ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ޖައުފަރުމެން ދިއުމާއިއެކު އަހަރެންނަށް އިތުރަށް އެތާނގައި ނުހުރެވިގެން ބެލްކަންޏަށް ނިކުތީމެވެ. ވައި ޖައްސާލާށެވެ. އޭރު ސިކުނޑީތެރޭގައި […]
ލޯބީގެ
އިސްކު ( 11 )
” ހަސަން. ކަލޭ ކައިރީ ވެސް އަހަރެން ވާހަކައެއް ބުނަން ބޭނުން. އެއީ މިކަމުގައި އަހަރެން ކަލޭމެން އެއްވެސް މީހެއްގެ އެހީއެއް ބޭނުން ނޫން ވާހަކަ. މިކަމުގައި އަހަރެން ކުރިޔަށް ދާނީ އަހަރެން އެކަނި. އެހީއެއް ބޭނުން ވެއްޖެނަމަ އެހީ ހޯދާނީ އަތީލް ކައިރިން. އަހަރެން މިކަން ކުރާނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ. ” އިނާ ހާމަކުރީ އޭނަ ބޭނުންވާ ގޮތެވެ. ” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” ހަމަޖެހޭގޮތް ދައްކާލަމުން ނާއިޒް ބުންޏެވެ. […]
ނިދީީތެރޭން ( 13 )
ފަރުމަހަށް ނުކުމެ އުޅުނު ދޯންޏަކުން މަރުވެފައިވާ މީހަކު ހޮވި ވާހަކަ އާއި އެމީހަކީ ނިސާހް ކަމަށް ރަށުތެރެއަށް ފެތުރުނު ޚަބަރުގެ ސަބަބުން އެންމެބޮޑަށް ކަންބޮޑުވެ ހައިރާންވީ ހަމްދީމެންނެވެ. އެމީހުންނާއި އެކުގައި ގޮސް ޒުބޭދާއާ ބައްދަލުކޮށް ޒުބޭދާ ގޮވައިގެން ގަސްތަކުތެރެއަށް ވަތްގޮތަށް އަދި މިހާތަނަށް ޖެހެންދެން އެއްވެސް ޚަބަރެއް ނުވި ނިސާހްގެ މަރުގެ ޚަބަރު ލިބުމުން އެމީހުން ކިތަންމެ ހައިރާންވެ ކަންބޮޑުވި ނަމަވެސް އެކަން ސިއްރުކޮށްގެން ތިބީއެވެ. އެކަމާބެހޭގޮތުން ވާހަކަ ދައްކަން ހަދައިގެން އެމީހުން ބެދިދާނެކަމުގައި ތިންމީހުން ވެސް […]
ދީވާނާ ލޯބިން ވެއްޖޭ. . [26]
“ދެޓްސް ދަ ޕްރޮބްލަމް.. ރަޝީދުގެ ހުރިހާ ފަރުވާއަކަށް އެ ހޮސްޕިޓަލަށް ފައިސާ ދައްކާ ކަންތައް ކުރަނީ ޖައުފަރު!..” “ވަޓް…!” އަހަރެންނަށް ލިބުނު ޚަބަރުން ބޮލަށް އެނބުރުން އެރިއެވެ. “ވަޓް ދަ ހެލް އިޒް ގޮއިންގް އޮން؟؟؟” އަހަރެންނަށް ވާ ނުވާ ނޭނގިގެން ސުވާލުތަކުން ބޯ ފުރިގެން ދިޔައެވެ. “ރަޝީދާއި ޖައުފަރާއި އޮތީ ކޮން ގުޅުމެއް؟.. އެއީ ވަށަފަރު މީހެއްނު؟ އެހެންވީރު އޭނައަށް ޖައުފަރު ހަރަދު ކުރަންވީ ކީއްވެތަ؟.. ދިސް އިޒް ކްރޭޒީ.. ނޯ ނޯ ނޯ ނޯ.. […]
ދީވާނާ ލޯބިން ވެއްޖޭ. . [25]
ޖުވެލްސް އެހާ ފުޅާ ކުންފުންޏަކަށް ވީ ސަބަބު އަހަރެންނަށް އެނގުނެވެ. ލޮލަށް ނިދިއައިސްފައި ވުމާއިއެކު އަހަރެން ނިދާލަން ޖައްސާލީމެވެ. މާދަމާއަކީ ސްކައިޕިޔާގެ ރަސްމީ އޯޕަނިންޑޭއެވެ. މިހާރުވެސް މުޅިހޮޓެލް ރީތިކޮށްފައި އޮތް ވަރުން ހީވަނީ ކާނިވަލެއް ހެނެވެ. މާދަމާގެ އިވެންޓް ތަކުގައި އަހަރެންނަށް ބައްޕައާއި އެކު ގިނަ ވަގުތު އުޅެން ޖެހޭނެއެވެ. އެހެން ކަމުން އަވަހަށް ތެދުވާން ބޭނުންވާތީ އާއިއެކު ނިދާލެވޭތޯ ބަލައިލީމެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ މަންމަ އެވެ. އަހަރެންގެ ކަންފަތުގައި ފޯނު […]
އިސްކު ( 10 )
އޮފީހުގެ ހުޅަނގުކޮޅު ހުރި ސިޑިން ފައިބަމުން އައި ޒުވާން ފިރިހެން މީހާއަށް އިނާ ބަލާލި އެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނަކާއި ކޯޓެއްލައިގެން ހުރި އެމީހަކީ ނާއިލްކަމަށް އިނާ އަމިއްލައަށް ނިންމިއެވެ. ” މިއީ ނާއިޒް ” އިނާއާ ސަލާންކޮށްލަމުން ނާއިޒް އަމިއްލައަށް ތަޢާރަފްވެލި އެވެ. އަދި އިނާ ގާތު އިށީންނަމުން އިނާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އިނާއާ ނާއިޒް އެތަނުގައި ތިބެގެން ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުން ނާއިޒް […]
