ަލީ އަހްމަދުގެ އިސާރާތަށް ވިސާމް ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ނީނާ އެވެ. ނީނާ ފެނުމާއެކު ވިސާމް ސިއްސައިގެން ދިޔަ ނަމަވެސް އަލީ އަހްމަދުގެ ވާހަކަތައް ހަނދާންވުމުން ނީނާއަށް ޖާގަ ދައްކައި، އަތުގެ އިޝާރާތުން އެތެރަށް ވަންނާން ބުންޏެވެ. ކުރީރޭ ފަދައިން ނީނާ ވަދެގެން އައި ގޮތަށް އައިސް ދުންކިބަ ކައިރީ މަޑުކުރިއެވެ. ދޮރުލައްޕާ ތަޅުލުމަށްފަހު އޭނާގެ ފަހަތުން ކަހަލަގޮތަކަށް ވިސާމް އައިސް އަލީ އަހްމަދު ކައިރީ ކުރިން ވެސް އޭނާއިން ތަނުގައި އިށީނެވެ. ނީނާއާ ދިމާއަށް […]
ލޯބީގެ
ޢީދު މުބާރިކް
“ދަރިފުޅާ..” މާރިޔާ އިސްތިރި ކޮށްފައި އިން އަތްދިގު ހުދު ކުރުތާއާއި ޑެނިމް ޖީންސް އަޅުވާފައިއިން ކޮނޑު ހިފައިގެން އައިސް ޓަކިޖަހައިލިއެވެ. “ޖައިޝަން، މިއޮތީ އިސްތިރިކޮށް ނިމިފަ. މި އިނީ އިނގޭ ތަޅުގަ އަޅުވާލާފަ. އަވަސްކޮށްލާ އެއޮށް ގަޑިން 7 ޖަހާ ބޮޑުވީ” “އާން. މިނިމުނީ” ޖައިޝަންގެ ފިރިހެންވަންތަ އަޑު އިއްވާލިއެވެ. ރޭ ދަންވަރު މާލެއިން ރަށަށް އާދެވުމާއެކު އާންމުކޮށް ނިދާ އެނދު ބަދަލުވީމައި އޭނާއަށް ރޭ ނިދުންވީ ހިލައަކުން ދިޔަފެލުންކަހަލަ ކަމަކަށެވެ. އެންމެ ލޮލު ފިޔައެއްވެސް ޖަހައި […]
އިސްކު ( 2 )
ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އެރިއިރު ވިއްސާރައިގެ އަސަރު ފިލާ ދުނިޔެމަތި ސާފު ވެއްޖެއެވެ. އާދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރޭން ހަލަބޮލިކަން ފެންނާން ފެށިއެވެ. ރޭގައިކުރި ވިއްސާރައިގެ ސަބަބުން ގިނަބަޔެއްގެ ދަނޑުތަކަށް ގެއްލުން ލިބިފައިވާއިރު މަގުތަކުގައިވަނީ ފެންހެދި ފައެވެ. ލިބިފައިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ދަނޑުވެރިންނާއި އެމީހުންގެ އެހީތެރިން މަސައްކަތް ކުރަމުން ދިޔައީ ސަލާމަތް ކުރެވޭން ހުރި އެއްޗެއްވިއްޔާ ސަލާމަތް ކުރާށެވެ. ރޭފަތިހު ހޮސްޕިޓަލްގައި އެނދުމަތި ކުރެވި ފަރުވާ ދެމުން ދިޔަ ނާއިޒްގެ […]
ނިދިތެރޭން ( 4 )
” ވިސާމް! ނީނާއާ އެއްވެސް ވާހަކައެއް ނުދައްކާ އޭނާ ގެންގޮސް ގެއަށް ލާފައި އައިސް ނިދާ. ކޮންމެސް ކޮންމެސް އެހެން މީހަކަށް ނުފެންނާތި. ކަންތައް ކުރާނީ އަހަރެން ބުނާގޮތަށް ކަންވެސް ހަނދާން ބަހައްޓާތި. ” ހަމައެކަނި ވިސާމަށް އަޑު އިވޭ ވަރަށް މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ. ކޮންމެ ވެސް ވަރަކަށް ހާސްވެފައި ހުރި ނަމަވެސް އަލީ އަހްމަދު ބުނާ ގޮތަށް ކަންތައް ކުރުމަށް ވިސާމް އަވަސް ވެގަތެވެ. ނީނާގެ އަތު ހިފައިގެން ވިސާމް ގޮސް އޮޑިހަރުގެއިން […]
ދީވާނާ ލޯބިން ވެއްޖޭ . . [22]
“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ […]
އިސްކު ( 1 )
މާލޭގައިހުރި ގެ ވިއްކާލުމަށްފަހު ލަންމާ އާއި ނާއިޒްގެ ދެމަފިރިން ހުޅުމާލެއިން ބިމެއްގަނެ ގެއަޅައިގެން ހުޅުމާލެއަށް ބަދަލުވީ، މާލޭ ގޭގައި އުޅެމުންދާއިރު ލަންމާއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދާތީއެވެ. ބައްޕައަށްފަހު މަންމަ މަރުވެ، ދޮންބައްޕަގެ އަނިޔާވެރިކަމާއި މަކަރުވެރިކަން އެގެއެއްގައި ހަރުލާފައިވާ އެގޭގައި ދިރިއުޅޭހައި ހިނދަކު ލަންމާއަށް ހަމަޖެހުމެއް ނުލިބޭނެކަން ނާއިޒްގެ އިތުރުން ލަންމާއަށް ވެސް އެނގެއެވެ. އެކަން ގަބޫލުކުރެވެއެވެ. ހުޅުމާލޭގައި ދިރިއުޅެން ފެށުމާއިއެކު ހުޅުމާލޭގެ ދެސަރަހައްދަކުން ދެފިހާރަ ކުއްޔަށް ނަގައި ކުންފުންޏެއް ރަޖިސްޓަރކޮށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އޮފީސް އިމާރާތެއް […]
