ލޯބީގެ

ޖާދޫވި މޫނު (2)

ރައްޔާން ސިކުނޑިއަށް ބާރު ލަމުން ދިޔައީ އެލަވަ އަޑު އިވުނު ތަނެއް ހަނދާން ކުރާށެވެ. އެކޮޅުން ފޯނު ކަނޑައިލި އިރުވެސް ރައްޔާން ހަނދާން ވާ ގޮތެއް ނުވިއެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ރައްޔާން އަނެއްކާވެސް އެނބުރުނީ އޭނާ ކުރަން ހުރި މަސައްކަތަށެވެ. މީހަކު ކުރާ ސަމާސާއަކަށްވެސް ވެދާއެވެ. އެހެން ނޫންނަމަ ނުވެސް ދަންނަ މީހަކަށް ގުޅައިގެން ލަވައެއް ޖެހުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ހީޒަލް
ހެނދުނު ހެނދުނާ ހެން ހީޒަލް ތެދުވެގެން ބެލްކަންޏަށް ނިކުމެއްޖެއެވެ. ގަސްތަކަށް ފެންދީފައި ދެން އެނބުރުނީ އޭނާ ގެންގުޅޭ މަސްތަކާއި ދިމާއަށެވެ. ބޮއުލްގައި އިން މުށި ކުލައިގެ މަސް ތަންކޮޅެއް ބަލިހެން ހީވުމުން އޭނާ އޭގައި ފެން ބަދަލު ކޮއްލިއެވެ. ހީޒަލް ދެން އެތެރެއަށް ވަނީ މަންމަ ގޮވާ އަޑު އިވުމުންނެވެ. ތައްޔާރުވެގެން އަވަހަށް ތިރިއަށް ފޭބިއެވެ. ސައިބޯނެ ވަގުތު ނެތުމުން ތަށިން ކައްކާފައި އޮތް ބިހެން ހިފައިގެން އަވަހަށް ބޭރަށް ހިނގައި ގަނެއްޖެއެވެ.
މަގު މައްޗަށް ނިކުމެ ވުނުއިރުގައި ހީޒަލް ބިސް އެއްކޮށް ކައި ނިންމައިލިއެވެ. އަވަހަށް ދަބަހުން ފޯނު ނަގައި ގަޑިން ވީވަރު ބަލާލިއެވެ. 10 މިނެޓް އިނުމުން އަވަސް ފިޔަވަޅު ތަކެއް ނަގަމުން ހީޒަލް ކުރިއަށް ދާންފެށިއެވެ. އޮފީހަށް ދާން ޖެހެނީ ބަންޑާރަ ކޮށި ކައިރިން ކަމަށް ވުމުން ހީޒަލް އަބަދުވެސް ދަނީ އިސްޖަހާލައިގެންނެވެ. ކުރީގެ ހަނދާން ތަކުގެ ތެރެއަށް ގެނބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް މަގު ހުރަސް ކުރަން އަޅާލި ފިޔަވަޅާއިއެކު ހީޒަލްއަށް ހުއްޓުމެއް އަތުވެއްޖެއެވެ. މަޑު ހިނގުމެއްގައި ގޮސް ބަންޑާރަ ކޮއްޓަށް ވަތް މީހާއަށް ބަލަން ހީޒަލް ހުރީ ދެލޯ ބޮޑު ކޮއްލައިގެންނެވެ. ފުރަގަހުން ނަމަވެސް އޭނާއަށް އެހިނގުމެއް ނުއެއް އޮޅޭނެއެވެ. އެއީ އޭނާގެ ރާއިފް އެވެ. ހީޒަލް އެއްވެސް އިހުތިޔާރަކާއި ނުލައި އެދިމާއަށް ހިނގައި ގަނެވިއްޖެއެވެ. އަރުތެރެ ބެދެމުނުމް ހީޒަލް ހިންދިރުވާލީ ކަރުތެރެއަށް ވަމުން ދިޔަ ތަދު ކުޑަ ވާނެ ކަމަށް ހީކޮށެވެ.
