ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (4)

ރަޔާލް އަތް މައްޗަށް އުފުލައިލިއިރު ޔާސީންގެ އަރު ތެރެއަށް ތަދުވާން ފަށައިފިއެވެ. ހީވަނީ ވާހަކަ ނުދެއްކޭނެ ވަރަށް ދުޅަ ވެފައިވާ ހެންނެވެ. ކަރު ކެހިލުމާއެކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހި ތަކެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލައިފިއެވެ. ރަޔާލަކީ މީހެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކޭ ހިތައް އެރުމުން އެލޮލަށް ޖަމާވި ކަރުނަތައް ވީ އިތުރެވެ. ވާރޭ ތެރޭގައި ހުރިއިރުވެސް އެދެލޯވަނީ މުޅިން ރަތްވެފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު އެ ފިރިހެން ވަންތަ
މޫނުން ފެންނަމުން ދިޔައީ ރުޅި ވެރިކަމެވެ. ގޭގެ ތެރޭގައި ތިބި އެންމެން ހަމަޖެހުން ގެއްލުނީ ޔާސީން ގެއަށް ވަންތަން ފެނުމުންނެވެ.
“ކިހިނެއްވީ؟..” އާމިރާ ރޮމުން އައިސް ތުރުތުރު އަޅަންފެށި ރަޔާލްގެ ގައި ހިފަހައްޓާލިއެވެ.
“ވާރެއަށް ނިކުތީ…” ޔާސީން މިފަހަރު ހެދީ ތެދެވެ. ރަޔާލަށް އެވަރުވީ ވާރޭގައި އުޅެމުންނެވެ.
“މިކުއްޖާވެސް ދޯ..” ޝަބީން ރަޔާލްއާއި ކައިރިވާން ފެށުމުން ޔާސީން ބޯހޫރާލައިފިއެވެ. އަދި އަމިއްލައަށް އެހުރި ގޮތަށްގޮސް ރަޔާލް ބާއްވާލީ އޭނާގެ އެނދުގައެވެ. ތެމިފައިވާ އެއްޗެހި ބަދަލު ކުރަން އާމިރާ ކައިރިވުމުން ކޮޓަރީގައި އިން މައުވާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އޭނާ އެތަނުން ނެރެފިއެވެ. މީަރު އެމޫނުން ފެންނަމުން ދިޔައީ ނަފުރަތެވެ. ރުޅިން ތުރުތުރު އަޅަމުން ދިޔަތަން ފެނުމުން މައުވާއަށް ފަހަތަށް ޖެހި ލެވިއްޖެއެވެ.
“މައުއަށް އިނގޭ ދޯ..” ކަރު ކެހިލަމުން ޔާސީން ބޮލުގައި އަތްފުނާ އަޅާލައިފިއެވެ.
“ކޯއްޗެއް؟؟” މައުވާ އަތަށް ތަދުވުމުން އޭނާ ޔާސީންގެ އަތް ފޮޅާލާފައި އަތުގައި ފިރުމާލައިފިއެވެ.
“މިގޭ އެއްވެސް މީހަކު ރަޔާއަށް ..” ޔާސީންގެ ބުނަން އުޅުނު އެއްޗަކުން މައުވާގެ ދެލޯ ބޮޑު ވެއްޖެއެވެ. ހިތާއި ދިމާލުގައި އަތް އަޅާލެވުނީ ބޯހޫރާލަމުންނެވެ.
“ނޫން..” މައުވާ އަދިވެސް ހުރީ އެހުރި ގޮތަށެވެ.
“ދެންވެސް ތެދަށް ބުނޭ.. ދެން ވައި ޑޫ އައި ތިންކް ޝީ އިޒް އެބިއުޒްޑް؟” އަމުރުވެރި ގޮތަކަށް ޔާސީން މިފަހަރު ބުނެލީ ތަންކޮޅެއް ބާރަށެވެ.
“މިގޭ އެއްވެސް މީހަކު ރަޔާއާއި އެހެނެއް ކައިރި ނުވާކަން އަހަންނަށް ޔަޤީން.. ދައްތަ އަބަދުހެން ހުންނަނީ އޭރު ރަޔާލް ކައިރީގަ.. މިގެއަށް ގެނައި ފަހުން ވަރަށް ޑޮކްޓަރުންނަށްވެސް ދެއްކި.. ބަޓް ޝީ ކުޑުންޓް ރިމެމްބަރ” މައުވާ އޭނާއަށް އެނގޭ މިންވަރު ހާމަކުރަމުން ދިޔައިރު ޔާސީން ހުރީ ވާރެއަށް ބަލަހައްޓައި ގެންނެވެ.
“ރަޔާ ގެނައީ 8 އިޔާސްގަ.. އޭރު ރަޔާ އެއްވެސް ކަމެއް ހަނދާނެއް ނެތް.. ރަޔާލް އެނަންވެސް އެއީ ދޮންބެއާ ދައްތައާއި ދެމީހުން ފަހުން ކީނަމެއް.. ކުރީގެ ނަން ކީމަ ކޮކީ ބިރުން އުޅޭތީ.. އެއްވެސް މީހަކު ކައިރީގަ ދައްތަމެން ނުވެސް ބުނޭ އެނަމެއް” މައުވާ އެހެން ބުނުމުން ޔާސީނަށް އެނގުންވާން ފަށައިފިއެވެ.
“8އަހަރޭތަ.. ރަޔާ ދެންމެ ބުނީވެސް ކުޑަ ކުއްޖެކޭ އެއުޅެނީ.. ރަޔާ މިހާރު އެހަނދާންވަނީ ކުރީގެ ކަންތައް ކަންނޭގެ. ކުޑަ އިރުގައި ހަނދާންނުވިކަން އެއީ ނަސީބެއް ..” ދެއަތުން މޫނު ފޮހެލަމުން ޔާސީން ބަލާލީ އޭނާގެ ތެމިފައިވާ ފޯނަށެވެ. އެޖީބަށް ލަމުން މައުވާ ކައިރީގައި ގަޑި އަހާލީ ހިނިތުން ވަމުންނެވެ.
“ހޯމަ ދުވަހު 10އަށް.. އޭނާ ގެންނަންވީ އަހަރެންގެ ރޫމަށް.. އަ ވިލް ޑޫ ދިޒް މައި ވޭ” އެހެން ބުނެފައި ޔާސީން އެގެއިން ނިކުމެގެން ދިޔައީ ކާރާއި ދިމާލަށެވެ.
******
ޔާސީން ހުރީ އާދައިގެ މަތިން ޑިއުޓީއަށް އައިހެވެ. އޭނާ ކެންޓީނަށް އައީ ކޮފީ ދަޅެއް ގަންނާށެވެ. ރޭގައި ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ ބޮލުގައިވަނީ ރިހުމެއް އުފެދިފައެވެ. ފިނި ކޮފީ ދަޅު ނަގައި އެނާ އެ ޖައްސާލީ ނިއްކުރީގައެވެ. އެދަޅުގައިވި ފިނިކަން އޭނާގެ މުޅި ހަށިގަނޑަށްވެސް ފޯރުވި ކަހަލައެވެ. ހޯމަ ދުވަހަށް ވެފައި އޭނާ ހުރީ ޑިއުޓީގައި އަވަދިނެތިއެވެ. ހަނދާން ނެތުނީ މައުވާ ކައިރީގައި ބުނެވުނު ވާހަކައެވެ. ކުޑަކޮށްވެސް އެކަމުގެ ހަނދާނެއް ޔާސީންގެ ހިތަކު ނެތެވެ. ކޮފީ ދަޅު ތުނބުގައި ޖަހާލުމާއެކު އޭނާ ފޯނު ރިންގްވާން ފަށައިފިއެވެ. ފައިސަލްގެ ނަން ފެނުމުން ޔާސީން ފޯނު ނަގާކަށް ނޫޅުނެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު އޭނާ ޖީބަށްލީ ބައްޕައައި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.
ސިޓިން ރޫމް ސޯފާގައި އިށީނދެގެން އިން ފައިސަލް އިނީ އޭނާގެ ފޯނަށް ބަލާށެވެ. ޔާސީން ފޯނު ނުނެގުމުން އޭނާ ވިސްނީ އިހަށް ފާހާނާއަށް ވަދެލާށެވެ. އޭނާ އެހެން ނޫނަސް ޔާސީނަށް ގުޅީ ޒުހައިރާ ކޮބައި ތޯ ބަލާލާށެވެ. ފެން ވެރުމުގެ ކުރިން ފައިސަލް ގޮސް ކުރިމަތިން ހުރި ކޮޓަރި ހުރީ ހުޅުވާފައިތޯ ބަލާލައިފިއެވެ. އޭނާގެ ނަސީބު ދިމާ ކުރި ގޮތުން އެވަގުތު އެތަން ހުރީ ހުޅުވާފައެވެ. އެތަނުގެ އެތެރެއަށް ވަދެވުމާއެކު އޭނާ މޭގައި އަތް ހާކަށް ފަށައިފިއެވެ. އެތަނުގެ ކަނާތް ފަރާތު ފާރު ކައިރީގައި މަޑުކޮއްލުމަށްފަހު އޭނާ ލޯ މަރާލައިފިއެވެ.
# # # # #
ރިޔާޒް ރައްޓެއްސަކަށް ގުޅައިގެން ގެއަށް އައިއިރު ރޭގަނޑުން އަނބުރާ 10 ޖަހައިފިއެވެ. ކާރުން ފައިބައިގެން ހިންދެމިލިއިރު އޭނާގެ އަތްމަތީގައިވަނީ 8 އަހަރަށް ލޯބި ލޯބި އަންހެން ކުއްޖެކެވެ. އޭނާ އެއްކޮށް ހަދައި ނުނިމޭ ގެއަކަށް އެވަގުތު އެވަރުގެ ކުއްޖަކު ގޮވައިގެން އަންނަތަން މީހަކަށް ނުފެނުކަމީ އޭނާގެ ނަސީބެވެ. އެގެއާއި ދިމާލަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އެކުއްޖާގެ އިސްތަށިގަނޑު ތިރިއަށް ވިހުރިގެން ހިނގައްޖެއެވެ. ފަންފަން ދިގު ދިގު އެއިސްތަށިގަނޑުން އެކަނިވެސް އެކުއްޖާގެ ރީތިކަން އިނގޭހައި ވެއެވެ. އެކުއްޖާ އެއްވެސް ހަރަކާތެއް ނެތި އެހެން އޮތުމުން ހީވަނީ ހޭނެތިފައިވާ ހެނެވެ. އެގެއަށް ވަދެގެން ގޮސް އޭނާ ހިޔާރު ހުރީ އަދި މީހުން އުޅެން ފަށާފައި ނުވާ ބުރިއެކެވެ. އޭނާއާއި އޭނާގެ އަންހެނުންނާއި ދަރިފުޅު ބަދަލުވަންވެސް ހަމަ ޖެހިފައިވަނީ އެބަޔަށެވެ.
ފައިސަލް އެތަނަށް ވަދެގެން ގޮސް އެކުއްޖާ ބާއްވާލީ ކުރިމަތިން ފެންނަނަ ހުރި ކޮޓަރީގައެވެ. އޭރު އެކުއްޖާއަށް ކޮންމެވެސް ވަރަކަށް ހޭވެރިކަން ވާން ފަށައިފިއެވެ. ކަނާތް ހަރަކާތް ކޮއްލުމާއެކު ފައިސަލް އެއަތުގައި ހިފަހައްޓައިފިއެވެ. ޖީބުން ނެގި ފަލަ ފަލަ ރަތް ރެބަންގަނޑު އެކުއްޖާގެ އަތުގައި ޖަހާ ބާރު ކޮއްލިގޮތުން އޭނާ ރޯން ފަށައިފިއެވެ.
“ރޫބީ އަށް ތަދުވޭ…” އަމިއްލަ ނަން ލައިގެން އެކުޑަ ފުރާނަ ވާހަކަ ދައްކާ ގޮތުން އެހެން މީހެއް ނަމަ ލޯބިން ހިތް ފުރޭނެއެވެ. ނަމަވެސް ފައިސަލް އެ ރިބަންގަނޑު ކުޑަކޮށްވެސް ދޫކޮއްނުލައެވެ. ލޯ މަތީގައި އައްސާފައިވާ ފޮތިގަނޑު މުހެލަން ފައިސަލް ހުއްޓުނީ ފަހަތުގައެވެ. އަދި އޭނާގެ ކަންފަތް ކައިރިއަށް ގުދުވެލާފައި އެފޮތިގަނޑު ނައްޓާލައިފިއެވެ.
