޮތްނަމަވެސް އެއީ އަހަރެންނަށް ކުރެވުނު ވަރަށް ގޯސް ކަމެއް.! އަދި އަހަރެން ބޭނުންވެގެނެއްވެސް ނޫން އެކަމެއް ކުރެވުނީކީއެއް. އަހަރެން ބޭނުމެއް ނޫން ދެން އެވާހަކަ ތައް އިތުރަށް ދައްކާކަށް ވެސް. އަހަރެންނަށް ކުރެވުނުކަންތަކަށް މާފް ކޮށްދޭނެކަމަށް ހީކުރަން. އައި ޑޯންޓް ލަވްޔޫ. އެން ވީ ޝުޑް ނޮޓް ސީ އީޗް އަދަރ އެނީ މޯރ.” އަހަރެން ނަޝީދެކެ ވެފައި ހުރި ފޫއްސެއްގެ ބޮޑުކަމުން ކުރިމަތީގައި ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރު ކޮށްލާފައި ހިނގައިގަތީމެވެ. އޭރު ނަޝީގެ ތުންފަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަދި ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ. ނަޝީއަށް ހުރީ ވަރަށް އަސަރުކޮށްފައިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ވީކަމެއް އެވީ ނަޝީގެވެސް ކުށުންނެވެ. އަދި އެކަހަލަ ކަމެއް ތަކުރާރުކުރާކަށް އަހަރެން ނޭދެމެވެ.

“ޔޫ ސަންއޮފްއަ ބިޗް. އެހުރިހާ ގަނޑެއް ގަނެފަތަ އެނގުނީ ތިހެން ބުނަން…! ޔޫ ކާންޓް ޑޫދިސް ޓުމީ. ޝޯން.!! ޔޫ ކާންޓް ލީވްމީ.!!” އަހަރެންނަށް ހުއްޓެވުނީ ނަޝީ ހަޅޭއްލަވައިގަތް އަޑަށެވެ. އޭރު ނަޝީ ހުރީ ރުޅިއައިސް ރަތް ވެފައެވެ. ނަޝީއަށް ރޮވެނީއެވެ. ގިސްލެވެމުން ދިޔައިރު ގައިގާ ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެންނަށްވެސް ނަޝީދެރަވާނެކަން އެނގެއެވެ. ނަމަވެސް ވީ ހުރިހާކަމެއްގައި ނަޝީގެވެސް ހިއްސާ އެބައޮތެވެ. އެހެންކަމުން އަހަރެން ނަޝީގެ އެއްވެސް ވާހަކައަކަށް ފަރުވާލެއް ނުބަހައްޓާ އެތަނުން ދިޔައީމެވެ. އޭރު ނަޝީ ހަޅޭއްލަވައިގަތް އަޑަށް އައިރެން އައިސް ނަޝީ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

އޭގެ ފަހުން އެތައްފަހަރެއްގެ މަތިން ނަޝީ އަހަރެންނަށް އެޕަރޯޗްކުރަން މަސައްކަތް ކުރިއެވެ. އަހަރެންނަށް ބިރުދައްކައިގެންވެސް ނަޝީގެ ބަހަށް ހައްލާލެވެތޯ މަސައްކަތް ކުރިއެވެ. ނަޝީ އަހަރެންދެކެ ލޯބި ވާވަރުންނާއި އަހަރެންނަށް އޭނާއާއިއެކު ކަންތައް ކުރެވުނުގޮތުން އޭނާ ކުރަމުން އައިކަމެއް ކަމުން އަހަރެން އެއިން އެއްވެސް ކަމަކާ އަޅައެއް ނުލަމެވެ. އަދި އެރޭގެ މަތިން ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ރާއްޖެއަށް އައީވެސް އެހެންވެއެވެ. އާދެވުމާއިއެކު ނަމްބަރުވެސް ބަދަލުކުރަން ޖެހުނީ ނަޝީގެ މަތިން ހަނދާން ނައްތާލާ އެހަނދާންތަކާއި ދުރަށް ދިއުމުގެ ބޭނުމުގައެވެ.