ވަކި ހިސާބަކުން ދުރުން އައި މީހެއްގެ ގައި އޭނާ ޖެހިއްޖެއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ހީޒަލަށް މަޖުބޫރުވީ އެދިމާލަށް ބަލާލާށެވެ. ކުރިމަތީގައި ހުރި މީހާ މޫނަށް ބަލާލާފައި އަނެއްކަވެސް ހީޒަލް ގޭޓާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް މިހާރު ރާއިފް ފެންނާކަށް ނެތެވެ. މީ އޭނާއަށް ހީވި ގޮތެއް ހެއްޔެވެ؟ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަކާއި އެކުގައިވެސް އަނެއްކާވެސް އެދިމާލަށް ބަލާލިއެވެ. ނަމަވެސް ނަމަވެސް ގޭޓު ކައިރީގައި ސެކިއުރިޓީއަށް ހުރި ކުއްޖާ ފިޔަވައި އެހެން މީހަކު ފެންނާކަށް ނެތެވެ.
“ހީޒް…” އޮފީހަށް ވަދެގެންއައި ހީޒަލް ފެނުމުން ދުރުން ޔުމްނާ ގޮވާލިއެވެ.
“ހޫމް” ގެއްލިފައި ހުރެގެން ހީޒަލްއަށް ބުނެވުނީ އެވަރަށެވެ. ތިރިއަށް އެލުވައިލި ދެއަތާއެކު އޭނާ ފުންކޮށް ނޭވާއެއް ދޫކޮއްލިއެވެ.
“އެއްވެސް ކަމެއް ނުވޭ…” ހިނިތުން ވުމެއް ވެރިކޮއްލަމުން ހީޒަލް ދުރަށް ބަލާލިއެވެ. އޮފީހުގައި މަސައްކަތުގައި ކިތަންމެ ވަރަކަށް އުޅުން ނަމަވެސް ހީޒަލްގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ.
އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އޭނާ ދިޔައީ ތަންކޮޅެއް ބާރަށް ހިނގާފައެވެ. ތިރިއަށް ބަލަމުން ދިޔަ ހީޒަލް ހީވަނީ އެއްފަހަރުވެސް މަގަށް ނުބަލަން ހުރިހެންނެވެ. ގޭގެ ދޮރާއި ހަމައަށް ދެވުނު އިރުގައިވެސް އޭނާ ހުރި އިސްޖަހާލައިގެންނެވެ. ހުޅުވިގެން ދިޔަ ދޮރު ފެނުމުން ހީޒަލް ދޮރަށް ބަލާލިއެވެ. ކުރިމަތިން ބައްޕަ ފެނުމުން އެއްފަރާތަކަށް ޖެހިލާފައި ބައްޕަ ނިކުންނަން ތަން ދައްކާލަމުން އެތެރެއަށް ދެމި ގަނެއްޖެއެވެ. ހީޒަލް ދިޔަ ގޮތަށް ވެއްޓިގަތީ އެނދަށެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އޭނާ އެއްޗެހިވެސް ބަދަލު ކުރާކަށް ބޭނުމެއް ނުވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއެކުވެސް ހީޒަލް މަސައްކަތް ހުރީ ހިނިތުން ވެވޭތޯއެވެ. ނަމަވެސް އޭނާ މިހާރު ހިނިތުންވާންވެސް ހަނދާނެއް ނެތެވެ. ކަނާތް ފަރާތަށް ފުރޮޅުނު ގޮތަށް ހީޒަލް ލޯ މަރާލިއެވެ.
“ބޭބީ..” ކައިރިން އިވިގެން ދިޔަ ރާއިފްގެ އަޑުން ހީޒަލް ލޯ ހުޅުވާލިއެވެ. އޭރު ރާއިފް އެނދުގައި އޭނައަށް ބަލަހައްޓައިގެން އޮތީ އެއް އަތް ބޯދަށް ލައިގެންނެވެ. ހިފަހައްޓަމުން ދިޔަ ކަރުނަތައް ލޮލުގެ ކަނުން ލާފައި ފައިބައި ގަތުމުން ހީޒަލް އަތުގެ ނުފުށުން ފުހެލަމުން އަނެއްކާވެސް ލޯމަރާލިއެވެ.