“ރޫ…ބީ” ދަމާލައި ފައިސަލް އެހެން ގޮވާލުމުން އެކުޑަކުޑަ ކުއްލިއަކަށް ތެދުވެގެން ދުއްވައި ގަނެއްޖެއެވެ. ނަމަވެސް އެކުއްޖާއަކަށް އެތަނުން ދޮރެއް ނުފެނުނެވެ. ބޮޑު މީހެއް ނަމަވެސް ނުފެންނާނެއެވެ. އެތަން ހުރީ ފާރާއި އެއްކުލަ ލައިފައވާ ފިލައި ގަނޑަކުން ބަނދުކޮއްފައެވެ.
“ރޫބީ ބޭނުމީ މަންމަ ކައިރިއަށް ދާން…” ބިރުން ތުރުތުރު އަޅަމުން ދިޔަ ރޫބީއަށް އޭރު ރޮވިއްޖެއެވެ. ނަމަވެސް ފައިސަލް އެކުއްޖާއަށް ބަލަމުން ދިޔައީ ޝިކާރަވެރި ނަޒަރަކުންނެވެ. ތުރު އަލާމުން ދިޔަ އަތުން އެމައުސޫމް ފުރާނަ އައިސް ހިފާލީ ފައިސަލްގެ ފައިގައެވެ. އަދި ކަކޫ ޖަހާލަމުން އޭނާގެ ބޮޑު ދެލޮލުން ފައިސަލަށް ބަލާލައިފިއެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އެއްފަހަރާހެން ފައިބައިގަތީ ފައިސަލް ރޫބީގެ މޫނަށް ބަލާވެސް ނުލުމުންނެވެ.
“ކޮއްކޮ މަންމަ..” ރޫބީއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ފައިސަލްގެ އަތުގެ ހޫނު އެތި ފަހަރެއް އެމޫނަށް އަރައިގެން ހިނގައްޖެއެވެ. އެޅަހިތަށް އެވަގުތު އަރާނެ އެއްޗެއް އިހުސާސް ކޮއްލެވޭނީ ކާކުއަށް ހެއްޔެވެ؟
ބިރުން ފަހަތަށް ޖެހުނު ކުއްޖާއަށް އަމިއްލަ ގަޔަށް ހީސްލެވުނު އިރުގައިވެސް ނޭނގުނެވެ. ފައިސަލް ފަހަތަށް ޖެހިލީ އޭނާގެ ފަޔަށް ބުރައިފާނެ ކަމަށެވެ. ރޫބީ ދުއްވައިގަތީ އެތަނުން ނިކުމެވޭތޯއެވެ. ނަމަވެސް ދޮރެއް ފެންނަން ނެތުމުން އެކުއްޖާ ފާރުގައި އަތް ހާކަށްފެށީ ކޮންމެވެސް ގޮތެއް ފެނޭތޯއެވެ. ދުރުގައި ހުރި ފައިސަލްއަތުގައި އޭރު ފެންފުޅިއެއް އޮތް ނަމަވެސް އޭނާ ހުރީ ނުބައި ފާޑަކަށް ހީގަނެގެންނެވެ. އަތުގައި އޮތް ފެންފުޅީގެ މަތި ނަގައި އެފުޅީގައި ހުރި ހުރިހާ ފެނެއް އޭނާ އޮއްސާލީ ރޫބީގެ ބޮލަށެވެ. އަދި ލޯމަތީގައި އަނެއްކާވެސް ފޮތިގަނޑެއް އައްސާފައި އޭނާ ދިޔައީ ބޭރަށެވެ.
# # # # #
އެޕާޓްމެންޓް ބެލް އަޅާލުމާއެކު ފައިސަލް ތެޅިގަނެފައި އެދިމާލަށް ބަލާލައިފިއެވެ. ފާޑަކަށް މޫނު ހަދާލަމުން އޭނާ ޔާސީންގެ ކޮޓަރީގެ ދޮރު ލައްޕާލަމުން ބޭރަށް ނިކުމެއްޖެއެވެ. މިގަޑީގައި ގެއަށް އަންނާނީ ކާކު ހެއްޔެވެ. އެކި ހިޔާލު ތަކުގައި ހުރެގެން ފައިސަލްގޮސް ގޭގ މައިދޮރު ހުޅުވާލައިފިއެވެ. ހުޅުވިގެންދިޔަ ދޮރުގެ ކުރިމަތިން ފެނުނު ދެއަންހުން ކުދިންގެ ސަބަނުން އޭނާ ލޯ ހުޅުވިގެން ހިނގައްޖެއެވެ. މައުވާ ހީލަމުން އަހާލީ ޔާސީން ކޮބައިތޯއެވެ. ދޭނެ ޖަވަބެއް ނޭނގުނު ކަމުގައި ވިއަސް ފައިސަލް ދޮގެއް ނުހެދިއެވެ. ރަޔާލް އިސްޖަހާލައިގެން ހުރީ ފައިސަލަށް ބަލަން ބޭނުން ނުވާތީއެވެ. ފެންވަރަން އުޅުނު ފައިސަލް ކުއްލިއަކަށް ހިޔާލު ބަދަލު ވެއްޖެއެވެ. އޭނާ ބޭރަށް ދަނީކަމުގައި ބުނެ އެޕާޓްމެންޓްއިން ބޭރަށް ނިކުމުގެން ހިގައި ގަނެއްޖެއެވެ.
މައުވާއަށް ޔާސިންގެ ކޮޓަރިއަށްވަދެ ލައިޓް ޖައްސާަމުން އެނދުމަތީގައި އިށީނދެއްޖެއެވެ. ފޯނު ނަގައި ޔާސީނަށް ގުޅާލީ އޭނާ އޮފް ނަގާނަމޭ ކިޔާފައި ނުނަގާ އުޅޭތީއެވެ. ދެތިން ފަހަރަކު ރިންގް ވާން ތަނަށް ޔާސީން ފޯނު ނަގާ ނިދި އަޑަކުން ހަލޯ އޭ ބުނެލައިފިއެވެ.
“ކޮބާ؟” މައުވާ ސުވާލި ކޮއްލުމުންވެސް ޔާސީން ހަނދާން ވާ ގޮތެއް ނުވިއެވެ.
“ކޮކީ.. ޔާނެއްނު ބުނީ މިއަދު ގެއަށް ގެންނާށޭ..” މައުވާ ރުންކުރު ވާ ގޮތް ވުމުން ޔާސީން މާފަށް އެދިއްޖެއެވެ.
“ގޭގަތަ؟ އަހަރެން”
“އަހަރެންނެއް ނޫން… ރަޔާ އޭނީ ޔާނުގެ ކޮޓަރީގަ.. އަހަރެން މިދަނީ” ރަނގަޅަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދެނިސް މައުވާ ފޯނު ކަނޑާލާފައި އައިސް ރަާލް ކައިރީގައި އިށީނދެއްޖެއެވެ.
ކައިރީގައި ހުރި ފިހާރައަކަށް ދަނީ ކަމަށް ބުނަމުން މައުވާއަށް އެތަނުން ނިކުމެ ވުނީވެސް ވަރަށް ވަރުންނެވެ. ރަޔާލް އެކަނި ވުމުން ވަގުތުން ކޮޓަރި ތެރެއަށް ވަށައިގެން ބަލަން ފަށައިފިއެވެ. މައުވާ އެގެއިން ނިކުމެގެން ދިޔަތަން ބަލަން އިން ފައިސަލަށް ހީވީ ރަނުގެ ފުރުސަތެއް ލިބުނު ހެންނެވެ. ގޭގެ ތިރީ ބަޔަށް ގޮސް އޭނާ އެންމެ ފުރަތަމަ އޭނާ އުޅެމުން އައި އެޕާޓްނެމްޓްއިން ކަރަންޓް ދުއްވާލީއެވެ. ކޮޓަރީގައި އިން ރަޔާލަށް އިންތަނުން ތެދުވެވުނީ މުނިތަން އަނދިރި ވީމައެވެ. ކުޑަ ދޮރެއްނެތް އެކޮޓަރި ވަގުތުން އަނދިރި ވެގެން ދިއުމުން ރަޔާލްގެ ހުތޔގެ ހިނގުންވެސް އަވސް ވެގެން ހިނގައްޖެއެވެ.
ހޮސްޕިޓަލުން ނުކުތް ޔާސީން ކާރަށް އަރައި ގެއާއި ދިމާލަށް މިސްރާބު ޖެހީ ރަޔާލް ގޭގައި އެކަނި އިންނާނެ ކަން އެނގޭތީއެވެ. އޭނާގެ ބައްޕަ ގޭގައި އުޅެއްޖެނަމަ އަދި ރަޔާލް މާ ބިރު ގަންނާނެއެވެ. އެކި ކަހަލަ ނުބައި ވަސްވާސްތައް ހިތައް ވަންނަން ފެށުމުން ޔާސީން އަތާއި ފައި ފިނިވާން ފަށައިފިއެވެ. ޓްރެފިކަށްވެސް މަޑު ނުކޮށް ޔާސީން ދިޔައީ ރަޔާލްގެ ގޮތް އެނގޭތީއެވެ. ދެތިން ފަހަރަކު މައުވާއަށް ގުޅޭތޯވެސް ބަލަލިއެވެ.
ގޭގެ އެތެރެއަށް ވަންނަމުން ފައިސަލް މޫނުގައި ފޮތިގަނޑެއް ބަނދެލީ ރަޔާލަށް އޭނާގެ މޫނު ނުދައްކާށެވެ. ތެޅިތެޅި އޮތް ހިތާއެކު ރަޔާލް ފޯނުގެ ލޮކް ކޯޑް ޖަހަން އުޅުނީ އޭގައި އިންނަ ލައިޓް ދިއްލާލާށެވެ. ނަމަވެސް ތުރުތުރު އަޅަމުން ދިޔަ އެއަތުން އެކަމެއްވެސް ނުވިއެވެ. ދުވާލު ވެފައި އެތަން އެހާއި ބޮޑަށް އަނދިރި ވެފައި ވަނީ ކުޑަ ދޮރެއްވެސް ނެތުމުންނެވެ.އަނެއްކާ އެގެ އިންނަނީވެސް ދެ ގެއެއްގެ މެދުގައެވެ. ރަޔާލް އަނެއްކާވެސް އުޅުނީ ފޯނު ހުޅުވޭތޯއެވެ. ނަމަވެސް މިހާރު ފޯނު އޮތީ ޗާޖު ގޮސްގެން ނިވިފައެވެ. އެތެރެއިން މީހެއްގެ ފިޔަވަޅުގެ ހިލަން ވުމުން ރަޔާލް ފުން ނޭވާއެއް ދޫކޮއްލައިފިއެވެ. އެވާނީ އޭނާގެ ދޮންތައަށެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ޖެހިލީ ކުރިއަށެވެ.
“ދޮންތީ.. ހާދަ ލަސް…” ރަޔާލަށް އެހެން ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އޭނާގެ އުނަގަނޑުގައި މީހަކު ހިފާލައިފިއެވެ. އޭނާ އުޅުނީ އެއަތް އޭނާގެ ގައިން ނައްޓާލެވޭތޯއެވެ.
“ރޫބީ…” ފަހަތުން އިވިގެން ދިޔަ އަޑަކުން ރަޔާލް ހުރި ތަނަށް ގަނޑުވި ކަހަލައެވެ.
“އަހަރެންގެ ރޫބީ…”ފައިސަލް ވާހަކަ ދެއްކީ އަޑު ބަރު ކޮއްގެންނެވެ. ނޭނގޭ ބާރެއް ރަޔާލްގެ ގައި ދުވެލި ކަހަލައެވެ. ވަގުތުން ފައިސަލް ދުރަށް ފޮޅުވާލަމުން ހުޅުވިފައިވާ ދޮރާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. ކުޑަކޮށްގެން އަލިކަމެއްވަނީ ހުޅުވާލެވިފައިވާ ބޮޑު ދޮރުންނެވެ. ގޭގެ ދޮރުން ވަދެގެންއައި ޔާސީން ފެނުމުން ރަޔާލް ރޮމުން އައިސް ބައްދާލީ ޔާސީންގެ މެދު ހަށީގައެވެ. ވާނުވާގައި އިން ޔާސީންވެސް ރަޔާލްގެ ބޮލުގައި އަތްޖައްސާލީ ރަޔާލް ރޮމުން ދާވަރުންނެވެ. މޫނުގައި ފޮތި ގަނޑެއް އަޅައިގެންހުރި ފިރިހެންމީހާ ނިކުތްތަން ފެނުމުން ޔާސީން ކުރިއަށް ޖެހިލަން އުޅޭނިކޮށް ރަޔާލް އަނެއްކާވެސް ބާރުކޮއްލައިފިއެވެ. މިވަގުތު އޭނާއަށް މުހިންމުވީ ރަޔާލްއެވެ. އެމީހާ ދުވެފައި އެތަނުން ނިކުތުމުން ޔާސީން ބަލާލީ އޭނާގެ ގައި ބައްދައިގެން ހުރި ރަޔާލަށެވެ.