ނަމަވެސް އަހަރެން ކުރިހުރިހާ މަސައްކަތަށްފަހު މިހާރު އަހަރެންނަށް މިއިވުނު އަޑަކީ އަހަރެން ކުޑަކޮށްވެސް އަހަން ތައްޔާރުވެގެން ހުރި އަޑެއްނޫނެވެ. ނަޝީ ބަނޑުބޮޑު ވާނެކަމަށް އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަމެވެ. އަހަރެން ހިތް ބުނަމުން ދިޔައީ އަހަރެންނަށް އެކަހަލަ ކަމެއް އެރޭ ކުރެވިފައި ނުވާނެ ކަމަށެވެ. އެއީ ނަޝީ އަހަރެން ހައްލާލުމަށް ދެއްކި ޙަޤީގަތެއް ނެތް ވާހަކައެއް ކަމަށެވެ. ނަމަވެސް މިހާރު އަހަރެންނަށް އެވާހަކަތައް ޤަބޫލު ކުރެވިއްޖެއެވެ. އަހަރެންނަށް ނަޝީއާއިއެއްކޮށް ކުރެވުނު ފާފައާއި މެދު އަހަރެންގެ ހިތް ރޮއިލިއެވެ.

“ޝޯން ސްޓޮޕް އިޓް.” އަހަރެންނަށް ހޭވެރިކަމެއް ވީ ޒާނިޝް އައިސް އަހަރެންގެ އަނގަޔަށް އޮއްސަމުން ދިޔަ ފެން ފުޅި އަތުލުމުންނެވެ. އޭރު އެފުޅީގެ ފުލުގައި އިނީ ތިކެކެވެ. އަހަރެންގެ ބަނޑުފުރިގެން އޭރު ބަންޑުންވާން ވަނީ ތައްޔާރަށެވެ. އޯކަށް ދަމައިގަތުމާއިއެކު އަހަރެންނަށް އަވަހަށް ގޮސް ފާހާނައަށް ވަދެވުނީ ކިރިޔާއެވެ. ފާހާނަ ތަށިފުރެންދެން ހޮޑުލެވުނުއިރު އަހަރެންގެ ބަނޑުގައި އެކަތިކޮޅުވެސް ނެތެވެ. އެނބުރުން އަރާފައި ހުރިވަރުންނާއި ވަރުބަލި ވެފައި ހުރިވަރުން އަހަރެންނަށް ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އެއާއިއެކު ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.

“ޔޫ ތިންކް އިޓްސް ޔޫ. ” އަހަރެންނަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން ޔަޤީން ކޮށްލުމުގެ ގޮތުން އަޔާން އަހައިލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އައި ޑޯންޓް ނޯ. އައިރެން ބުނިތަ އެއީ ކާކުގެ ދަރިއެއްކަން.” އަހަރެން ޒާނިޝް އާއި ދިމާލަށް ބޯ އަނބުރާލަމުން އަހައިލީމެވެ.

“ޝީ ޑިޑްންޓް ސޭ. ހާލު އަހާލައިފަ ވާހަކަދެއްކީ ދެން ނިންމާލަމުން ބުނީ ޝޯން ކައިރީ ބުނާށޯ ނަޝީ ޕްރެގް ވާހަކަ. އަހަރެން ހީކުރީ އެއީ ޑޭނީގެ ކަމެއް ކަމަށް.” ޒާނިޝް ވީގޮތް ކިޔައިދިނުމުން އަހަރެންނަށް ޔަޤީން ކުރެވުނެވެ.