“ޔޫ ލައިޑް…” ގިސްލެވެމުން ދިޔަ ހީޒަލަށް ބުނެވުނީ އެވަރަށެވެ. ކަރުތެރެއަށް ތަދުވަން ފެށުމުން އޭނާ މަޑުމަޑުން ކަރުގައި ފިރުމާލިއެވެ. ނަމަވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި ލޮލުން ފައިބައިގަތް ކަރުނަވީ އިތުރެވެ.
“މި ހުރީއޭ..” ރާއިފް އަތް ނަގައި މަޑު މަޑުން ހީޒަލްގެ ކޮލުގައި ހިފާލަމުން އަނެއްކާވެސް ހިނިތުން ވެލިއެވެ.
ސީމާ މައްޗަށް އައީ މިއަދު ހީޒަލް ލަސްވުމުންނެވެ. ކޮޓަރީގެ ޓަކި ޖަހާލަމުން ނުހުޅުވުމުން ސީމާ ދޮރުގައި ހިފާ ކުޑަކޮށް ހުޅުވާލިއެވެ. ހީޒަލް ކުރުޖެހި ލައިގެން ނިދަން އޮތުމުން ސީމާ ކައިރިއަށް ޖެހިލިއެވެ. ނިދީގައި ހީޒަލް އޮތީ ކޮންމެވެސް އެއްޗެއް ހިފަހައްޓައިގެންނެވެ. ނިދީގައި ގިސްލެވެމުންދިޔަ ކުއްޖާއަށް ބަލާލަމުން ސީމާ ހީޒަލްގެ އަތުގައި އޮތް ފޮޓޯ ލޯގަނޑު ބަލާލިއެވެ. އެއީ ހީޒަލްއާއި ރާއިފްގެ އެންމެ ފަހުގެ ފޮޓޯއެވެ. މީގެ ދެއަހަރު ކުރިއޭވެސް ނުބުނާއެވެ. އޭގެއަށް ބަލަން އިނުމަށްފަހު ސީމާ އެ ކަނާތް ފަރާތުގައި ހުރި ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން ހީޒަލްގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅާ… ހީޒު” ސީމާ ކަރުކެހިލަމުން ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
“މަންމާ…” ލޯ ހުޅުވާލި ހީޒަލް އެހެން ބުނަމުން އަވަހަށް ތެދުވެ ގަޑިއަށް ބަލާލައިފިއެވެ.
ވަށައިގެން އެކި ދިމަދިމާލަށް ބަލާލި ހީޒަލް ހީވީ އެއްޗެއް ހޯދަން އުޅުނު ހެންނެވެ. ހިނދުކޮޅަކަށް ނަމަވެސް ކައިރީގައި ހުރި މަންމަ މަތިން ހަނދާން ނެތުނެވެ.
“ދަރިފުޅާ..” ސީމާ ސިފަވަމުން ދިޔައީ މީގެ ދެއަހަރު ކުރީގެ ހީޒަލްއެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަން އުތުރި އަރައިގަނެއްޖެއެވެ. ތަންކޮޅެއް ބާރަށް ހީޒަލްގެ އަތަށް ހިފައި ދަމާލުމުން އޭނާ ސީމާއާއި ވީ ފަރާތަށް އެނބުރެމުން ހިނިތުން ވެލިއެވެ.
“މަންމާ… މިދަނީ އެނގޭ..” ހީޒަލް ކޮނޑުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ. އެވަގުތު ފޯނަށް ނުދަންނަ ނަނަބްރަކުން ގުޅާލުމުން ހީޒަލް ބަލާލައިފިއެވެ. އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ނުގުޅާތާ ދެއަހަރު ވެއްޖެއެވެ. އެވަރު ކަމަކަށް ނަހަދައި ފޯނު ބޭއްވުމަށްފަހު ހީޒަލް ފާހާނާއަށް ވަދެއްޖެއެވެ.
# # # # #
ހީޒަލަށް ހޭލެވުނު އިރުގައި ކައިރީގައި މަންމައާއި ބައްޕަގެ އިތުރުން ރަޒިއްޔާވެސް ހުއްޓެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ މޮޅިވެރިކަމެވެ. ކޮންމެ މީހަކުވެސް ހީޒަލްއަށް ބަލާލީ މާފަށް އެދޭ ފަދަ ގޮތަކަށެވެ. އެއާއެކު އޭނާ ތެދުވެ ގަޑިއަށް ބަލާލައިފިއެވެ. އޭނާ ހޮސްޕިޓަލުގައި ހުރީ ހެނދުނުގައެވެ. މިހާރު މިއޮތްގެން ހައެއް ޖަހަނީއެވެ.
