“ޝްޝްޝް..” އަހަރެން ޝާޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިތުރަށް ވާހަކަ ނުދެއްކުމަށް އެންގީމެވެ. “ޝާޔާ.. އަހަރެން ޝާޔާ ކައިރީގައި ބުނަން ބޭނުންވެފަ އޮތް ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އޮޕަރޭޝަނަށް ފަހު އެވާހަކަ ދައްކާލަންވެގެން މަޑުކޮށްގެން މިހުންނަނީ..” އަހަރެން ސުރުހީ އަޅައިލީމެވެ. ޝާޔާ އިނީ އަހަރެން ދައްކަންބޭނުން ވެފައި ވާ ވާހަކަ އަޑުއަހަން ބޭނުންވެފައެވެ. އަހަރެން ކަމެއް ސިއްރުކޮށްގެން ހުންނަކަން ޝާޔާއަށް އެނގޭކަހަލައެވެ. “އަހަރެން ބޭނުން ދައްކަން މިއުޅޭ ވާހަކަތައް ޝާޔާ ވަރަށް އޯޕަން މައިންޑެޑް ކޮށް […]
ލޯބީގެ
އިސްކު ( 7 )
ލަންމާއާ ފާތުން ދިޔަގޮތަށް ދިޔައީ ހެދިގޮނޑުދޮށަށެވެ. އޭރު އެހިސާބުގައި އެކިއުމުރުގެ މީހުންތައް ވަރަށް ގިނައެވެ. ކުޅެ މަޖާކޮށް ހިތްއުފާކުރަމުންދާ މީހުންނާއި މޫދަށްއެރި ހިތްހަމަޖައްސާލަން އައިސް އުޅޭ މީހުން ވެސް ވަރަށް ގިނައެވެ. ޢާއިލާތަކުގެ އިތުރުން ދެޖިންސްގެ ޒުވާންގުރޫޕްތަކާއި ލޯބިވެރިންގެ ޖޯޑުތައް ވެސް މަދުމަދުން އެސަރަހައްދުން ފެންނަމުން ދިޔައެވެ. ލަންމާ އާއި ފާތުން އެތަނަށް އައިސް މާގިނައިރެއް ނުވަނީސް ނާއިޒް އެތަނަށް އައިސްފިއެވެ. ނާއިޒާއި ލަންމާ ބައްދަލުވުމުން އެކަކު އަނެކަކަށް ބަލާލަމުން އުފަލާއެކު ހިނިތުންވެލިއެވެ. ނާއިޒާއި ލަންމާއަށް ފުރުސަތުދެމުން […]
ނިދިތެރޭން ( 9 )
” މިރަށް ރަނގަޅުތަ؟ ” ކެއުމާއިގެން މަޝްޣޫލްވެއިން ޒުބޭދާއަށް ބަލާލަމުން މަރީނާ އަހާލިއެވެ. ” އާން .. ވަރަށް ހިތްހަމަޖެހޭ. މިއަދު އަތިރިމައްޗަށް ދަނިކޮށް އަންޖާމުގެ ރައްޓެއްސަކާއި ވެސް ދިމާވި. ” މަރީނާގެ ސުވާލަށް ޖަވާބުދެމުން ޒުބޭދާ ވާހަކަ ދެއްކިއެވެ. ” އެހެންތަ؟ އެއީ އަނެއްކާ ކާކުބާ؟ ” އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ އަހާލިއެވެ. ” އެއީ ވިސާމް. އަހަރެން ރައްޓެއްސެއްގެ ޝޮޕްގެ މަސައްކަތެއް ކުރާން ރަށަށް ގޮސް އުޅެނިކޮށް ދިމާވީ. ” ޙަޤީޤަތް ހާމަކުރަމުން […]
އިސްކު ( 6 )
ނާއިޒް ގެއަށް ގޮސް ލަންމާއާ ބެހޭގޮތުން ވަރަށްގިނައިރު ވަރަށްގިނަ ގޮތްގޮތަށް ވިސްނިއެވެ. ނާއިޒްގެ ހިތުން ލަންމާއަށް ޖާގައެއް ދެވުނު ނަމަވެސް، ލަންމާއާ ބެހޭ އެންމެ މުހިންމު މަޢުލޫމާތުތައް ނާއިޒަކަށް އަދި ނޭނގެއެވެ. ފާތުންނާއި ލަންމާ ދެއްކި ވާހަކަތައް އޭނާ ހަނދާން އެބަހުއްޓެވެ. ފާތުން އެބުނާ ފަދައިން ކަންތައް ހުރި ނަމަވެސް ލަންމާގެ ޢާއިލާއިން އެކަމާ ދެކޮޅު ހަދާނެކަން ނާއިޒަށް ޔަގީން ވެއެވެ. މިދެމެދުގައި އެހާ ބޮޑެތި ތަފާތުތައް ހުރިއިރު ނާއިޒަކީ ލަންމާއާ އެކަށީގެންވާ މީހެއް ނޫންކަން ނާއިޒަށް […]
ނިދިތެރޭން ( 8 )
ޒުބޭދާ އާއި އަންޖާމު ދޯނިން ފޭބުމާއެކު މެދުއުމުރުގެ ފިރިހެނަކު އައިސް ޒުބޭދާ އާއި އަންޖާމުއާ ސަލާން ކޮށްލަމުން އަމިއްލައަށް ތަޢާރަފް ވެލިއެވެ. އެއްވެސް މަސައްކަތަކާނުލާ އަބްދުލް ހާދީ އާއި ބައްދަލުވުމާއެކު އޭނާގެ ހަނދާނަށް އައީ އޭނާގެ ބައްޕަ ވިރާސް ދެއްކި ވާހަކައެވެ. ވިރާސް އޭރު ބުނި ފަދައިން އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އަބްދުލް ހާދީ އައިސް ހުއްޓެވެ. އަބްދުލް ހާދީ އަށް އެ ދެމަފިރިން ދެނެގަންނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. އަބްދުލް ހާދީ އާއެކު ޒުބޭދާ އާއި […]
އިސްކު ( 5 )
” އޯކޭ … ފަސްގަޑިބައި ވާއިރު އަހަރެން ހުންނާނީ މިތަނުގަ. ” ލަންމާ އާއި ނާއިޒަށް ބަލަންހުރެ އެހެން ބުނުމަށްފަހު އެދެމީހުންނާއި ދުރަށް ފާތުން ހިނގައިގަތެވެ. ލަންމާ އާއި ނާއިޒް އެކަނިކޮށްފައި ފާތުން ދިއުމުން އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ބުނާނެ އެއްޗެއް ނޭނގި އިސްޖެހިފައި ލަންމާ އިންއިރު ދައްކާނެ ވާހަކައެއް ނޭނގިފައި ކަހަލަގޮތަކަށް ދުރަށް ބަލަހައްޓައިގެން ނާއިޒް ވެސް އިނީއެވެ. ” ލަންމާ!……. ” އެތައްއިރެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން ނާއިޒް ގޮވާލިއެވެ. ނާއިޒްގެ އެގޮވާލުމަށް […]
ނިދިތެރޭން ( 7 )
ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކު އޭނާއަށް ނިދިއްޖެއެވެ. ފަތިސްނަމާދު ވަގުތުގެ ބަންގިއާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އަޅުވެރިން މިސްކިތާއި ދިމާއަށް ދިޔައިރު ބައެއް މީސްމީހުން އެހެން ކަންކަމާއިގެން ވެސް އުޅެން ފެށިއެވެ. ހާލާއިކާޅުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުން ދިޔައިރު މަސްވެރިންތައް […]
ދީވާނާ ލޯބިން ވެއްޖޭ. . [23]
15 ވަރަކަށް މިނެޓްގެ ތެރޭގައި އަހަރެން ހިތްހަމަ ޖެހޭވަރަށް ބޯކޮށައި ތުނިކޮށްލެވިއްޖެއެވެ. މިހާރު ހީވަނީ އުމުރަށްވުރެވެސް ޅަ ހެނެވެ. ގޮނޑިން ފައިބާ ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލުމަށް ފަހު އަހަރެން އެނބުރިލާ ސަޅި ޕޯސްއެއްގައި ހުއްޓިލީމެވެ. ޒާނިޝް މެންނަށް ސަޅިދައްކާލާށެވެ. “ވާވް.. ތިހެން ތުނިކޮށްލާފައި ހުންނައިރު ސިއާންބެ އާއި މާ ގުޅޭ..” ރިޔާ، ރަނާ އަށް ދޯ އެއް ދިނުމުން ރަނާ ވެސް ހުމް ލައްވާލިއެވެ. “ބޭބިޝް..” މޫނަށް ގޮތެއް ހަދާލަމުން އަޔާން ބުނެލިއެވެ. އަޔާން އަށް […]
އިސްކު ( 4 )
ދުވެފައި ގޭތެރެއަށް ވަދެގެންދިޔަ ލަންމާއަށް ކެތްކުރެވުނީ ކޮޓަރީގެ އެނދާއި ހަމައަށް ދެވެން ދެނެވެ. އެނދާއި ހަމައަށް ދެވުމާއިއެކު އެނދު މައްޗަށް ވެއްޓި ގަނެވުނުއިރު ރޮވިއްޖެ އެވެ. ރޯލަރޯލަ އެނދުމަތީގައި އޮތް ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ތެދުވެ އެނދުގައި އިށީންއިރު ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ. ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުކައިރީ ހުރީ ނަޖީބާ އެވެ. ” ދަރިފުޅާ! ހާދަ ފާޑަކަށް ތީނީ … ކިހިނެތްވީ؟ ކޮންއިރަކުން ނިދަނީ؟ […]
ނިދިތެރޭން ( 6 )
ކުއްލިއަކަށް ވިދާލި ވިދުވަރަށްފަހު ޖަހާލި ބާރު ގުގުރީގެ އަޑުން ވިސާމް ދިޔައީ ސިއްސައިގެންނެވެ. މަހާނަތައް މަތީ ހުރި ވެލިތަކާއި ގަސްތަކުގެ ފަތްތައް ވަޔާއި ބުރައިގެން ދިޔައިރު ހީވާނީ ތޫފާނެއްލައިގެން ހެންނެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުންވާގޮތް ވި ނަމަވެސް އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުންދާ ހަމަޖެހުމުގެ އަސަރުތައް ފެނުމުން ވިސާމް ހަމައަކަށް އެޅޭގޮތް ވިއެވެ. އެހެންވެ އޭނާ ވެސް ކެތްތެރިވެ ހަމަޖެހިގެން ހުއްޓެވެ. އަލީ އަހްމަދު އޭނާގެ މަސައްކަތް ހުއްޓާލުމާއެކު ވައިމަޑުވެ […]
އިސްކު ( 3 )
ގެއަށް ދެވުމާއިއެކު ލަންމާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ރޭގަނޑަށް ކެއުމަކީ ވެސް އެހާ މުހިންމުކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ފާޙާނާބަޔަށް ވަދެ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ. ވިސްނުމާއި ޚިޔާލާއި ފިކުރުގެ ކަނޑެއްގައި ފަތަމުން ދިޔަ ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުހުޅުވާލަމުން ނަޖީބާ ކޮޓަރިއަށް […]