“ޑޭނީ އާއި އެދެމީހުން އިންއަ ރިލޭޝންއޭ ކިޔާފަ ޕޯސްޓް ކުރީވެސް މިކޮޅަށް އަންނަން އޮތް ދުވަހުގެ ކުރިން ރޭ. އެހެން ވީއިރު އެހާއަވަހަކަށް ނުވެސް އެނގޭނެއެންނު.” އަޔާން އިތުރުކޮށްލިއެވެ. އެއީ ތެދެކެވެ. އަހަރެންނަށް އެއްވެސް ޝައްކެއް ނެތެވެ. ދަރިފުޅުގެ ބައްޕައަކަށް ވާނީ އަހަރެންނެވެ. އަހަރެން ހަދާނެ ގޮތް ހުސްވެއްޖެއެވެ.

“ގޯޑް އައިމް ސްކްރޫޑް އަޕް.” އަހަރެންގެ ލޯފުރިގެން އައި ކަރުނަތައް ލޯމަތީ ހުރަސްކޮށްލާފައި އޮތް އަތްދަށުން ދެމިގަނެގެން އަހަރެންގެ މޫނު ހުރަސްކޮށް އިސްތަށިގަނޑުތެރެއަށް ހިނދިގެންދިޔައެވެ. “މައި ލައިފް. އެވްރިތިންގް ވޯޒް ޖަސްޓް ޕާރފެކްޓް. މީގެ ފަސްމިނެޓެއްހާއިރު ކުރިއާއި ޖެހެންދެން. ބަޓް…” އަހަރެންގެ އަޑުގައި ތުރުތުރު ލާން ފަށައިފިއެވެ. އަހަރެންނަށް މިހާތަނަށް ކުއްޖެއް ދެކެ ލޯބިވެވުނު މީ ފުރަތަމަ ފަހަރެވެ. ޝާޔާއަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ޝާޔާދެކެ އަހަރެން ވަނީ ޙަޤީގީ ލޯތްބެވެ. ޝާޔާވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން ގައިމެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަރެންނަށް އިތުބާރު ކުރެއެވެ. ނަމަވެސް މިޔަދު އަހަރެން ޝާޔާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިއަދު އަހަރެން ކުރިމަތިލާން ޖެހިފައި މިވަނީ އަހަރެން ދުވަހަކުވެސް އުންމީދު ނުކުރާކަހަލަގެ އަދިރި ޙަޤީގަތަކާއިއެވެ. އަހަރެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކަށް ޝާޔާގެ ހިތްހަލާކު ކޮށެއް ނުލެވޭނެއެވެ. އަދި މުޅިދުނިޔެ ހެކިވާނެ ޙަޤީގަތެއް ދޮގެއްވެސް ނުކުރެވޭނެއެވެ. އަހަރެންގެ ހިތް ފުރިގެން ދިޔައީ މޮޅިވެރިކަމާއި ވޭނާއި ހިތްދަތިކަމުންނެވެ. ހިތުގައި ކުޅެވެމުންވިޔައީ ވޭނީ ރާގެކެވެ.

“އެހޯދި އުފާތަކާ.

އެރޭތައް ގެއްލުނީ.

ނަޔާ މޫސުމް ބަހާރު

މިލާ ގޮސް މޯޅިވީ…

އެވީ މަޖުބޫރުގާ.

އެތައް އަދު ވެއްޖެޔޭ.

އުފާތައް ގެއްލިފާ

ވަށާވީ ބަނަކަމޭ.

އުދާހާ ކަރުނަޔާ.

ވަނީ މިހަޔާތުގާ.

ނިމެންވީހޭ….ވޭނުން. މިވޭނުން”

“ގާއިސް. ޓެލް މީ. އަހަރެން ދެން ކިހިނެއް ހަދަންވީ.؟” އަހަރެން ދެލޯ ފުހެލުމަށް ފަހު އަނެއް ފުށުންޖެހި އެނދުގައި އުޅަނބޮށި ވިއްދައިލަމުން ބާލިހުގައި ބައްދާލީމެވެ. އަދި އެކަމުގައި ދެން ކުރިޔަށް ދާންވީގޮތަކާއި ދޭތެރޭ ޒާނިޝްމެންގެ ޚިޔާލެއް ލިބޭތޯ އަހައިލީމެވެ.

