ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [5]

އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެކެވެ. އަހަރެންނަކަށް އެރެޔަކު ނުނިދުނެވެ. ހީކަރުވާ ވަރުން މުޅިމީހާ ތުރުތުރު […]

މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ބިރުވެރި ލޯބީގެ

އެރޭފަތިސް

ރެއަކީ ކަނޑުމަޑު ވައިމަޑު މޫސުމް ރީތިރެއެކެވެ. ދުވަސްވަރަކީ ހަނދުމަހުގެ ސާދަފަނަރައިގެ ދުވަސްވަރުކަމަށްވާތީ މުޅި ބިމަށް ފެތުރިފައިވާ ރަންހަނދުވަރެއްގެ އަލިކަމެވެ. ބައެއްހިސާބުތަކުން ފެންނަމުންދާ މަންޒަރުތަކަށް ބަލާލުމުން މިއީ ދުވާލު ނޫންބާއޭ ވެސް ހިތަށްއަރާވަރު ވެއެވެ. އެހާވެސް އަލިވެފައި އެއަލި ސާފެވެ. ސާނިމާއި އޭނާގެ އެންމެގާތް ދެރައްޓެހިންކަމުގައިވާ އަދްހަމާއި ނާއިފް ކޮފީއެއް ބޯލައިގެން އަތިރިމައްޗަށް ނުކުތީ ވައި ޖައްސާލުމަށްޓަކައެވެ. އެހެނަސް ރެއަކީ ވައިމަޑުރެއަކަށްވާތީ އެމަޤްޞަދު އެންމެރަނގަޅަށް ހާސިލުވާގޮތެއް ނުވިއެވެ. އަތިރިމަތީ ހޮޅުއަށީގައި އިށީންދެލައިގެން ތިބިއިރު ވެސް ސާނިމްމެން ދައްކަމުން އައި […]

ލޯބީގެ

ކަޅިސް

ނިމުން ނިއުސާ އާއި މާހިދުގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވެގެން ދިޔައީ އެވަގުތުއެވެ. އެއާއެކު ނިއުސާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ހިތާމަކޮށްކޮށް މިލާމޯޅިވެ ތާޒާކަން ކެނޑިފައިވާ އެމޫނާއި ހިކިއަނަރޫފަ ވެފައިވާ އެނިކަމެތި ހަށިގަނޑު ފެނުމުން މާހިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބޮޑުވަމުންއައި ބަނޑަށްވުރެ ބޮޑަށް ނިއުސާގެ މޫނުމަތިން އެހެންކަމެއް މާހިދަށް ފާހަގަކުރެވުނެވެ. އެއާއެކު އެކަން ޔަގީންކުރަން ވެސް މާހިދު ބޭނުންވިއެވެ. ކޮންމެ މީހަކު ކޮންމެގޮތަކަށް ވާހަކަދެއްކި ނަމަވެސް ނިއުސާއާމެދު އޭނާ ގޮތެއް […]

މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [4]

ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ. “މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. ” އެހެން ބުނެފައި އަހަރެން އިތުރު […]

މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [3]

ކުއްލިޔަކަށް ހަންޓޭ އަހަރެން ނަގަނަގާ އޮތް ފޮތްމަތީގައި އަތުންޖަހާވައްޓާލިއެވެ. އެއާއިއެކު އަހަރެންނަށް ހަންޓޭއަށް ބަލައިލެވުނެވެ. އޭނާހުރީ ރުޅިއައިސް ރަތް ވެފައެވެ. އެމަންޒަރު ބަލަން ދެންތިބި ކުލާސް ކުދިން ތިބީ ފިނިވެ އަނގައިން ބުނަންވެސް ނުކެރިފައެވެ. އަހަރެންވެސް އިތުރަށް އަނގައިން ނުބުނެ ގޮނޑިން ތެދުވެ ރަނގަޅަށް ހިންދެމިލީމެވެ. އޭރު ހަންޓޭ އާއި އޭނާގެ އެކުވެރިން އަރަނީ އަހަރެންގެ ދަތްދޮޅިއާއި ހަމައަށެވެ. “ކޭ ކީއްވެ މަގޭ ބިޓާ ބެހުނީ. ” މޭފުޅާކޮށްލާފައި ހަންޓޭ އައިސް އަހަރެންގެ މޭގައި އިނގިލި ޖައްސާފައި […]

މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [2]

“އޯކޭ. ކޯއްޗެއް އާޔާ މަގޭ ފަރާތުން ބޭނުންވެގެން ތިއުޅެނީ. ؟ ރީތިކޮށް ބުނޭ. އަހަރެން އާޔާ ބުނިކަމެއް ކޮށްދޭނަން. ބޭނުންވަނީ ކެނަބިސް ކޮޅެއްތަ؟ ހެރޮއިން ކޮޅެއްތަ؟ ހޭޝް އޮއިލް ކޮޅެއްތަ؟ ވީޑް ތަ؟. ” އެއްވެސް އެދުމެއް ނެތި އާޔާކަހަލަ މުއްސަނދި ކުއްޖެއް އަހަރެންކަހަލަ މީހަކާ އެހާ ހެޔޮކޮށް އުޅޭނެކަމަކަށް ހިތް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން އާޔާއަށް ބަލާލައިފައި އަހާލީމެވެ. އަހަރެންގެ ކަންފަތް މަތިން ދިލަނަގައިގެން ދިޔައީ އާޔާގެ އަތުގެ ހޫނު އެތިފަހަރަކުންނެވެ. އާޔާ ބޯހޫރާލީ […]

މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ލޯބީގެ

އިންތިހާ އަށް ލޯބިދީފާ. . [1]

އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަހަރެން އިނީ ބުރުޒުމަގު ފްލެޓް ފާރު މަތީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެންގެ އެކަނިވެރިކަމާއި ދޭތެރޭގައެވެ. އަހަރެން ފަހީމާއްތަގެ ގެއިން ނެރެލީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެންނާއި ގުޅުން ކަނޑާލައިފައެވެ. ގިނައެކުވެރިންތަކެއް ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ދުވަސްތައް ގުނަމުން ދަނީއެވެ. އަހަރެންގެ ޢާއިލާއެއް ނެތެވެ. އެއްބަނޑު ތިމާގެ މީހެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތެވެ. […]

މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ލޯބީގެ

މޯޅި ނުވަނިސް އެމާ. . [4-ފަހުބައި]

އަހަރެންގެ ކޮޓަރީގައި މީހަކު ޓަކިޖަހާލުމުން ދޮރު ހުޅުވާލީމެވެ. އެއީ ހަމްދާނާއި އެގޭގެ ވެރިމީހާއެވެ. މުސްކުޅި ބޭބޭއެކެވެ. އެބޭބެ އަހަރެންނަށް ބޮކޮޅޭ އާއި ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާދެކެ އެންމެން ބިރުގަންނެ، ޖެހިލުން ވަނީ ކީއްވެގެން ކަމެވެ. ބޮކޮޅޭ އަކީ އެއްކަށިވީރެކެވެ. އާދައިގެ 10 މީހުންގެ ބާރު އޭނާ ގާގައި އެކަނި ހުއްނަ ކަމަށް ވެއެވެ. އޭނާގެ ނުބައި ނުލާފާކަން އެހާ ގަދަކޮށްލައިގެން އުޅެނީ އެހެންވެއެވެ. އަދި އެކަމާއި މީހަކަށް ބަހެއް ބުނަން ނުކެރިގެން އުޅެނީ ވެސް […]

މިއީ " މޯޅި ނުވަނިސް އެމާ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ލޯބީގެ

މޯޅި ނުވަނިސް އެމާ. . [3]

އެރޭ އެގެޔަށް ބޮކޮޅޭ އައީ ގޮސް އެގާރަ ޖަހާދިޔަ ފަހުންނެވެ. އެދެމައިންގެ ނަސީބުވެސް ރަނގަޅެވެ. ކައި ނިމުމާއިއެކު އަނެއްކައިވެސް ނިކުމެގެން ދިޔައީއެވެ. އަހަރެން ހުރީ އެވަގުތަށް ބަލަބަލައެވެ. އެމީހާގެ ފަހަތުން ކަހަލަގޮތަކަށް އަހަރެންވެސް ނިކުތީމެވެ. މަގުމައްޗަށް ނިކުމެގެން ހިނގައިގަންނަންދެން އަހަރެން ހުރީ އެއްފަރާތެއްގައި ނުދެނެހުރިކަމަށް ހެދިގެނެވެ. ބޮކޮޅޭ ގޮސް ޖެހިގެން ހުރި ގޯޅި އެޅުމާއިއެކު އަހަރެންވެސް ގޮސް އެ ގޯޅި އެޅީމެވެ. އޭނާގެ ފަހަތުން އަހަރެން ފާރަލަމުން ދިޔައީމެވެ. އެކިހިސާބު ތަކުގެ ބޮޑެތިން އޭނާ ފެނުމުން އަތް […]

މިއީ " މޯޅި ނުވަނިސް އެމާ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ލޯބީގެ

މަގެލޯތްބާ މަގެޔާރު

ނާހީ އާއި ފާސިރުގެ ކައިވެނި ރޫޅުނުވާހަކަ ޖަމްނާއަށް އަޑުއިވުނީ އޭނާ ރާއްޖެއައިތާ ދެވަނައަށް ވީ ދުވަހުއެވެ. ނާހި އާއި ފާސިރުގެ ކައިވެނިރޫޅުނު ވާހަކަ އަޑުއިވުން ވެގެންދިޔައީ ޖަމްނާއަށް ލިބުނު ވަރަށްބޮޑު ހައިރާން ކަމަކަށެވެ. ގަބޫލުކުރަން ދަތިވި ހަބަރަކަށް ވެސް ވިއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ފާސިރަށް ފޯނުކުރާށެވެ. ފާސިރުގެ އަނގައިން އެވާހަކަތައް އަޑުއިވުމުން ނޫނީ އެވާހަކަތައް ގަބޫލުކުރާކަށް ޖަމްނާ ބޭނުމެއް ނުވިއެވެ. ޖަމްނާ އަވަސް އަވަހަށް ފާސިރަށް ގުޅާލިއެވެ. އެހެނަސް ފާސިރު ފޯނެއް ނުނަގައެވެ. އެކަމުގެ ސަބަބުން […]

ލޯބީގެ

މޯޅި ނުވަނިސް އެމާ. . [2]

މިވަގުތު ގޭގައި ތިބީ ރާޔާ އާއި ބޮކޮޅޭ އާއި އެކަނިކަން އެނގުމާއިއެކީ އަހަރެންގެ ސިކުނޑިނުބައި ސިގްނަލެއް ދީފިއެވެ. އަނެއްކާ މިވަގުތު ރާޔާ އާއި ދިމާކޮށްލައިފިއްޔާ ވަކި އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާޔާ އަށް ވަކި ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރާޔާގެ ނިކަމެތިކަން އިޙްސާސް ކުރެވިފައެވެ. ރާޔާގެ ޙިމާޔަތަކަށް ވެހުރުމަށް ހިތް އެދުނެވެ. ރާޔާއަށް ޓަކާ މުޅި ދުނިޔެއާއި އެކަނި ކުރިމަތިލާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެމީހާ ތެދުވެގެން ތުވާލި ހިފައިގެން […]

މިއީ " މޯޅި ނުވަނިސް އެމާ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.