“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. “އާމިނަތު އަކީ ބޭބެ މެންގެ އުފަން ދަރިއެއްނޫން. އެއީ ބޭބެއާއި […]
ލޯބީގެ
ފޯންކޯލް
ކައިރިރަށްތަކަށާއި މާލެއަށް ފޯނުކޮށްގެން އަންހެންކުދިން ސެޓުކުރުމުގެ ކަންތައް ރިސޯޓްގައި އެންމެފޯރިޔާއެކު ކުރަމުން ދިޔަދުވަސްވަރެވެ. މުޅިރިސޯޓްގައި ވެސް އެކަންވަނީ ވަރަށްގަދައަށް ވައިގަ ހިފާފައެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ރަށަކަށް ފޯނުކޮށްގެން ދިމާވި ކުއްޖެއްގެ އަޑުރީތި ވާހަކައާއި މޮޅުރޭވުމަކުން އެ ކުއްޖާ ސެޓުކުރި ވާހަކައެވެ. މާލެދިޔަދަތުރަކު ކޮންމެ ވެސް ތާކުން ދިމާވި އަންހެންކުއްޖެއްގެ ނަމާއި ނަންބަރު ހޯދައިގެން އައިސް ގުޅުމުން އޭނާ އޯކޭވީ ވާހަކައެވެ. ތިމާގެމީހަކު ހޯދާން ރިސޯޓަށް ފޯނުކުރި ކުއްޖާއާ ވާހަކަ އަޅުވާލުމުން އޭނާގެ ނަމާއި އެޑްރެސް ބުނެދިން […]
ދީވާނާ ލޯބިން ވެއްޖޭ. . [4]
“ޝާޔާ. ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ. “ޝާޔާ. ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ. ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންދިޔަ އިރުގެ ހޫނުގަދަވެ މުޅިދުނިޔެ އެކީ އަލިކޮށްލައިފިއެވެ. ފެންވަރައި ތާޒާ ވެލައިގެން އަހަރެން ނިކުމެ އިނީ ސިޓިންރޫމް ގައެވެ. އޭރު […]
ހަނދުމަ
އަޖުނާދުގެ ކަޅިއެޅުންތައް ޖޭސްމީނަށް އަމާޒުވަމުން ދިޔައިރު، އެކަމާމެދު ޖޭސްމީން ވިސްނާ ފިކުރުކުރަމުންދާކަމެއް އަޖުނާދަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވެސް އަމާޒުވެފައިހުރީ ޖޭސްމީންގެ ފުރިހަމަރީތި ޗާލާކީ ހަށިގަނޑަށެވެ. ހެދިހުރި އެފުރިހަމަހަށިގަނޑާއި އެހަށިގަނޑަށް އިތުރަށް ފުރިހަމަކަން ގެނެސްދޭ އައިބެއްނުވާ ފުރިހަމަގުނަވަން ތަކަށެވެ. އެފަދަ ފުރިހަމަ ޗާލާކީ މަލެއް ބިނދެލެވޭހާ ގާތުގައިވާނަމަ އެމަލެއް ބިނދެލާ އެމަލުގެ ފޮނިމީރުކަން އިހުސާސްކޮށްލަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމުގައި އަޖުނާދުގެހިތް އަބަދުވެސް ބުނަމުންދެއެވެ. މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއެކު ވަގުތުތައް ފާއިތުވަމުން […]
ދީވާނާ ލޯބިން ވެއްޖޭ. . [3]
ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ. އަހަރެންގެ އެއްވެސް ހަރަކާތެއް ދެންތިބި ތިންމީހުންނަކަށް ނަގައެއް ނުގަނެވުނެވެ. “މިހާރު އެގޭ ތެރެއަށް ކުނިވެސް އަޅަން ދޯ ތި ދިމާކުރީ. އެމަންޖެ ކުނިކަހަން ނިކުންނަ ތޯ ތަ؟” އަޔާން އަށް ހެދި އެއްޗެއް ނޭނގިގެން އަހައިލިއެވެ. “ސާބަހޭ އާން. ނިކަން ބޮލުގެ ބޭނުން ކުރަން […]
ދީވާނާ ލޯބިން ވެއްޖޭ. . [2]
“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި […]
ފަންޑިތަވެރިޔާ
