ހިތާމަ ލޯބީގެ

ހަހަރު

މާއިދު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. މާއިދުގެ ބައްޕަ ނާއިފްގެ ހަށިގަނޑު ބަލައި ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ބުނީ ނާއިފް އެނދުމަތި ކުރާންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މާއިދު ވަރަށްބޮޑަށް ނުތަނަވަސްވިއެވެ. ނާއިފް ގޮވައިގެން މާލެއައީ މާއިދު އެކަނި ކަމަށްވާތީ ނާއިފު އެނދުމަތި ކޮށްފިނަމަ ހުރިހާކަމެއް ކުރާން ޖެހޭނީ އޭނާ އެކަންޏެވެ. އޭނާ އެކަނި މާއެކަނި ހުރިހާކަމެއް ކުރާން ޖެހިއްޖެނަމަ އެހާމެ އުނދަގޫވާނެއެވެ. ކޮންމެގޮތަކަށް ކަންތައް ހުރި ނަމަވެސް ނާއިފް އެނދުމަތި ނުކޮށް […]

ހިތާމަ ލޯބީގެ

ދަރިފުޅު

މެންދަމުން އަލިވެ ތިނެއްޖަހާކަން ހާއިރެވެ. ދަރިފުޅު ގޮވައިގެން ނުހަނު އަރާމުގައި ނިދާލާފައި ސިބާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޮބައިލްފޯނު ރިންގްވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ހޯދާލަމުން ނަގައި ޑިސްޕްލޭއަށް ބަލާލިއިރު، ފޯނު ކުރަނީ ނުވެސް ދަންނަ ނަންބަރަކުންނެވެ. މިފަދަ ގަޑިއެއްގައި ނުދަންނަ ނަންބަރަކުން އެގޮތަށް ފޯނުކުރުމުން ސިބާނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވަމުންދިޔަ އެވެ. އެފޯނަށް ޖަވާބު ދޭނީތޯ ނުވަތަ އަޅާނުލައި ދޫކޮށްލާނީތޯ ވިސްނަން އެތައް އިރަކު ސިބާނާ މަޑުކުރިއެވެ. ގުޅާމީހަކު އެގުޅަނީ އޮޅިގެން […]

ހިތާމަ ލޯބީގެ

ހަނދުމަ

އަޖުނާދުގެ ކަޅިއެޅުންތައް ޖޭސްމީނަށް އަމާޒުވަމުން ދިޔައިރު، އެކަމާމެދު ޖޭސްމީން ވިސްނާ ފިކުރުކުރަމުންދާކަމެއް އަޖުނާދަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވެސް އަމާޒުވެފައިހުރީ ޖޭސްމީންގެ ފުރިހަމަރީތި ޗާލާކީ ހަށިގަނޑަށެވެ. ހެދިހުރި އެފުރިހަމަހަށިގަނޑާއި އެހަށިގަނޑަށް އިތުރަށް ފުރިހަމަކަން ގެނެސްދޭ އައިބެއްނުވާ ފުރިހަމަގުނަވަން ތަކަށެވެ. އެފަދަ ފުރިހަމަ ޗާލާކީ މަލެއް ބިނދެލެވޭހާ ގާތުގައިވާނަމަ އެމަލެއް ބިނދެލާ އެމަލުގެ ފޮނިމީރުކަން އިހުސާސްކޮށްލަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމުގައި އަޖުނާދުގެހިތް އަބަދުވެސް ބުނަމުންދެއެވެ. މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއެކު ވަގުތުތައް ފާއިތުވަމުން […]

ހިތާމަ

ފާތާނިކެ

ފެށުން ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާމެދު ސަމާލުވެލުމާއެކު ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއި ދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލި ފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއްކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ […]

މިއީ " ފާތާނިކެ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.