ހަޤީޤީ ހިތާމަ ލޯބީގެ

ހުރިގޮތްހޭމީ

‎އުފާވެރި ދިރިއުޅުމެއް އެންމެންވެސް ބޭނުންވާނެއެވެ. އުފާވެރި ކާމިޔާބު ދިރިއުޅުމެއް ހޯދުމައް އަނެކާގެއެހީ ބޭނުންވެއެވެ. މިކަންމީ ދުނިޔޭގެ ގާނޫނުގާ ލިޔެވިފަވާގޮތެވެ. ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއައް އިންސާނާ އުފަންވަނީ ﷲ ގެ އިރާދަފުޅުން އަންހެނަކާ ފިރިހެނެއްގެ (މަންމަ ބައްޕަ) ގުޅުމުންނެވެ. ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެދަރިޔައް ލޯތްބާ އަޅާލުން އިންތިހާޔައް ބޭނުންވެއެވެ. ކަންމިހެން އޮތްކަމުގާ ވީނަމަވެސް ދަރިންގެ މުސްތަގުބަލައް ނުބަލާ ކައިވެނި
ރޫޅާލަނީ ނުވަތަ ވަރިފަށައްއަރަނީ
މަދަކުންނޫނެވެ. މިކަން މިކުޑަކުޑަ ދިވެހިރާއްޖޭގަ
ހިގަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ.
ދުނިޔޭގެ ވަރިކުރުންއެންމެގިނަ ގައުމުތަކުގެ
ލިޝްޓުން ދިވެހިރާއްޖެ ކުރީސަފުން ޖާގަހޯދުމަކީ
ލިބޭފަހުރެއް ނޫނެވެ. އުފާކުރަންޖެހޭ ކަމެއްވެސް
ނޫނެވެ. މިއީކަންބޮޑުވާންޖެހޭ ބޮޑުމައްސަލައެކެވެ.
ދެމަފިރިން ކައިވެނިރޫޅުމުން ގިނަފަހަރު ދަރިން
ބެލުމުގެ ޒިންމާނަގަނީ އެދަރިފުޅުގެ މަންމައެވެ.
މިއީގިނަފަހަރު ކަންހިގާ އުސޫލުވެސްމެއެވެ.
މަންމަގެލޯބި ދަރިޔައްދެމުން ބައްޕަގެލޯބި ދަރިޔައް
ދެވޭތޯ މައިންކިތަމެވަރަކައް އުޅުނުކަމުގަވިޔަސް
މަންމަޔައް ބައްޕަޔެއްގެ ލޯބި ދަރިފުޅައް ދެވިދާނެ
ކަމާމެދު ސުވާލު އުފެދެއެވެ. ހަގީގަތައްބުނާ
ކަމުގަވާނަމަ މަޔަކައް ބަފަޔެއްގެރޯލު އަދާކޮށެއް
ނުދެވޭނެއެވެ. ފިރިހެންދަރިޔެއްގެ ހައިސިއްޔަތުން މިކަންތަޖުރިބާ
ކުރެވިފަވީތީއެވެ. ދަރިން ފުރާވަރައްއެޅުމުން
މަންމަކައިރީ ބުނަންނުކެރޭ ވާހަކަތަކާ ދައްކަން
ނުކެރޭ ވާހަކަތައް ހުންނާނެކަން ކަށަވަރެވެ.
މިކަހަލަ ވާހަކަތަކާ ކަންކަމަކީ ބައްޕަޔައް ކިޔައިދީ
އެކަމަކުން ލަފާހޯދަންޖެހޭ ކަންކަމައްވާއިރު”
ކަންކަމުން ލަފާހޯދާ މަޝްވަރާކޮއްލަން ބައްޕަ
ދަރިފުޅުކައިރީ ނެތުމުން ދެންވާނެ ގޮތަކާމެދު ވިސްނާލަމާހެވެ.
އާދުވަހަކައް އިރުއެރީ ގުދުރަތުގެ ރީތިކަން ދުނިޔެމައްޗައް ވެރިކުރަމުންނެވެ. ފަތިސްނަމާދު
‎ ކޮއްލައިގެން މިސްކިތުގަ ގުރުއާން ކިޔަވާލަން
‎ އިނުމައްފަހު މިސްކިތުންނިކުމެ ގެޔާދިމާލައް
‎ އަަރެން މިސްރާބުޖެހީމެވެ. ވަގުތުގެގޮތުން މަގުމަތިން ފެންނަމުންދަނީ ފަޅުކަމެވެ. މިސްކިތުން
‎ ފަތިސްނަމާދު ކޮއްލައިގެން ގޯއްޗައްދާ މީހުން
‎ ދޭތެރެޔަކުން ފެނުނެއްކަމަކު މަގުމަތިވަރައް އަމާނެވެ. ފެންވަރައިގެން ޔުނީފޯމުލާ ސުކޫލައްދާން
‎ ތައްޔާރުވެގެން ބަދިގެފަރާތައް ނުކުތްއިރުު މަންމަ
ގޯތިތެރޭ ކުނކަހަން އަވަދިނެތި އުޅެމުންދިޔައެވެ.
ދަރިފުޅާ އާދިލް ކާމޭޒުމަތީ ހުންނާނެ ސައިހަދާފަ
ރަގަނޅައް ސައިބޮއިގެންދާތި’ އަހަރެން ފެނުމުން
މަންމަ ބުނެލިއެވެ. މިޔަދު އަހަރެންގެ ހަމައެކަނި
ހުރިމީހަކީ ލޯބިވާ މަންމައެވެ.އާއިލާކިތަމެ ބޮޑުވެފަ
މުސްސަދިވިކަމަކު އެކަމުން އަހަރެންނަކައް މާބޮޑު
އުފަލެއް ނުލިބެއެވެ. އަހަރެން ތުއްތުއިރު މަންމަގެ
ކައިވެނި ރޫޅިފަވުމުން އަހަރެން ބަލާބޮޑުކުރީ މަންމައެވެ. ބައްޕަގެލޯބިން އަހަރެންވަނީ މަހުރޫމު ވެފަަައެވެ.
އަހަރެން ސުކޫލައްދަނީ ދާހިތަކުންނޫނެވެ.
މޮޅައްކިޔަވާ ރަނގަޅު ނަތީޖާޔެއް ހޯދުމަކީ
އަހަރެންނާމެދު މަންމަދެކޭ ހުވަފެނެކެވެ.
ކުރާއުންމީދެވެ. ސުކޫލު ލޮލައްފެނުމާއެކު މުޅިމީހާ
މާޔޫސް ވެއްޖެއެވެ. ހާސްވެ މޫނުމަތިން ދާހިއްލަން
ފަށައިފިއެވެ. މިއީސުކޫލު ފެނުމާއެކު އަހަރެންނައް
ވަމުންދާ ގޮތްތަކެވެ. ސުކޫލުގެ ގޯތިތެރެޔައް
މަޑުމަޑުން ދެކޮޅުބަލާލީ ހާސްކަމާ ބިރުންހުރެއެވެ.އިސްދަށައްޖަހައިގެން ކުލާހާދިމާލައް
އަހަރެން މިސްރާބުޖެހީމެވެ. މިޔަދުވެސް ކުލާހައް އެންމެކުރިންއައީ އަހަރެންނެވެ. މީވެސް ނަސީބެކެވެ. ކުޑަކުޑަ
ވަގުތުކޮޅަކައް ނަމަވެސް ކުލާސްކުދިންގެ އުދަގުލުން
އަހަރެން ސަލާމަތްވީމައެވެ. ދަބަސް މޭޒުމަތީ
ބެހެއްޓުމައްފަހު ޗޯކުބުރިޔެއްނަގާ ދުވަހުގެތާރީހު
ބޯޑުގާލިޔެލީ ފަރުވާތެރިކަމާއެކުއެވެ. މަދުމަދުންކުދިން ކުލާހައް ޖަމާވަމުންދެއެވެ. ކޮންމެމީހަކުވެސް އަހަރެން ފެނުމާއެކު މޯނިންގު މެސެޖަކުން ފޮށިލައެވެ.
.ނުނިމޭ.

