އަންހެންކުއްޖަކު ރީތިވަނީ އެކުއްޖާއަށް ލިބިފައިވާ ފުރިހަމަ އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން ކަމަށްވާނަމަ އެފަދަ އެއް އަންހެން ކުއްޖަކީ ޝާޔަލްއަށް ނުވެ ނުދާނެކަން ޔަގީނެވެ. އަންހެންކުއްޖަކާމެދު ފިރިހެނުން ސައުގުވެރިވަނީ އެކުއްޖާއަށް ލިބިފައިވާ އަންހެންވަންތަ ފުރިހަމަ ހަށިގަނޑާއި އެހަށިގަނޑުގެ ބައްޓަންތަކުގެ ގުޅިލާމެހުމުގެ ފުރިހަމަކަމުން ކަމަށް ވާނަމަ އެފަދަ ހަށިގަނޑެއް ލިބިފައިވާ އަންހެންކުދިންގެ ތެރޭގައި ވެސް ޝާޔަލް ހިމެނޭނެ އެވެ. ޝާޔަލްއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑާއި އެހަށިގަނޑުގެ ފުރިހަމަބައްޓަމަށް އިތުރު ކުރިއެރުމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ […]
ލޯބީގެ
ދީވާނާ ލޯބިން ވެއްޖޭ. . [12]
“ސަމްބޮޑީ. ހެ. ލް. ޕް. ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ. “އޯ މައި ގޯޑް. ” ޒާނިޝް އާއި އަޔާން އައިސް ހަމަވުމާއިއެކު ލިބިފައި ވާ ޝޮކާއިއެކު ބުނެލިއެވެ. ކަންތައްތައް ގޯސް ވެފައިވާ ހިސާބު އިޙްސާސް ކުރެވުނީ އެވެ. ރަނާއާއި ރިޔާއަށް އަނގަމަތީގައި އަތް އަޅާލެވުނުގޮތަށް ގުޑިލަންވެސް ނޭނގިފައި ތިއްބެވެ. އަހަރެންނަކަށް […]
ދީވާނާ ލޯބިން ވެއްޖޭ. . [11]
“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. ” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ އެތި!”ޝާޔާގެ […]
ދީވާނާ ލޯބިން ވެއްޖޭ. . [10]
“މަށަކަށްނޭނގެ. ތަތްކަންވެސް އެހާވަރު.” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު މިކަހަލަ […]
ދީވާނާ ލޯބިން ވެއްޖޭ. . [9]
ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. […]
ހަހަރު
މާއިދު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. މާއިދުގެ ބައްޕަ ނާއިފްގެ ހަށިގަނޑު ބަލައި ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ބުނީ ނާއިފް އެނދުމަތި ކުރާންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މާއިދު ވަރަށްބޮޑަށް ނުތަނަވަސްވިއެވެ. ނާއިފް ގޮވައިގެން މާލެއައީ މާއިދު އެކަނި ކަމަށްވާތީ ނާއިފު އެނދުމަތި ކޮށްފިނަމަ ހުރިހާކަމެއް ކުރާން ޖެހޭނީ އޭނާ އެކަންޏެވެ. އޭނާ އެކަނި މާއެކަނި ހުރިހާކަމެއް ކުރާން ޖެހިއްޖެނަމަ އެހާމެ އުނދަގޫވާނެއެވެ. ކޮންމެގޮތަކަށް ކަންތައް ހުރި ނަމަވެސް ނާއިފް އެނދުމަތި ނުކޮށް […]
ދީވާނާ ލޯބިން ވެއްޖޭ. . [8]
“ކިހިނެއް ރުޅި މަޑުކުރެވޭނީ. ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. ! މަތިގަނޑެއް ނެތީތަ މިގޭގަ. !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު ޝާޔާގެ މޫނުމަތި ކުލަވަރު […]
ދީވާނާ ލޯބިން ވެއްޖޭ. .[7]
“ޕު…ހް. ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ. ހެނދުނުގެ ނާސްތާއަށް ހުރިހާ ފިރިހެންވެރިން އެއްސުފުރާއެއްގެ މަތީގައި އިންސާފުކުރަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާފިޒް އާއި ޝިޔާމް ހުރުމުން […]
ކަނދުފަތި
މިއީ ހދ އަތޮޅުރަށެއްގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ނަންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ފައި ވީނަމަވެސް ހާދިސާއަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީފާ އަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކުލަދޮން ޒުވާނެކެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑަކާއި ދޮންމޫނުގެ އިތުރުން ރީތި ދެލޮލަކީ ވެސް އޭނާގެ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ފާހަގަކުރަމުންދާ ރީތި އަންހެން ކުދީންގެ […]
ދީވާނާ ލޯބިން ވެއްޖޭ. . [6]
ކުއްލިޔަކަށް ދޮރު ހުޅުވާލުމާއިއެކު ހުރިހާއެންމެން އެއްކޮށްކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. “. ސަޕްރައިޒް. !!!!!. ” ގެ އަޑު މުޅި ހިސާބުގައި ގުގުމައިގެންދިޔައިރު އަނގަމަތީ އަތް އަޅައިގެން ބުނާނެއެއްޗެއް ނޭނގިފައި ކަހަލަގޮތަކަށް ހުރެގެން އައިޝާދައްތަ އެތެރެއަށް ވަންނަނީއެވެ. ފަހަތުން އައި މުޙައްމަދުބެވެސް ހުރީ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ހައިރާންވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އެއާއިއެކު މަޑުމައިތިރި ހިތްގައިމު މިއުޒިކުން ޙަފްލާފެށިގެން ދިޔައެވެ. ހޫނު މަރުޙަބާއަކުން އެނިވަރސަރީ ފާހަގަ ކުރެވެމުންދާ އައިޝާދައްތަގެ ދެމަފިރީންނަށް ޕާޓީއަށް އައިސްތިބި ގާތްތިމާގެ މީހުން […]
ދަރިފުޅު
މެންދަމުން އަލިވެ ތިނެއްޖަހާކަން ހާއިރެވެ. ދަރިފުޅު ގޮވައިގެން ނުހަނު އަރާމުގައި ނިދާލާފައި ސިބާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޮބައިލްފޯނު ރިންގްވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ހޯދާލަމުން ނަގައި ޑިސްޕްލޭއަށް ބަލާލިއިރު، ފޯނު ކުރަނީ ނުވެސް ދަންނަ ނަންބަރަކުންނެވެ. މިފަދަ ގަޑިއެއްގައި ނުދަންނަ ނަންބަރަކުން އެގޮތަށް ފޯނުކުރުމުން ސިބާނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވަމުންދިޔަ އެވެ. އެފޯނަށް ޖަވާބު ދޭނީތޯ ނުވަތަ އަޅާނުލައި ދޫކޮށްލާނީތޯ ވިސްނަން އެތައް އިރަކު ސިބާނާ މަޑުކުރިއެވެ. ގުޅާމީހަކު އެގުޅަނީ އޮޅިގެން […]