ބިރުން ހުރި ވަރުން އެކުއްޖާގެ ފައިވެސް ބިމުގައި ހަރު ނުލައެވެ. އެމީހާ ނިކުމެގެން ދިޔަ ދިމާލަށް ބަލަން ހުރި ޔާސީން ހުރީ ކުޑަ ޝައްކެއްގެ މަތީގައެވެ. ރަޔާލް ބައްދާލާފައިވާލެއް ބާރު ކަމުން ޔާސީނަށް ނޭވާވެސް ނުލެވުނެވެ. މަޑުމަޑުން ޔާސީން ރަޔާލްގެ ބޮލުގައި ފިރުމައިލީ އޭނާ ހަމަޔަކަށް އަޅުވާށެވެ. އަތް ޖޯޑު ކޮއްލުމަށްފަހު އެއަތުގެ ތެރެއަށް ރަޔާލް ގެ މޫނުގެނެސް އޭނާ ފުރަތަމަ ފަހަރަށް އެމޫނަށް ބަލާލައިފިއެވެ. ރަޔާލް އުލުނީ ކޮންމެވެސް އެއްޗެކޭ ބުނާށެވެ. ނަމަވެސް އޭނާބުނުމުގެ ކުރިން ޔާސީން ރަޔާލްގެ ނިއްކުރީގައި ތުންފަތް ޖައްސާލައިފިއެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ރަޔާލް ކުރެވުނެވެ. އެހެން މީހުނާއި ހިލާފަށް ޔާސީންގެ ފަރާތުން އޭނާއަށް އިހުސާސްވަނީ ރައްކާތެރިކަމެވެ.
” ޔޫ ކޭން ލެޓް ގޯ…” މަޑުމަޑުން އެހެން ބުނެލުމުންވެސް ރަޔާލް ދޫކޮށެއް ނުލިއެވެ. އޭނާ ހުރީ އެއަށްވުރެ ބިރު ގަނެފައެވެ. އެމީހާއަށް ރޫބީގެ ނަން އިނގުނީ ކިހިނެއް ކަމާމެދު ރަޔާލް އަދިވެސް އިނީ ހައިރާން ވެފައެވެ. ރަޔާލް އެހެން ދޫކޮއްނުލައި އިނުމުން ޔާސީންވެސް ރަޔާލްގެ ގައި ހިފަހައްޓާލަމުން އެ ކަނދުރާގައި ދަތްދޮޅި އަޅުވާލައިފިއެވެ. އޭނާ ރަޔާލަށް އަންގައިދޭން ބޭނުންވީ އޭނާ ހުންނާނެކަމެވެ. އެގާތްކަން ރަޔާލަށްވެސް ކަމު ދިޔައެވެ. ޔާސީން ގައިން ދުވަމުން ދިޔަ މީރު ވަހާއެކު އޭނާ ދެލޯ މަރާލަމުން ބޮޑަށް އެމޭގައި މޫނު ފޮރުވާލައިފިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ދުރަށް ޖެހިލީ ކުރެވުނު ކަންތަކާ ލަދުންނެވެ. އިސްޖަހާލައިގެން އެހެން އިނުމަށްފަހު ރަޔާލް އެއްއަތާއި އަނެއް އަތް މޮޑެން ފަށައިފިއެވެ.
ޔާސީންވެސް އިސް ޖަހާލައިގެން އިންއިރު އނާގެ ފިރިހެންވަންތަ މޫނުގައިވަނި ލަދުވެތި ހިނިތުން ވުމެކެވެ. ފިރިހެން ކުއްޖެއްގެ ގައިން ފެންނާނެ އެންމެ ރީތި ހިނިތުންވުމަކީވެސް އެއީއެވެ. ކަރަންޓް އައުމުން ކަރު ކެހިލަމުން ޔާސީން ބަލާލީ ތިރިއަށް ބަލަހައްޓައިގެން އިން ރަޔާލަށެވެ.
“ރަޔާ ސޮރީ…” މަޑުމަޑުން އެހެން ބުނެލި ޔާސީންގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.
“ސޮރީ… އަޅުގަނޑު..” ކުރިމަތީގައި ހުރި ޔާސީނަށް ބަލާލަންވެސް ރަޔާލަށް ނުކެރުނެވެ. އޭނާގެ އަތްފިނިވެ މޫނުން ދާހިއްލަން ފެށިތަން ފެނުމުން ޔާސީން ހީލައިފިއެވެ. މައުސޫމް ކަމުގެ އިންތިހާއެވެ.
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.
ނުނިމޭ
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.
ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު އެއްކޮށް ހުޅުވާލުމަށްފަހު ބޭރުން ގޮނޑިއެއް ގެނެސް އޭގައި އިށީނދެއްޖެއެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ބައިބަރު ސުވާލުތައް އެބަހުއްޓެވެ. ކުރާނެ ގޮތަކާމެދު ޔާސީން ވިސްނަމުން ދަނިކޮށް ރަޔާލް އަނެއްކާވެސް ބަލާލައިފިއެވެ. އެމޫނުން ފެންނަނީ ބިރުގަނެފައިވާ ވަރެވެ. އަދިވެސް ހަމައަކަށް ނޭޅޭކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އަނެއްކޮޅުން އެމީހަކު މިގެއަށް ވަނީ ކިހިނެއް ކަމާމެދު ސުވާލުވެސް އުފެދުނެވެ.
“ރަޔާ… އިނގޭތަ އެއީ ކާކުކަން؟” ޔާސީން ދުރުގައި އިން އެނދުގައި އިށީދެގެން އިން ރަޔާލް ކައިރީގައި އަހާލައިފިއެވެ. އިސްޖަހާލައިގެން އިނުމަށްފަހު އޭނާ ހޫރުވާލީ ބޮލެވެ.
“ރަޔާ ވާހަކަ ދެއްކީމަ އަހަންނަށް ހެލްޕެއް ވެވޭނީ…” ދެވަނަ ފަހަރަށް އެހެން އަހާލުމުން ރަޔާލް އިސްއުފުލާ ބަލާލައިފިއެވެ. ތުންފަތް ހަރަކާތް ކޮއްލި ނަމަވެސް އަޑެއް ނުނިކުތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ރަޔާލް އޭނާ ނިއްކުރީގައި ހިއްލާފައިވާ ދާތައް ފުހެލަމުން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރަން ފަށައިފިއެވެ.
“ހީ ނިއު މައި ޑްރީމްސް….” ރަޔާލްގެ ދުލުން ބޭރުވި އެޖުމްލައާއިއެކު ޔާސީންގެ ހިތުގެ ހިނގުމަށް ހުއްޓުން އެރި ކަހަލައެވެ. މީހަކަށް ހުވަފެނުން ފެންނަ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އެކަމާއި ޔާސީން ސުވާލެއް ނުކުރިއެވެ. ރަޔާލް އިތުރަށް ބިރުގަތުމަކީ އޭނާއަށް ލިބޭނެ ނާކާމިޔާބީއެކެވެ.
އެތަށް އިރަކު ދެމީހުން އެހެން ތިބުމަށްފަހު އެންމެ ފަހުން ޔާސީން ނިންމީ ރަޔާލް ގެއަށް ގެންދިއުމަށެވެ. ކާރު ދުއްވަމުން ދިޔައިރު ޔާސީނަށް ވިސްނެމުން ދިޔައީ ރަޔާލް ބުނި އެއްޗަކާ މެދުގައެވެ. އެމީހަކީ ކާކުކަން ކޮންމެހެންވެސް ބަލަން އެބަ ޖެހެއެވެ. އެމީހަކު ރަޔާލްގެ ފަހަތުން އެގެއަށް އައިގޮތެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟ އެކި ހިޔާލު ތަކުގައި އިން ޔާސީން ސިހުނީ ރަޔާލް އެޗެކޭ ބުނުމުންނެވެ. ރަނގަޅަށް އަޑު ނީވުމުން ޔާސީން ހޫމް ސެކޭ ލައްވާލައިފިއެވެ.
“އަޅުގަނޑު….”
“އަޅުގަނޑު ތިކިޔަނީ އޯ… ތިންކް އޭސް އަމް ޔުއަރ ފޮރެންޑް..” ރަޔާލްގެ ކުރި މަރާލަމުން ޔާސީން އެހެން ބުނެލީ ރުޅި މޫނެއް ދައްކާ ލަމުންނެވެ.
“އައި ލައިކް ރެއިން…ވަރަށް ވަރަށް ގަޔާވޭ ވާރެއާ” ދެފަރަކާ ރަޔާލް އެހެން ބުނެލީ ބޭރަށް ބަލާލަމުންނެވެ.
“ކުޑައިރު ވާރޭގަ ކުދިން ތަކަކާއެކު އުޅުނު ހނަދާންވި އެދުހު..” ކިރިޔަ އަޑު ނިކުންނަ ވަރަށް އެހެން ބުނި ނަމަވެސް އެބުނި އެއްޗެސް ޔާސީނަށް އަޑު އިވުނެވެ.
“ދެން ކީއްވެ ބިރު ގަންނަނީ ވާރޭ ދެކެ؟” ޔަސީން ކޮއްލި ސުވާލުން ރަޔާލް ބަލާލި އޭނާއާއި ދިމާލަށެވެ. އޭގެއަށް ދޭނެ ޖަވާބެއް ރަޔާލަކަށް ނުވިސްނުނެވ. އޭނާ ވާރޭދެކެ ބިރު ގަންނަންވި ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ފުރަތަމް އެކަން ވިސްނުނު ރަޔާލް ސިކުނޑިއަށް ބަރުލީ އޭނާ ވާރޭދެކެ ބިރު ގަންނަ ސަބަބު ހޯދާށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެކި ހިޔާލުތަކުން ބަރު ވަމުން ދިޔަ ސިނކުނޑއަށް ލުޔެއް ލިބުނީ ޓްރެފިކަށް ކާރު މަޑުކޮއްލަމުން ޔާސީން ގޮވާލުމުންނެވެ. ދޭނެ ޖަވާބެއް ނޭނގުމުން ރަޔާލް ނިންމީ ބަހެއް ނުކިޔާ އިންނާށެވެ.
އެރޭގައި އެއްގޮތަކަށްވެސް ޔާސީންގެ ލޮލަކަށް ނިންޖެއް ނައެވެ. މީހަކު އަނެއްކާ ރަޔާލްގެ ފަހަތުގައި އަޅުވާލައިގެން އުޅެނީ ހެއްޔެވެ؟ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ޒުހައިރާ ދެ ސަބްމެރީން ލާފައިވާ ކޮތަޅު ދައްކާލުމުން އޭނާ ހިނިތުން ވެލައިފިއެވެ.
“މިއަދު މިގެއަށް ބަޔަކު އައޯ؟” ދިމާކޮށްލާފަދަ ރާގަކަށް ޒުހައިރާ ބުނެލައިފިއެވެ.
“ކާކު ބުނީ ؟”” ޔާސީންވެސް އޭގެން އެތިކޮޅެއްގައި ދަތްއަޅައި ނައްޓާލަމުން ބުނެލައިފިއެވެ.
“ބައްޕަ އެއްނު ބުނާނި.. ބުނި ބައްޕަ ބޭރަށް ނިކުންނަން އުޅުނު ގަޑީގައޭ އައީ..” ހީލަމުން އެހެން ބުނި ނަމަވެސް ޔާސީންގެ މޫނުގައި އުފަވެރިކަމެއް ނުވާކަން ޒުހައިރާ ދެނެގަތެވެ.