“…ޝީ އިޒް ރިޗް. އިފް ޝީ ވޯންޓް ޝީކެން ޑޫ އެބޯޝަން އެއްނު.” އަޔާންގެ ޖުމްލަ ހީވީ އަހަރެންގެ ބޮލުގައި މީހަކު ވީއްލާލި އެތިފަހަރެއްހެނެވެ. އަހަރެންގެ ހިތަށް ކެތްނުވީ ލިބެން އުޅެނީ އަހަރެންގެ ވެސް ދަރިޔެއްކަމުންނެވެ. އަހަރެންގެ އެންމެ ފުރަތަމަ ދަރިފުޅެވެ. އަހަރެންގެ ލެއެވެ. އެއްފާފަ ކުރުމަށްފަހު ލިބެންއުޅޭ އަހަރެންގެ ދަރިފުޅު މަރާލާކަށް އަހަރެންނަށް ލާހިކެއް ނޫނެވެ.

“ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަހަރެންގެ ދަރިފުޅުގެ ވާހަކައޭ ތި ދައްކަނީ!.” އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ވެސް މެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެންގެ ހިތުގައި އެދަރިފުޅާއިމެދު އިންތިހާ ލޯބި އުފެދިގެން ހިގައްޖެއެވެ. އެދަރިފުޅަށް ކިތަންމެ ކުޑަގޮތެއް ނަމަވެސް ވާކަށް އަހަރެންގެ ހިތަކަށް ނޭދެވޭނެއެވެ. މީހެއްގެ ބަދު ބަހެއް ވެހެވެ.

“ޑޫޑް. ޔޫ ޑޯންޓް ނޯ ޔެޓް. ފަހަރެއްގަ އެއީ ނަޝީ ޝޯން ހައްލާލަންވެގެން ހަދަހަދައިގެން ދައްކާ ވާހަކައަކަށްވެސް ވެދާނެއެއްނު.” އަޔާން އަނެއްކާވެސް އަޔާންއަށް ވިސްނޭ ގޮތް ހާމަކުރިއެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދަނީ އެއީ ތެދުވާހަކައެއްކަމަށެވެ. އަހަރެންނަށް ވަނީ ފާފަ ކުރެވިފައެވެ.

“ނޯ އާން. އައި ހެވް ސިންޑް. އަހަރެންނަށް ފާފަ ކުރެވިއްޖެ. މި ދަރިފުޅަކީ އޭގެ ކައްފާރާ ކަމުގައި ވަންޏާ އަހަރެންނަށް ފަހަށް ޖެހެވޭނެތަ.؟ ޑޫޔޫ ތިންކް އައި ހެވް އަ ޗޮއިސް. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބާލިސް ފޯކުރަމުން ދިޔައެވެ. އޭރު އަހަރެންގެ ނޭފަތް ވެސް ވަނީ ބެދިފައެވެ.