ރަނާއަކީ އުމުރުން ތިރީހަކަށް އަހަރުގެ އަންހެނެކެވެ. އަލަތުކައިވެނީގެ ފިރިމީހާއާ އެކުގައި އުފާވެރި އެހާމެ ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރަމުންދާ ރަނާ އާއި އޭނާގެ ފިރިމީހާއަށް ދެދަރިން ލިބިފައިވެއެވެ. ރަނާގެ ޒުވާން ދުވަސްވަރުން ފެށިގެން ރީތިކަމާއި ޗާލާކީކަމަށް ނަން މަޝްހޫރު ވެފައިވާއިރު، ދެދަރިންލިބި އުމުރުން ތިރީހަކަށް އަހަރު ވެފައިވީ ނަމަވެސް އޭނާގެ ރީތިކަމާއި ޗާލާކީކަމަށް ބަދަލެއް ނާއްނަކަމުގައި ގިނަބަޔަކު ބުނަމުން ދިޔައެވެ. މިހާރު އޭނާ ކުރިޔަށްވުރެ ރީތިވެފައި ފުރިހަމަކަމަށް ބުނާމީހުން ވެސް މަދެއްނޫނެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ރަނާ […]
ދީވާނާ ލޯބިން ވެއްޖޭ. . [1]
“ސިއާން. އަދިވެސް ނިދަން އޮތީތަ. ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. ސިއާން. ” ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން ދަންނަ ރަހުމަތްތެރިއަކުވެސް ޒާނިޝް އާއި […]
މީ ވީގޮތޭ
ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަށް އަހަރެއްހާ ދުވަސް ވެފައިވާ އިރު ދެ ޒުވާނުން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަކީ ދެޢާއިލާގެ ރުހުމާއި ފުރިހަމަ ތާއިދު ލިބިފައިވާ ގުޅުމަކަށް ވާކަމީ އެދެޒުވާނުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ. ޒިހުނަތާއި ހުޒާމު އެދެޒުވާނުންގެ ލޯބީގެބައްދަލުވުންތައް ބާއްވަމުންދަނީ ޒިހުނަތުމެންގޭގައެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ލޯބީގެ އަހުދުތަކާއި ވައުދުތައްވެ މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލުކުރުމުގައި ދެގަޑިއެއްހާއިރު، ޒިހުނަތުމެންގޭ ޖޯލިފަތީގައި ތިބެއެވެ. ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ހުޒާމު […]
އިންތިހާއަށް ލޯބިދީފާ. . [6 ފަހުބައި]
“އަހަރެންނަކަށް ނޭނގެ އާޔާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ޔޫ މޭކް މީ ފީލް ސްޕެޝަލް. ” އަހަރެން އާޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލާފައި ބުނެލީމެވެ. އެވަގުތު އާޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމެއް އާޔާގެ ތުންފަތަށް ވެރިވިއެވެ. އާޔާގެ ރީތިކަން އޭގެ އިންތިޙާއަށް ފެނިގެން ދިޔައެވެ. އާޔާގެ ހިތުގައި އަހަރެންނަށް ޚާއްސަ މަޤާމެއް ވާކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ. “ވަން މޯތިންގް. އަކް މިރޭ ދާން ޖެހޭނީ އަހަރެންނާއި އެކު. “ “މިރޭ […]
އޯވަނައިޓް
ބިސާރާއި ސަލްވާ ބައްދަލުވީ ބިސާރުގެ ރައްޓެއްސެއްގެ ފަރާތުން އޭނާއަށް ލިބުނު ނަންބަރަކަށް ގުޅަމުންދިޔަ ގުޅުމުގެ ތެރެއިންނެވެ. ބޭކާރުވެގެންދާ ވަގުތުތައް ފުރާލާ އުފާކޮށް ހިތްހަމަ ޖައްސާލުމަށް ބިސާރު ގުޅާންފެށި ގުޅުން މަޑުމަޑުން އިތުރުވާން ފެށިއެވެ. ސަލްވާއާމެދު ސައުގުވެރިކަން އުފެދި ސަލްވާއަށް ފޯނު ކޮށްނުލާ ނުހުރެވޭން ފެށިއެވެ. ބިސާރާއި ސަލްވާ ފޯނުން ވާހަކަދައްކާން ފެށުމާއެކު ސަލްވާއަކީ ބިސާރު ހޯދާން ބޭނުންވެގެން އެއުޅޭކަހަލަ އަންހެންކުއްޖެއްކަން ބިސާރަށް ޔަގީންވިއެވެ. އެހެންވެ ބިސާރު ބޭނުންވީ އެގުޅުން އިތުރަށް ތަރައްޤީކޮށް ކުރިއަރުވާށެވެ. ބިސާރު ބޭނުންވިފަދައިން އެކަމަށްޓަކައި […]