ލޯބީގެ

ޖާދޫވި މޫނު (5)

“ސީރިއަސްލީ..” އީނާޝްމެނަށް އެއްފަހަރާ އެހެން ބުނެވުނުއިރު ދެމީހުންގެ މޫނުގައިވެސް ވީ ނުލަފާ ހިނިތުންވުމެކެވެ. ޔަޒަންއަކީ ހީޒަލްގެ މަންމަގެ ރައްޓެއްސެއްގެ ދަރިއެކޭ ބުނަމުން ދެކުދިން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ރައްޔާންވެސް އެހެން އިނުމަށްފަހު ހިގައިގަތީ މައްޗަށް ދާށެވެ.
ހީޒަލް
ބެލްކަނީގައި ހުރި މޭޒު ގޮނޑީގައި އިށީންނަމުން ޔަޒަންއަށް ބަލާލި ހީޒަލް ހީލިއެވެ. އިސްތަސިގަނޑު ނަގައި ހުޅިއެއް ޖަހާލަމުން ހީޒަލް ހީލިއެވެ. ޔަޒަން އަދިވެސް ހުރީ އެހުރި ގޮތަށް އެސްފިޔަ ނުޖަހައެވެ. މިގަޑިގައި ޔަޒަން އައުމުން ހީޒަލްއިނީ ނިދަން ނުވަދެވިފައެވެ. ޔަޒަން ދައްކަމުން ދިޔައީ ކުޑައިރުގެ ވާހަކައެވެ. އެވާހަކަތަކުން އިދަނގޫވަމުން ދިޔަ ހީޒަލް ތެދުވަމުން އެންމެ ފަހުން ނިދި އަންނަ ވާހަކަ ބުނެލިއެވެ. ދެލޯ ބޮޑުކޮއްލަމުން ޔަޒަން އަވަހަށް ނިދާލާށޭ ބުނެލިއެވެ. ކޮޓަރިއަށް ދިޔުމުގެ ކުރިން ހީޒަލް ޖޯލީގައި އިށީންނަމުން މައްޗަށް ބަލާލިއެވެ. އެއާއެކު މަތިން ތިރިއަށް ބަލަން އޮތް ރައްޔާން ފެނުމުން ކުއްލިއަކަށް ހީޒަލް ތެދުވެއްޖެއެވެ. ނޭނގޭފަދަ ބރުވެރި ކަމެއް އެހިތުގައި އުފެދުނީ ކީއްވެ ކަމެއް ނޭނގުނެވެ. މިވީ ދެއަހަރު ދުވަހުގައި އެއްކޮށްހެން ފިލާފައިވާ އިހްސާސްތައް އާވުމުން ހީޒަލް އަވަހަސް އެތެރެއަށް ވަދެ ފުރަތަމަވެސް ހުރިހާ ދޮރު ތަކެއް ތަޅުލިއެވެ.
ހެނދުނު ހޭލި ހީޒަލް މިއަދު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހުކުރު ދުވަސްކަމުން އޮފީހަށްވެސް ދާކަށް ނުޖެހެއެވެ. އެކަން ހިތަށް އެރުމުން ހީޒަލް އިތުރަށް އުފާވިއެވެ. ގަޔަށް ދޫކޮށްހުރި ހަރުވާޅާއި ކުރު ޓީޝާޓް ލައިގެން މޫނުގައި އަތް ހާކަމުން މަންމަމެންގެ އެޕާޓްމެންޓަށްވަދެ ހީޒަލް ގޮނޑީގައި އިށީނީ ލޯ މަރައިގެން ހުރެއެވެ. އަބަދުވެސް އާދަކަމުން ހީޒަލް މޭޒުމަތީގައި އުޅަނބޮށި ހަރުކޮއްލަމުން އަތު ތެރެއަށް މޫނުލިއެވެ. އާފުރެމުން ލޯހުޅޫވާލި ހީޒަލްއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. ރައްޔާން ބޯއަރި ކޮއްލައިގެން ބަލަން އިންގޮތުން ހީޒަލްއަށް ފުރަތަމަ ހީވީ ހުވަފެނެއް ކަމުގައެވެ. ނަމަވެސް ފަހަތުން މަންމަ ކޮނޑުގައި އަތް ބާއްވާލުމުން ހީޒަލް ދެލޯ ބޮޑުކޮއްލަމުން ބަލާލިއެވެ.