“ޝޯން ތިބުނީ ދެން ޝޯން ޝާޔާ ދޫކޮށްލާފަ ނަޝީ އާއި މެރީ ކޮށްގެން އެދަރިފުޅު ބަލާނީއޭތަ….؟” ހައިރާން ކަމާއިއެކު ޒާނިޝް އަހައިލިއެވެ. ޒާނިޝް ބޭނުންވީ އަހަރެންގެ ނިންމުން ޔަޤީންކުރާށެވެ. ޒާނިޝްގެ ސުވާލާއިއެކު އަހަރެންގެ ހިތް އެތައް ހާސް ބަޔަކަށް ފޮތި ފޮތި ވެގެން ދިޔައެވެ. އަހަރެން ޝާޔާ ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ޝާޔާއަށް މިފަދަ ވޭނެއް، ހިތްދަތިކަމެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ކުށަކާ ނުލާ ޝާޔާގެ ހިތްހަލާކުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ޝާޔާގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެން އެނދުން ތެދުވީމެވެ. ފާހާނައާއި ދިމާލަށް ދިޔައީ އަހަރެންގެ ހިތުގައި ވީ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވުމުންނެވެ. ފާހާނައިގެ ދޮރާއި ހަމައަށް ދިއުމަށްފަހު އަހަރެން ބޯޖަހައިލީމެވެ. ޒާނިޝްގެ ސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ. އެއާއިއެކު އަހަރެންގެ ކުދިކުދި ވެފައިވާ ހިތުގައި އަޅަމުންދިޔަ ވޭން އެހެން މީހަކަށް ފެންނަން ނޭދޭތީ އަހަރެން ފާހާނައަށް ވަދެ ދޮރު ލެއްޕީމެވެ. އިސްކޫރުން ފުލް ސްޕީޑްގައި ފެން ދޫކޮށްލުމާއިއެކު އަހަރެންގެ ހިތުގެ އެތިއެތިކޮޅުތައް ކަރުނައިގެ ސިފައިގައި އަހަރެންގެ ލޮލުން ކޯދުލާފައި ނިކުންނަން ފެށިއެވެ. ކެތްކުރަން ބޭނުމެވެ. ނަމަވެސް އެނެމެފަހުން އަޑުންއަޑުނަގައި އަހަރެންނަށް ރޮއެގަނެވުނީ ކެތްތެރިކަން ކޮޅުންލުމުންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންގެ ދިރިއުޅުމަށް މިއައީ ކޮންކަހަލަ އަޑިނޭނގޭ ވަޅުގަނޑެއް ބާއެވެ. އަހަރެންގެ ޙަޔާތުން އުފާވެރިކަން ގެއްލުނީ ބާއެވެ. އަހަރެންނަށް ޝާޔާގެ ލޯބިން އެއްވެސް ފޮނިކަމެއް މިންވަރު ކުރައްވާފައި ނެތިބާއެވެ؟ ކޮންފަދަ ނާއިންސާފެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ވި ހުރިހާ އުދާހެއް ބޭރުކޮށްލެވުނުއިރު ދެލޯ ރަތް ލޭކޮޅެއް ފަދައެވެ. ލޯކައިރި ވަނީ ދުޅަވެފައެވެ. ގައިގެ ވަރުވަނީ ދެރަވެފައެވެ. އަހަރެން ހުރީ ގޮތް ހުސްވެފައެވެ.

އަހަރެންނަށް އެރޭގެ ބޮޑުބައެއް ހޭދަކޮށްލެވުނީ ނުނިދިގެން އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައެވެ. އަހަރެންގެ ސިކުނޑީތެރޭގައި އަހަރެން ޝާޔާއާއި އެކުގައި ހޭދަކުރި ކޮންމެ ހިނދުކޮޅެއް ފިލްމެއްގެ މަންޒަރެއްފަދައިން ރިޕީޓްވޭވޭ ހުއްޓެވެ. އެއިން ކޮންމެ މަންޒަރަކީ އަހަރެންގެ ޙަޔާތުގައި ހޭދަވި އެންމެ އަގުބޮޑު ވަގުތުތަކެވެ. އެންމެ އުފާވެރި ވަގުތުތަކެވެ. އެހަނދާންތައް އާވުމުން އަހަރެންގެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. އަހަރެންނަށް ނިދުނު އިރު ތިނެއް ޖަހައި ބޮޑުވެއްޖެއެވެ.

ޝާޔާއަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. މޫނުމަތީގައި ވަނީބާލިހެއް އަޅައި ބާރުކޮށްލާފައެވެ. ބާރުގަދަ ދެއަތުން ޝާޔާގެ މޫނުގައި ބާލިސް އަޅާއި ހާސް ކުރަމުންދާއިރު ޝާޔާ ނޭވާ ލުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. އެއަތުގެ އެތަން މިތާނގައި ނިޔަފަތިއަޅައި ލޭކޮށަމުން ޝާޔާދިޔައީ މަރުން ސަލާމަތް ވުމަށެވެ. އެބާލިސް ލޯމަތިން އެއްފަރާތްވިވަގުތު ސިންގާއެއްފަދައިން ޝާޔާގެ ފުރާނަ ލުހެލަން ދިމާކޮށްފައިވާ ޝައިހާގެ ރުޅިވެރި ދެލޯ ފެނުނެވެ.