“މައު އެއްޗެކޭ ބުނީތަ؟” ޒުހައިރާ ހީކޮއްގެން ހުރީ ޔާސީންއާއި މައުވާއާއި ދެމެދުގައި ގުޅުމެއް އިންނަ ކަމަށެވެ. ޔާސީން ފާޑަކަށް ބަލާލަމުން ބޯހޫރާލައިފިއެވެ.
“އިޓްސް ރަޔާލް..” ޔާސީންގެ އެހެން ބުނިއިރު އެއަޑުގައިވަނީ ހަމްދަރުދީއެވެ.
“ކިހިނެއްވީ؟ އަނެއްކާ ރަޔާއާއި ލައިކް ވަނީތަ..” ޒުހައިރާ ދިމާކޮށްލުމުން ޔާސީން ހީލަމުން އިންތަނުން ތެދުގެން ދުރަށް ހިނގައި ގަނެއްޖެއެވެ. އެމޫނުގައިވި ކުލަވަރުތަކުން ޒުހައިރާ ހިނިތުންވެލީ އޭނާ އެބުނި އެއްޗެއް ތެދަކަށް ވެދާނެތިއެވެ.
“އިޒް އިޓް؟” އަނެއްކާވެސް ޒުހައިރާ ސުވާލު ކޮއްލައިފިއެވެ.
“ނޭނގެ މަންމާ… އަޅުގަނޑު މާބޮޑަށް ސިމްޕަތީ ވަނީ ކަންނޭނގެ ދޯ..” ޔާސީން ދެއަތުން މޫނު ފޮރުވާލަމުން ތިރިވެ އޭނާގެ މަންމަގެ ކައިރީގައި އިށީންދެއްޖެއެވެ.
“މަންމަ ކީކޭބުނަންވީ؟” ޒުހައިރާ ޔާސީންގެ ބޮލުގައި އަތް ޖައްސާލަމުން ފިރުމާލައިފިއެވެ. މިއަދު އނާގެ ދަރިފުޅު ބޮޑު ވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކޮއްފިއެވެ.
“މަންމަ ބުނެބަ ހަމައެކަނި އަޅުގަނޑު ރަޔާއަށް ހަމްަރުދީ ވަނީއޭ..” ޔާސީންގެ ހިތަށް އަރަމުންދިޔަ އެއްޗަކުން އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. އޭޏާގެ ބައްޕަގެ ފަރާތުން ރަޔާލަށް ގެއްލުމެއް ލިބިފައިވާނަމަ އޭނާާ އަމިއްލަ ނަފްސަށް ދުަވަހަކުސް މާފް ނުކުރާނެއެވެ. އޭނާ ރަޔާލަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
ޒުހައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔާސީންދެ ލޮލަށް ޖަމާވި ކަރުނަތައް ފެނިފައި ޒުހައިރާ ބިރުގަންނަ ގޮތްވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އުމުރުން 12 އަހަރުން ފެށިގެން އަދި ޔާސީން އޭނާގެ ކުރިމަތީގައި ރޮއެފައެއް ނުވެއެވެ. އެހެން ޔާސީންގެ ބޮލުގައި އަތްއަޅާލައިގެން އިނުމުން ޔާސީންވސް ހަމައަކަށް އެޅިދާނެއެވެ. އެކި ހިޔާލުތަކުގައި އިނދެ ޒުހައިރާ ކުޑައިރުގެ ވާހަކަތައް ދައްކަން ފެށުމުން ޔާސީންގެ މޫނަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ.
*******
ރާބިޔާ ގޭތެރޭގައި ދެކޮޅަށް ހިނގަ ހިނގައި އިނީ ފައިސަލް ކުރިން ދުވަހެއްގައި ބުނެފައުވާ ވާހަކަ އަކުންނެވެ. ރޫބީ ދުނިޔޭގައި ހުރެއްޖެނަމަ އޭޏާގެ ހަޤީޤަތް އެންމެނަށް ފަޅާ އަރާނެއެވެ. އޭޏާ ރިޔާޒް ކައިރިއަށް ގޮސްފިނަމަ ރޫބީއަށް އޭނާ އެނގޭނެ ހެއްޔެވެ؟ ރާބިޔާ އިސްތަށިގަނޑުގައި ހިފައި ދަމާލީ އޭނޭ އެއްވެސް ހާލެއްގައި އެގޮތް ބޭނުން ނުވާތީއެވެ. އޭނާގެ މޫނުގައި ވިދަމުންދިޔަ ދާތިކި ތަކުން އެކަނިެސް އެމޫނަށް ވެރިވެފައިވާ ބިރުވެރިކަން ހާމަ ކޮއްދެއެވެ. ފޯނު ނަގައި ދެފަހަރު ފައިސަލަށް ގުޅާލުމުންވެސް އޭނާ ފޯނެއް ނުނެގިއެވެ. އެރި ރުޅިމަތީގައި ރާބިޔާ ފޯނު ފާރާއި ދިމާލަށް އެއްލާ ލައިފިއެވެ. މިދެން ކޮންފަދަ ކަމެއް ހެއްޔެވެ. އޭނާއަށް ގޮތެއް ވަންޏާމު އެކަމުގެ ހުކުމުގައި ފައިސަލްވެސް ގެންދާނެއެވެ.
ޖީބުންނެގި ސިގިރޭޓު ރޯކޮއްލަމުން އޭނާ އެ ތުނބުގައި ޖަހާލައިފިއެވެ. އެރޯކޮއްލަމުން އެތެރެއަށް ދަމާލި ގޮތުން ހީވީ ފިލިޓަރާއި ޖައްސާލަފާނެ ހެންނެވެ. ފިރިހެނެއްވެސް އެހައި ކުޅަދާނަ ނުވާނެ ކަންނޭނގެއެވެ. ރުޅިވެރި އެމޫނުގައިވަނީ މީގެ އެތައް އަހަރެއް ކުރީގެ ނުބައި ފާފައެކެވެ. މީހާ ބަލާލަން ކިތަންމެ ރީތި ނަމަވެސް އެމީހެއްގެ ގޮތެއް ނޭނެގޭނެއެވެ. މީހަކާއެކު އެތައް އަހަރެއް ހޭދަކުރެވުނު ކަމުގައި ވިއަސް އަހަރުމެނަށް އެމީހާގެ ގޮތް ނޭނގިދާނެއެވެ. ރާބިޔާވެސްވީ އެކަހަލަ މީހަކަށެވެ. ރިޔާޒް ކައިވެނި ކޮއްގެން ދެވަރަކަށް މަހުގައިވެސް ނޫޅެވުނެވެ. އޭނާ ދެރަވީ ކައިވެނި ރޫޅިފައި އޭނާ ބަލިވެ އިންކަން އެނގުމުންނެވެ. ރިޔާޒަށް އެނގުމުންވެސް އޭނާއާއި އަޅައެއް ނުލިއެވެ. އޭގެ ބަދަލުގައި އޭނާ ރިޔާޒަށް ލިބުނު ކުއްޖާ އަކާވެސް އަޅައެއް ނުލިއެވެ. ދެލޯ މަރާލުމުން އަދިވެސް އޭނާާއަށް ފެންނަމުން ދިޔައީ އެރޭގެ ހަނދާންތަކެވެ. އޭނާގެ އަތުން ކުރެވުނު ކަންތަކެވެ.
# # # #
ފައިސަލް ކާރު ޕާކު ކޮއްލަމުން އޭގެ ފަހަތު ސީޓުގައި އިން ރޫބީގެ އަތުގައި ހިފާ ލަތްކެއް ޖަހަމުން ނެރެފިއެެވެ. އެހާ ބާރަށް ދަމާލުމުންވެސް އެކުއްޖާ އަނގައަކުން ބަހެއް ނުބުންޏެވެ. މޭމަތިން އިރައިގެން ގޮސްފައިވާ ހެނދުމުގައި ބައި އޮތީ އޭރު އެލިފައެވެ. އެވަރުގެ ކުއްޖެއްގެ މޫނުގައި ހުންނަން ޖެހޭ ކަހަލަ އުފާވެރިކަމެއް ރޫބީގެ މޫނުގައި ނެތެެވެ. ދިރި ހުރި ނަމަވެސް އެކުއްޖާވަނީ މަރުވެފައޭ ބުނުމަކުން ގޯހެއް ނުވާނެއެވެ.
ނުނިމޭ
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.
ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު އެއްކޮށް ހުޅުވާލުމަށްފަހު ބޭރުން ގޮނޑިއެއް ގެނެސް އޭގައި އިށީނދެއްޖެއެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ބައިބަރު ސުވާލުތައް އެބަހުއްޓެވެ. ކުރާނެ ގޮތަކާމެދު ޔާސީން ވިސްނަމުން ދަނިކޮށް ރަޔާލް އަނެއްކާވެސް ބަލާލައިފިއެވެ. އެމޫނުން ފެންނަނީ ބިރުގަނެފައިވާ ވަރެވެ. އަދިވެސް ހަމައަކަށް ނޭޅޭކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އަނެއްކޮޅުން އެމީހަކު މިގެއަށް ވަނީ ކިހިނެއް ކަމާމެދު ސުވާލުވެސް އުފެދުނެވެ.
“ރަޔާ… އިނގޭތަ އެއީ ކާކުކަން؟” ޔާސީން ދުރުގައި އިން އެނދުގައި އިށީދެގެން އިން ރަޔާލް ކައިރީގައި އަހާލައިފިއެވެ. އިސްޖަހާލައިގެން އިނުމަށްފަހު އޭނާ ހޫރުވާލީ ބޮލެވެ.
“ރަޔާ ވާހަކަ ދެއްކީމަ އަހަންނަށް ހެލްޕެއް ވެވޭނީ…” ދެވަނަ ފަހަރަށް އެހެން އަހާލުމުން ރަޔާލް އިސްއުފުލާ ބަލާލައިފިއެވެ. ތުންފަތް ހަރަކާތް ކޮއްލި ނަމަވެސް އަޑެއް ނުނިކުތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ރަޔާލް އޭނާ ނިއްކުރީގައި ހިއްލާފައިވާ ދާތައް ފުހެލަމުން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރަން ފަށައިފިއެވެ.
“ހީ ނިއު މައި ޑްރީމްސް….” ރަޔާލްގެ ދުލުން ބޭރުވި އެޖުމްލައާއިއެކު ޔާސީންގެ ހިތުގެ ހިނގުމަށް ހުއްޓުން އެރި ކަހަލައެވެ. މީހަކަށް ހުވަފެނުން ފެންނަ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އެކަމާއި ޔާސީން ސުވާލެއް ނުކުރިއެވެ. ރަޔާލް އިތުރަށް ބިރުގަތުމަކީ އޭނާއަށް ލިބޭނެ ނާކާމިޔާބީއެކެވެ.
އެތަށް އިރަކު ދެމީހުން އެހެން ތިބުމަށްފަހު އެންމެ ފަހުން ޔާސީން ނިންމީ ރަޔާލް ގެއަށް ގެންދިއުމަށެވެ. ކާރު ދުއްވަމުން ދިޔައިރު ޔާސީނަށް ވިސްނެމުން ދިޔައީ ރަޔާލް ބުނި އެއްޗަކާ މެދުގައެވެ. އެމީހަކީ ކާކުކަން ކޮންމެހެންވެސް ބަލަން އެބަ ޖެހެއެވެ. އެމީހަކު ރަޔާލްގެ ފަހަތުން އެގެއަށް އައިގޮތެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟ އެކި ހިޔާލު ތަކުގައި އިން ޔާސީން ސިހުނީ ރަޔާލް އެޗެކޭ ބުނުމުންނެވެ. ރަނގަޅަށް އަޑު ނީވުމުން ޔާސީން ހޫމް ސެކޭ ލައްވާލައިފިއެވެ.
“އަޅުގަނޑު….”
“އަޅުގަނޑު ތިކިޔަނީ އޯ… ތިންކް އޭސް އަމް ޔުއަރ ފޮރެންޑް..” ރަޔާލްގެ ކުރި މަރާލަމުން ޔާސީން އެހެން ބުނެލީ ރުޅި މޫނެއް ދައްކާ ލަމުންނެވެ.
“އައި ލައިކް ރެއިން…ވަރަށް ވަރަށް ގަޔާވޭ ވާރެއާ” ދެފަރަކާ ރަޔާލް އެހެން ބުނެލީ ބޭރަށް ބަލާލަމުންނެވެ.
“ކުޑައިރު ވާރޭގަ ކުދިން ތަކަކާއެކު އުޅުނު ހނަދާންވި އެދުހު..” ކިރިޔަ އަޑު ނިކުންނަ ވަރަށް އެހެން ބުނި ނަމަވެސް އެބުނި އެއްޗެސް ޔާސީނަށް އަޑު އިވުނެވެ.
“ދެން ކީއްވެ ބިރު ގަންނަނީ ވާރޭ ދެކެ؟” ޔަސީން ކޮއްލި ސުވާލުން ރަޔާލް ބަލާލި އޭނާއާއި ދިމާލަށެވެ. އޭގެއަށް ދޭނެ ޖަވާބެއް ރަޔާލަކަށް ނުވިސްނުނެވ. އޭނާ ވާރޭދެކެ ބިރު ގަންނަންވި ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ފުރަތަމް އެކަން ވިސްނުނު ރަޔާލް ސިކުނޑިއަށް ބަރުލީ އޭނާ ވާރޭދެކެ ބިރު ގަންނަ ސަބަބު ހޯދާށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެކި ހިޔާލުތަކުން ބަރު ވަމުން ދިޔަ ސިނކުނޑއަށް ލުޔެއް ލިބުނީ ޓްރެފިކަށް ކާރު މަޑުކޮއްލަމުން ޔާސީން ގޮވާލުމުންނެވެ. ދޭނެ ޖަވާބެއް ނޭނގުމުން ރަޔާލް ނިންމީ ބަހެއް ނުކިޔާ އިންނާށެވެ.
އެރޭގައި އެއްގޮތަކަށްވެސް ޔާސީންގެ ލޮލަކަށް ނިންޖެއް ނައެވެ. މީހަކު އަނެއްކާ ރަޔާލްގެ ފަހަތުގައި އަޅުވާލައިގެން އުޅެނީ ހެއްޔެވެ؟ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ޒުހައިރާ ދެ ސަބްމެރީން ލާފައިވާ ކޮތަޅު ދައްކާލުމުން އޭނާ ހިނިތުން ވެލައިފިއެވެ.
“މިއަދު މިގެއަށް ބަޔަކު އައޯ؟” ދިމާކޮށްލާފަދަ ރާގަކަށް ޒުހައިރާ ބުނެލައިފިއެވެ.
“ކާކު ބުނީ ؟”” ޔާސީންވެސް އޭގެން އެތިކޮޅެއްގައި ދަތްއަޅައި ނައްޓާލަމުން ބުނެލައިފިއެވެ.
“ބައްޕަ އެއްނު ބުނާނި.. ބުނި ބައްޕަ ބޭރަށް ނިކުންނަން އުޅުނު ގަޑީގައޭ އައީ..” ހީލަމުން އެހެން ބުނި ނަމަވެސް ޔާސީންގެ މޫނުގައި އުފަވެރިކަމެއް ނުވާކަން ޒުހައިރާ ދެނެގަތެވެ.
“މައު އެއްޗެކޭ ބުނީތަ؟” ޒުހައިރާ ހީކޮއްގެން ހުރީ ޔާސީންއާއި މައުވާއާއި ދެމެދުގައި ގުޅުމެއް އިންނަ ކަމަށެވެ. ޔާސީން ފާޑަކަށް ބަލާލަމުން ބޯހޫރާލައިފިއެވެ.
“އިޓްސް ރަޔާލް..” ޔާސީންގެ އެހެން ބުނިއިރު އެއަޑުގައިވަނީ ހަމްދަރުދީއެވެ.
“ކިހިނެއްވީ؟ އަނެއްކާ ރަޔާއާއި ލައިކް ވަނީތަ..” ޒުހައިރާ ދިމާކޮށްލުމުން ޔާސީން ހީލަމުން އިންތަނުން ތެދުގެން ދުރަށް ހިނގައި ގަނެއްޖެއެވެ. އެމޫނުގައިވި ކުލަވަރުތަކުން ޒުހައިރާ ހިނިތުންވެލީ އޭނާ އެބުނި އެއްޗެއް ތެދަކަށް ވެދާނެތިއެވެ.
“އިޒް އިޓް؟” އަނެއްކާވެސް ޒުހައިރާ ސުވާލު ކޮއްލައިފިއެވެ.
“ނޭނގެ މަންމާ… އަޅުގަނޑު މާބޮޑަށް ސިމްޕަތީ ވަނީ ކަންނޭނގެ ދޯ..” ޔާސީން ދެއަތުން މޫނު ފޮރުވާލަމުން
* * * * * *
ރަނގަޅަށް ނުހިނގުނު ކަމުގައިވިއަސް ފައިސަލް އެކުއްޖާގެ އަތުގައި \ފައިސަލް ދަމަމުން ގެންގޮސް ކުރިމަތީގައި ހުރިގެއަށް ވައްދައިފިއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެފަހަރަކު ގޮވާލުމުން ރާބިޔާ އެތެރޭގައި ހުރި ކޮޓަރިން ނިކުމެގެން އަތުވެއްޖެއެވެ. ދެއަތާއެކު އުނގުޅިފައިވާ ލޭތައް ފެނުމުން ފައިސަލް ދެލޯ ބޮޑު ކޮއްލައިފިއެވެ. ވާރޭގެ އަޑާއެކު އެމަންޒަރު ފެނުނު ގޮތުން ފައިސަލްވެސް ބިރު ގަނެއްޖެއެވެ. ކޮޓަރިން ބޭރަށް ނިކުމެފައިވާ ފިރިހެނެއްގެ އަތްތިލަ ފެނުމުން ރޫބީ ފަހަތަށް ޖެހިލައިފިއެވެ. އެތަން ފެނުނު ރާބިޔާ ފުންމައިގެން އައިސް ރޫބީގައި ހިފަހައްޓައިފިއެވެ. ރޫބީ އެތަނުން ނިކުމެއްޖެނަމަ އޭނާއަށް ކުރެވުނު ކަންތައް ފަޅާއަރާނެއެވެ ނަމަވެސް ފައިސަލް ފަހަތުން އައިސް ރާބިޔާ ދުރުކޮއްލައިފިއެވެ.
“ރާބީ ކިހިނެއް ވީ؟” ފައިސަލް ތިރީގައި އިށީނދެވިފައިން ރޫބީ ނަގާކަށް ނޫޅުނެވެ.
“ފައިސަލް އަހަރެން ގަސްތުގައެއް ނޫން.. އަސްލުކޮށް މިބުނީ..” ރޮވިފައިވާ އަޑުން ވާހަކަ ދައްކަމުން ދިޔަ ރާބިޔާ ހުރީ އޭރު ހާސްވެފައެވެ. ދެލޯ ބޮޑު ކޮއްލައިގެން ހުރިއިރު އޭނާގެ ލޮލުގައި އަޅައިގައިގަތީ އެތަނުގައި އިށީނދެވިފައި އިން ރޫބީއެވެ. އެކުއްޖާޖެ ފައިފަލަ މަސްގަނޑުން ތިރިއަށް ފައިބައިބާފައި ހުރި ލޭތައް ފެނުމުން ރާބިޔާ ހިމޭން ވެލައްޖެއެވެ.
“ފައިސަލް އެއީ ބޮޑު މީހެއް ނޫނޭ…” ރޫބިއަށް އިޝާރާތް ކޮއްލަމުން ރާބިޔާ ބުނެލައިފިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެމޫނަށް މައިވަންތަ ކަމުގެ އެއްވެސް އަސަރެއް ފެނުނުހެން ހީވިއެވެ.
“ނޫން އަހަރެން އެހެނެއް ނޫ…” ފައިސަލަށް އެހެން ބުނެނެވިގެން އުޅެނިކޮށް ހުޅުވިފައިވާ ދޮރުން ރޫބީ ނިކުމެގެން ދުއްވައި ގަނެއްޖެއެވެ.
“ފައިސަލް އޭނާ ހިފަހައްޓާ… ޕްލީސް އެހެންނޫނީ…” ރާބިޔާ ތެޅި ގަންނަމުން ބުނެލައިފިއެވެ.
“ރާބި އެ ފޮރުވާ… ޕްލީސް..” ފައިސްލ އެހެން ބުނަމުން ދޮރުން ނިކުމެގެން ދުއްވައި ގަނެއްޖެއެވެ.
ރާބިޔާ މަސައްކަތް ފެށީ އެހަށިގަނޑު އެތަނުގެ އެތެރެއިން ނެރެވޭތޯއެވެ. ދެއަތުގައި ހިފައި މަރުވެފައިވާ އެމިހާ އެތަނުން ނެރުނުއިރު އޭނާހުރީ ދާހިއްލާ ފޯވެފައެވެ. އެންމެ އަންނައުނު ފަށެއްވެސް އެހަށިގަނޑުގައި ނެތްއިރު ރާބިޔާގެ ހެދުމުގެ ވަކި ހިސާބަކުންވެސްވަނީ ހަލާކުވެފައެވެ. އެފިރިހެންމީހާގެ ކުރިމަތި ފަރާތް ނުވެސް ނެތެވެ. ރާބިޔާ އެމީހާ ގެންގޮސް ގޭގެ ފުރަގަހުގައި އޮތް ހުސްޖާގައަށް ލައިފިއެވެ.
# # # # # #
ދޮރުގައި ޓަކި ޖަހާލިލުމުން ރާބިޔާ ސިހިފައި އެދިމާލަށް ބަލާލައިފިއެވެ. ކަނާތުން މޫނު ފޮހެލަމުން އޭނާ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ހުޅުވާލި ދޮރުން އެތެރެއަށްވަން ފައިސަލް ފެނުމުން ރާބިޔާގެ ރުޅިވީ އިތުރެވެ. މޫނު ހަދާލައިގެން އެތެރެއަށް ހިނގައިގަނެއްޖެއެވެ. ފައިސަލް މިއަދު އެހާ ގިނައިރު އޭޏާއަށް ހަބަރެއް ނުވެ އުޅުމުން ރާބިޔާހުރީ ރުޅި އައިސްފައެވެ. ފައިސަލް ހިނިތުންވެލަމުން ދޮރުފަތް ލައްޕާލައިފިއެވެ. ނަމަވެސް ރާބިޔާގެ މޫޑު ރަނގަޅު ވާގޮތެއް ނުވިއެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް ބޯ ހާސްވެފައެވެ.
“ރާބި އަހަރެންނަށް ހީވަނީ ރޫބީ ދުނިޔޭގައި އެބަހުރިހެން” އަތުގައިވި ސިގިރޭޓް ރޯކޮއްލަމުން ފައިސަލް ބުނެލައިފިއެވެ.
“ތިކަމުން އަހަންނަށް އޮތީ ކޮން އުފަލެއް؟ އޭނާ ދުނިޔޭގަ ނެތިއްޔާ ރަނގަޅީ” ރާބިޔާގެ ރުޅިއައިސްފައިވާ މޫނަށް ޖަންބު ކުލަ ވެރިވެގެން ހިނގައްޖެއެވެ.
“ހިނގާބަ މިގެ ހަނދަން ދޯ… މިހެންދެން އަބަދު ގެ ނުބެހެއްޓޭނެ އެއްނު..” ފައިސަލް ބުނި އެއްޗަކުން ރާބިޔާ ފުންމައިގެން ތެދުވެއްޖެއެވެ.
“އަހަރެން މިގެ ހަނދަން ބޭނުން ނުވެގެނެއް ނޫނެ ނުހަދާ މިހުރީ… އަހަރެންގެ ދެއަތުން މިގޭ ފުރަގަހުގަ އެއޮށް ބައިގަ އެމީހާ ވަޅުލީ.. މިގެ ހަނދަން އުޅެންޏާ އެމީހާ އެތަނުން ނަގާނެ..” އެރި ރުޅީގައި ރާބިޔާ ކޮޓަރިއަށް ގޮސް ބަންލާފައި ދޮރު ޖަހާލައިފިއެވެ. ފައިސަލް އެތަން ބަލާލީ ފާޑަށެވެ. ރާބިޔާ ދެން ނުނިކުންނާނެ ކަން އެނގުމުން އޭނާވެސް އެތަނުން ނިކުމެގެން ދިޔައީއެވެ.

********
ޒުހައިރާ އިނީ ޔާސީންގެ އެނދު ކައިރީގައި އިށީންދެގެންނެވެ. އޭރުވެސް ޔާސީން އޮތީ ނިދިފައެވެ. ހުކުރު ދުވަސް ކަމުން އޭނާ އެވަރަކުން ޔާސީނަށް ގޮވާކަށް ނޫޅުނެވެ. ޒުހައިރާ ދިޔަތާ އިރުކޮޅެއްވެސް ނުވަނީސް ޔާސީން ލޯ ހުޅުވާ ލައިފިއެވެ. މިހާރަކަށް އައިސް އަބަދު އޭނާ ހުންނަނީ ސިނކުޑިއަށް ބަރުވެފައެވެ. ރަޔާލަކީ ކުރިން ފެނުނު ކުއްޖާއަށް ވެއްޖެނަމަ އޭނާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރާނެއެވެ. އެކި ހިޔާލު ތަކުގައި ހުރެގެން ނިތުން ޔާސީން ހުރީ ކުރު ސޯޓު ކޮޅުގައެވެ. ބޭރަށް ނިކުތްއިރު އެންމެ ފަހަރަކުވެސް އޭނާ ވަށައިގެން ބަލައެއް ނުލައެވެ. އެއަށްވުރެ ބޮޑަށް ސިކުނޑި ވަނީ ފުނިޖެހިފައެވެ. މޫނުގައި ދެއަތް ކާތާލަމުން ބަލާލެވުނު އިރު ކުރިމަތިން ރަޔާލް ފެނުމުން ޔާސީނަށް ޖެހެވުނީ ފަހަތަށެވެ. ހީވީ ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ.
ދުރުގައި އިން ރަޔާލް ހީލި ގޮތުން ޔާސީނަށް ބަލަން އިނދެވުނީއެވެ. އޭނާ ކޮންމެހެން އެއްޗެހި ލާކަށްވެސް ބޭނުމެއް ނުވިއެވެ. އަޅާވެސް ނުލައި އޭނާ ހިނގައިގަތީ އައިސް އަލަމާރި އާއި ދިމާލަށެވެ. އެމަންޒަރު ފެނުނު ޒުހައިރާވެސް ހުރީ ހައިރާން ވެފައެވެ. ޔާސީނަކީ ދުވަހަކަވެސް އެހެން މީހެއްގެ ކުރިމަތިގައި އެހެން އުޅުނު ފިރިހެނެއް ނޫނެވެ. އޭނާގެ ދަރިފުޅުވެސް ބޮޑު ވެއްޖެތައެވެ. ޔާސީން ފެންފުޅި އަނބުރާ އައިސް އަލަމަރިއަށް ލަމުން ލޮލުގެ އެއްކޮޅުން ދުރުގައި އިން ރަޔާލަށް ބަލާލައިފިއެވެ. ކޮޓަރިއާއި ދިމާއަށް ދަމުން ޔާސީން އަނެއްކާވެސް އެނބުރި ބަލާލައިފިއެވެ. ނަމަވެސް އަނގައިން ބުނާކަށް ނުކެރުނެވެ.
ޒުހައިރާ ދިން ކޯކު ފުޅިއެއް ހިފައިގެން ރަޔާލް ދިޔައީ ޔާސީންގެ ކޮޓަރިއާއި ދިމަލަށެވެ. މައުވާމެން ކުކުޅު ހިފައިގެން ނާންނާތީ އޭނާވެސް ނިންމީ އެގޭގައި މަޑު ކުރާށެވެ. ދޮރުގެ ތަޅުގައި މަޑުމަޑުން ހިފާލާފައި އެތެރެއަށް ވަދެއްޖެއެވެ. ކޮޓަރީގެ ޔާސީން ފެންނަން ނެތުމުން ރަޔާލް ކުރިއަށް ހިނގައި ގަނެއްޖެއެވެ. އެއާއެކު ފަހަތުން ދޮރު ލެއްޕުނު އަޑަށް ރަޔާލް ދިޔައީ ސިހިގެންނެވެ.
“ކީއްވެތަ އެވަރަށް ތި ސިހެނީ؟” ދޮރުގެ ލެގި ލައިގެން އިން ޔާސީން ހިނިތުން ވެލަމުން ބުނެލިއެވެ. ދެލޯ ބޮޑު ކޮއްލައިގެން އިން ރަޔާލަށް ޔާސީންގެ ރީތި ހަށިގަނޑު އެހާ ކައިރިން ފެނުމުން ބިރުގަތީއެވެ.
“ވަޓް..؟” ރަޔާލް ހުއްޓުން އަރާފައި ހުރިތަން ފެނުމުން ޔާސީން ބިރު ގަނެއްޖެއެވެ. އޭނާއަށް މިކުއްޖާއާ ސަމާސާއެއްވެސް ކޮއްލެވެނީއެއް ނޫނެވެ. ކުރިއަށް ޖެހިލަމުން އެމޫނުގައި ހިފާލާފައި ގެނެސް ޔާސީންގެ ނޭޥާ އެޅޭ ހިސާބުގައި ބަހައްޓައިފިއެވެ. ނަމަވެސް ޔާސީން އެހެން ހަދާލުމުން ރަޔާލް ދުރަށް ޖެހިލައިފިއެވެ. ޔާސީންގެ އަތުގައި ހިފާލަމުން ރަޔާލް އެބޮޑު ލޮލުން ކޮއްލީ ސުވާލެކެވެ.
“ރަޔާ ބިރު ގަތީތަ؟” އެފިނި އަތް ތިލަ ބީހިލުމުން ޔާސީނަށް އަހާލެވުނީ އެހެންނެވެ. ޖަވާބުގައި ބޯހޫރާލި ނަމަވެސް އޭނާ ހުރީ ބިރު ގަނެފައެވެ. އެހެން މީހެއް ކައިރި ވުމުން ނުވާ ގޮތްތައް އޭނާއަށް ޔާސިން ފެނުމުން ވެއެވެ.
“ކޯކް..” މަޑުމަޑުން އެހެން ބުނިއިރު ރަޔާލްގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. އެއަޑު ކިތަންމެ މަޑު ނަމަވެސް ޔާސީން ދިއްކޮއްލި ފުޅީގައި ހިފާލަމުން ރަޔާލާއި ދުރަށް ޖެހިލައިފިއެވެ.
“އާދޭ ކާޓޫން ބަލަން..” ތިރީގައި އިން ލެޕްޓޮޕް އިން ރިއޯ ކާޓޫން ޕްލޭ ކޮއްލަމުން ޔާސީން ކޯކު ފުޅި ކަނދާލައިފިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ރަޔާލްވެސް އިށީންދެއްޖެއެވެ. ދެމީހުން ބަހެއްވެސް ނުކިޔައި އެހެން އިންއިރު އަވަސް ވަމުން ދިޔައީ ޔާސީންގެ ހިތެވެ. އޭނާ ހަމަ ހަމްދަރުދީ ވަނީހެއްޔެވެ.
“ޔާސީން…” ދޮރުން ވަދެގެން އައި މައުވާމެން ގޮވާލުމުން ޔާސީން އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ. އެތަން ފެނުމުން ޝަބީން އަނގައަށް ގޮތެއް ހަދާލައިފިއެވެ. ޔާސީން މިހާރަކަށް އުޅޭގޮތުން އެންމެންވެސް ތިބެނީ ޝައްކެއްގެ މަތީގައެވެ. ފަހަތުން އައިސް ޔާސީންގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ރަޔާލްގެ ފުރަގަހުން އިށީނދެއްޖެއެވެ. އެތަން ބަލަން އިން ޔާސީނަށް ބުނާނެ އެއްޗެއް ނޭނގުޖވެ.
“ޔާނު އުޅޭ ގޮތުން ހީވަނީ ކަމެއް ބޭޒާރު ވެދާނެހެން” އެންމެ ފަހުން ޝަބީން ފަށައިފިއެވެ. ޝަބީން އެހެން ބުނުމުން ބަލާލި ރަޔާލެވެ. ޝަބީން ބުނި އެއްޗަކުން ބިރުވެރިކަން އުފެދުނީ އޭނާގެ ހިތުގައެވެ. އެތަނުން ނިކުމެގެން ދިޔަ ރަޔާލް ދުވަހުގެ ބާކީ ބައިގައި އިނީ ފާޑަކަށެވެ. އެއްވެސް ީހަކާއެއް ވާހަކައެއް ނުދައްކައެވެ. އެހެން މީހަކާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
ޝަބީން އެހެން ބުނުމުން ޔާސީން ޙިގަންނަމުން ބޯހޫރާލައިފިއެވެ. ހުކުރުން ފައިބައިގެން އެންމެން އައިސް ކާން ފަށައިފިއެވެ. އެތަނުން މަތީ ރަޔާލް އެކަންޏެވެ. މައުވާވެސް ރަޔާލަށް ގޮވާ ލުމުން އޭނާވީ މަތީގައި ހުރި ބައިގައި ކަމަށް ޒުހައިރާ ބުނެލައިފިއެވެ. ޔާސީންގެ މުނަށް ވި ގޮތް ފެނިފައި ޒުހައިރާ ހީލައިފިއެވެ. ޔާސީން އެތަނުން ތެދު ވުމުން މައުވާއާއި ރިފާއުވެސް އޭނާގެ ފަހަތުން ސިޑިން މައްޗަށް އަރައިގެން ދާން ހިނގައި ގަނެފިއެވެ. މަތީބައި ހަދާފައި ވަނީ ޒުހައިރާ ގަޔާވާ ގޮތަށެވެ. ބޮޑު އެޕާޓްމެންޓްގައި އެންމެ ކޮޓަރިއެއްވެސް ނެތެވެ. ހުދު ކުލަ ލާފައި ހުރި އިރު މެދުގައިވަނީ ބޮޑު ޕިއާނޯއެއް ބަހައްޓާފައެވެ. ވާށައިގެން ޖަހާފައިވާ ހަރުތަކުގައިވަނީ އެކި ކަހަލަ ފޮތްތެކެވެ. މައުވާ މީގެ އެތެރެ ބަލާލުމަށްފަހު ހުއްޓުން އަރާފައި ހުރި ޔާސީނަށް ބަލާލައިފިއެވެ. ދެލޯ ބޮޑު ކޮއްލައިގެން ހުރި އިރު އޭނާ ބަލަމުން ދިޔައީ ޕިއާނޯ ކައިރީގައި އިށީނދެގެން އެ ކުޅެން އިން ރަޔާލަށެވެ. އޭނާގެ ލޮލަށް ސިފަ ވަމުން ދިޔަ ކަންތައް ދޮގަކަށް ވާނެ ނަމައޭ އެތަށް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ.

# # # #

ފައިސަލްއާއި އެކު ޔާސީން އައިސް ރާބިޔަމެންގެ ކައިރިއަށް ހުއްޓުނު އިރު ޔާސީން ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައެވެ. ވަށައިގެން ބަލާލި ޔާސީނަށް ފާހަގަވީ މިއީ ނުވެސް އަންނަ ހިސާބެއް ކަމެވެ. އަލަށް އެ ގޯޅި ގަނޑު ތެރެ ފެނުމުން ޔާސީން ބަލަން ފަށައިފިއެވެ. ބައްޕަ ހިނގަމުން ދިޔަ ގެއާއި ކައިރިން އިވެންފެށި މިއުޒިކުގެ އަޑުން ޔާސީންގެ ގައިން ހީބިހި ނަގައި ގަނެއްޖެއެވެ.
“ބައްޕާ…” ފައިސަލް ތަންކޮޅެއް ބާރަށް ހިނގާފައި އެގެއާއި ދިމާލަށް ދާން ފެށުމުން ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ޔާސީން ބުނެލައިފިއެވެ.
ފައިސަލް ދޮރުގައި ޓަކި ޖަހާލުމުން އެދޮރު ހުޅުވާލީ ވަރަށްވެސް ރީތި އަންހެނެކެވެ. ދޮންދޮން އެމޫނަށް ޔާސީން ބަލާލީ އަނގަ ހުޅުވައިގެން އިނދެއެވެ. އެމީހުންގެ ފަހަތުން ވަދެގެން އައި ޔާސީންގެ ނަޒަރު ސީދާވީ ކުރިމަތިން ފެންނަން ހުރި 8އަހަރަށްދާ އަންހެން ކުއްޖާއަށެވެ. ޕިއާނޯގެ ފިއްތަކުގައި އެއަތް ހަރަކާތްތެރި ވަމުން ދާއިރު ވަރަށްވެސް ފަރިތައެވެ. ކައިރީގައި ހުރި ބޭރު ފިރިހެން މީހާ ހުރީ އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހީގަނެގެންނެވެ. އެމީހާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަރި އަކަށް އިންއިރު އެދިގު އިސްތަށިގަނޑު ކޮނޑުމަތިން ލާފައި ކުރިމައްޗަށް ވެއްޓިފައި އޮތެއެވެ. އެހާ ދުރުންވެސް ޔާސީނަށް އެދިގު އެސްފިޔަތަށް ފާހަގަ ވިއެވެ. ކުރިމަތީގައި ހުރި މީހާ ފަދައިން އެކުއްޖާގެ ހަންގަނޑު އައްޔެއް ނޫނެވެ. އެހާ ރީތި މިއުޒިކެއް މިހާތަނަށް އޭނާ އަޑު އަހާފައެއް ނުވެއެވެ. ރާގު ކޮޅު ކުޅެ ނިންމާލުމަށްފަހު އެކުއްޖާ ދޮރާއި ދިމާލަށް ބަލާލިއިރު އެލޮލުގައިވި ވިދުމުން ޔާސީނަށް ހިނިތުން ވެވިއްޖެއެވެ.

# # # #

ރަޔާލް ޕިއާނޯއިން އަތް ދޫކޮއްލުމަށްފަހު ދޮރާއި ދިމާލަށް ބަލާލިއިރު އެލޮލުގައިވަނީ ކަރުނައެވެ. ދުރުން އެބޮޑު ތިކިތައް ވިދަ ވިދައި ހުރިއިރު ޔާސީނަށް ހުރެވުނީ ބަލާށެވެ. މާކުރިންސުރެ ހަނދާން ނުނެތިގެން އުޅުނު ކުއްޖާ މިހުރިހާ ދުވަހު މިހުރީ އޭނާގެ ކުރިމަތިގައެވެ. ދެމީހުންވެސް ކަޅި ޖަހާނުލައި ތިބުމުން މައުވާ މިވަނީ ކީއްކަމެއް ނޭނގި ބަލާލީ ރިފާއުއާއި ޝަބިންގެ މޫނަށެވެ. ކުރިން ފެނުނު ވިދުމެއް މިއަދު ޔާސީނަށް އެލޮލުން ނުފެނުވެ. ޔާސީން އެތެރެއަށް ފައި ނަގާފައިވެސް އަނެއްކާ ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. އެއީ އޭނާ ބައްޕައާއިއެކު އެގެއަށް ދިޔަ ފުރަތަމަ ދުވަހެވެ. އެދުވަހު އެ ފެނުނު އުފާވެރި ކުއްޖާ ވަދެ ފިލީ ކޮންތާކަށް ހެއްޔެވެ؟ އެ ފިޔަވަޅުތައް ކިތަންމެ ދުރުގައި އަޅަމުން ދިޔަ ނަމަވެސް އޭނާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ ރަޔާލަށް އޭނާ ނޭނގުނު ކަމުގައި ވިއަސް އޭނާއަށް އެއީ ކާކު ކަން އެގިއްޖެ އެވެ. އެތަށް ދުވަހަކު މި ކުއްޖާއަށް ރައްކާތެރި ކަމެއް ނުދެވުމުން އޭނާގެ ހިތް ހަލާކު ވެއެވެ. މިއަދު މިހެން ކުއްލިއަކަށް ރަޔާލަކީ ކާކުކަން އެނގުމުން އެހިތުގައި އުތުރި އަރަމުން އައި އިހްސާސްތަކަށްވެސް ހުއްޓުމެއް އަތުވެއްޖެއެވެ.
ކޮޓަރިއަށްވަދެ ދޮރު ޖަހާލި ޔާސީން ދޮރުވެސް ނުހުޅުވިއެވެ. އެންމެންވެސް ހީކުރީ ރަޔާލް ޕިއާނޯގައި އަތް ލުމުން ޔާސީން ރުޅިއައީ ކަމުގައެވ ނަމަވެސް ޔާސީން އެހައި ރުޅި އަންނަންވި ސަބަބެއް ރަޔާލަކަށް ނުވިސްނުނެވެ. ރަޔާލްމެން އެގެއިން ދިޔައިރުވެސް ޔާސީން ކޮޓަރިން ނުނިކުމެއެވެ. އެންމެން ނިކުމެ ގޭތެރެ އަމާންވުމުން ޒުހައިރާ ތަޅުދަނޑިން ޔާސީންގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ކުޑަކޮށް ދޮރު ހުޅުވާލަމުން ކޮތަރި ތެރެއަށް ބޯދިއްކޮއްލި ޒުހައިރާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުގައި އިށީނދެގެން މޫނު ދެއަތުން ފޮރުވާލައިގެން އިން ޔާސީނެވެ. އަވަހަށް އެތެރެއަށްވަދެ ޔާސީން ގެ ކޮނޑުގައި ޒުހައިރާ ފިރުމާ ލައިފިއެވެ.
“ޔާން އެހަ ރުޅި އަރާވަރުގެ ކަމެއްތަ ހަމަ ރަޔާ ކުރީ؟ އެ ޕިއާނޯ” ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޔާސީން އިސް އުފުލާ ބަލާލައިފިއެވެ.
“މަންމައަށް ކިހާ ވަރަކަށް ބައްޕަ އިނގޭ…” އެއަޑުގައިވި ރިހުން ޒުހައިރާއަށް ސާފުކޮށް އެނގުނެވެ. ބުނާނެ އެއްޗެއް ނޭނގުނު ޒުހައިރާ އެނބުރުނީ އަނެއް ފަރާތަށެވެ. ދަރިފުޅަސް ދޭނެ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ.
“މަންމައަށް އެނގޭތަ މީ ކާކު ކަން… މީ ރޫބީ… ދެން އެހުރީ ބައްޕަ.. ފުރަގަސް ޖަހައިގެން..” ކުޑަ ކޮށް ރޫއަރާފައިވާ ފޮޓޯގަނޑު ދައްކާލަމުން ޔާސީން ބުނެލައިފިއެވެ. ފުރަގަސް ޖަހައިގެން ހުރި މީހަކީ ފައިސަލްކަން އެއްވެސް ޝައްކަކާއި ނުލައި އޭނާއަށް އެނގެއެވެ. ނަމަވެސް ތިރީގައި އިށީނދެވިފައި އިން އަންހެން ކުއްޖާއަކީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކުއްޖާގެ އަނގައިގެ ދެކޮޅުން އޭ އައިސްފައި ހުރިތަން ފޮޓޯ ކައިރި ކޮއްލަމުން ޒުހައިރާ ބަލާ ލައިފިއެވެ.
“ކޮން.. ރޫބީ. އެއް؟” ލަސްލަހުން ނިކުތް އެޖުމްލަތަކުން ހާމަވީ ޒުހައިރާގެ ހިތުގައި އުފެދިފައުވާ ހައިޖާނު ގަނޑެވެ. މޫނުން ދާތިކިތައް ފާޅުވާން ހުރިއިރު އޭނާއަށް ހީވަމުން ދިޔަ ހީވުން އެއީ ދޮގެކޭ ކިތަންމެ ފަހަރު ބުނާނެ ނަމައޭ ހިތައް އަރަމުން ދިޔައެވެ.
“އައި ފައިނަލީ ލައިކްޑް ސަމް ވަން އެންޑް އެކުއްޖާ ކައިރީގަ އެހެން ބުނެވެންވެސް ނެތް..” ޔާސީން އެފޮޓޯއިން ނަޒަރު ވަކިކޮށް ނުލައި އިނދެ ވާހަކަ ދައްކަން ފަށައިފިއެވެ.