“މީ ދޮންބެގެ ފްރެންޑެއް.. ރައްޔު..” އައިސްލަމާރި ކައިރީގައި ހުއްޓިގެން ހުރި މިގްދާދް އަނގައިން އާފަލު ނައްޓާލަމުން އާފަލު އޮތް އަތުން ރައްޔާން ދައްކާލަމުން ބުނެލިއެވެ.
“ދާދު މިއަދު ގެސްޓެއް ސަޔަށް އަންނަ ވާހަކައެއް ނުބުނަންތަ ހީޒު ކައިރީގައެއް؟” ހާމިދު ދޮނޑި ދަމާލާފައި އިށީންނަމުން ހުއްޓުން އަރާފައިވާ ހީޒަލްއަށް ބަލާލިއެވެ. އެއީ ރައްޔާން ފެނުމުން ވީ ގޮތެއްކަން އެނގުނު ނަމަވެސް އެމީހުން އެކަން އިނގޭ ކަމަކަށް ނުހަދައެވެ. އެކަން އެހެން ކުރީވެސް ހީޒަލް ހަމައަކަށް އެޅުވުމުގެ ނިޔަތުގައެވެ.
“ކުރިން ދުވަހު ކަންތައް ވީ ގޮތުން މާފަށް އެދެން ބައްޕަމެން ބޭނުނުވީ..” ހާމިދު އެހެން ބުނުމުން ހީޒަލް އިސްޖަހާލައިފިއެވެ. އޭނައާއި ހެދި އޭނާގެ ބައްޕަ މީހެއްގެ ކައިރީގައި މާފަށް އެދެން ޖެހުނު މީ ފުރަތަމަ ފަހަރެވެ.
“ދޮންބެއާ އޭލެވެލް އިން ފްރެންޑްވި މީހެކޭ މީ..” މިގްދާދް ރައްޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ރައްޔާން ރޮށިކޮޅެއް ވީދާލަމުން މީހަކަށް ނުފެންނާނޭހެން ހީޒަލްގެ މޫނަށް ބަލާލިއެވެ. އެމޫނުން އެއްވެސް ދިރުމެއް ފެންނާކަށް ނެތެވެ. ހީޒަލް ފެންނަ ކޮންމެ ފަހަރަކު ރައްޔާންގެ ހިތުގެ ވިންދު އަވަސްވަނީ ކީއްވެ ހެއްޔެވެ؟
“އެހެން ވެދާނެ.. މާފަށް އެދޭވަރުގެ ކަމެއް ނޫނެއްނު.. މީހަކަށް ހަމަ އޮޅިދާނެ” އެއަޑު ގައިވީ ރާގަކުން މިފަހަރު ހީޒަލް އިސްއުފުލާލިއެވެ. ރާއިފްއާއި ރައްޔާންގެ ވައްތަރީ ހަމައެކަނި ސިފައެވެ. ރާއިފްއެއީ ވަރަށްވެސް ހިތްހެޔޮ މީހުނަށް އޯގާތެރި ކުއްޖެކެވެ. ނަމަވެސް ރައްޔާންގެ މޫނުމަތިން އޭގެ އެއްވެސް ސިފައެއް ނުފެނެއެވެ. ހިތްމޮޅުކަމާއި ބޮޑާކަން ކިތަންމެ ރަނގަޅަކަށްވެސް ފެނެއެވެ.
“ހީޒްއަށް ކުރިން ރައްޔުއެއް ނޭނގޭތަ؟” ރައްޔާންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ. ޖަވާބުގައި ބޯ ޖަހާލަމުން ހީޒަލް އަނެއްކާވެސް ބަލާލީ ތިރިއަށެވެ. ކުއްލިއަކަށް ހަނދާންވީ ރާއިފް ކޮންމެވެސް މީހަކާއި ބައްދަލު ކުރުވަން އުޅުނު ހަނދާނެކެވެ.
# # # #
3 އަހަރު ކުރި
ވިލިގިލީ ގޮނޑު ދޮށުގައި އިނށީދެއިން ހީޒަލް ބަލަމުން ދިޔައީ ވަށައިގެން އެއްވަމުންދިޔަ މީހުންނަށެވެ. ބައެއް މީހުން ހިނިތުން ވެލާފައި އަތުގައި ހިފައިގެން އުޅޭތަން ފެނުމުން އޭނާ ބިރުގަނެއެވެ. ފަހަތުން ރާއިފް އައިސް އަތުގައި ހިފާލުމުން ހީޒަލް ދިޔައީ ސިއްސައިގެންނެވެ. މޫނުގައި ހުރި ދާތައް ފުހެލަމުން ހީޒަލް ހިނިތުން ވެލި ގޮތުން ރާއިފް އެއަށްވުރެ ބޮޑަށް ހިނިތުން ވެލިއެވެ.
“ރާއީ..” ހީޒަލް މީހުންގަނޑު ތެރެއަށް ބަލާލަމުން ރާއިފްގެ މޫނަށް ބަލާލީއެވެ.
“ކީއްވެ މީހުން އެހެން މީހުނަށް އެހައި ޓްރަސްޓް ކުރަނީ…” ހީޒަލް އަދިވެސް ބަލަން އިނީ އަތިރިމަތީގައި އަތުގައި ހިފާލައިގެން ތިބި ފިރިހެންކުދިންނާއި އަންހެން ކުދިންނަށެވެ. ރާއިފްގެ އާއިލާ ކިތަންމެ ބޮޑު ނަމަވެސް އަބަދުވެސް އަބަދުވެސް ފަހަތަށް ބެލެނީ މީހަކު ބަލާ ކަމުގަ އިހްސާސް ވާތީއެވެ.
“އެއީ ގިނަ ދުވަހު އުޅިގެން ހޯދާ އެއްޗެއް.. ހީޒް ބޭނުންތަ އަހަންނާއެކު ގިނަ ދުވަހުގަ އުޅެން..” ރާއިފް އެހެން ބުނަމުން ހުދު ވެލިގަނޑުމަތީގައި ކަކޫ ޖައްސާލަމުން ޖީބުން ފެހި ފޮއްޓެއްގައި ނަގަމުން ހިނިތުން ވެލިއެވެ. ހީޒަލް އަނގަމަތީގައި އަތް އަޅާލަމުން ފަހަތަށް ޖެހިލިއިރު އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދެފަރާތުގެ އާއިލާގެ މީހުން އެދެމީހުން ވަށައިގެން ޖަމާވިއިރު ރާއިފް އިނީ އަދިވެސް އެއިން ގޮތަށް ހިނިތުން ވެލައިގެންނެވެ. އެމޫނުގައިވި ހިނިތުން ވުމުން ހީޒަލް ކީއްކުރަން ހެއްޔެވެ ކޮންމެ އަންހެން ކުއްޖަކުވެސް މޮޔަވާނެއެވެ.
“އާމިނަތު ހީޒަލް އަބްދުލް ރަހްމާން ހާމިދު… އުމުރުގެ ބާކީއޮތް ބައި އަހަންނަށް ޓްރަސްޓް ކުރަން ދަސް ކުރާނަންތަ؟..” ރާއިފް އެހެން ބުނުމުން ހީޒަލްއާއި ކައިރީގައި ތިބި ދެންތިބި މީހުންވެސް ހޭންފަށައިފިއެވެ.
“ޔެސް..” ލޮލުން ވެއްޓުނު ފުރަތަމަ ކަރުނަ ތިއްކާއެކު ހީޒަލް ހިނިތުން ވެލިއެވެ. އެއާއެކު އޭނާގެ ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން އެމޫނުގެ އަލިކަން އިތުރުވިއެވެ. އަތުގައި އޮތް ފެލި މަހުމާ ފޮށި ހުޅުވާލަމުން އެންމެ ފުރަތަމަ އޭގެ ތެރެއިން އޭނާއަށް ފެނުނީ ފެހިކުލައިގެ ފަތެކެވެ. ހީޒަލް އޭތި ނަގަމުން ރާއިފް އަށް ދެލޯ އަޅާލިއެވެ. ރާއިފް އަނެއްކާވެސް ލޮލުގެ އިޝާރާތުން ފޮށި ދައްކާލިއެވެ. ހަމަ އެފަތް ގޮތަށް އިން ފަށުފުލެއް އޭގައި އޮތުމުން ހީޒަލް ދެލޯ ބޮޑު ކޮއްލިއެވެ. އެއީ މީގެ ދެތިން ހަފްތާއެއް ކުރިން އޭނާއަށް ރީތިވި ގަހެއްގެ ފަތެވެ. އަތުގައި އޮތް ފަތަށް ބަލާލަމުން އެރަން ފަށު ފުލަށް ހީޒަލް ބަލާލިއެވެ.
