ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (8)

“ރޫ…ބީ” ފައިސަލް ތެދުވެގެން އެކި ތަންތަނަށް ބަލަމުން ގިވާލި އަޑު ފޯނުންވެސް އިވުނެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮއްގެން އިން ރަޔާލަށް ގިސްލެވެމުންއަޑު އެއްވެސް ހުރަހެއް ނެތި ޔާސީނަށް އިވެމުންދިޔައެވެ.
“ސޭވް މީ… ސޭވް މީ ދިސް ޓައިމް” ގިސްލެވެމުން ރަޔާލަށް ބުނެވުނީ އެހެންނެވެ. ކުރިއަށްވުރެ ބާރަށް ރެގަނެވިއްޖެއެވެ. ބޭރަށް ނިކުންނަށް ހުރި ދޮރާއި ދިމާލުން ވާރޭ ތެރޭގައު ހުރި ކުޑަ ކުއްޖާ ރަޔާލަށް ފެނުނީ އެވަގުތުގައެވެ. އެއީ މީގެ ކުރިންވެސް އޭނާއަށް ވާރޭ ތެރޭގައި ކުޅެން އުޅުނިކޮށް ފެނުނު ކުއްޖާއެވެ. ތަފާތަކީ އެކުއްޖާގެ ވީދިފައިވާ ހެދުމާއި ގައިގެ އެކިތަންތަނަށް ލިބިފައިވާ އަނިޔާތަކެވެ. އެކުއްޖާ މިފަހަރު ހުރީ ސިދާ ރަޔާލްގެ ލޮލަށް ބަލާށެވެ. ރަޔާލާއި ދިމާލަށް އަތް ދިއްކޮށްލަމުން އަންނާށޭ ބުނުމުގެ ގޮތުން އެކުއްޖާ ބޯ ޖަހާލައިފިއެވެ.
“ރަޔާ…” ރަޔާލްގެ އަޑެއް ނީވުމުން ޔާސީން ގޮވާލައިފިއެވެ.
“ޔާސީން… އައި ސީ ދެޓް ލިލް ގާލް… ޝީ އިޒް ކޯލިން މިން…” ރަޔާލް އެހެން ބުނުމުން އެތަނުގައި ތިބި އެންމެން ބަލާލީ ޔާސީންގެ މޫނަށެވެ.
“އޯ.ކޭ.. ރަޔާ ފޮލޯ ހަރ…” ޔާސީން އެހެން ނުބުނެވިގެން އުޅެނިކޮށް އިވުނީ އަނެއްކާވެސް ފައިސަލްގެ އަޑެވެ. ނަމަވެސް މިފަހަރު ރަޔާލްގެ ކައިރިންނެވެ. ފޯނު އެއްލާލާފައި ދެފަޔަށް ލެވޭހާ ބާރެއްލާފައި ރަޔާލް ދުއްވައިގަތީ އެކުއްޖާއާއި ދިމާލަށެވެ. ފައިސަލްގެ އަތުގައި ޖެހުމުގެ ކުރިން ރަޔާލް ވާރޭތެރެއަށް ނިކުމެ އެކުއްޖާގެ ފަހަތުން ދުއްވައި ގަނެއްޖެއެވެ.
“ދައްތާ ރަޔާ އެކްސިޑެންޓްވީ ކޮން މަގަކުން.. ދައްތަ ބުނީމެއްނު އެކްސިޑެންޓް ވިއޭ؟” ހަށްވެފައި ހުރި ޔާސީނަށް އަވަހާއި އެހެން އަހާލައިފިއެވެ.
“މާވެޔޮ މަގުން..”
“ޕޮލިހުން އެކަނި އަޅުގަނޑާއެކު ފޮނުވާ ޕްލީޒް ބޭބޭ… އެކަމް ފިލައި ތިބޭނީ ރަޔާ ހަމައެކަނި އިތުބާރު ކުރަނީ އަޅުގަނޑަށް… ޝީ ވިލް ކަމް ޓް މީ…” ޕޮލިހުންނާއި ރިޔާޒަށް ބަލާލަމުން ޔާސިން އެހެން ބުނެލީ އާދޭހާއި އެކުގައެވެ.
ރަޔާލް ދުވަމުން ދިޔައީ އެކުއްޖާގެ ފަހަތުންނެވެ. ވާރޭގެ ބޮޑެތި ކެރިތައް އޭރު ރަޔާލް ބޮލުން ފަޅައިގެން ގޮސްފައިވާ ތަނުގައި ޖެހެއެވެ. ނަމަވެސް އެތަދު އޭނާއަށް އިހުސާސު ވާނީ ކިހިނެއް ހެއްޔެވެ. ފަހަތުން ދުވަމުން އައި މީހާ އެއަށްވުރެ މާ ނުރައްކާތެރި ވިއްޔާއެވެ. އެކުއްޖާގެ ހެދުމުން ފުރަގަހުގައި ފޮތިގަނޑުވަނީ ތިރިއަށް ވެއްޓިފައެވެ. އެކުއްޖާ ދުވަމުން ގޮސް ވެއްޓުނީ ރާބިޔާ މެންގޭގެ ދޮރު މައްޗަށެވެ. ހުޅުވިފައިވާ ގޭގެ ދޮރުން ރަޔާލް އެތެރެ ބަލާލި އެކުއްޖާ ތެދުވެގެން އެގެއަށް ވަނީމައެވެ. އޭރު ފައިސަލް ހުރީ ފުދޭވަރަކަށް ދުރުގައި ކަމުން ރަޔާލްވެސް ބޯދިއްކޮށްލައިފިއެވެ. އެންމެ ކައިރީގައި ޖެހިގެން ހުރި ކޮތަރިން ނިކެމެފައިވާ އަތް ބުރި ފެނުމުން ރަޔާލް ބިރުން ފަހަތަށް ޖެހިލައިފިއެވެ. އޭރު ރާބިޔާވެސް ލެއިން ތަތް ތެޅިފައިވާ ހާލު އެކޮތަރިން ނިކުންނަނީއެވެ. ރަޔާލް ގަތީ އަމަށަކު ބިރެއް ނޫނެވެ. އަނެއްކާވެސް އޭނާ ދެފަޔަށް ލެވޭހާ ބާރެއްލާފައި ކުރިއަށް ދުއްވައި ގަނެއްޖެއެވެ.ޔާސީނާއި ޕޮލިހުންތައް ކާރުގައި ގޮސް ހުއްޓުނީ މަޖީދީމަގުން މާވެޔޮ މަގަށް އެޅެން ހުރި ދިމާލުގައެވެ. ޔާސީން ވާރޭގެ ތެރެއަށް ނިކުމެ މަގު މެދުގައި ހުއްޓިއްޖެއެވެ. ދުއްވަމުން ދިޔަ ކާރުތަކާއި ސައިކަލަކަށްވެސް ބެލުމެއް ނެތިއެވެ.

