ލޯބީގެ

މޯޅި ނުވަނިސް އެމާ. . [1]

އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]

މިއީ " މޯޅި ނުވަނިސް އެމާ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ލޯބީގެ

ލޯބިވެރިޔާ

ވިޖުދާން މަސައްކަތް ކުރަމުންދާ އޮފީހަކީ ސައުވީސްގަޑިއިރު ހިދުމަތްދޭ އޮފީހެކެވެ. ހަމައެހެންމެ މަސައްކަތްތައް ހުންނަގޮތުން ދުވާލުގެ ހަތަރުދަމާއި ރޭގަނޑުގަޑީގައި މަސައްކަތްކުރަން ޖެހުމަކީ ކޮންމެ މުއައްޒަފެއް ވެސް ކުރަންޖެހޭ ކަމެކެވެ. އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަމުންދާ މަސައްކަތުގެ ގޮތުން އޮފީހުގައި އެންމެގިނަވަގުތު ހޭދަކުރަންޖެހޭ މީހުންގެ ތެރޭގައި ވިޖުދާނު ވެސް ހިމެނެއެވެ. އޮފީހުގެ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަގުތުތައް ފުރާލުމަށް ވިޖުދާނު އާންމުކޮށް ކުރާކަމަކީ ފޭސްބުކް ބޭނުންކުރުމެވެ. ފޭސްބުކް ބޭނުން ކުރުމަށް އޭނާ ހިފާފައިވާ ދެއްވެއްގެ ސަބަބުން މަސައްކަތްތައް ގަޑިއަށް ނުނިމި އޮފީހުގައި […]

ލޯބީގެ

ތުނޑިމަތިން

ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. އުމުރުން ތިރީހަކަށް އަހަރުގެ ސަމްސާދު އޭނާގެ އާދައިގެމަތިން މިރޭވެސް ހުޅަނގުކޮޅު ތުނޑިއަށް ދިޔައީ ފަރުމަހެއް ބޭނޭތޯއެވެ. ފަރުމަހުގެ މަސްވެރިކަމަކީ އާންމުދަނީ ހޯދުމުގެގޮތުން އޭނާ ކުރަމުންދާތާ އެތައްއަހަރެއް ވެފައިވާ ކާމިޔާބު މަސައްކަތެކެވެ. އޭނާގެ މުޅިދިރިއުޅުން ބިނާވެފައިވަނީ އެކަމުން ހޯދަމުންދާ އާމްދަނީއެއްގެ މައްޗަށެވެ. ރެއަކީ މޫސުމްރީތި ކަނޑުމަޑު ވައިވެސް މަޑު ރެއެކެވެ. ސާދަފަނަރައިގެ ރޭތަކުގެތެރެއިން ރެއަކަށްވާތީ މުޅިރަށަށް ވެރިވެފައި ވަނީ ހަނދުވަރުގެ ނަލަ އަލިކަމެވެ. ތުނޑިމަތިން ގަސްހެދިފައިވާ ހިސާބުގެ އިތުރުން ދޮންވެލީގެބައެއްގެ ގޮތުގައި އިތުރުވަމުންދާބައި މާދުރާއެކު […]

ލޯބީގެ

ކަޅިސް

ދެވަނަބައި އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތަކުގައި އޮފީހުގެ އެހެންވެސް މުއައްޒަފުންނެކޭ އެއްފަދައިން ނިއުސާ އާއި ޔާނިހު ވެސް ބައިވެރިވިއެވެ. ހުރިހާ މުއައްޒަފުން ވެސް މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ ހިތްވަރާއި އެކުގައެވެ. އެގާރަޖެހުމުން މަސައްކަތްތައް މިރެއަށް ހުއްޓާލާފައި ހުރިހާ މުއައްޒަފުން ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީގެ ވަގުތުގައި ވެސް ފެންނަމުންދިޔައީ އެއްމުއައްޒަފަކު އަނެއް މުއައްޒަފަކާއި އޮންނަ ގާތްކަމާއި ރަހުމަތްތެރިކަމެވެ. އޮފީހުގެ ވެރިންނާއި މުއައްޒަފުންގެ މެދުގައި ތަފާތު ނުބޭއްވުމުން […]

މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ލޯބީގެ

ކަޅިސް

ފުރަތަމަބައި ނިއުސާގެ އަލަތުކައިވެންޏާއިއެކު ދިރިއުޅުން މާލެއަށް ބަދަލުކުރި ނަމަވެސް، އޭނާގެ ރަހުމަތްތެރިންނާއި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްފަދައިން މިހާރު ވެސް އެބައިމީހުންނަކީ ނިއުސާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭނާގެ ފިރިމީހާ މާހިދު ފިޔަވާ އެހެންބަޔަކާއިއެކު ނިއުސާ އެންމެގިނައިން ވަގުތު ހޭދަކުރަން ބޭނުންވާ އަދި ހޭދަކުރާ ބަޔަކީ ވެސް އެބައިމީހުންނެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އެބައިމީހުން އެކުގައި ހޭދަކުރެއެވެ. ނިއުސާގެ އަލަތުކައިވެންޏާއިއެކު މާލެއަށް ބަދަލުވިތާ މަހެއްހާ ދުވަސް ފަހުން، […]

މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ލޯބީގެ

އެފިނިމެންދަން

މުޙައްމަދު ނީރު ” ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . . ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . . މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. ” ނޫސްތައް ހުޅުވާލުމާއެކު ކޮންމެ ނޫހެއްގެފަލަސުރުހީން ވެސް ފެނިގެން ދިޔައީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި […]