ހިތާމަ ލޯބީގެ

އިސްކު ( 17 )

ކޯޓުން ނުކުމެގެން އަތިރިމައްޗާއި ދިމާއަށް އިނާ ހިނގައިގަތްއިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދަނީ މާޔޫސްކަމާއި ހިތާމައިގެ ކުލަވަރެވެ. އޭނައަށް ގޮވަމުން އޭނާގެ ފަހަތުން ނާއިޒް އައި ނަމަވެސް އެކަމަކަށް އިނާ ސަމާލުކަމެއް ނުދެއެވެ. އޭނާ ހިނގަމުން ދިޔަގޮތަށް ދިޔައެވެ. ނާއިޒްގެ ގޮވުމަށް އެއްވެސް ސަމާލުކަމެއް ނުދީ ހިނގަމުންދިޔަ އިނާއަށް، ހުއްޓެން މަޖުބޫރުވީ ނާއިޒް އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުން ނެވެ. ” އިނާ! މަޑުކޮށްބަލަ …. މަޑުކޮށްބަލަ. ” އިނާގެ އަތުގައި ހިފަމުން ނާއިޒް އެދުނެވެ. […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 17 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 16 )

” ދާން ބޭނުންވި ނަމަވެސް އަހަރެން ކޮންތާކަށް ދާނީ؟ ހައިރާންވާންވީ ކަލެއެއް ނޫން. އަހަރެން. ކަލޭ ތިހާ ތެދުވެރިކަމާއިއެކު އަހަރެންނަށް ކަންތައް ކޮށްދެމުންދާގޮތުން އަހަރެންނަށް ވަރަށް އަސަރުކޮށްފި. ފުރަތަމަ ފަހަރަށް އަހަރެންނަށް އިހުސާސް ވެއްޖެ އަހަރެންނަކީ ކުށްވެރިއެއް ނޫންކަން. ހިތް އެދެނީ ތިޔަ އޯގާތެރިކަމަށް. ތިޔަ އަސަރުގަދަ ލޮލުގެތެރެއަށް ގެއްލިދާން … އަހަރެން ކިހިނެތް ދުރައް ދާނި. އަހަރެން އަބަދު ވެސް މިހުންނަނީ އިނާ ގާތުގަ. މިހާރު ބޭނުން ވިޔަސް ބީހިލެވޭހާ ގާތުގަ. ޙަޤީޤަތުގައި ވެސް ތިހެން […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 16 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 15 )

” ތިއީ ދޮގެއް … ގުޅުމެއް ނުކަނޑާ. ފޯނުން ވާހަކަދައްކަން. ތަންތަނަށް ގޮސް ބައްދަލުކުރަން. ” އިނާގެ ވާހަކަތައް އެއީ ޙަޤީޤަތް ނޫންކަން ހާމަ ކޮށްދިނުމުގެގޮތުން މާޒިނާ ވާހަކަ ދެއްކިއެވެ. ” ކަލޭ ހަނދާން އެބަހުރިތަ އެންމެފަހުން ކަލެއާއި އޭނަ ބައްދަލުކުރީ ކޮންއިރަކު ކޮންތާކުންކަން؟ ” އަނެއްކާ ވެސް އިނާ ސުވާލުކުރިއެވެ. ” އަހަރެން ބުނެފީމެއްނު ތާރީހުތައް އަހަރެން ހަނދާނެއް ނެތޭ. ” ހިތްހަމަ ނުޖެހުމާއިއެކު މާޒިނާ ޖަވާބު ދިނެވެ. ” ކަލެއަށް ނާއިޒް ވަރަށް ކަމުދޭތަ؟ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 15 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 14 )