ކުޑަ ކުއްޖާ ދުވަމުން އައިސް މާވެޔޮ މަގަށް އެޅުމުން ރަޔާލްވެސް އެކުއްޖާގެ ފަހަތުން އަޅައިފިއެވެ. އޭރު ފައިސަލް ހުރީ ރަޔާލާއި ފުދޭވަރަކަށް ކައިރީގައި ނަމަވެސް އެކުއްޖާ އަތުގެ އިޝާރާތުން އަވަސް ކުރާށޭ ބުނުމުން ރަޔާލް ކުރިއަށް ވުރެވެސް ދުވުން ބާރު ކޮއްލައިފިއެވެ. ނުރޯންވެގެން ފިއްތައިގެންހުރި ރަޔާލަށް ރޮވުނީ ފަހަތަށް ބަލާލި ވަގުތު އޭނާގެ އަތުގައި އޮތް ވަޅި ފެނުމުންނެވެ. ރަޔާލް އަނެއްކާވެސް ކުރިއަށް ބަލާލަމުން އެހީތެރިކަމަށް އެދުނީ އެއްކަލަ ކުއްޖާގެ ކިބައިންނެވެ. އެކުއްޖާ މިހަރު ހުރީ މާވެޔޮ މަޖީދީމަގަށް ވާ ހިސާބު މެދު ހުއްޓި ހީގަނެގެންނެވެ. އަތް ފުޅާ ކޮއްލައިގެން އެކުޑަ ކުއްޖާ ހުރިއިރު އެކުއްޖާގެ ލޮލުން ހީސްލާފައި ކަރުނަފައިބައެވެ.
ޔާސީނަށް މާވެޔޮ މަގަށް އެޅި ރަޔާލް ފެނުމުން ވަގުތުން ދެއަތް ފުޅާކޮށްލައިފިއެވެ. ކުރިން އޭނާއަށް އެއްވެސް އެހީތެރި ކަމެއް ނުވެވުނަސް މިފަހަރު ރަޔާލަށް ހިމާޔަތް ތެރިކަން ދޭނީ އޭނާއެވެ. ފަހަތަށް ރަޔާލް އެނބުރިފައި އޭނާއަށް ބަލާލި ވަގުތު ޔާސީން ހިނިތުންވެލީ އަވަހަށް އަންނާށޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު ރަޔާލް ދުވުން ވާރޔ ކޮއްލި ގޮތުން ޔާސީންގެ ހިތް ހީވީ ފިސްވިހެންނެވެ. އެކުއްޖާ އެދުވަނީ އަމިއްލަ ފުރާނައާއިވެސް ދެކޮޅަށެވެ. އެކަހަލަ ކިތައް ކުދިން އުޅޭނެ ހެއްޔެވެ؟ އިސްޖެހުނު ޔާސީނަށް ފުރަތަމަވެސް ގިސްލެވުނީއެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުން ރުއިމުގެ އަޑު ނިކުތް ވަގުތު ކައިރީގައި ތިބި ޕޮލިސް ދެކުދިންވެސް ބަލާލިއެވެ. ރަޔާލް ދިހަވަރަކަށް ފޫޓު ކައިރިއަށް އައުމުން ޔާސީންވެސް އެދިމާލަށް ދުއްގައި ގަނެއްޖެއެވެ. ޖެހެމުން ދިޔަ ބާރު ވަޔާއެކު ރަޔާލްއައިސް ޔާސީންގެ މޭގައި ތަތްލި ގޮތް ބަޔަކު ބަލަން ތިބިނަމަ ހިތް ކުދި ކުދި ވާހާވެޔެވެ. ފައިސަލްއަށް އެތަން ފެނުމުން އޭނާ ބެލީ އައި ކޮޅަށް ދުވެ ފިލޭތޯއެވެ. ނަމަވެސް އެއަށްވުރެ ކުރން ޕޮލިހުން އޭނާ ހިފަހައްޓައިފިއެވެ.
“ރަޔާ…” އަދިވެސް ރަޔާލް ހުރީ ޔާސީންގެ މޭގައި ތަތް ކޮއްލި ގޮތަށެވެ. ޔާސީން މަޑުމަޑުން ރަޔާލް ގަޔާއި ދުރުކޮއްލަމުން އެމޫނަށް ބަލައިލަން އުޅުނެވެ. ނަމަވެސް ރަޔާލްގެ އެއްވެސް ހޭވެރިކަމެއް ނެތެވެ. ހީވަނީ މީހެއްގެ ރައްކާތެރިކަން ލިބުމުން އަރާމުކޮށް ނިދާލާފައި އޮތް ހެންނެވެ.
