ހިތާމަ ލޯބީގެ

އިސްކު ( 6 )

ނާއިޒް ގެއަށް ގޮސް ލަންމާއާ ބެހޭގޮތުން ވަރަށްގިނައިރު ވަރަށްގިނަ ގޮތްގޮތަށް ވިސްނިއެވެ. ނާއިޒްގެ ހިތުން ލަންމާއަށް ޖާގައެއް ދެވުނު ނަމަވެސް، ލަންމާއާ ބެހޭ އެންމެ މުހިންމު މަޢުލޫމާތުތައް ނާއިޒަކަށް އަދި ނޭނގެއެވެ. ފާތުންނާއި ލަންމާ ދެއްކި ވާހަކަތައް އޭނާ ހަނދާން އެބަހުއްޓެވެ. ފާތުން އެބުނާ ފަދައިން ކަންތައް ހުރި ނަމަވެސް ލަންމާގެ ޢާއިލާއިން އެކަމާ ދެކޮޅު ހަދާނެކަން ނާއިޒަށް ޔަގީން ވެއެވެ. މިދެމެދުގައި އެހާ ބޮޑެތި ތަފާތުތައް ހުރިއިރު ނާއިޒަކީ ލަންމާއާ އެކަށީގެންވާ މީހެއް ނޫންކަން ނާއިޒަށް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 5 )

” އޯކޭ … ފަސްގަޑިބައި ވާއިރު އަހަރެން ހުންނާނީ މިތަނުގަ. ” ލަންމާ އާއި ނާއިޒަށް ބަލަންހުރެ އެހެން ބުނުމަށްފަހު އެދެމީހުންނާއި ދުރަށް ފާތުން ހިނގައިގަތެވެ. ލަންމާ އާއި ނާއިޒް އެކަނިކޮށްފައި ފާތުން ދިއުމުން އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ބުނާނެ އެއްޗެއް ނޭނގި އިސްޖެހިފައި ލަންމާ އިންއިރު ދައްކާނެ ވާހަކައެއް ނޭނގިފައި ކަހަލަގޮތަކަށް ދުރަށް ބަލަހައްޓައިގެން ނާއިޒް ވެސް އިނީއެވެ. ” ލަންމާ!……. ” އެތައްއިރެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން ނާއިޒް ގޮވާލިއެވެ. ނާއިޒްގެ އެގޮވާލުމަށް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 4 )

ދުވެފައި ގޭތެރެއަށް ވަދެގެންދިޔަ ލަންމާއަށް ކެތްކުރެވުނީ ކޮޓަރީގެ އެނދާއި ހަމައަށް ދެވެން ދެނެވެ. އެނދާއި ހަމައަށް ދެވުމާއިއެކު އެނދު މައްޗަށް ވެއްޓި ގަނެވުނުއިރު ރޮވިއްޖެ އެވެ. ރޯލަރޯލަ އެނދުމަތީގައި އޮތް ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ތެދުވެ އެނދުގައި އިށީންއިރު ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ. ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުކައިރީ ހުރީ ނަޖީބާ އެވެ. ” ދަރިފުޅާ! ހާދަ ފާޑަކަށް ތީނީ … ކިހިނެތްވީ؟ ކޮންއިރަކުން ނިދަނީ؟ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 3 )

ގެއަށް ދެވުމާއިއެކު ލަންމާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ރޭގަނޑަށް ކެއުމަކީ ވެސް އެހާ މުހިންމުކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ފާޙާނާބަޔަށް ވަދެ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ. ވިސްނުމާއި ޚިޔާލާއި ފިކުރުގެ ކަނޑެއްގައި ފަތަމުން ދިޔަ ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުހުޅުވާލަމުން ނަޖީބާ ކޮޓަރިއަށް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 2 )

ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އެރިއިރު ވިއްސާރައިގެ އަސަރު ފިލާ ދުނިޔެމަތި ސާފު ވެއްޖެއެވެ. އާދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރޭން ހަލަބޮލިކަން ފެންނާން ފެށިއެވެ. ރޭގައިކުރި ވިއްސާރައިގެ ސަބަބުން ގިނަބަޔެއްގެ ދަނޑުތަކަށް ގެއްލުން ލިބިފައިވާއިރު މަގުތަކުގައިވަނީ ފެންހެދި ފައެވެ. ލިބިފައިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ދަނޑުވެރިންނާއި އެމީހުންގެ އެހީތެރިން މަސައްކަތް ކުރަމުން ދިޔައީ ސަލާމަތް ކުރެވޭން ހުރި އެއްޗެއްވިއްޔާ ސަލާމަތް ކުރާށެވެ. ރޭފަތިހު ހޮސްޕިޓަލްގައި އެނދުމަތި ކުރެވި ފަރުވާ ދެމުން ދިޔަ ނާއިޒްގެ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 1 )

މާލޭގައިހުރި ގެ ވިއްކާލުމަށްފަހު ލަންމާ އާއި ނާއިޒްގެ ދެމަފިރިން ހުޅުމާލެއިން ބިމެއްގަނެ ގެއަޅައިގެން ހުޅުމާލެއަށް ބަދަލުވީ، މާލޭ ގޭގައި އުޅެމުންދާއިރު ލަންމާއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދާތީއެވެ. ބައްޕައަށްފަހު މަންމަ މަރުވެ، ދޮންބައްޕަގެ އަނިޔާވެރިކަމާއި މަކަރުވެރިކަން އެގެއެއްގައި ހަރުލާފައިވާ އެގޭގައި ދިރިއުޅޭހައި ހިނދަކު ލަންމާއަށް ހަމަޖެހުމެއް ނުލިބޭނެކަން ނާއިޒްގެ އިތުރުން ލަންމާއަށް ވެސް އެނގެއެވެ. އެކަން ގަބޫލުކުރެވެއެވެ. ހުޅުމާލޭގައި ދިރިއުޅެން ފެށުމާއިއެކު ހުޅުމާލޭގެ ދެސަރަހައްދަކުން ދެފިހާރަ ކުއްޔަށް ނަގައި ކުންފުންޏެއް ރަޖިސްޓަރކޮށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އޮފީސް އިމާރާތެއް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ހިތާމަ މަޖާ ލޯބީގެ

ހޭލާށެ ހޭލާ

ދިހައެއް ޖަހާކަން ހާއިރެވެ. އޮފީހުގައި ކުރަންހުރި މަސައްކަތްތައް ހަމައަކަށް އަޅުވާލުމަށްފަހު، ޝާލިޝް އޭނާގެ އާދައިގެމަތިން ފޭސްބުކަށް ވަނެވެ. ” ޔާޝާ ” ފޭސްބުކަށް ވަނުމާއިއެކު އެންމެފުރަތަމަ ވެސް ފެނުނީ ކޮންމެވެސް މީހަކު ފޮނުވާފައިވާ ފުރެންޑް ރިކްއެސްޓެކެވެ. ނަމެއްގެ ގޮތުގައި ޔާސާ ޖަހާފައިވާއިރު ޕްރޮފައިލް ޕިކްޗަރ އަކަށް ބޭނުންކޮށްފައިވަނީ ޒުވާން ރީތި އަންހެން ކުއްޖެއްގެ ފޮޓޯ އެކެވެ. ކުލައަލި ދޮން ރީތި މޫނެކެވެ. ފުރަތަމަ ނަޒަރުން ވެސް ސަޢުޤުވެރި ވެވޭހާ ފުރިހަމައެވެ. އެޑްކުރުމުގެ ކުރިން އޭނާއާބެހޭ އިތުރު މަޢުލޫމާތެއް […]

ހިތާމަ ލޯބީގެ

މަކަރުވެރިޔާ

އަރައިގެން އައި އިރާއެކު މުޅިމީޑިޔާގައި އޮތީ ޒުވާން އަންހެންކުއްޖަކު ގެއްލުނު ވާހަކައެވެ. ރައްޓެހިންތަކަކާއިއެކު ކޮފީބޮއިގެން ސައިކަލެއްގައި އެކަނިމާއެކަނި ވިލިނގިލީ ފެރީޓާމިނަލަށް ދިޔަ ވާހަކައެވެ. ގެއަށް ނުދާ ވާހަކަ އާއި އޭގެފަހުން ހަބަރެއްނުވާ ވާހަކައެވެ. ވިލިނގިއްޔަށް ދިޔަކަން ޔަގީންވާ ވާހަކައެވެ. އިޒްމާ ގެއްލުނު ހަބަރު ލިބުމާއެކު ޕޮލިހުން އެމީހުންގެ މަސައްކަތްފެށިއެވެ. އަދި މިކަމުގައި ނޮފުރޮޅާ އެއްމެގަލެއްވެސް ނުބާއްވާނެ ކަމަށް ބުނަމުންދިޔައެވެ. އިޒްމާ ގެއްލުމާއި ގުޅިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަޒުމީލަށެވެ. އަޒުމީލުގެ އެކުވެރިންނަށް އޭނާގެ ހިތުގެ އަޑިން […]