ނިދިތެރޭން ( 3 )
ވިސާމްގެ އެވާހަކަތަކާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކީ ކުރިޔަށްވުރެ މަޑުންނެވެ. އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކަށް އެވާހަކަތައް އަޑުއިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެވާހަކަތަކާއި ގުޅުވައިގެން ވިސާމް ވާހަކަދެއްކިއިރު އަމަލާއި ބަސްމަގު އަދި އަޑު ބެހެއްޓިގޮތުން އެވާހަތައް އެހެންމީހަކަށް އިވެން ވިސާމް ވެސް ބޭނުންނުވާކަން އެނގެއެވެ. ސައިގެކަންތައް ނިންމާލުމަށްފަހު ހޮޓަލުން ނުކުތްއިރު ވިސާމް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ބަލާލި ކޮންމެމީހަކަށް އޭނާގެ ފަރާތުން ފެންނަމުންދާނީ އުންމީދުގެ ކުލަވަރެވެ. އޭނާގެ ދާއިރާއިން އެންމެބޮޑު […]
ނިދިތެރޭން
ިދެވަނަބައި އޮއްސުނު އިރާއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއެކު ހަމަހިމޭންކަން ވެސް ވެރިވިއެވެ. އަތިރިތަކުންނާއި ކުޅިވަރުގެ މައިދާންފަދަ އާންމުން އެއްވާ ތަންތަނުން މީހުން މަދުވެގެން ދިޔައެވެ. އެއާއެކު މަގުތަކުން ވެސް މީހުން ފެނުން މަދުވަމުން ދިޔައެވެ. ފާތުން އޭނާގެ އާދައިގެމަތިން މިރޭވެސް އަށެއްޖަހަންވީރު ފިހާރަ ހުޅުވައިފިއެވެ. ޑުރާމާ ބެލުމާއިގެން މަޝްޢޫލްވެއިން ފާތުން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު ފިހާރައަށް ވަންނަމުން ކަރުކެހެލި އަޑަށެވެ. ފާތުން އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު ފިހާރަތެރޭގައި ހުރީ ވިސާމް އެކަންޏެވެ. ” ހިންދީޑުރާމާއަށް […]
ދީވާނާ ލޯބިން ވެއްޖޭ .. [21]
ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންގެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ އެފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟ އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން […]
ނިދިތެރޭން
ފެށުން ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔެއްގެ މިސްރާބަކަށް ވެފައިވަނީ ފެރީގިމަތަ އެވެ. ސަރުކާރުން ދެމުންދާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމުގެ ތެރެއިން މާލެއިން އަންނަ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކޮށްލާ އެމީހުންނަށް މަރުޙަބާ ކިޔުމަށް އެބައިމީހުން އަވަސްވެފައި ވެއެވެ. ހެދިހުރި ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ވިސާމަކީ އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދިޔަ ޒުވާނެކެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ފުނާއެޅުމުގައި ގެންގުޅޭ […]
ދީވާނާ ލޯބިން ވެއްޖޭ. . [20]
އަހަރެންގެ ލޯބި ޤުރުބާން ކުރަން ޖެހުން މީ އަހަރެންގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެޚިޔާލު އާވާ ކޮންމެ ފަހަރަކު އާވަމުންދާ ވޭނަކީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އެޚިޔާލުގައި ހުއްޓާ ސްކައިޕިޔާއެ ރީތި މަލަމަތި ދައްކާލައިފިއެވެ. އަހަރެން ބޮޑުވާއިނގިލިން ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ފުހެލީމެވެ. މާދަމާރެއަށް ތައްޔާރުވަމުންދާ 30 ފަންގިފިލާގެ ބޮޑު މި ހޮޓަލް ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އަހަރުމެން އެންމެންނަށް ތިބެވުނީ އަންތަރީސް ވެފައެވެ. ބޮޑު ކޮމްޕައުންޑެއް ލާފައިވާ ހޮޓެލްގެ ތެރޭގައިއެކިހިސާބުގައި ސްވިމިންގް ޕޫލް […]