ނިދިތެރޭން ( 12 )
މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެއުޅޭ މައިދާނަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. ރަށުތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލީގެ ސަބަބުން މަގުތައް މާދުރާއެކު ވަރަށް ރީތިކޮށް ފެންނާން އޮތެވެ. އެގޮތުގައި އެތައްއިރެއް ވަންދެން މަސައްކަތްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ނީނާގެ ރުޅި ގަދަވިއެވެ. ރުޅިވެރިކަމާއިއެކު އެތަނުން ނުކުމެ ދޮރުލެއްޕިއެވެ. ހިތްހަމަނުޖެހުމާއިއެކު ކޮށީގައި ފައިން ޖެހުމަށްފަހު ގޯތިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ބޮޑުމަގަށް ނުކުމެފައި ވަށައިގެންވާ މާހައުލަށް […]
އިސްކު ( 9 )
” ހަޅޭ ނުލަވާ …. ” ރީސާމްގެ އަޑު ވެސް ބާރުވެގެން ދިޔައެވެ. ” އަހަރެން އަދި ކަލެއަށް އެއް ފުރުސަތު ދޭނަން. ތެދުބަހުން ވާހަކަ ދައްކާ. ” ރީސާމް އެހެން ބުނީ މަޑުމައިތިރިކަމާއި އެކުގައެވެ. ” ކަލޭ ވެސް ގޮތުގައި ހުރެގެން ވާހަކަ ދައްކާ. ” ނާއިޒް ވެސް މަޑުމަޑުން ބުނެލިއެވެ. ” ކަލޭއާ ވާހަކަ ދައްކަން ވަކިގޮތަކަށް ހުންނާކަށް ނުޖެހޭ. މީގެކުރިން އަހަރެން ކަލެއާ ވާހަކަ ދެއްކީ އިޚުތިރާމާއި ޤަދަރު ކޮށްގެން. އެކަމު ކަލެއަކަށް […]
ނިދިތެރޭން ( 11 )
އަންޖާމުގެ ވާހަކަތަކުގެ ސަބަބުން މަރީނާ އާއި އަބްދުލް ހާދީ ވެސް ހާސްވެ ކަންބޮޑުވާގޮތް ވިއެވެ. މަރީނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އެކޮޓަރީގެ އަނެއް ތަޅުދަނޑި ބަލައެވެ. ” ޒުބޭދާއަކީ އެހާ ނިދިގަދަ މީހެއް ނޫން. އަހަރެންނަށް ހީވަނީ ކޮންމެ ވެސް ކަމެއް ވެއްޖެހެން. ” ދެވަނަ ފަހަރަށް އަންޖާމު ވާހަކަ ދެއްކިއިރު ދެލޮލު ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވެއްޖެއެވެ. ކޮޓަރީގެ ތަޅުދަނޑި ގެނެސް ދިނުމުން އޭނާއަށް ޝުކުރުއަދާކޮށްފައި އަންޖާމު އަވަސްވެގަތީ ކޮޓަރީގެ ދޮރު ހުޅުވާށެވެ. […]
އިސްކު ( 8 )
ލަންމާމެން ދިރިއުޅެމުންދާ ބަޔަށް ޕޮލިހުންގެ ބޭކަލުން ދިޔައީ ލަންމާއާ އެކުގައެވެ. އެމީހުންނާއި އެކުގައި ނާއިޒާއި ފާތުން ވެސް އެބަޔަށް ދިޔައެވެ. ލަންމާގެ ހުއްދައާއެކު އެގޭގެ ހުރިހާތަނެއް ބަލައި ފާސްކުރަމުންދިޔަ ޕޮލިހުންނަށް ނުވަދެވުނު ހަމައެކަނި ކޮޓަރިއަކަށްވީ މާއިޒު ދިރިއުޅެމުންދާ ކޮޓަރިއެވެ. އެތައް ފަހަރަކު ގޮވައި އިންޒާރު ދިނުމުން ވެސް މާއިޒު އެކޮޓަރިއެއް ނުހުޅުވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ލަންމާ ބޭނުންވަނީ މާއިޒުގެ ކިބައިން ސަލާމަތް ވާށެވެ. ލަންމާގެ ހުއްދައާއެކު ކޮޓަރީގެތަޅު ހަލާކު ކޮށްލައިގެން ޕޮލިހުންގެ ބޭކަލުން ކޮޓަރިއަށް ވަތްއިރު […]
ނިދިތެރޭން ( 10 )
އަށެއް ޖަހާކަން ހާއިރެވެ. ޙިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ނީނާ އެނދުގައި އޮތްއިރު ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމާއި ފަނޑު އަލިކަމެވެ. މިއަދު ހަވީރު ކަންތައް ވީގޮތުން ނީނާ އޮތީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ އެދުނު އެދުމާއި އޭނާ ދޭނެކަމަށް ބުނި ފައިސާގެ ސަބަބުން ނިސާހް ހުރީ ހަނދުގެ ދައުރުވުން ލަސްވެފައި ކަހަލައެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލަމުން ކޮންމެވެސް މީހަކަށް ފޯނުކުރަމުން ދިޔައެވެ. ނިސާހް އެދުނުފަދައިން އޭނާއާއެކުގައި އޭނާގެ ހަތަރު ރައްޓެހިން ރަށުގެ ދެކުނުފަރާތާއި […]