މަޖާ

އަލީގެ މުސައްލަ

އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ […]

މަޖާ

އަލީގެ ރިހަތެލި

އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ. ” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. […]

މަޖާ

ބޮލުން އިސްތަށި ހުދުވުން…

އެއްދުވަހަކު ކުޑަކުއްޖެއް އެކުއްޖާގެ މަންމަގެ ބޮލުން ނުރަ އެއް ފެނިގެން މަންމަގެ ގާތުގައި މަންމަގެ ބޮލުގެ އިސްތަށި ގަނޑު ހުދުވަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. މަންމަ ވަރަށް ވިސްނާލާފައި ހިތަށް އެރިއެވެ. ދަރިފުޅު ކުރިސުވާލަށް ދޭންވާނީ ދޭޖަވާބުގެ ސަބަބުން ދަރިފުޅުގެ އުޅުމަށް ރަގަޅު ބަދަލެއް އަންނަ ޖަވާބެކެވެ. އެގޮތުން ދިންޖަވާބަކީ މަންމަގެ ބޮލުގެ އިސްތަށި ހުދުވާ ސަބަބަކީ، ދަރިފުޅު ގޯސްކޮށް އުޅޭ ކޮންމެ ދުވަހަކު މަންމަގެ ބޮލުން އިސްތަށްޓެއް ހުދުވާނެއެވެ. އެކުއްޖާ ވަރަށް ވިސްނަން އިނދެފައި ބުންޏެވެ. ހޫމް…. […]