6
0
 • ހުރިގޮތްހޭމީ
މިއީ " ހުރިގޮތްހޭމީ " އަށް ހުށަހަޅާފައިވާ 1 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
Yaan
Liyun theri kamuge dhaairaain kuriah dhiyumakee alhugandu Emme kuraahithun kuraa ehkanthah vaahaka ge ithurun mazumoon lhen mauloomaathu himeney liyunthah liyumakee alhugandu ge amaaz

2 ކޮމެންޓް - ލިޔުން: ”ހުރިގޮތްހޭމީ“

  1. ޝުކުރިއްޔާ އަޅުގަނޑު(ޔާން) މިވާހަކަ ލިޔަމުންމިދަނީ ޔާންގެ ފޯނުން އެހެންވެދިމާވި މައްސަލަޔެއްމީ! މާފައްއެދެން ކުރިޔައްހުރި ލިޔުންތައް ރަނގަޅުކޮއްލާނަން. ޝުކުރިއްޔާ ފާހަގަކޮއްލި ހިޔާލައް
   ކިޔުންތެރިންގެ އެހީތެރިކައް ކިޔުންތެރިންގެ ހިޔާލައް އަބަދުވެސް ޔާން އިހުތިރާމް ކުރަން.

   5

   0

Leave a Reply

Your email address will not be published.