ހަޤީޤީ ހިތާމަ ލޯބީގެ

ކަރުނަފޮހެލާފާ

އަންހެންކުއްޖަކު ރީތިވަނީ އެކުއްޖާއަށް ލިބިފައިވާ ފުރިހަމަ އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން ކަމަށްވާނަމަ އެފަދަ އެއް އަންހެން ކުއްޖަކީ ޝާޔަލްއަށް ނުވެ ނުދާނެކަން ޔަގީނެވެ. އަންހެންކުއްޖަކާމެދު ފިރިހެނުން ސައުގުވެރިވަނީ އެކުއްޖާއަށް ލިބިފައިވާ އަންހެންވަންތަ ފުރިހަމަ ހަށިގަނޑާއި އެހަށިގަނޑުގެ ބައްޓަންތަކުގެ ގުޅިލާމެހުމުގެ ފުރިހަމަކަމުން ކަމަށް ވާނަމަ އެފަދަ ހަށިގަނޑެއް ލިބިފައިވާ އަންހެންކުދިންގެ ތެރޭގައި ވެސް ޝާޔަލް ހިމެނޭނެ އެވެ. ޝާޔަލްއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑާއި އެހަށިގަނޑުގެ ފުރިހަމަބައްޓަމަށް އިތުރު ކުރިއެރުމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ […]

ހިތާމަ

ލަފަށަ

ރަށުމަދަރުސާ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ފަނަރައަހަރުގެ ނިޒްމާ ރަށްމެދަށް ވިހެއި ވާހަކަ އާއި ވިހެއުމަށްފަހު ކުއްޖާ މަރާލައި ވަޅުލި ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ އަރައިގެން އައި އިރުގެ ދޯދިތައް ރަށުތެރެއަށް ފެތުރުނު ފަދައިންނެވެ. އިވުނު ހަބަރެއްގެ ސަބަބުން ލިބުނު ސިހުމާއެކު ބުނާނެއެއްޗެއް ނޭނގިފައި އެތައްބަޔަކު ތިބިއިރު އަނެއްބަޔަކު ދުއްވައިގަތީ ވެގެންއުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ސިއްހީމަރުކަޒާއި ދިމާއަށެވެ. ނިޒްމާމެން ގެއާއި ދިމާއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. ތަފާތުގޮތްގޮތަށް ރަށުތެރޭގައި ހަބަރު ފެތުރެމުންދިޔައިރު، […]

ހިތާމަ

ފިންގަރޕްރިންޓް

ފިންގަރޕްރިންޓް ނިޒްމާގެ ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ހުންނަނީ ދޮންބައްޕައެއް ނަމަވެސް، އެއީ ދޮންބައްޕައެއް ކަމުގައި ގަބޫލުކުރަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން މިއަދާއި ޖެހެންދެން ވެސް ނިޒްމާ މަދަރުސާއަށް ގެންދިއުމާއި މަދަރުސާއިން ގެނައުން ފަދަ ކަންތައްތައް ކޮށްދެމުންދަނީ އޭނާގެ ދޮންބައްޕަ ފާއިދުއެވެ. އެފަދަ ކޮންމެކަމެއް އޭނާ ކޮއްދެމުންދިޔައީ އުފަން ދަރިއަކަށްޓަކައި ބައްޕައަކު ކަންތައް ކޮށްދޭހާ ވެސް ރަނގަޅަށެވެ. އެހާމެ ފަރުވާތެރިކަމާއި ފުރިހަމަކަމާއި އެކުގައެވެ. ނިޒްމާގެ ބައްޕަ އަލްތާފް ނިޔާވީ ނިޒްމާގެ އުމުރުން ހަތަރުއަހަރުގަ […]