ބިރުވެރި ލޯބީގެ

ނިދިތެރޭން ( 12 )

މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެއުޅޭ މައިދާނަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. ރަށުތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލީގެ ސަބަބުން މަގުތައް މާދުރާއެކު ވަރަށް ރީތިކޮށް ފެންނާން އޮތެވެ. އެގޮތުގައި އެތައްއިރެއް ވަންދެން މަސައްކަތްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ނީނާގެ ރުޅި ގަދަވިއެވެ. ރުޅިވެރިކަމާއިއެކު އެތަނުން ނުކުމެ ދޮރުލެއްޕިއެވެ. ހިތްހަމަނުޖެހުމާއިއެކު ކޮށީގައި ފައިން ޖެހުމަށްފަހު ގޯތިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ބޮޑުމަގަށް ނުކުމެފައި ވަށައިގެންވާ މާހައުލަށް […]

މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.
ބިރުވެރި ލޯބީގެ

ނިދީީތެރޭން ( 13 )

ފަރުމަހަށް ނުކުމެ އުޅުނު ދޯންޏަކުން މަރުވެފައިވާ މީހަކު ހޮވި ވާހަކަ އާއި އެމީހަކީ ނިސާހް ކަމަށް ރަށުތެރެއަށް ފެތުރުނު ޚަބަރުގެ ސަބަބުން އެންމެބޮޑަށް ކަންބޮޑުވެ ހައިރާންވީ ހަމްދީމެންނެވެ. އެމީހުންނާއި އެކުގައި ގޮސް ޒުބޭދާއާ ބައްދަލުކޮށް ޒުބޭދާ ގޮވައިގެން ގަސްތަކުތެރެއަށް ވަތްގޮތަށް އަދި މިހާތަނަށް ޖެހެންދެން އެއްވެސް ޚަބަރެއް ނުވި ނިސާހްގެ މަރުގެ ޚަބަރު ލިބުމުން އެމީހުން ކިތަންމެ ހައިރާންވެ ކަންބޮޑުވި ނަމަވެސް އެކަން ސިއްރުކޮށްގެން ތިބީއެވެ. އެކަމާބެހޭގޮތުން ވާހަކަ ދައްކަން ހަދައިގެން އެމީހުން ބެދިދާނެކަމުގައި ތިންމީހުން ވެސް […]

މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.
ބިރުވެރި ލޯބީގެ

ނިދީީތެރޭން ( 14 )

         ތިންކުދިން ގޮސް ގެއަށް ވަތްވަގުތު އިވިގެންދިޔަ ދިޔާނާގެ ރުއިމުގެ އަޑުގެ ސަބަބުން ތިންކުދިންނަށް ވެސް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއްވެސް އިހްތިޔާރަކާއި ނުލައި އެދިމާއަށް ދުއްވައިގަނެވުނީ ތިންކުދިންނަށް އެކުގައެވެ. މުދިންބެގެ ގައިމަތީގަ ބޯއަޅައިގެން ރޯންއޮތް ދިޔާނާ ފެނުމާއެކު ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެކަން އެކުދިންނަށް ޔަގީންވިއެވެ. އަވަސް އަވަހަށް މުދިންބެއާ ކައިރިއަށް ޖެހެލި ވަގުތު މުދިންބެ އޮތްގޮތް ފެނި މުދިންބެ އެއޮތީ މަރުވެފައިކަން އެކުދިންނަށް އެނގުނެވެ. އިނާ އާއި ޒޭބީ ރޯން ފެށި ނަމަވެސް އަހްމަދު ކެތްތެރިވިއެވެ. […]

މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 14 ވަނަ ޕާޓެވެ.
ބިރުވެރި ލޯބީގެ

ނިދީީތެރޭން ( ނިމުން )

ވިސާމް ދިޔަގޮތަށް ގޮސް ވަނީ ބޮޑުގެއެއްގެ ގޯތިތެރެއަށެވެ. ވިސާމްގެ ފަހަތުން އަލީ އަހްމަދު ގޮވައިގެން އައި މީހުން ވެސް އެގޯތިތެރެއަށް ވަނެވެ. ގެ އާއި ގޯތިތެރެއަށް ނަޒަރު ހިންގާލުމުން އެތަނަކީ މީހުން ދިރިނޫޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެއްކަން އެނގެއެވެ. ފެންނަމުންދިޔަ މަންޒަރުތަކާއި ވިސާމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަލީ އަހްމަދުގެ ކަންބޮޑުވުމާއި ހާސްވުން އިތުރުވެގެންދިޔަ އެވެ. ” ކަލޭގެ ސަބަބުން މިއަދު އަހަރެން މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި .. ނީނާގެ ސިފާގައި ހުރި […]

މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 15 ވަނަ ޕާޓެވެ.