“ސޮރީ.. އަދި ރިންގް ނުނިމޭ..” ފަށުފޫ ދަމައި ނަންގަމުން އަތުގައި އޮތް ރަން ފަށަށް މަހާލަމުން ހީޒަލްގެ ކަރުގައި އަޅުވާލިއެވެ. ފޯނު ބަލާލަމުން ހީޒަލް އަބަދު ބައްދަލު ކުރަން ބޭނުންވާ މީހާ އަތުވެއްޖެ ކަމަށްބުނެ ރާއިފް ހީލިއެވެ. ޖީބުގައި އޮތް ފޯނު ނަގަމުން ރާއިފް މީހުން ގަނޑުގެ ތެރެއިން އެއްގަމަށް ދުއްވައި ގަނެއްޖެއެވެ.
މީހުން ގަނޑުގެ ތެރެއިން ހީޒަލްގެ ލޯ ދަތުރު ކޮއްލީ ރާއިފް ހުރި ދިމާލަށެވެ. ރާއިފް މީހެއްގައި ބައްދާލަމުން އެމީހެއްގެ ކޮނޑުގައި ޖަހާލިއެވެ. ހީޒަލް އެއްފަރާތަކަށް ޖެހިލަމުން މަސައްކަތް ކުރީ އެމީހެއްގެ މޫނު ފެނޭތޯއެވެ. ނަމަވެސް މީހުން ތަކާއިހުރެ އެމީހަކު ފެންނަ ގޮތެއް ނުވިއެވެ. ފަހަރު މީހަކުހެން އެމީހެއްގެ ކުރިމައްޗަށް އަރާނެއެވެ.
“ރާއި..” އެންމެ ފަހުން ނުހުރެވިގެން ހީޒަލް ގޮވާލިއެވެ. ހީޒަލް ބޮޑުކޮށް ހީލައިގެން ހުރީ މިއަދަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސް ކަމުންނެވެ.
# # # #
ކަޅިވެސް ޖަހާނުލައި ހީޒަލް ރައްޔާންގެ މޫނަށް ބަލަން އިނުމުން ހާމިދު ކަރުކެހިލިއެވެ. ރައްޔާންވެސް އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
“ހީޒް…” މިގްދާދު ގޮވާލުމުން ހީޒަލްއަށް ހޭވެރިކަމެއް ވެއްޖެއެވެ. އޭރު ރައްޔާން ނިއްއަރުވާލައިގެން އިން ގޮތުން ހިޒަލް އިތުރަށް ދެރަވިއެވެ. ރާއިފް އެދުވަހުގައި ދައްކަން އެވަރަކުން ދައްކަން އުޅުނީ ރައްޔާން ކަމަށް ވެދާނެއެވެ. ހީޒަލް އެތަނުގައި ނީނދެ ތެދުވެގެން ގޮސް ހުއްޓިލީ ބަދިގެ ފަރާތުގައެވެ.
ބޮލުގައި ޖަހާފައިވާ ހުޅި ރީތި ކޮއްލަމުން ހީޒަލް އެނބުރިލީ މޭޒާއި ދިމާލަށެވެ. އޭރު ރައްޔާން ބަލަން ހުރި ގޮތުން ހިނދު ކޮޅަކަށް ނަމަވެސް ހީޒަލްގެ ނޭވާ ކަރުގައި ތާށިވި ކަހަލައެވެ. އެބެލުމުގައި ވި ތޫނުކަމުން ހީޒަލް ބިރު ގަންނަ ގޮތްވިއެވެ. އެންމެން ވާހަކަ ދައްކަން ފެށުމުން އައިސް އަލަމާރިން ފެން ފުޅިއެއް ހިފައިގެން އައިސް ހީޒަލް ރައްޔާނަށް އަނެއްކާވެސް ބަލާލިއެވެ. އެދުވަހު އޭނާއަށް ފެނުނީ ރައްޔާންގެ މޫނުގެ އެއްފަޅިއެވެ. ފެންފުޅި ހިފައުގެން އައިސް ދުރުގައި މަޑުކޮއްލި ހީޒަލް ފެންފުޅިން ރައްޔާންގެ މޫނުގެ އެއްބައި ފޮރުވޭ ގޮތަށް ހަދާލަމުން އެއްލޯ މަރާލިއެވެ. އެހެން އޭނާ ހަދާލީ ރަނގަޅަށް ބަލާލާށެވެ.