” އޭނާގެ ސަބަބުން އަހަރެންނަށް ކަމެއް ވެއްޖެތަ؟ އެ ގާތިލްގެ ސަބަބުން އަހަރެންނަށް ގޮތެއް ވެއްޖެތަ؟ ” އަތީލްގެ ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. ” ކަލޭ ތިހެން ގޮސް އެނދުމަތި ކުރަން ޖެހޭވަރު ނުވާތި. ކަލޭގެ ލޮލާއި މޫނު އަދި މުޅިހަށިގަނޑަށް ނަޒަރު ހިންގާލުމުން ކިތަންމެ ރަނގަޅަކަށް ވެސް އެނގޭ އޭނާގެ ސަބަބުން ކަލޭގެ އެތެރެހަށި އަނދަމުން ދާކަން. އެކަމުގެ ސަބަބުން ކަލޭ ބޭނުން ވަނީ ކުށެއް ނުކުރާ މީހެއް ކުށްވެރިއަކަށް ހަދަން. ކަލޭގެ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 14 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 13 )

” އިނާ! އަހަރެންނަށް ހީވަނީ އިނާ ތިޔަ ހަދަނީ ގޯހެއްހެން. އިނާ ތިޔަ އުޅެނީ ކުށްވެރިއަކު ކުށުން ސަލާމަތް ކުރާން ކަންނޭނގެ. ” އިނާގެ މޫނަށް ބަލާން އިނދެ އަތީލް ވާހަކަ ދެއްކިއެވެ. ” ނޫން. އަހަރެން މިމަސައްކަތް ކުރަނީ ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ކުށެއް އަޅުވައި އޭނާ ހައްޔަރު ކުރާން އުޅޭތީ އެކަމުން ސަލާމަތް ކުރާން. ކުށެއް ނުކުރާ މީހަކަށް އަދަބެއް ލިބިގެން ނުވާނެއެއްނު. ” އޭނާ ގަބޫލުކުރާ ގޮތުގެ މައްޗަށް ބުރަވެ އިނާ […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 12 )

އަހަރެންގެ އަތަށް ތަދުވަނީ. ” އަވަސް އަވަހަށް އިނާ ބުންޏެވެ. އެއާއިއެކު އިނާގެ ގައިން ނާއިޒް ދޫކޮށްލިއެވެ. އިނާ އާއި ނާއިޒްގެ ބައްދަލުވުންތައް އިތުރުވަމުން ދާވަރަކަށް އެދެމެދުގައިވާ ގުޅުން ވެސް ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ. އެކަކުގެ ހިތުން އަނެކަކަށް ޖާގަ ދެވޭން ފެށި އެވެ. ބައްދަލު ކުރެވޭވަރު މަދުވެއްޖެނަމަ ހިތްހަމަ ނުޖެހުން އުފެދޭން ފެށިއެވެ. އިނާ އާއި ނާއިޒްގެ ބައްދަލުވުން ނިމޭގަޑިއަށް އޭނާ ބަލައި އައުމަށް އިނާ ބުނެފައިވާތީ ނާއިޒްމެން ގެއަށް އަތީލް އައީ އޭނާގެ ކާރުގައެވެ. […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 11 )

” ހަސަން. ކަލޭ ކައިރީ ވެސް އަހަރެން ވާހަކައެއް ބުނަން ބޭނުން. އެއީ މިކަމުގައި އަހަރެން ކަލޭމެން އެއްވެސް މީހެއްގެ އެހީއެއް ބޭނުން ނޫން ވާހަކަ. މިކަމުގައި އަހަރެން ކުރިޔަށް ދާނީ އަހަރެން އެކަނި. އެހީއެއް ބޭނުން ވެއްޖެނަމަ އެހީ ހޯދާނީ އަތީލް ކައިރިން. އަހަރެން މިކަން ކުރާނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ. ” އިނާ ހާމަކުރީ އޭނަ ބޭނުންވާ ގޮތެވެ. ” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” ހަމަޖެހޭގޮތް ދައްކާލަމުން ނާއިޒް ބުންޏެވެ. […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 10 )

އޮފީހުގެ ހުޅަނގުކޮޅު ހުރި ސިޑިން ފައިބަމުން އައި ޒުވާން ފިރިހެން މީހާއަށް އިނާ ބަލާލި އެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނަކާއި ކޯޓެއްލައިގެން ހުރި އެމީހަކީ ނާއިލްކަމަށް އިނާ އަމިއްލައަށް ނިންމިއެވެ. ” މިއީ ނާއިޒް ” އިނާއާ ސަލާންކޮށްލަމުން ނާއިޒް އަމިއްލައަށް ތަޢާރަފްވެލި އެވެ. އަދި އިނާ ގާތު އިށީންނަމުން އިނާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އިނާއާ ނާއިޒް އެތަނުގައި ތިބެގެން ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުން ނާއިޒް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 9 )

