ހަޤީޤީ ހިތާމަ

ހަޔާތޭމީ-1

ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ. ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ” ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ […]

މިއީ " ހަޔާތޭމީ " އަށް ހުށަހަޅާފައިވާ 1 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ހަޤީޤީ ހިތާމަ ލޯބީގެ

ހުރިގޮތްހޭމީ

‎އުފާވެރި ދިރިއުޅުމެއް އެންމެންވެސް ބޭނުންވާނެއެވެ. އުފާވެރި ކާމިޔާބު ދިރިއުޅުމެއް ހޯދުމައް އަނެކާގެއެހީ ބޭނުންވެއެވެ. މިކަންމީ ދުނިޔޭގެ ގާނޫނުގާ ލިޔެވިފަވާގޮތެވެ. ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއައް އިންސާނާ އުފަންވަނީ ﷲ ގެ އިރާދަފުޅުން އަންހެނަކާ ފިރިހެނެއްގެ (މަންމަ ބައްޕަ) ގުޅުމުންނެވެ. ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެދަރިޔައް ލޯތްބާ އަޅާލުން އިންތިހާޔައް ބޭނުންވެއެވެ. ކަންމިހެން އޮތްކަމުގާ ވީނަމަވެސް ދަރިންގެ މުސްތަގުބަލައް ނުބަލާ ކައިވެނި ރޫޅާލަނީ ނުވަތަ ވަރިފަށައްއަރަނީ މަދަކުންނޫނެވެ. މިކަން މިކުޑަކުޑަ ދިވެހިރާއްޖޭގަ ހިގަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ. ދުނިޔޭގެ […]

މިއީ " ހުރިގޮތްހޭމީ " އަށް ހުށަހަޅާފައިވާ 1 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ހަޤީޤީ

މަންމަގެ ނަސޭޙަތް

ގަޑިން މެންދަމު ބާރަ ޖެހީއެވެ. ނިދަން އޮށޯތް ފަހުންވެސް 02 ގަޑިއިރު ވީއެވެ. އަދިވެސް އަހަރެންނަށް މިއޮތީ ނުނިދިފައެވެ. ހަމަހިމޭން ވަގުތެކެވެ. ފަންކާގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރި ތެރެއަކުން ނީވެއެވެ. ބޭރަކުންވެސް ނީވެއެވެ. މިހަމަ ހިމޭން ވަގުތުގައި ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ. އަހަރެންގެ ދިރިއުޅުމުގައި މަދު އެކައްޗެއްވެސް ނެތެވެ. މަންމަ އާއި ބައްޕަގެ ލޯބި އިންތިހާއަށް ލިބެއެވެ. އަހަރެންގެ ލޯބިވެރިޔަކު ނުހުރެއެވެ. ލޯބިވެރިޔަކު ހޯދުން އެއީ […]

ހަޤީޤީ ހިތާމަ ލޯބީގެ

ކަރުނަފޮހެލާފާ

އަންހެންކުއްޖަކު ރީތިވަނީ އެކުއްޖާއަށް ލިބިފައިވާ ފުރިހަމަ އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން ކަމަށްވާނަމަ އެފަދަ އެއް އަންހެން ކުއްޖަކީ ޝާޔަލްއަށް ނުވެ ނުދާނެކަން ޔަގީނެވެ. އަންހެންކުއްޖަކާމެދު ފިރިހެނުން ސައުގުވެރިވަނީ އެކުއްޖާއަށް ލިބިފައިވާ އަންހެންވަންތަ ފުރިހަމަ ހަށިގަނޑާއި އެހަށިގަނޑުގެ ބައްޓަންތަކުގެ ގުޅިލާމެހުމުގެ ފުރިހަމަކަމުން ކަމަށް ވާނަމަ އެފަދަ ހަށިގަނޑެއް ލިބިފައިވާ އަންހެންކުދިންގެ ތެރޭގައި ވެސް ޝާޔަލް ހިމެނޭނެ އެވެ. ޝާޔަލްއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑާއި އެހަށިގަނޑުގެ ފުރިހަމަބައްޓަމަށް އިތުރު ކުރިއެރުމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ […]

ހަޤީޤީ ލޯބީގެ

ކަނދުފަތި

މިއީ ހދ އަތޮޅުރަށެއްގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ނަންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ފައި ވީނަމަވެސް ހާދިސާއަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީފާ އަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކުލަދޮން ޒުވާނެކެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑަކާއި ދޮންމޫނުގެ އިތުރުން ރީތި ދެލޮލަކީ ވެސް އޭނާގެ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ފާހަގަކުރަމުންދާ ރީތި އަންހެން ކުދީންގެ […]

ހަޤީޤީ ބިރުވެރި ލޯބީގެ

މީ ވީގޮތޭ

ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަށް އަހަރެއްހާ ދުވަސް ވެފައިވާ އިރު ދެ ޒުވާނުން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަކީ ދެޢާއިލާގެ ރުހުމާއި ފުރިހަމަ ތާއިދު ލިބިފައިވާ ގުޅުމަކަށް ވާކަމީ އެދެޒުވާނުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ. ޒިހުނަތާއި ހުޒާމު އެދެޒުވާނުންގެ ލޯބީގެބައްދަލުވުންތައް ބާއްވަމުންދަނީ ޒިހުނަތުމެންގޭގައެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ލޯބީގެ އަހުދުތަކާއި ވައުދުތައްވެ މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލުކުރުމުގައި ދެގަޑިއެއްހާއިރު، ޒިހުނަތުމެންގޭ ޖޯލިފަތީގައި ތިބެއެވެ. ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ހުޒާމު […]

ހަޤީޤީ

ނައުމާ

“އަހަރެންނާ އަދި އެންމެ ފަހަރަކު ބައްދަލު ކޮށްލަދީ” އެންމެފަހުން ފޯނަށް އައިސްފައި އިން މެސެޖް ޑިލީޓް ކޮށްލިއިރު ނައުމާގެ ލޮލުން ކަރުނައިގެ މުތީއެއް ނީރާލާފައި ވެއެވެ. މިޔަދު މިދުވަސް އަންނާނެކަން އެނގުނުނަމަ އޭނާ އަދި ކެތްކުރީހެވެ. އަދި އެއްރޭ ހިތްދަތި ކަމުގައި ކަރުނަ އަޅާލައަޅާލާ އޮވެ ނިދީހެވެ. އަދިއެއްރޭގެ ނިދިން މަހުރޫމުވެ ދެލޯފަދަ ލޯބިވާ ދެކުދިންގެ ހައްޤުގައި ހޭލާ މަސައްކަތްކުރަން އިނީހެވެ. އަދިއެއްރޭ އެ އެކަނިވެރިކަމުގެ ދާންމަތީގައި ފުރޮޅިލަފުރޮޅިލާ އޮތީހެވެ. އަދި އެއްރޭ އިންތިޒާރުގައި އަލިވިލެންދެން އޮތީހެވެ. […]