“ހީޒު..”
“އަހަ…” މިޤްދާދް ގޮވާލުމުން ސިއްސައިގެން ދިޔަ ހީޒަލް އަނގައިގައި ހުރި ފެންތަކާއެކު ކުށިއެރިއެވެ. ލޮލުން ފެންއައުމުން ހީޒަލް އަނެއްކާވެސް ފުޅިން ފުޅީގައި ތުންޖަހާލަމުން ދަމާލައިފިއެވެ.
އެތަނުގައި މަޑު ނުކޮށް ހީޒަލް ދިޔައީ އޭނާގެ ބަޔަށެވެ. ކާހިތެއްވެސް ނުވިއެވެ. ހީޒަލް ފޯނަށް ބަލާލިއިރު ނުދަންނަ ނަންބަރަކުން ގުޅަނީއެވެ. މިހާރު އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ނުގުޅާތާ ދެއަހަރު ވަނީއެވެ. ނުނަގައި ހީޒަލް ވަގުތުން ބިޒީ ކޮއްލީއެވެ. އެއްވެސް މީހަކަށް އޭނާ އެހައި އިތުބާރެއް ނުކުރެއެވެ. ފޯނު ނަގާކަށްވެސް ބޭނުމެއް ނުވިއެވެ. އެނދު މައްޗަށް ފޯނު އެއްލާލުމަށްފަހު ހީޒަލް ވަނީ ފާހާނައަށެވެ.
ބޮލުގައި ތުވާލި އޮޅާލައިގެން ނުކުތް ހީޒަލް ދިޔައީ ސިއްސައިގެންނެވެ. އެނދު ކައިރީގައި ކޮޅަށް ހުރި ރައްޔާންހުރީ ޖީބަށް އައި ޖަހާލައިގެންނެވެ. ފުރަގަސް ޖަހައިގެން ހުރި ރައްޔާނަށް އޭރު ހީޒަލް ފަހަތުގައި ހުރި ކަމެއް ނޭނގެއެވެ. ގަޔަށް ހިފިފައި ހުރި ނޫކުލައިގައި ޓީޝާޓާއި ކަޅު ކުލައިގެ ޖިންސްގައި ރައްޔާން ވަރަށްވެސް ފުރިހަމައެވެ. ޖިންސްވެސް ގަޔަށް ރީތި ވަރަކަށް ހުރުމުން އެހަށިގަނޑުގެ ފުރިހަމަކަން ހީޒަލްއަށް ވިސްނުނެވެ. އެހެން މީހުނާއި ހިލާފަށް ރައްޔާން ފެނުމުން ހީޒަލްއަށް ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. އެއްޗެކޭ ނުބުނެ ހީޒަލް ކޮނޑުމަތީގައި ތުވާލި ބާއްވާލީ ކަރު ބޮޑު އެއްޗަކަށް ވުމުންނެވެ. އެއަށްފަހުގައި ފާހާނައިގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުން ރައްޔާން އޭނާއާއި ވީ ފަރާތަށް އެނބުރިލިއެވެ.
“މިތާ ކީއްކުރަނީ؟..” އަތްފައި ފިނިވަމުން ދިޔަ ހީޒަލް މަޑުމަޑުން އަހާލިއެވެ.
“ދާދްގެ ރޫމް ކަމަށް ހީކުރީ..” ރައްޔާން ގަސްތުގައި ދޮގު ބުނަމުން ހީލިއެވެ. ބެލްކަންޏާއި ދިމާލަށް ދިޔަ ރައްޔާންގެ ފަހަތުން ހީޒަލްވެސް ދިޔައެވެ.
” ހީޒަލްއަށް އިނގޭދޯ އަހަރެން.. އޮޅީގެނެއް ނޫންދޯ އެދުވަހު އަހަރެން ގައިގަ ހަގް ކުރީ…” ރައްޔާން އެހެން ބުނެލިއިރު އެލޮލުގައި ޔަޤީންކަން ވިއެވެ.