*********
ރަޔާލަށް ހޭވެރިކަމެއްވީ ދެދުވަހެއް ފަހުންނެވެ. އޭރު ފައިސަލާއި ރާބިޔާވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހުރިހާމީހުންވެސް ތިބީ ރަޔާލް ހޭއަރާނެ ކަމުގެ އުންމީދުގައެވެ. ހާއްސަކޮށް ޔާސީނެވެ. އޭނާ ހީކުރީ ރަޔާލް މަރުވީ ކަމުގައެވެ. ރަޔާލް ހޭ އެރުމުން އެންމެން ދެމީހުނަށް ވަގުތު ދީފައި އެތަނުން ނިކުމެއްޖެއެވެ.
“ބޯ ކިހިނެއް…” ޔާސީން ހީލަމުން ތުން އޫކޮއްލައިފިއެވެ.
“ދެޓް ލިލް ގާރލް ވޯޒް ޔު ރައިޓް…” ރަޔާލް ބުނި އެއްޗެއް ނޭނގުމުން ޔާސީން ފުންކޮށް އެމޫނަށް ބަލާލައިފިއެވެ.
“ކީކޭ…” ޔާސީން ޖީބަށް އަތް ޖަހާލަމުން ބުނެލައިފިއެވެ.
“ޔާސީން ދޯ އަހަރެން ބަލާ އައީ…” ހީލަމުން އެހެން ބުނި ރަޔާލް އަތް ދިއްކޮއްލީ ޔާސީނާއި ދިމާލަށެވެ. ޔާސީން މަޑުމަޑުން އެއަތުގައި ހިފާލީ ދެން ދީކޮށްނުލާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. ދެމީހުންވެސް ބަލަން ތިބީ އެކަކު އަނެކަކުގެ މޫނަށެވެ. ރަޔާލަށް ކުޑައިރުގެ އެޔާސީން ހަނދާން ވުމުން ކުރިއަށްވުރެ ބޮޑަށް ހީގަނވިއްޖެއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް އެހީވީ ޔާސީނެވެ. އެންމެ ފުރަތަމަވެސް އެއިހާނެތިކަމުން ރަޔާލް ސަލާތްވީ ޔާސީން އެކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. މިފަހަރުވެސް އޭނާ ސަލާމަތްވީ ހަމަ އެ ޔާސީންގެ ސަބަބުންނެވެ.
ޔާސީން ރަޔާލް ގެނެސް މޭގައި ޖައްސާލަމުން ބޮލަށް ބޮސްދީފިއެވެ. ރަޔާލަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އޭނާގެ ނިދި ކޮންމެ ރެއަކުހެން ނަގާލި ކުއްޖާއެވެ. ދެން ލާން އޮތް ނޭވާއަށް ވުރެވެސް ބޮޑަށް ލޯބިވި އަންހެން ކުއްޖާއެވެ. އެއީ އޭނާގެ ހިތާ ފުރާނައިގެ ދިރުމެވެ.
ނިމުނީ 🙂

4
0
މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

1 ކޮމެންޓް: ލިޔުން ”ހިތާ ފުރާނައިގެ ދިރުމޭ (8)“

  1. This story is really fantastic. I never read this much unique n meaningful story ever in my life. It really touched my heart
    😊

    1

    0

Leave a Reply

Your email address will not be published.