ފުރަތަމަބައި ނިއުސާގެ އަލަތުކައިވެންޏާއިއެކު ދިރިއުޅުން މާލެއަށް ބަދަލުކުރި ނަމަވެސް، އޭނާގެ ރަހުމަތްތެރިންނާއި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްފަދައިން މިހާރު ވެސް އެބައިމީހުންނަކީ ނިއުސާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭނާގެ ފިރިމީހާ މާހިދު ފިޔަވާ އެހެންބަޔަކާއިއެކު ނިއުސާ އެންމެގިނައިން ވަގުތު ހޭދަކުރަން ބޭނުންވާ އަދި ހޭދަކުރާ ބަޔަކީ ވެސް އެބައިމީހުންނެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އެބައިމީހުން އެކުގައި ހޭދަކުރެއެވެ. ނިއުސާގެ އަލަތުކައިވެންޏާއިއެކު މާލެއަށް ބަދަލުވިތާ މަހެއްހާ ދުވަސް ފަހުން، […]
Series: ކަޅިސް
ކަޅިސް
ދެވަނަބައި އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތަކުގައި އޮފީހުގެ އެހެންވެސް މުއައްޒަފުންނެކޭ އެއްފަދައިން ނިއުސާ އާއި ޔާނިހު ވެސް ބައިވެރިވިއެވެ. ހުރިހާ މުއައްޒަފުން ވެސް މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ ހިތްވަރާއި އެކުގައެވެ. އެގާރަޖެހުމުން މަސައްކަތްތައް މިރެއަށް ހުއްޓާލާފައި ހުރިހާ މުއައްޒަފުން ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީގެ ވަގުތުގައި ވެސް ފެންނަމުންދިޔައީ އެއްމުއައްޒަފަކު އަނެއް މުއައްޒަފަކާއި އޮންނަ ގާތްކަމާއި ރަހުމަތްތެރިކަމެވެ. އޮފީހުގެ ވެރިންނާއި މުއައްޒަފުންގެ މެދުގައި ތަފާތު ނުބޭއްވުމުން […]
ކަޅިސް
ނިމުން ނިއުސާ އާއި މާހިދުގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވެގެން ދިޔައީ އެވަގުތުއެވެ. އެއާއެކު ނިއުސާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ހިތާމަކޮށްކޮށް މިލާމޯޅިވެ ތާޒާކަން ކެނޑިފައިވާ އެމޫނާއި ހިކިއަނަރޫފަ ވެފައިވާ އެނިކަމެތި ހަށިގަނޑު ފެނުމުން މާހިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބޮޑުވަމުންއައި ބަނޑަށްވުރެ ބޮޑަށް ނިއުސާގެ މޫނުމަތިން އެހެންކަމެއް މާހިދަށް ފާހަގަކުރެވުނެވެ. އެއާއެކު އެކަން ޔަގީންކުރަން ވެސް މާހިދު ބޭނުންވިއެވެ. ކޮންމެ މީހަކު ކޮންމެގޮތަކަށް ވާހަކަދެއްކި ނަމަވެސް ނިއުސާއާމެދު އޭނާ ގޮތެއް […]