” ހަޅޭ ނުލަވާ …. ” ރީސާމްގެ އަޑު ވެސް ބާރުވެގެން ދިޔައެވެ. ” އަހަރެން އަދި ކަލެއަށް އެއް ފުރުސަތު ދޭނަން. ތެދުބަހުން ވާހަކަ ދައްކާ. ” ރީސާމް އެހެން ބުނީ މަޑުމައިތިރިކަމާއި އެކުގައެވެ. ” ކަލޭ ވެސް ގޮތުގައި ހުރެގެން ވާހަކަ ދައްކާ. ” ނާއިޒް ވެސް މަޑުމަޑުން ބުނެލިއެވެ. ” ކަލޭއާ ވާހަކަ ދައްކަން ވަކިގޮތަކަށް ހުންނާކަށް ނުޖެހޭ. މީގެކުރިން އަހަރެން ކަލެއާ ވާހަކަ ދެއްކީ އިޚުތިރާމާއި ޤަދަރު ކޮށްގެން. އެކަމު ކަލެއަކަށް […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 9 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 8 )

ލަންމާމެން ދިރިއުޅެމުންދާ ބަޔަށް ޕޮލިހުންގެ ބޭކަލުން ދިޔައީ ލަންމާއާ އެކުގައެވެ. އެމީހުންނާއި އެކުގައި ނާއިޒާއި ފާތުން ވެސް އެބަޔަށް ދިޔައެވެ. ލަންމާގެ ހުއްދައާއެކު އެގޭގެ ހުރިހާތަނެއް ބަލައި ފާސްކުރަމުންދިޔަ ޕޮލިހުންނަށް ނުވަދެވުނު ހަމައެކަނި ކޮޓަރިއަކަށްވީ މާއިޒު ދިރިއުޅެމުންދާ ކޮޓަރިއެވެ. އެތައް ފަހަރަކު ގޮވައި އިންޒާރު ދިނުމުން ވެސް މާއިޒު އެކޮޓަރިއެއް ނުހުޅުވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ލަންމާ ބޭނުންވަނީ މާއިޒުގެ ކިބައިން ސަލާމަތް ވާށެވެ. ލަންމާގެ ހުއްދައާއެކު ކޮޓަރީގެތަޅު ހަލާކު ކޮށްލައިގެން ޕޮލިހުންގެ ބޭކަލުން ކޮޓަރިއަށް ވަތްއިރު […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
ހިތާމަ ލޯބީގެ

އިސްކު ( 7 )

ލަންމާއާ ފާތުން ދިޔަގޮތަށް ދިޔައީ ހެދިގޮނޑުދޮށަށެވެ. އޭރު އެހިސާބުގައި އެކިއުމުރުގެ މީހުންތައް ވަރަށް ގިނައެވެ. ކުޅެ މަޖާކޮށް ހިތްއުފާކުރަމުންދާ މީހުންނާއި މޫދަށްއެރި ހިތްހަމަޖައްސާލަން އައިސް އުޅޭ މީހުން ވެސް ވަރަށް ގިނައެވެ. ޢާއިލާތަކުގެ އިތުރުން ދެޖިންސްގެ ޒުވާންގުރޫޕްތަކާއި ލޯބިވެރިންގެ ޖޯޑުތައް ވެސް މަދުމަދުން އެސަރަހައްދުން ފެންނަމުން ދިޔައެވެ. ލަންމާ އާއި ފާތުން އެތަނަށް އައިސް މާގިނައިރެއް ނުވަނީސް ނާއިޒް އެތަނަށް އައިސްފިއެވެ. ނާއިޒާއި ލަންމާ ބައްދަލުވުމުން އެކަކު އަނެކަކަށް ބަލާލަމުން އުފަލާއެކު ހިނިތުންވެލިއެވެ. ނާއިޒާއި ލަންމާއަށް ފުރުސަތުދެމުން […]

މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.