ލޯބީގެ

ޖާދޫވި މޫނު (5)

“ސީރިއަސްލީ..” އީނާޝްމެނަށް އެއްފަހަރާ އެހެން ބުނެވުނުއިރު ދެމީހުންގެ މޫނުގައިވެސް ވީ ނުލަފާ ހިނިތުންވުމެކެވެ. ޔަޒަންއަކީ ހީޒަލްގެ މަންމަގެ ރައްޓެއްސެއްގެ ދަރިއެކޭ ބުނަމުން ދެކުދިން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ރައްޔާންވެސް އެހެން އިނުމަށްފަހު ހިގައިގަތީ މައްޗަށް ދާށެވެ. ހީޒަލް ބެލްކަނީގައި ހުރި މޭޒު ގޮނޑީގައި އިށީންނަމުން ޔަޒަންއަށް ބަލާލި ހީޒަލް ހީލިއެވެ. އިސްތަސިގަނޑު ނަގައި ހުޅިއެއް ޖަހާލަމުން ހީޒަލް ހީލިއެވެ. ޔަޒަން އަދިވެސް ހުރީ އެހުރި ގޮތަށް އެސްފިޔަ ނުޖަހައެވެ. މިގަޑިގައި ޔަޒަން އައުމުން ހީޒަލްއިނީ ނިދަން ނުވަދެވިފައެވެ. […]

މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ލޯބީގެ

ޖާދޫވި މޫނު (4)

“އެއީ ރާއި އެއް ނޫން… ރައްޔާން..” ދުރުގައި ހުރެފައި އާދައިގެ ރާގެއްގައި އައްމާރު ބުނެލިއެވެ. ހީޒަލަށް ޔަޤީން ކޮއްދިނިމުގެ ގޮތުން އޭނާ މޫނަށް އެއްވެސް ކުލަވަރެއް ނުގެނެއެވެ. “ރާއިގެ ދޮންބެ އެއީ… ރައްޔުއަކީ ރާއިފް މަންމަ އެހެން މީހެއްގެ ދަރިއެއް ކުޑަ ދުވަހުން ފެށިގެންވެސް ރާއްޖެއިން ބޭރުގައި އުޅުނީ..” އިތުރު ތަފްސީލެއް ބޭނުން ވާނެހެން ހީވުމުން އައްމާރު ކިޔާލިއެވެ. “ހޫމް…” ހީޒަލް އެހެން ބުނަމުން އިސްޖަހާލިއެވެ. “ހީޒަލް..” ހީޒަލް މާ ގިނައިރު ދުރު ބަލަހައްޓައިގެން އިންނަން ފެށުމުން […]

މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ލޯބީގެ

ޖާދޫވި މޫނު (3)

ރަޒިއްޔާ ގެއިން ނިކުތްތަން ބަލަން ހުރެފައި ރައްޔާން މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮށީގައި ބާރަށް އަތުން ޖަހާލައިފިއެވެ. ބުރައިގެންދިޔަ ފޮށީގެ ތެރެއިން އެއްޗެއް ޓައިލްސް މަތީގައި ޖެހިފައި ބުރައިގެން ގޮސް ޖެހުނީ އޭނާގެ ފައިގެ ބުޑުގައެވެ. ވިދަ ވިދައި އޮތް އޭތި ނަގަމުން ރައްޔާން އޭގެއަށް ފުންކޮށް ބަލާލައިފިއެވެ. އެއީ 4 ވަރަކަށް ކެރެޓްގެ މޮސަނައިޓްއެކެވެ. ޕިއަރ ކަޓްގައި އެއަގުހުރި ޖަވާހިރު ފެންނަލެއް ވަރަށްވެސް ލޯތްބެވެ. އޭގެ ވަށައިގެން ޖަހާލާފައިވާ ކުދިކުދި ޖަވާޖިރުތަކުން އޭގެއަށް އިތުރު ފުރިހަމަ […]

މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
ލޯބީގެ

ޖާދޫވި މޫނު (2)

ރައްޔާން ސިކުނޑިއަށް ބާރު ލަމުން ދިޔައީ އެލަވަ އަޑު އިވުނު ތަނެއް ހަނދާން ކުރާށެވެ. އެކޮޅުން ފޯނު ކަނޑައިލި އިރުވެސް ރައްޔާން ހަނދާން ވާ ގޮތެއް ނުވިއެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ރައްޔާން އަނެއްކާވެސް އެނބުރުނީ އޭނާ ކުރަން ހުރި މަސައްކަތަށެވެ. މީހަކު ކުރާ ސަމާސާއަކަށްވެސް ވެދާއެވެ. އެހެން ނޫންނަމަ ނުވެސް ދަންނަ މީހަކަށް ގުޅައިގެން ލަވައެއް ޖެހުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ހީޒަލް ހެނދުނު ހެނދުނާ ހެން ހީޒަލް ތެދުވެގެން ބެލްކަންޏަށް ނިކުމެއްޖެއެވެ. ގަސްތަކަށް ފެންދީފައި […]

މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
ލޯބީގެ

ޖާދޫވި މޫނު (1)

ހީޒަލް # # # # 2 އަހަރު ކުރި “ދަރިފުޅާ” އެނދުގައި އޮށޯވެގެން އޮތް ހީޒަލްގެ އަތުގައި ހިފާލަމުން ސީމާ ދަމާލައިފިއެވެ. ހީޒަލް އަދިވެސް އޮތީ ދެފައި ކުރުކޮއްލައިގެން ރާއިފްގެ މޭގައި ބޯއަޅާލައިގެންނެވެ. ހުދު ވެފައިވާ ރާއިފްގެ މޫނަށް ބަލާލުމުން ހީވަނީ އެންމެ ލޭކޮޅެއްވެސް ހަށިގަނޑުގައި ނެތް ހެންނެވެ. ދުރުގައި މަޑު ކޮއްލައިގެން ހުރި ދެ ޑޮކްޓަރުން ކުރެ އެކަކު އައިސް ރާއިފް ގަޔަށް ގުޅާފައިވާ އައިވީ ނައްޓާލަމުން ހީޒަލްގެ މޫނަށް ބަލާލައިފިއެވެ. “ހީޒަލް..” “ނޫން […]

މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (8)

“ރޫ…ބީ” ފައިސަލް ތެދުވެގެން އެކި ތަންތަނަށް ބަލަމުން ގިވާލި އަޑު ފޯނުންވެސް އިވުނެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮއްގެން އިން ރަޔާލަށް ގިސްލެވެމުންއަޑު އެއްވެސް ހުރަހެއް ނެތި ޔާސީނަށް އިވެމުންދިޔައެވެ. “ސޭވް މީ… ސޭވް މީ ދިސް ޓައިމް” ގިސްލެވެމުން ރަޔާލަށް ބުނެވުނީ އެހެންނެވެ. ކުރިއަށްވުރެ ބާރަށް ރެގަނެވިއްޖެއެވެ. ބޭރަށް ނިކުންނަށް ހުރި ދޮރާއި ދިމާލުން ވާރޭ ތެރޭގައު ހުރި ކުޑަ ކުއްޖާ ރަޔާލަށް ފެނުނީ އެވަގުތުގައެވެ. އެއީ މީގެ ކުރިންވެސް އޭނާއަށް ވާރޭ ތެރޭގައި ކުޅެން އުޅުނިކޮށް […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (7)