“ޔާނު.. ކޮން ރޫބީ އެއް” އަނެއްކާވެސް ޒުހައިރާ އަހާލައިފިއެވެ.
“މީހެއް ނޫން މަންމާ…” ޔާސީން ބޭރުކޮއްލި އެޖުމްލައާއިއެކު ހިފަހައްޓަމުން ދިޔަ ކަރުނަތައް އެކޯތާފަތް މައްޗަށް އޮހޮރި ގިނެއްޖެއެވެ. އަމިއްލަ ދަރިފުޅު އެހެން ރޯއަޑު އަހަން ކެއް ނުވުމުން ޒުހައިރާ ތެދުވެގެން ހިނގައި ގަނެއްޖެއެވެ.މަންމަ ކައިރީގައި އޭނާ ބައްޕަގެ ވާހަކަ ދައްކާނީ ކޮން ދުލަކުން ހެއްޔެވެ؟ އެފަދަ ވާހަކަ އެއް ދައްކަން އޭނާ ލަދުވެސް ގަނެއެވެ. ހަށިގަނޑުގައިވި ހުރިހާ ލޭތަކެއް ހީވީ އނާގެ މޫނަށް ޖަމާވެފައިވާ ހެންނެވެ.
ދެތިން ދުވަހު ހޮސްޕިޓަލަށް ނުނިކުމެ ހުރުމަށްފަހު ޔާސީން ނިކުތީ އިތުރު ގޮތެއް ނެތުމުންނެވެ. އެމް.ސީ އެއް ލެވޭނީވެސް ބައްޔެއް ވިއްޔާ ތާއެވެ. މޫނު ކަހަމުން އައިސް ކޭންޓީނަށް ވަން ޔާސީން ފެނުމުން މައުވާ އެންމެ ފުރަތަމަވެސް ހިނގައިގަތީ އެ ދިމާއަށެވެ. އޭނާ އަހައި އޮޅުން ފިލުވަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ދުރުން ހިނގާފައި އަންނަ މައުވާ ފެނުމުން ޔާސީން ބަލާލީ ދުރަށެވެ. ހަމަ ޔަޤީނުންވެސް މައުވާ އޭނާ އެހާ ފަސޭހައިން ދޫކޮށެއް ނުލާނެއެވެ. ދުރުގައި ހުރިއިރުވެސް މައުވާ ކުރާނެ ސުވާލިތަކުގެ ޖަވާބު ޔާސީން ދިޔައީ ހިތުން ކުޔަމުންނެވެ. ކައިރިއަށް އައިސް ހުއްޓުނު މައުވާ އަތުގައި ހުރި ކޮފީ ތަށި ތަންކޮޅެއް ބާރަށް ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓަމުން އިނށީދެއްޖެއެވެ.
“ސޮރީ..” މައުވާ އެއްޗެކޭ ބުނުމުން ކުރިން ޔާސީން އަތުން މޫނު ފޮރު ވާލަމުން ބުނެލައިފިއެވެ. އެމޫނުގައި އަދިވެސް ވަނީ ވަރު ބަލި ކަމެވެ. ހީވަނީ މިވީ ދުވަސް ތަކުގައި ނުވެސް ނިދައި އުޅުނު ހެންނެވެ. ދެތިން ފަހަރު މޫނު ފުހެލުމަށްފަހު ބަލާލިއިރު އަދިވެސް މައުވާ އިނީ ހަމަ އެހެންނެވެ.
“ޔާނު ސޮރީ އޭ ބުނަންވީ އަހަރެން ކައިރީގަ އެއް ނޫން” މައުވާ އިސްޖަހާލަމުން ފޯނަށް ބަލާލައިފިއެވެ.
“ދެން… އެވާހަކަ ހުއްޓާލާ..” ނިތަށް ރޫ ގިނަ ކޮއްލަމުން ޔާސީން ތެދުވަން ވެގެން އުޅުމުން މައުވާ ފޯނު ދިއްކޮއްލީ އޭނާއާއި ދިމާލަށެވެ.
“ޔާނު ކީއްވެ ރަޔާ އެ ޕިއާނޯ ކުޅެލީމަ އެހާ ރުޅި އަންނަން ވީ..” މައުވާ ދިއްކޮށްލި ފޯނުގައި ހިފާލަމުން ޔާސީން ގޮނޑީގައި އިނށީދެއްޖެއެވެ.
“ދެޓް ރިމައިންޑްސް މީ… ރަޔާ ކޮންއޮރަކު ޕިއާނޯ ކުޅެން ދަސްކުރީ؟” ކުއްލިއަކަށް އެހެން އަހާލުމުން މައުވާ ބުނީ އެމީހުން ގެއަށް އައި އިރުވެސް އިނގޭ ކަމުގައެވެ.
“ރަޔާ ތަންމައްޗަށް ހީސްވެސް ލާ ދޯ ކުޑަ އިރުގަ؟” ދެންވެސް ޔާސީން ކޮއްލީ ސުވާލެކެވެ. އޭގެ ޖަވާބުގައިވެސް މައުވާ ޖަހާލީ ބޮލެވެ.
“އިނގޭތަ އެއީ ކީއްވެކަން؟ ކުޑަ އިރުގަ މީހެއްގެ ގޯނާ ވެފަ ތިބޭ ކުދިން އާންމު ކޮށް ތަންމައްޗަށް ހީސްލާނެ. މިބުނީ 8 އަހަރުގެ ކުދިން ހުންނަނީ އެއުމުރުގަ މިކަން ހުއްޓިފަ.. ބައެއް ކުދިންނަށް އެކުދިންގެ ގައި އަބަދުވެސް ހަޑި ވެގެން އުޅޭނެ…” އަޑު ބެދޭ ގޮތް ވުމުން ޔާސީން ހުއްޓާލަމުން ކަރި ކެހި ލައިފިއެވެ.
“ޔާނު ކީކޭ ކިޔަން ތިއުޅެނީ؟” އެންމެ ފަހުން މައުވާ ރުޅި ގޮތަކަށް ބުނެލުމުން ޔާސީން މަޑު ޖެހިލައިފިއެވެ. ޔާސީން ދައްކަމުން ދިޔަ ވާހަކައެއް އެއްވެސް ވަރަކަށް މައުވާއަކަށް ނޭނގުނެވެ.
“ރަޔާލް…ރަޔާލަށް މީހެއްގެ ގޯނާ ވެފަ އެބަހުއްޓޭ އަހަރެންގެ ހިތް ބުނަނީ..” މައުވާގެ ފޯނުން ފެންނަމުން ދިޔަ ރަޔާލްގެ ފޮޓޯގައި އަތް ހާކާ ލަމުން ބުނެލައިފިއެވެ.
“ކުރިން އަހަންނަށްވެސް ހީވި… އެކަމް ރަޔާ އެއްވެސް ހަނދާނެއް ނެތޭ..” މައުވާ އޭނާއަށް ފެންނަ ގޮތްވެސް ހާމަ ކުރަމުން ދިޔައެވެ.
“އަހަރެން ހެލްޕް ވާނަން…” ޔާސީންގެ މިޒާޖަށްއައި ބަދަލުން މައުވާ އަނެއްކާވެސް އިތުރު ކޮއްލީ އިތުރު ސުވާލެކެވެ.

* * * * *
ރަޔާލް އިށީނދެ ލައިގެން އިނީ ވާހަކަ އެއް ކިޔާށެވެ. އާމިރާ އާއި ރިޔާޒް ވެސް ތަންކޮޅެއް ދުރުގައި ވާހަކައެއްގައި ތިއްބެވެ. ޝަބީން ފޯނުގައި އައިސް އިނދެގެން ސޯފާއަށް ވެއްޓިގަތީ ރަޔާލަށް ޖެއްސުން ކުރުމުގެ ނިޔަތުގައެވެ. ދެމީހުން ސަކާރަތް ޖަހަން ފެށުމުން އާމިރާ ދޭތެރެއަކުން އެމީހުނާއި ދިމާއަށް އަޑުލައެވެ. ގޭގެ ދޮރުގައި މީހަކު ޖަހަން ފެށުމުން ރަޔާލް ފޮތް ސޯފާމަތީގައި ބޭއްވުމަށްފަހި ގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރި އަންހެންމީހާފެނި ރަޔާލްވެސް ހައިރާންވިއެވެ. ތުނި ތުނި އެހަށިގަނޑާއި ދޮންކަމުން ހީވަނީ އުމުރުން ވަރަށް ޒުވާން ހެންނެވެ. ފަންފަން ދިގު އިސްތަށިގަނޑު ފެނިފައި ރަޔާލް ހިނިތުން ވެލިއެވެ. ދުނިޔޭގައި މިހާ ރީތި މީހުން އުޅޭބާއޭ ރަޔާލްގެ ހިތަށް އެރިއެވެ. ދޮރުމަތީގައި އިން އަންހެންމީހާ އޭރު ރަޔާލްގެ ކޮލުގައި ހިފާލަން އަތް ނަގަނީއެވެ.
“ރަޔާ..” ދޮރުމަތީގައި ގިނަ އިރު ވުމުން ރިޔާޒް ކައިރިއަށް ދަމުން ގޮވާލައިފިއެވެ. އެއަޑު އިވުމާއެކު އެއަންހެންމީހާ އަތް ތިރިކޮއްލައިފިއެވެ.
ރަޔާލް ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން ރިޔާޒް ތަންކޮޅެއް ބާރަށް އައިސް ދޮރުގައި ހިފާ ބޮޑަށް ހުޅުވާލައިފިއެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރަ ފެނުމުން އެންމެ ފުރަތަމަވެސް ރިޔާޒަށް ބަލާލެވުނީ ރަޔާލަށެވެ.
“ރޫ…”
“ރަޔާލް… ދޭބަ މަންމަ ކައިރިއަށް..” ކައިރީގައި ހުރި މީހާ ޖުމްލަ ފުރިހަމަ ނުވަނީސް ރިޔާޒް އެހާ ބާރަށް ރަޔާލްގެ ނަން ބުނުމުން އޭނާ ދިޔައީ ސިއްސައި ގެންނެވެ. އާމިރާ ކައިރިއަށް ދާން ހިނގައިގަތް ރަޔާލް ފެނުމުން ރިޔާޒް ރުޅިވެރި ކަމާއެކު ބަލާލައިފިއެވެ.
“ރާބިޔާ..” ރިޔާޒްގެ އަޑުންވެސް ހަމައެކަނި ނުރުހުން ވެފައި ހުރިކަން އެނގެއެވެ.
ނުނިމޭ

2
1
މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

3 ކޮމެންޓް - ލިޔުން: ”ހިތާ ފުރާނައިގެ ދިރުމޭ (4)“

  1. Up vaaleh laheee ye
    Avas koh up koh bala
    Eyrun kiyaaa meeeehun gina vaane
    Commment ves gina vaane

    0

    0

Leave a Reply

Your email address will not be published.