ނީމާ އާއި ސޯނިޔާ ވާހަކަދައްކަމުން ދައްކަމުން ދިޔައީ ނީމާގެ ބޮޑު ބޭބެ ސަރަތުމެން އުޅޭ ގެއަށެވެ. ނީމާމެން ގޮސް އެގެއަށް ވަތްއިރު ސަރަތުގެ ދެމަފިރިން ކޮންމެވެސް ވާހަކައެއް ދައްކާން ފެންޑާތެރޭގައި ތިއްބެވެ. ނީމާމެނަށް މަރުޙަބާކިޔައި ހާލުއަހުވާލު އޮޅުންފިލުވަމުން އެގެއަށް އައި ބޭނުމާއި ބެހޭގޮތުން ސަރަތާއި އޭނާގެ އަންހެނުން ނާއިރާ ވާހަކަ ދެއްކިއެވެ. ” ބޭބޭ! އަހަރެންނަށް ވަޒީފާއެއް ހަމަޖެހިއްޖެ. ރާއްޖެތެރޭ ރަށެއްގެ މަދަރުސާއަކުން ޓީޗަރެއްގެ ވަޒީފާ ލިބުނީ. އެގޮތް ރަނގަޅުތަ؟ ” ސަރަތާއި ނާއިރާއަށް ބަލާލަމުން ނީމާ […]
ލޯބީގެ
ސަހަރާ ( 2 )
އިނާމުގެ ދިނުމުގެގޮތުން ބޭއްވި ޖަލްސާ ނިމުނީ މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކަކުންނެވެ. ޖަލްސާ ނިމުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖަލްސާއަށް ވަޑައިގެންނެވި އިއްޒަތްތެރިން މަދަރުސާއިން ނުކުންނާން ފެށިއެވެ. އަސްނާދުގެ ލޯ އަމާޒުވެފައިހުރީ ވޭތުވެދިޔަ އަހަރު މުޅިމަދަރުސާއިން އެއްވަނަ ހޯދި ދަރިވަރު ލަންމާ އަށެވެ. ލަންމާއަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ރީތި ފުރިހަމަ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް އޭނާގެ ފަރާތުން އެއްވެސް އުނިކަމެއް ފާހަގަ ނުކުރެވޭހާ ވެސް ފުރިހަމަވެފައި ރީއްޗެވެ. އެތައް ޒުވާނުންގެ ހިތްތައް ލަންމާއަށް ޓަކައި ހުސްކުރެވިފައި […]
އިސްކު ( 21 )
ކޮންމެ ވެސް ވަރަކަށް ހާސްވެ ނުތަނަވަސްވެފައި ހުރެގެން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ނެގުމަށްފަހު ބެޑްޝީޓް އެކަބަޑަށް ލިޔެވެ. އަދި ޓައިޕްރޭޓަރ މޭޒުމަތީބަހައްޓައި އެތަނުން ކަރުދާސްގަނޑެއް ލައްވައި ޓައިޕްރޭޓަރ ޓެސްޓްކޮށްލި އެވެ. އަވަސް އަވަހަށް އަކުރުތައް ޓައިޕްކުރަމުން ދިޔަ އިނާއަށް ސީނު ފެނުމާއިއެކު ބިރުން ތުރުތުރުލައިގެން ދިޔައެވެ. މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އިތުރުވެގެން ދިޔައިރު ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ. އިނާއަށް ރޮވެން ފެށިއިރު ރީސާމް ދެއްކިވާހަކަތައް އިވިއިވި ހުރިހެން ވެސް ހީވަމުން ދިޔައެވެ. އިނާގާތު ރީސާމް […]
ލަސްވެއްޖެ ( 4 ) ނިމުން
