ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 1 )

ގުލްފާ އަކީ ހިމަތޮޅި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ އުމުރުން އަށާރަ ވަރަކަށް އަހަރުގެ ޒުވާނެކެވެ. އޭނާގެ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ލިބިފައިވާ އިތުރު ކުރިއެރުމެކެވެ. ގަދަ ކަޅުކުލައިގެ ދިގު ފަން އިސްތަށިގަނޑުގެ ތެރޭން އޭނާގެ ފުރިހަމަ ދޮންމޫނު ފެންނައިރު ކަޅު ވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ފަދައެވެ. ގުލްފާގެ މަދްރަސީ ދައުރުގައި ވެސް އޭނާގެ ލޯތްބަށް އެދި އާދޭސްކުރި އެތައް ފިރިހެން ކުދިންނާއި އޭނާއާ ބައްދަލުވި އެވެ. […]

މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 2 )

ކުޑަކޮށް ވިސްނާލުމަށްފަހު ހަމްދާން އަނެއްކާ ވެސް އޮށޯތީ ދަތުރުގެ ބައިވެރިން ބައްދަލުވާ ވަގުތަކުން އެކުއްޖާ ފާހަގަ ކުރުމަށް ނިންމައިގެން ނެވެ. އެއަންހެންކުއްޖާ ކޮންމެތާކުން ފެނުނަސް ވަކިކުރަން އެނގޭނެކަން ހަމްދާނަށް ޔަގީންވެ އެވެ. ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ވަގުތުވުމުން ހަވީރުގެ ސަޔަށް ކާގެ ސަރަހައްދަށް މީހުންތައް ޖަމާވާން ފެށިއެވެ. ހަމްދާން ވިސްނައި ސަމާލުވެގެން ހުރީ އޭނާއަށް ޖެއްސުންކުރި އަންހެންކުއްޖާ ފާހަގަކުރާށެވެ. އޭނާ ވަރަށް ފަރުވާ ތެރިކަމާއިއެކު، އެހެނަސް އެހެން އެއްވެސް މީހަކަށް ސައްކު ވެސް ނުވާނެހެން ފަހަރަކު […]

މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 3 )

ހަމްދާން އަވަސް އަވަހަށް ގޮސް އެތަނުގައިވާ ގަސްތަކުގެ ވަށައިގެންނާއި އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންތަކަށް ބަލަން ފެށިއެވެ. އެތައްއިރަކު ހަމްދާން މަސައްކަތްކޮށް ވެސް މާސިތާއެއް ނުފެނުނެވެ. އެހެން ރޭރޭ ފަދައިން މިރޭ ވެސް ހަމްދާނަށް މާސިތާ ގެއްލުނީ އެވެ. މާސިތާ ފެނޭތޯ އެތައްއިރަކު މަސައްކަތްކުރުމަށްފަހު ކާމިޔާބު ނުލިބުމުން ލިބުނު މާޔޫސްކަމުގައި ހަމްދާން މިސްރާބުޖެހީ އެއްގަމާއި ދިމާއަށެވެ. ހަމްދާން ނިންމައިގެންހުރީ ކުރީރޭތައް ފަދައިން ތަނެއްގައި އިށީނދެ މީހާ ހަމައަކަށް އެޅުމުން ގެއަށް ދާށެވެ. ސިމެންތިން ހަދާފައިވާ ގޮނޑިއެއް ކަހަލަ […]

މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 4 ) ނިމުން

ރޭގަނޑު ދިހައެއްޖަހާކަން ހާއިރެވެ. މާސިތާ އާއި ހަމްދާން އެދެމީހުންގެ އާދައިގެމަތިން ހުޅުމާލެއަށް ގޮސް ބައްދަލުވުން ނިންމާލުމަށްފަހު މާލެއައުމަށް ދަތުރުކުރަމުން ދިޔައެވެ. އޭރު ވެސް އެދެމެދުގައި ސިއްރު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ” އަހަރެންގެ  ހުށަހެޅުން ގަބޫލްކޮށް އަހަރެންނާއި ކައިވެނި ކުރަން ހަމްދާން ނިންމީތީ އަހަރެން ވަރަށް އުފާވެ ހިތްހަމަ ޖެހިއްޖެ. ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭންގޭ… ދެން .. ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭ. ” ހަމްދާންއާ ކުރިޔަށްވުރެ ވެސް ބޮޑަށް ގާތްވެލަމުން މާސިތާ ވާހަކަދެއްކި އެވެ. […]

މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.