“ކޮބާ ރާއީ؟” އެންމެ ފުރަތަމަވެސް ހީޒަލް ބުނެލީ އެހެންނެވެ.
“ދަރިފުޅާ.. ކޮންމެ މީހަކު..”
“ކޮބާހޭ ރާއި..” ހާމިދުއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ހީޒަލް ހަޅޭއްލަވައިގެނެއްޖެއެވެ. އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ހީޒަލްއަކީ މީގެ ކުރިން އޭނާގެ ބައްޕައާއި އިސްއުފުލާ ވާހަކަވެސް ދެއްކި ކުއްޖެއް ނޫނެވެ.
“ރާއި އަސުރު ފަހު ވަޅުލައިފި..” ރަޒިއްޔާ ކަރުނުން ފުރިފައިވާ ލޮލުން ބަލާލަމުން ބުނެލިއެވެ.
“ނޫން.. ރާއި ބުނި އަބަދުވެސް އަހަރެން ކައިރީގައޭ ހުންނާނީ..” ހީޒަލް ދެލޯ ބޮޑުކޮއްލަމުން އެންމެނަށް ބަލާލިއެވެ. ހާމިދު ހީޒަލްގެ މޫނަށް ބަލާލީ ބީރައްޓެއްސެއް ފަދައިންނެވެ. މިހާރު އޭނައަށް ފެންނަމުން ދިޔައީ އޭނާގެ ހީޒަލްއެއްނޫނެވެ.
“މިހިރީނު ..” ހީޒަލް އޭނާގެ އެނދުކައިރީގައި ހުރި ފޮޓޯ ދައްކާލަމުން ބުނެލިއެވެ. އިސްތަށިގަނޑުއެތެއަށް އަތް މަހާލަމުން ހީޒަލް މޫނާއެކު އަތް ހިންގާލިއެވެ. އަދި މެއާއި ދިލާލުން ގެނެސް ލައިގެން ހުރި ޓީޝާޓް ބޮޑިކޮއްލަމުން ގިސްލަގިސްލާފައި ރޯންފަށައިފިއެވެ.
“ބައްޕާ… ރާއި ކައިރިއަށް ހިނގާބަލަ.. އެތަނުން ރާއީ ނެގީމަ އޯކޭވާނެ.. ރާއި ބުނި ދުވަހަކުވެސް ނުދާނަމޭ..” ހީޒަލް އައިސް އޭނާގެ ބައްޕަގެ ފައިކައިރީގައި އިނށީގެ ކަކުލުގައި ހިފާލަމުން ބުނެލިއެވެ.
“ބައްޕާ ޕްލީޒް.. ބައްޕަ ބުނީމެއްނު ހީޒަލް ބުނި ކޮންމެ އެއްޗެއްވެސް ދޭނަމޭ.. އަޅުގަނޑު ބޭނުމީ ރާއި.. ޕްލީޒް އަޅުގަނޑަށް ރާއި ދީ..” ހީޒަލް ހާމިދުގެ ކަކުލުގައި ބޯ ޖައްސާލައިގެން އިނދެ އާދޭސް ކުރަމުން ދިޔައީ އެންމެ ކަމަކަށެވެ. ހާމިދު ދުނިޔެ އުމުރު މަސައްކަތް ކުރީ އޭނާގެ ދެދަރިންނަށްޓަކައެވެ. މީ ހީޒަލް ކަމަކަށް އެނދުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ހުރިހަމަ ހަމައެކަނި އަންހެން ދަރިފުޅަށްޓަކައި އޭނާއަށް އެއްވެސް ކަމެއް ކޮއްނުދެވުނެވެ.
“ހީޒަލް.. ހީޒަލްވެސް ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު….” ހާމިދުއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ހީޒަލް ދުއްވައިގަތީ ބެއްކަންޏާއި ދިމާލަށެވެ. ފާރުކައިރިއަށް ދަމުން އޭނާ އަރައި އިށީނީ ފާރުމަތީއެވެ. ހާމިދުއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ކުއްލިއަކަށްގޮސް ހީޒަލްގެ އަތުގައި ހިފާ ތިރިކޮއްލައިފިއެވެ. ހުރިހަމަ އެކަނި އަންހެންދަރި ލޯ ކުރިމަތީގައި މޮޔަވާތަން ދެކޭކަށް އެއްވެސް ބަފަޔަކަށް ނުހުރެވޭނެއެވެ.
“ނޫ..ނޫން.. ނޫން..” ފައިޖެހުމާއެކު ހީޒަލް ހަޅެއްލަވަމުން ދިޔައީ އަނެއްކާވެސް އެތަނަށް އަރާށެވެ. ބައްޕަގެ އަތުން ވީއްލި ގަނެގެން މަރުވާށެވެ.
“ހީޒަލް…” ހާމިދުގެ އަތަށް ލެވޭހައި ބާރެލްލަމުން ހީޒަލްގެ މޫނުގައި ޖަހާލިއެވެ. އެއާއެކު އޭނާ މައިތިރިވެއްޖެއެވެ. އަޑެއް ނުނިކުތް ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.
# # # # # #
ފެންވަރާލައިގެން ނިކުތް ހީޒަލް ބެލްކަނީގައި ހުރި ޖޯލީގައި އިށީންނަމުން ގަސްތަކުގައި އަތް ޖައްސާލައިފިއެވެ. ނޭފަތަށް ފާޑެއްގެ ގޮތެއް ހަދާލަމުން ހީޒަލް ޖޯލީގައި ބުރަކަށި ޖައްސާލަމުން މަތި ބަލާލައިފިއެވެ. އެއާއެކު ޖެހިގެން ހުރި ގޭގެ މަތިން މީހަކު ކުއްލިއަކަށް އަނެއް ފަރާތަށް ދިޔަތަން ހީޒަލަށް ފެނުނެވެ. މެއަށް ފިނިވާ ގޮތް ވުމުން ހީޒަލް އެތަނުން ތެދުވެގެން ކޮޓަރިއަށް ވަދެއްޖެއެވެ. ނަމަވެސް އަނެއްކާވެސް އައިސް ޖޯލީގައި އިށީންނަމުން ލޯމަރާލިއެވެ. ބިރާއި ކުރިމަތި ލައިގެންނެވެ.

ރައްޔާން
ފާރުކައިރީގައި އިށީނދެގެން އިނުމަށްފަހުގައި ރައްޔާން މަޑުމަޑުން އަނެއްކާވެސް ބަލާލައިފިއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ހީޒަލްގެ މޫޒަށް ނަޒަރު ހުއްޓާލީ ޚިއްވެ ކަމެއް ނޭނގުނެވެ. ކޮންމެވެސް ތަނަކުން ދެނުކު ކުއްޖެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟ ސިކުނޑިއަށް ބާރުލަމުން ރައްޔާން އަދިވެސް ހުރީ އެ ހިޔާލުގައެވެ.
އެހެން އިނދެފައި ރައްޔާން ގޮސް އިށީނީ ދުރުގައި ބަހައްޓާފައި ހުރި ގޮނޑީގައެވެ. ފޯނު ވައިބްރޭޓް ވާން ފެށުމުން އޭނާ ފޯނަށް ނަޒަރު ހިންގާލައިފިއެވެ. ފޯނަށް އަރާފައިވާ ނަން ފެނުމުން ކަނޑާލުމަށްފަހު އޭނާ ހިނގައިގަތީ ތިރިއަށް ދާށެވެ. ތިރިން ފައިބައިގެން ދިޔަ ރައްޔާނަށް ތިރީގައި މާއަޑުމަޑުހެން ހީވުމުން އޭނާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ފައިބައިފިއެވެ.
“ރައްޔު..” ދުރުން ރަޒިއްޔާ ފެނުމުން ރައްޔާންގެ ބުމަ ކައިރި ކޮއްލައިފިއެވެ.