އެތައްއިރަކު އަނދިރީގައި ހުރުމަށްފަހު ރަޔާލައް އައިސް ލައިޓް ޖައްސާލައިފިއެވެ. އަލިވެގެންދިޔަ ކޮޓަރީގެ ތެރެއިން އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޔާސީން ހިނިތުން ވެލައިގެން ހުރި ފޮޓޮއެކެވެ. އިސްޖަހާލަމުން އޭނާ އައިސް ހުއްޓުނީ ކުރިންވެސް ހުރި ތަނުގައެވެ. ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ބަލާލަމުން ހީލި ނަމަވެސް އެލޮލުގައިވި ކަރުނަތައް ފައިބައި ގަނެއްޖެއެވެ. އިސްޖަހާލަމުން ރަޔާލް ލީގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައާއި ދިމާލުގައި އަތް ހާކާލައިފިއެވެ. ހީވަނީ އަމިއްލަ ނަފްސަށް ހަމްދަރުދީ ވިހެންނެވެ. “ޔާސީން… ޔޫ ބީ […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (6)

އިސްޖަހާލައިގެން ތިރިއަށް ކޮޓަރީގެ ދޮރުމަތިން ކުރި ކަނޑާލި ރަޔާލް ފެނުމުން އެންމެން ހިމޭންވީ އޭނާއަށް އަޑު އިވުނު ކަމަށް ހީކޮށެވެ. ރަޔާލް ދިޔަކަން ޔަޤީން ވުމުން ޔާސީންވެސް އެކޮޓަރިން ނިކުމެން ތިރިއަށް ގޮސް ހުއްޓިލީ އޭނާގެ ކާރު ކައިރީގައެވެ. މިއަދު ކުރިން ނޭނގޭ އެތައް ކަމެއް އެނގުމުން އަނެއްކާ އޭނާ ކުރިއަށްދާނެ ހިތްވަރު ލިބިއްޖެއެވެ. އަމިއްލަ ބައްޕައާއި ދެކޮޅަށް ނިކުމެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. އަދި ހެކިވެސް ހުރެގެންނެވެ. “އަހަރެން ނުބުނަން ސިމްޕަތީ ވާށޭ އެއް..” ފަހަތުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (5)

“ރަޔާ..” ދޮރުމަތީގައި ގިނަ އިރު ވުމުން ރިޔާޒް ކައިރިއަށް ދަމުން ގޮވާލައިފިއެވެ. އެއަޑު އިވުމާއެކު އެއަންހެންމީހާ އަތް ތިރިކޮއްލައިފިއެވެ. ރަޔާލް ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން ރިޔާޒް ތަންކޮޅެއް ބާރަށް އައިސް ދޮރުގައި ހިފާ ބޮޑަށް ހުޅުވާލައިފިއެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރަ ފެނުމުން އެންމެ ފުރަތަމަވެސް ރިޔާޒަށް ބަލާލެވުނީ ރަޔާލަށެވެ. “ރޫ…” “ރަޔާލް… ދޭބަ މަންމަ ކައިރިއަށް..” ކައިރީގައި ހުރި މީހާ ޖުމްލަ ފުރިހަމަ ނުވަނީސް ރިޔާޒް އެހާ ބާރަށް ރަޔާލްގެ ނަން ބުނުމުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (4)

ރަޔާލް އަތް މައްޗަށް އުފުލައިލިއިރު ޔާސީންގެ އަރު ތެރެއަށް ތަދުވާން ފަށައިފިއެވެ. ހީވަނީ ވާހަކަ ނުދެއްކޭނެ ވަރަށް ދުޅަ ވެފައިވާ ހެންނެވެ. ކަރު ކެހިލުމާއެކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހި ތަކެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލައިފިއެވެ. ރަޔާލަކީ މީހެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކޭ ހިތައް އެރުމުން އެލޮލަށް ޖަމާވި ކަރުނަތައް ވީ އިތުރެވެ. ވާރޭ ތެރޭގައި ހުރިއިރުވެސް އެދެލޯވަނީ މުޅިން ރަތްވެފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު އެ ފިރިހެން ވަންތަ މޫނުން […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (3)

ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ. “ރަޔާ..” ދެފަޔަށް ލެވޭފައި ބާރެއްލާފައި ދުއްވައިގަތް ޝަބީނަށް އެނދިރީގެ […]

މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.