“ޝާޔާ….!!!” ފުންމައިގެން އަހަރެންނަށް ތެދުވެވުނީ ހަޅޭއްލަވައިގަންނަމުންނެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައިސް އިނީ ހަމަ ކިރިޔާއެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭރު އަހަރެންނަށް މާނޭވާ ލެވެއެވެ. އަހަރެންގެ އަޑަށް ކައިރީގައި ނިދާފައި އޮތް އަޔާން އާއި ޒާނިޝްއަށް ވެސް ސިހިފައި ހޭލެވުނެވެ. އަހަރެންނަށް އެފެނުނު ހުވަފެނަކީ ދޮގެކަށް ވާނެނަމައެވެ. އެއީ ހިނގާނެ ކަމެއްކަން ގައިމެވެ. އަނެއްކާ މިހާރު، މިވަގުތު ޝާޔާދަނީ ޝައިހާގެ ވަކިތަކުގެ ދަށުވެ އެންމެ ފަހުގެ ވަގުތުތައް ގުނަމުން ނޫން ބާވައެވެ. އެހެން އަހަރެންގެ ހިތަށް އެރުމާއިއެކު ގައިގެ ހުރިހާ ލޯލި ތަކެއް ކޮޅައް ޖެހިގެން ދިޔައެވެ.

“ޝޯން. ވަޓްސް ރޯންގް.” ޒާނިޝް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލުމާއިއެކު އަހަރެންނަށް ހޭވެރިކަމެއް ވިއެވެ.

“ޝާޔާ. ޝީޒް އިން ޓްރަބަލް. ” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ. ވަގުތުން އަހަރެން ތެދުވެ ބޮލަށް ޓީޝާޓެއް މަހައިލީމެވެ. އެންމެ ފަޅި ސިކުންތެއްވެސް ބޭކާރު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޝާޔާ ސަލާމަތް ކުރެވޭނީ އަހަރެންނަށެވެ. އަހަރެންކޮޓަރީގެ ދޮރުހުޅުވާފައި ނިކުތް އިރު މަންމަވެސް އަހަރެންގެ އަޑަށް ނިކުތީއެވެ.

“ދަރިފުޅާ ކިހިނެއްވީ… އޭ ދަރިފުޅު މަޑުކޮށްބަލަ. ކިހިނެއްވީ.” އަހަރެންނަށް މަންމަގޮވި އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށް ހަމައެކަނި ބުނެވުނީ “ޝާޔާ.” މިހެންނެވެ. އޭރު އަހަރެންގެ ފަހަތުން ނިކުތް އަޔާން އާއި ޒާނިޝް ވެސް އައިސް މަންމައާއި އަރާ ހަމަކުރީއެވެ. އަހަރެން އެދިޔަބާރުމިނުގައި ގެއިން ނިކުމެ ދޮރުލައްޕައިލީމެވެ. އަހަރެންގެ މިސްރާބަކީ ޒަބަރުޖުދުގެއެވެ. އަހަރެންގެ ގައިގާ ބާކީ ހުރި ހުރިހާ ވަރެއް ދެފަޔަށް ލާފައި އަހަރެން ދުއްވައިގަތީމެވެ.

-ނުނިމޭ-

1
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 15 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

4 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [15]“

  1. ޚކޮބާ އަނެއަބައި …. އންތިޒާރުގަ ކޮންމެދުވަހަކުވެސް މިހިރީ … ޕްލީޒް ޑޯންޓް ސަޓޮޕް މިހިސާބައް އައިއްސަ ….

    2

    0

Leave a Reply

Your email address will not be published.