“ބައްޕާ..” ރައްޔާން އުނަގަނޑުގައި އަތް ވިއްދާލަމުން ހޯދާލީ ރިޔާޒެވެ. ކުރިމަތީގައި ހުރި ރަޒިއްޔާއަށް ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“މަންމާ.. ކާކު މީނަ މިގެއަށް ވެއްދީ..” ދުރުގައި ހުއްޓިހުރި ސިޔާޒާއަށް ބަލާލަމުން ރައްޔާން ބުނެލިއެވެ.
“އެއްފަހަރުވެސް ރައްޔާންގެ މަންމަ ދައްކާ ވާހަކަ އަޑު އަހާލަބަ..” ސިޔާޒާ ބޭނުންވީ އެދެމައިންނަށް ފުރުސަތު ދޭށެވެ.
“މަންމަ މިއައީ ވަރަށް ބޮޑު ކަމަކު ކިޔަން ވެގެން.. މީތިމީ ރާއި” ކައިރިއަށް ޖެހިލަމުން ރަޒިއްޔާ އުޅުނީ ރައްޔާންގެ އެތުގައި ހިފާލާށެވެ. ނަމަވެސް ރައްޔާން ފަހަތަށް ޖެހިލަމުން ދެއަތް މައްޗަށް ނެގި ގޮތުން ރަޒިއްޔާ ފުންކޮށް ރައްޔާންގެ ލޮލަށް ބަލާލައިފިއެވެ. އެލޮލުން ފެންނަނީ އޭނާއަށްޓަކައި ނަފުރަތެވެ.
“އަހަރެންގެ މަންމަ އެހެރީ..” ދުރުގައި ހުރި ސިޔާޒާއަށް އިޝާރާތް ކޮއްލަމުން ރައްޔާން ބުނެލިއެވެ.
“ރައްޔާންއަށް ދޭން ރާއި އެއްޗެއް ދީފަ އޮތީމަ މިއައީ..” ރަޒިއްޔާގެ އަތުގައި އޮތް ކުޑަކުޑަ ފޮށި މޭޒުމަތީގައި ބާއްވަމުން ގެއިން ނިކުންނަން ހިނގައި ގަނެފިއެވެ. އޭނާ ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދުނިޔޭގައި ލޯމަތީގައި ފެންނަން ހުރި ދަރިފުޅުވެސް އޭނާއަށް ކުރަނީ ނަފުރަތެވެ. އެހެން ނުވާންވި އެއްވެސް ސަބަބެއް ނެތެވެ.
ރަޒިއްޔާ ގެއިން ނިކުތްތަން ބަލަން ހުރެފައި ރައްޔާން މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮށީގައި ބާރަށް އަތުން ޖަހާލައިފިއެވެ. ބުރައިގެންދިޔަ ފޮށީގެ ތެރެއިން އެއްޗެއް ޓައިލްސް މަތީގައި ޖެހިފައި ބުރައިގެން ގޮސް ޖެހުނީ އޭނާގެ ފައިގެ ބުޑުގައެވެ. ވިދަ ވިދައި އޮތް އޭތި ނަގަމުން ރައްޔާން އޭގެއަށް ފުންކޮށް ބަލާލައިފިއެވެ. އެއީ 4 ވަރަކަށް ކެރެޓްގެ މޮސަނައިޓްއެކެވެ. ޕިއަރ ކަޓްގައި އެއަގުހުރި ޖަވާހިރު ފެންނަލެއް ވަރަށްވެސް ލޯތްބެވެ. އޭގެ ވަށައިގެން ޖަހާލާފައިވާ ކުދިކުދި ޖަވާޖިރުތަކުން އޭގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިހާ އަގުބޮޑު އަނގޮޓިއެއް ރާއިފް އޭނާއަށް ދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ އަންހެން ކުއްޖެއްވެސް ނޫން ވިއްޔާއެވެ؟ ރައްޔާން އޭތި ވަށައިފެން ބަލައިލީ އޭގެއަށް ގޮތެއްވެފައި އޮތްތޯއެވެ. ނަސޫބަކުން ގޮތެއް ވެފައެއް ނެތެވެ.
ނުނިމޭ

4
1
މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

1 ކޮމެންޓް: ލިޔުން ”ޖާދޫވި މޫނު (2)“

Leave a Reply

Your email address will not be published.