ރޭގަނޑު ދިހައެއްޖަހާކަން ހާއިރެވެ. މާސިތާ އާއި ހަމްދާން އެދެމީހުންގެ އާދައިގެމަތިން ހުޅުމާލެއަށް ގޮސް ބައްދަލުވުން ނިންމާލުމަށްފަހު މާލެއައުމަށް ދަތުރުކުރަމުން ދިޔައެވެ. އޭރު ވެސް އެދެމެދުގައި ސިއްރު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ” އަހަރެންގެ ހުށަހެޅުން ގަބޫލްކޮށް އަހަރެންނާއި ކައިވެނި ކުރަން ހަމްދާން ނިންމީތީ އަހަރެން ވަރަށް އުފާވެ ހިތްހަމަ ޖެހިއްޖެ. ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭންގޭ… ދެން .. ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭ. ” ހަމްދާންއާ ކުރިޔަށްވުރެ ވެސް ބޮޑަށް ގާތްވެލަމުން މާސިތާ ވާހަކަދެއްކި އެވެ. […]
ސަހަރާ ( 1 )
މިއީ ހިންދީފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެއް . އަސްނާދުގެ އޭނާގެ ތަޢުލީމީ ހަޔާތް، ނިންމާލުމަށްފަހު ރަށަށް އައީ ސަރުކާރުގެ ފަރާތުން އޭނާ ހަމަޖެއްސި ރަށު ކައުންސިލަރުގެ ވަޒީފާ އަށެވެ. ލިބުނު މަގާމާއިއެކު އޭނައަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އިތުރުވެފައި ވެއެވެ. މެންދަމު ދޭއްޖަހާކަން ހާއިރެވެ. ދުވަސްވަރަކީ ކަޅުފޮއި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ރަށުތެރެ ފެންނަނީ ވަރަށް އަނދިރިކޮށެވެ. އެހާމެ ހަމަހިމޭން ކޮށެވެ. ހީވާގޮތުން ހޭލާއުޅޭ އެކަކު ވެސް ނެތެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ގުރާބުގޭ ދޮރުހުޅުވުނެވެ. ގޭތެރެއަށް […]
އިސްކު ( 20 )
” ކަލެއަށް ވިސްނޭގޮތުގައި ކަލެ އާއި ލަންމާއަށް ހަމަލާ ދިނީ އެއްގޮތަކަށްތަ؟ ” އިނާ ސުވާލުކުރި އެވެ. ” އާން. އަހަރެންނަށް އެކަން ގަބޫލުކުރެވުނީ އެހެން …. އެހެންވެ އެވާހަކަތައް ކިޔައިދޭން އަހަރެން ޕޮލިސް ސްޓޭޝަނަށް ދިޔައީ. އަދި އެވާހަކަތައް ކިޔައިދިނީ. ” ސާލިނީ އިތުރަށް ބުނެދިނެވެ. ” ޕޮލިސްސްޓޭޝަނުން ސާލިނީއާ ބައްދަލުވި މީހަ މިތަނުގައި އެބައިންތަ؟ ” އިނާ ސުވާލުކުރަމުން ބަލާލީ އިނިސްޕެކްޓަރ ރީސާމަށެވެ. ” އާން. އެއިނީ އެބޭފުޅާ. އެވާހަކަތައް ކިޔައިދިނުމުން އެބޭފުޅާ ދެފަހަރަކު […]
ލަސްވެއްޖެ ( 3 )
ހަމްދާން އަވަސް އަވަހަށް ގޮސް އެތަނުގައިވާ ގަސްތަކުގެ ވަށައިގެންނާއި އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންތަކަށް ބަލަން ފެށިއެވެ. އެތައްއިރަކު ހަމްދާން މަސައްކަތްކޮށް ވެސް މާސިތާއެއް ނުފެނުނެވެ. އެހެން ރޭރޭ ފަދައިން މިރޭ ވެސް ހަމްދާނަށް މާސިތާ ގެއްލުނީ އެވެ. މާސިތާ ފެނޭތޯ އެތައްއިރަކު މަސައްކަތްކުރުމަށްފަހު ކާމިޔާބު ނުލިބުމުން ލިބުނު މާޔޫސްކަމުގައި ހަމްދާން މިސްރާބުޖެހީ އެއްގަމާއި ދިމާއަށެވެ. ހަމްދާން ނިންމައިގެންހުރީ ކުރީރޭތައް ފަދައިން ތަނެއްގައި އިށީނދެ މީހާ ހަމައަކަށް އެޅުމުން ގެއަށް ދާށެވެ. ސިމެންތިން ހަދާފައިވާ ގޮނޑިއެއް ކަހަލަ […]
ލަސްވެއްޖެ ( 2 )
ކުޑަކޮށް ވިސްނާލުމަށްފަހު ހަމްދާން އަނެއްކާ ވެސް އޮށޯތީ ދަތުރުގެ ބައިވެރިން ބައްދަލުވާ ވަގުތަކުން އެކުއްޖާ ފާހަގަ ކުރުމަށް ނިންމައިގެން ނެވެ. އެއަންހެންކުއްޖާ ކޮންމެތާކުން ފެނުނަސް ވަކިކުރަން އެނގޭނެކަން ހަމްދާނަށް ޔަގީންވެ އެވެ. ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ވަގުތުވުމުން ހަވީރުގެ ސަޔަށް ކާގެ ސަރަހައްދަށް މީހުންތައް ޖަމާވާން ފެށިއެވެ. ހަމްދާން ވިސްނައި ސަމާލުވެގެން ހުރީ އޭނާއަށް ޖެއްސުންކުރި އަންހެންކުއްޖާ ފާހަގަކުރާށެވެ. އޭނާ ވަރަށް ފަރުވާ ތެރިކަމާއިއެކު، އެހެނަސް އެހެން އެއްވެސް މީހަކަށް ސައްކު ވެސް ނުވާނެހެން ފަހަރަކު […]
ލަސްވެއްޖެ ( 1 )
ގުލްފާ އަކީ ހިމަތޮޅި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ އުމުރުން އަށާރަ ވަރަކަށް އަހަރުގެ ޒުވާނެކެވެ. އޭނާގެ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ލިބިފައިވާ އިތުރު ކުރިއެރުމެކެވެ. ގަދަ ކަޅުކުލައިގެ ދިގު ފަން އިސްތަށިގަނޑުގެ ތެރޭން އޭނާގެ ފުރިހަމަ ދޮންމޫނު ފެންނައިރު ކަޅު ވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ފަދައެވެ. ގުލްފާގެ މަދްރަސީ ދައުރުގައި ވެސް އޭނާގެ ލޯތްބަށް އެދި އާދޭސްކުރި އެތައް ފިރިހެން ކުދިންނާއި އޭނާއާ ބައްދަލުވި އެވެ. […]
އިސްކު ( 19 )
” ބައްލަވާ އިސްގާޒީ. އަޅުގަނޑުމެން މިދައްކަމުންދާ ވާހަކަތަކުގެ ތެދުކަން މިކަމުން ވެސް ފެނިވަޑައިގަންނަވާނެ. މި ނާއިޒް އަކީ މިކަހަލަ އެތައްބައިވަރު ޖަރީމާއެއް ހިންގާފައިވާ ރަހުމުކުޑަ ނުބައި ނުލަފާ އިންސާނެއް …. އޭނައަށް ލިބިފައިވާ އިއްޒަތާއި ގަދަރާ ތަނަވަސްކަމުގެ ބޭނުންކޮށްގެން ނުހައްގުން ކަންކަން ހޯދައިގަންނަން މަސައްކަތްކުރާ މީހެއް. އޭނަ ބޭނުންވާގޮތް ނުވެއްޖެނަމަ ކޮންމެގޮތަކުން ނަމަވެސް އެކަން ކުރަން މީނަ މަސައްކަތް ކުރާނެ …. އެ ހެޔޮ ލޯބި ވިޔަސް. ފައިސާ ވިޔަސް އަދި އެހެން ކަމެއް ވިޔަސް. މިކަހަލަ […]
އިސްކު ( 18 )
އިނާގެ އެވާހަކަތަކުގެ ސަބަބުން ރުޅިއައިސް ރަތްވި ޖިމާމް ފުންމައިގެން ތެދުވެ ހަޅޭލަވާން ފެށުމުން ކޯޓްތެރެ ހަލަބޮލިވެގެން ދިޔައެވެ. އިނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައިރު ހަސީލްމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. ޖިމާމަށް ފަހު ދެން ހާޒިރު ކުރެވުނީ ނާއިޒްގެ އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އަދުހަމްއެވެ. އަދުހަމް އައިސް އޭނައަށް ޚާއްޞަކުރެވިފައިވާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމުން ހަސީލް ތެދުވެގެން ގޮސް އޭނަ ކައިރިއަށް ހުއްޓި ސުވާލު ކުރަން […]