“ނޫން..” ގައިގައި ބީހިލި ވައިރޯޅި އާއިއެކު ލޯ މަރާލަމުން ހީޒަލް ބުނެލިއެވެ. ފުންފުންކޮށް ނޭވާއެއް ލަމުން ހީޒަލް ލޯ ހުޅުވާލިއިރު ރައްޔާން އަދިވެސް އިނީ އެއިން ގޮތަށް އޭނައާއި ދިމާލަށް ބަލަންށެވެ.
“އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް.. އަހަރެން ނަކަށް ނުވެއް އެނގޭ ހީޒަލްއެއް.. އެހެން ވީމަ ތިކަންތައް ހުއްޓާލާ..” ހީޒަލް އަނގަ ހުޅުވާލީ ރައްޔާން ބުނި ވާހަކަ އަކުންނެވެ. އޭނާ ރައްޔާންއާއި ހެދި މޮޔަވަނީއެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އޮނި ދާނެއެވެ. ރައްޔާނަށް އަމިއްލަ ނަފްސު ފެނިފައި ހުއްޓަސް ބޮޑުވަރޭ ހިތަށް އަރަމުން އޭނާ ހިތަށް އެރިއެވެ.
ޖީބުގައި އޮތް ފޯނު ނަގައި ބަލާލަމުން ރައްޔާން މައްޗަށް ބަލާލިއެވެ. އަދި ފަހަރަކު ގެއަކަށް ބަލާލަމުން ހީޒަލްގެ މޫނަށް ފުންކޮށް ބަލާލިއެވެ. ދެން ރައްޔާންގެ ލޯ ދަތުރު ކޮއްލީ އެނދުމަތީގައި އޮތް ހީޒަލްގެ ފީނަށެވެ. އެއަށްފަހުގައު ހީޒަލްގެ އަތަށެވެ. ފަހަތުން މިޤްދާދް ކައިރިއަށް އަންނަމުން އެތަނުގައި ކީއްކުރަނީ ތޯ އަހާލުމުން ރައްޔާން ނޭނގިގެންނޭ ބުނެލިއެވެ. އޭރު ހީޒަލްހުރީ ދުރަށް ބަލަހައްޓައި ގެންނެވެ. ގިނަ އިރު ވަންދެން ރައްޔާންގެ މޫނަށް ބަލަން އިނުމަކީ އޭނާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. ރާއިފް އަލުން އޭނާގެ ކުރި މައްޗަށް އެރުމެކޭ އެއްފަދައެވެ. އެމީހުން ދިއުމުން ހީޒަލް އެތަނުގައި ހުރި ގޮނޑިއެއްގައި އިށިންނަމުން މައްޗަށް ބަލާލިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިންދަލަމުން އުޑާއި ދިމާލަށް ބަލާލިއެވެ. ބޮލުގައި އޮޅާފައިވާ ތުވާލި ނައްތާލަމުން ހީޒަލް ކައިރީގައި ހުރި ޖޯލީގައި އަޅުވާލިއެވެ. ދެއަތުން މޫނު ފޮރުވާލަމުން ހީޒަލް ލޯ މަރާލިއެވެ. އަދި އެންމެ ފަހުން ރާއިފް ފެނުނު ދުވަސް މަތިން ހަނދާން ކޮއްލިއެވެ.

ރައްޔާން
މިޤްދާދްއާއި ވާހަކަ ދައްކަން ހުރުމަށްފަހު ރައްޔާން ދިޔައީ ގެއަށެވެ. ކޮޓަތިއަށް ވަނުމާއެކު ރައްޔާން ފޯނު ހުޅުވާލިއެވެ. އަދި ފޯނާއި ދިމާލަށް ބަލާލީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ.
“އައި ވޯންޑް ޔު.. ސްޓޭ ދަ ފަކް އަވޭ ފްރޮމް ހަރ.. އައި ވިލް ކިލް ޔޫ ޓޫ”
ރައްޔާން ކޮންމެހެން އެގެއަށް މިއަދު ދިއުމުގެ މަޤްސަދަކީވެސް އޭނާގެ ފޯނަށް މިއަންނަ މެސެޖް ތަކަކީ ހީޒަލްގެ ސަބަބުން އަންނަ އެއްޗެއްތޯ ޔަޤީން ކުރާށެވެ.
ނުނިމޭ

17
4
މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

6 ކޮމެންޓް - ލިޔުން: ”ޖާދޫވި މޫނު (5)“

Leave a Reply

Your email address will not be published.